Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑޮލަރުގެ ކަޅުބާޒާރު

ޑޮލަރުގެ ކަޅު ބާޒާރަށް ނިމުމެއް އަންނާނެ ތާރީޚެއް ވެސް އެކަން ނިމުމަކަށް ގެނެވޭނެ ކަމަކަށްވެސް މުއިއްޒަކަށް ވިދާޅެއް ނުވެވުނު

26 އޯގަސްޓު 2026 | ބުދަ 19:24

ޑޮލަރުގެ ކަޅު ބާޒާރު ނިމުމަކަށް އަންނާނެ ސީދާ ތާރީޚެއް ދެއްވުމަށް ރައީސް ޑރ. މުއިއްޒު އިންކާރު ކުރެއްވިއިރު، އެމްއެމްއޭގެ ރޭޓަށްވުރެ ބޮޑުކޮށް ޑޮލަރު ވިއްކުމާއި އިޝްތިހާރު ކުރުމަކީ ބޮޑެތި ޖޫރިމަނާތަކެއް އަންނަ ކުށެއްގެ ގޮތުގައި މިހާރު ވަނީ ގާނޫނުގައި ކަނޑައަޅާފައި. މި މައްސަލައިގައި ރައީސް ވިދާޅުވީ ސީދާ ތާރީޚެއް ދެއްވުމަށްވުރެ ބޮޑަށް، ކުރިއަށް އޮތް ތަނުގައި މިކަމަށް ރަނގަޅު ހައްލެއް ލިބިގެންދާނެ ކަމަށް

ރާއްޖެ އެމްވީ | 26 އޯގަސްޓު 2026 | ބުދަ 19:24
ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ

ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ | ރައީސް އޮފީސް

ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރު ނިމުމަކަށް އަންނާނީ ކޮން އިރަކުންތޯ ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ދެންނެވުމުން "އިރާދަކުރެއްވިޔާ ރަނގަޅު ކުރިއެރުންތަކެއް ލިބޭނެ" ކަމަށް ވިދާޅުވެ، ތާރީޚެއް ދެއްވަން އިންކާރު ކުރައްވައިފި އެވެ.

"ރައްޔިތުން އެންމެ ކަންބޮޑުވާ މައްސަލައަކީ ކަޅު ބާޒާރު ކަމަށާއި، ކަޅު ބާޒާރަށް ނިމުމެއް އަންނާނީ ކިހާތާކުތޯ ސުވާލުކުރުމުން މުއިއްޒު ވަނީ އެ ސުވާލަށް ސީދާ ޖަވާބެއް ނުދެއްވާފަ އެވެ.

Advertisement - newsAdvertisement

"ސީދާ ތާރީޚެއް ދިނުމަށްވުރެ އަޅުގަނޑު ހިތުން އަޅުގަނޑުމެންނަށް، މީގައި ދެންނެވޭނެ ވާހަކައަކީ، އިރާދަކުރެއްވިޔާ ރަނގަޅު ކުރިއެރުންތަކެއް ލިބޭނޭ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.  

މުއިއްޒު ވިދާޅުވީ، ކަޅުބާޒާރު އުފެދިގެން އައީ އިއްޔެއަކު މިއަދަކު ނޫން ކަމުގަ އެވެ.

ސަރުކާރުގެ ޓީވީ، ޕިއެސްއެމް އިން ބުދަ ދުވަހުގެ ރޭ ގެނެސްދިން "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ސުވާލަށް ސީދާ ޖަވާބެއް ދެއްވުމުގެ ބަދަލުގައި ތަކުރާރުކޮށް ވިދާޅުވީ، "އިރާދަކުރެއްވިއްޔާ މީގެ ނަތީޖާ ރަނގަޅުވާނެ،" ކަމަށެވެ.

ކަޅު ބާޒާރު ނިމުމަކަށް އަންނާނެ ތާރީޚެއް ދެއްވުމަށް ރައީސް މުއިއްޒު ފަސްޖެހިވަޑައިތްއިރު،  އެމްއެމްއޭއިން ކަނޑައަޅާ ރޭޓާ ޚިލާފަށް ޑޮލަރު ވިއްކުމާއި އިޝްތިހާރު ކުރުމަކީ ކުށެއް ކަމަށް  ބޭރު ފައިސާއާ ބެހޭ ޤާނޫނުގައި ރައީސް މުއިއްޒުގެ ފުލް ކޮންޓްރޯލުގައި ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުން ވަނީ ކަނޑައަޅާފައިކަން ފާހަގަ ކުރެވެ އެވެ.

އެގޮތުން ބޭރު ފައިސާ ގަނެ ވިއްކުމުގައި މުއާމަލާތްތައް ކުރަންވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅައި، އާންމުކޮށްފައިވާ ރޭޓުތައް ނުވަތަ ބޭންޑުތަކަށްވުރެ މަތިނުވާ ގޮތެއްގެ މަތިން ކަމަށް ވަނީ ގާނޫނުގައި މިހާރު ވަނީ ބަޔާންކޮށްފަ އެވެ. އަދި އެ ރޭޓާ ޚިލާފަށް ބޭރު ފައިސާ ވިއްކުމަކީ ނުވަތަ ވިއްކަން މަސައްކަތް ކުރުންވެސް ކުށަކަށްވާނެ އެވެ. އެމްއެމްއޭއިން ކަނޑައަޅާ ރޭޓާ ޚިލާފަށް ބޭރުފައިސާ ވިއްކައިފިނަމަ ނުވަތަ ވިއްކަން މަސައްކަތްކޮށްފިނަމަ އެ މީހަކު ކުރި ކުށުގެ ކުޑަބޮޑުމިނަށް ބަލައި 25،000 އާއި 1 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ގާނޫނުގައި ވަނީ ބަޔާންކޮށްފަ އެވެ.

އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓާ ޚިލާފަށް ބޭރު ފައިސާ ޕްރޮމޯޓްކުރުމަކީވެސް ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން އެއްވެސް ފަރާތަކުން ބޭރުފައިސާ ގަނެވިއްކުމަށް އެމްއެމްއޭ އިން ރަސްމީކޮށް ކަނޑައަޅައި، އާންމުކޮށްފައިވާ ރޭޓު ނުވަތަ ބޭންޑަށްވުރެ މަތީ ރޭޓެއްގައި ނުވަތަ ކަނޑައަޅާފައިވާ ބޭންޑުގެ ބޭރުން ކުރާ ވިޔަފާރިއާ ގުޅޭ ރޭޓެއް ނުވަތަ އަގެއް އިޝްތިހާރު ކުރުމާއި ޕްރޮމޯޓް ކުރުމަކީ ކުށެއް ކަމަށް ވަނީ ބަޔާންކޮށްފަ އެވެ. އެ ގޮތުން އިސްