Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސްރީލަންކާ

އީސްޓަރ ސަންޑޭގެ ބޮމުގެ ހާދިސާގައި، ސްްރީލަންކާގެ އިސް ދެ އޮފިޝަލަކަށް މަރުގެ އަދަބު ދިނުމަށް ހުކުމްކޮށްފި

1 އޯގަސްޓު 2026 | ހޮނިހިރު 16:46

ސްރީލަންކާގެ އީސްޓަރ ސަންޑޭ ބޮމުގެ ހަމަލާތަކާ ގުޅިގެން އިންޓެލިޖެންސް އިދާރާތަކުން ދިން އިންޒާރުތަކަށް ފިޔަވަޅު ނޭޅި މައްސަލައިގައި، އެ ގައުމުގެ ކުރީގެ ފުލުސް ވެރިޔާއާއި ދިފާއީ ވުޒާރާގެ ކުރީގެ ސެކްރެޓަރީގެ މައްޗަށް މަރުގެ ހުކުމް އިއްވައިފި. މި ހުކުމް އިސްތިއުނާފު ކުރަން ނިންމާފައިވާއިރު، 1976 ވަނަ އަހަރުން ފެށިގެން އެ ގައުމުގައި މަރުގެ އަދަބު ތަންފީޒުކުރުން އޮތީ މެދުކަނޑާލާފައި.

ރާއްޖެ އެމްވީ | 1 އޯގަސްޓު 2026 | ހޮނިހިރު 16:46
2026 ޖުލައި 31 ގައި، ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ ޚާއްސަ ކޯޓަކުން މަރުގެ އަދަބު އިއްވުމާ ގުޅިގެން، އެ ގައުމުގެ ފުލުހުންގެ ކުރީގެ ވެރިޔާ ޕުޖިތު ޖަޔަސުންދަރަ އާއި ދިފާއީ ވުޒާރާގެ ކުރީގެ އިސް އޮފިޝަލް ހެމަސިރި ފެނާންޑޯ ފުލުހުންގެ ބެލުމުގެ ދަށުން ގެންދަނީ

2026 ޖުލައި 31 ގައި، ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ ޚާއްސަ ކޯޓަކުން މަރުގެ އަދަބު އިއްވުމާ ގުޅިގެން، އެ ގައުމުގެ ފުލުހުންގެ ކުރީގެ ވެރިޔާ ޕުޖިތު ޖަޔަސުންދަރަ އާއި ދިފާއީ ވުޒާރާގެ ކުރީގެ އިސް އޮފިޝަލް ހެމަސިރި ފެނާންޑޯ ފުލުހުންގެ ބެލުމުގެ ދަށުން ގެންދަނީ | ރޮއިޓާސް

2019 ވަނަ އަހަރުގެ އީސްޓަރ ސަންޑޭގައި ދިން ބޮމުގެ ހަމަލާތަކުގައި 260 މީހުން މަރުވި ހާދިސާގައި، ޖިނާއީ އިހުމާލުވިކަން ސާބިތުވެ ސްްރީލަންކާގެ ކުރީގެ ފުލުސް ވެރިޔަކާއި ދިފާއީ ވުޒާރާގެ ކުރީގެ އިސް އޮފިޝަލަކަށް މަރުގެ އަދަބު ދިނުމަށް އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

ސްރީލަންކާގެ ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުން ހުކުމް ކުރީ ކުރީގެ ފުލުސް ވެރިޔާ ޕުޖިތު ޖަޔަސުންދަރަ އާއި ދިފާއީ ވުޒާރާގެ ކުރީގެ ސެކްރެޓަރީ ހޭމަސިރި ފެނާންޑޯގެ މައްޗަށެވެ. ހުކުރު ދުވަހު އިއްވި މި ހުކުމަކީ ބެންޗުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމި ނިންމުމެކެވެ. މި ދެ ފަރާތުގެ މައްޗަށް މީގެ ކުރިން 2022 ވަނަ އަހަރު ކުށް ސާބިތުނުވާ ކަމަށް ނިންމި ނިންމުން ދައުލަތުން އިސްތިއުނާފު ކުރުމާ ގުޅިގެން، މައްސަލަ ބަލާފައިވަނީ އަވަސް ނިޔާ ކަނޑައަޅާ ހާއްސަ ކޯޓެއްގަ އެވެ.

2019 ވަނަ އަހަރު ދިން މި ނުރައްކާތެރި ބޮމުގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ފަތުރުވެރިން ތިބޭ ތިން ހޮޓަލަކަށާއި ތިން ފައްޅިއަކަށެވެ. މި ހަމަލާތަކާ ގުޅިގެން އެކުލަވާލި ޕާލަމެންޓް ކޮމިޓީން ހާމަކޮށްފައިވާ ގޮތުގައި، ހަމަލާ ދީފާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް އިންޓެލިޖެންސް އިދާރާތަކުން ދީފައިވީ ނަމަވެސް، ފުލުހުންނާއި އިންޓެލިޖެންސް އޮފިޝަލުން އެކަމަށް ފިޔަވަޅު އަޅާފައެއް ނުވެ އެވެ.

މި މައްސަލައިގައި ކުށްވެރިވި ދެ އޮފިޝަލުންގެ ވަކީލު ޗަމިންދަ އަތުކޮރަލަ ހޮނިހިރު ދުވަހު ވިދާޅުވީ، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި މި ހުކުމް އިސްތިއުނާފު ކުރާނެ ކަމަށެވެ.

އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން އަތުކޮރަލަ ވިދާޅުވީ، ބެންޗުގެ އެއް ފަނޑިޔާރަކު މި ހުކުމާ ދެކޮޅަށް ރައުޔު ނެރުއްވި ސަބަބަކީ، މި ދެ ބޭފުޅުން މީހުން މަރަންވީ އެއްވެސް މަގުސަދެއް ނެތުމާއި، ބޮން ގޮއްވި މީހުންނާ އެއްވެސް ގުޅުމެއް އޮތްކަން ސާބިތުނުވާތީ ކަމަށެވެ.

ޝަރީއަތުގެ މަޖިލީހުގައި ހާމަވި ގޮތުގައި، އިންޑިއާގެ އިންޓެލިޖެންސް އެޖެންސީއަކުން 2019 އޭޕްރީލް 4 ވަނަ ދުވަހު، ސްރީލަންކާގައި އަމިއްލައަށް މަރުވެގެން ބޮމުގެ ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރު ދީފައިވެ އެވެ. ނަމަވެސް ކަމާބެހޭ ފަރާތްތަކުން އެކަމަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

މީގެ ކުރިން ހިންގި މަދަނީ ދައުވާއެއްގައި، ހަމަލާގައި ސަލާމަތްވި މީހުންނަށް ބަދަލުގެ ގޮތުގައި 125 މިލިއަން ރުޕީސް (372,464 އެމެރިކާ ޑޮލަރު) ދެއްކުމަށް ފެނާންޑޯ އާއި ޖަޔަސުންދަރަގެ މައްޗަށް އަމުރުކޮށްފައިވެ އެވެ.

ސްރީލަންކާގައި އީސްޓަރ ސަންޑޭގައި ދިން ބޮމުގެ ހަމަލާތަކުގެ ޒިންމާ އުފުލާފައިވަނީ އައިއެސް ޖަމާއަތުގެ ފިކުރަށް ތާއީދުކުރާ ލަންކާގެ ދެ ގްރޫޕަކުންނެވެ. މި ހަމަލާތަކުގައި އަމަލީގޮތުން ބައިވެރިވި އެއްވެސް މީހަކު މިހާރު ދުނިޔޭގައި ނެތް ނަމަވެސް، އެމީހުންނާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ އެހެން މީހުންގެ ޝަރީއަތްތައް ދަނީ ވަކިން ހިންގަމުންނެވެ.

މި ހަމަލާތަކުގައި ޖުމްލަ 279 މީހުން މަރުވިއިރު، އޭގެ ތެރޭގައި ބޭރު ގައުމުތަކަށް ނިސްބަތްވާ 45 މީހުން ހިމެނެ އެވެ. އަދި 500 އަށްވުރެ ގިނަ މީހުން ޒަހަމްވި އެވެ. ސްރީލަންކާގެ ކެތޮލިކް ޗާޗުން ތުހުމަތު ކުރާ ގޮތުގައި މިހާތަނަށް ފާހަގަކުރެވިފައިވާ މީހުންނަކީ ހަމަލާގެ އަސްލު މާސްޓަރމައިންޑުންނެއް ނޫނެވެ. އަދި މި ހަމަލާތަކުގެ ފަހަތުގައި މިއަށްވުރެ ބޮޑު ރޭވުމެއް އޮތް ކަމަށް އެ ފަރާތުން ގަބޫލުކުރެ އެވެ.

ސްރީލަންކާގައި މަރުގެ ހުކުމް އިއްވި ނަމަވެސް، އާންމުކޮށް އެ ހުކުމް ބަދަލުވަނީ އުމުރު ދުވަހުގެ ޖަލު ހުކުމަކަށެވެ. އެއީ 1976 ވަނަ އަހަރުން ފެށިގެން އެ ގައުމުގައި މަރުގެ އަދަބު ތަންފީޒުކުރުން މެދުކަނޑާލާފައިވާތީ އެވެ.

މިހާރުގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކެ ވެސް ތާއީދު ކުރައްވަނީ މަރުގެ އަދަބު ތަންފީޒު ނުކޮށް އޮތް އޮތުން ދެމެހެއްޓުމަށެވެ.

މިދިޔަ ފެބްރުއަރީ މަހު ޕާލަމެންޓާ ހިއްސާކުރި ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ސްރީލަންކާގައި މަރުގެ ހުކުމް އިއްވާފައިވާ މަދުވެގެން 800 މީހުން އެބަތިއްބެވެ. ނަމަވެސް މި ހުކުމްތައް އާންމުކޮށް ބަދަލުކުރެވެނީ އުމުރު ދުވަހުގެ ޖަލު ހުކުމަށެވެ.

ސްރީލަންކާއީސްޓަރ ސަންޑޭ ބޮމުގެ ހަމަލާޕުޖިތު ޖަޔަސުންދަރަހޭމަސިރި ފެނާންޑޯ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

26 ޖުލައި 2026

މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ ދިވެހިން ސްރީލަންކާއިން ހައްޔަރުކޮށްފި

26 ޖުލައި 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ ދިވެހިން ސްރީލަންކާއިން ހައްޔަރުކޮށްފި
10 ޖުލައި 2026

ހައިޓީގެ ގޭންގް ސަޕްރެޝަން ފައުޖަށް ސްރީލަންކާ ސިފައިން ގުޅިއްޖެ

10 ޖުލައި 2026
ހައިޓީގެ ގޭންގް ސަޕްރެޝަން ފައުޖަށް ސްރީލަންކާ ސިފައިން ގުޅިއްޖެ
09 ޖުލައި 2026

ސްރީލަންކާގައި ހަލުއިކަމާއެކު ޑެންގޫ ފެތުރި، 45 މީހުން މަރުވެ، ބަލި ޖެހުނު މީހުން 65،000ން މައްޗަށް

09 ޖުލައި 2026
ސްރީލަންކާގައި ހަލުއިކަމާއެކު ޑެންގޫ ފެތުރި، 45 މީހުން މަރުވެ، ބަލި ޖެހުނު މީހުން 65،000ން މައްޗަށް
07 ޖުލައި 2026

ނިގަމްބޯ ޖަލުގެ ހަމަނުޖެހުމުގައި މަރުވި މީހުންގެ އަދަދު 27 އަށް އިތުރުވެއްޖެ

07 ޖުލައި 2026
ނިގަމްބޯ ޖަލުގެ ހަމަނުޖެހުމުގައި މަރުވި މީހުންގެ އަދަދު 27 އަށް އިތުރުވެއްޖެ
06 ޖުލައި 2026

ސްރީލަންކާ ޖަލުގައި ގައިދީންގެ ދެ ގުރޫޕެއްގެ މެދުގައި ހިނގި ހަމަނުޖެހުމުގައި މަދުވެގެން 26 މީހުން މަރުވެއްޖެ

06 ޖުލައި 2026
ސްރީލަންކާ ޖަލުގައި ގައިދީންގެ ދެ ގުރޫޕެއްގެ މެދުގައި ހިނގި ހަމަނުޖެހުމުގައި މަދުވެގެން 26 މީހުން މަރުވެއްޖެ
06 ޖުލައި 2026

ލަންކާގެ ކުޅުންތެރިއަކު ކްރިކެޓް ކުޅެން ހުއްޓާ ދަނޑުމައްޗަށް ވެއްޓި މަރުވެއްޖެ

06 ޖުލައި 2026
ލަންކާގެ ކުޅުންތެރިއަކު ކްރިކެޓް ކުޅެން ހުއްޓާ ދަނޑުމައްޗަށް ވެއްޓި މަރުވެއްޖެ
05 ޖުލައި 2026

ލަންކާގައި މީހަކު މަރާލި މައްސަލައެއްގައި ހޯދަމުންދިޔަ މީހަކު ރާއްޖެއިން ފޮނުވާލައިފި

05 ޖުލައި 2026
ލަންކާގައި މީހަކު މަރާލި މައްސަލައެއްގައި ހޯދަމުންދިޔަ މީހަކު ރާއްޖެއިން ފޮނުވާލައިފި
05 ޖުލައި 2026

ކުދިން މަސްތުވާތަކެތި ބޭނުންކުރޭތޯ ބެލުަމަށް ބެލެނިވެރިންނަށް ޓެސްޓް ކުރެވޭ ގޮތް ހެދުމަށް ސްރީ ލަންކާ ސަރުކާރުން ނިންމައިފި

05 ޖުލައި 2026
ކުދިން މަސްތުވާތަކެތި ބޭނުންކުރޭތޯ ބެލުަމަށް ބެލެނިވެރިންނަށް ޓެސްޓް ކުރެވޭ ގޮތް ހެދުމަށް ސްރީ ލަންކާ ސަރުކާރުން ނިންމައިފި
30 ޖޫން 2026

ސްރީލަންކާގައި ތެލުގެ އަގު ހެޔޮކޮށްފި

30 ޖޫން 2026
ސްރީލަންކާގައި ތެލުގެ އަގު ހެޔޮކޮށްފި
08 ޖޫން 2026

ތަޒްމީލު: ރާއްޖެއިން ސަރުކާރުގެ ކޮންޓްރޯލް ގެއްލެމުންދާ ބިރުވެރި މަންޒަރެއް ފެންނަން ހުރި

08 ޖޫން 2026
ތަޒްމީލު: ރާއްޖެއިން ސަރުކާރުގެ ކޮންޓްރޯލް ގެއްލެމުންދާ ބިރުވެރި މަންޒަރެއް ފެންނަން ހުރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް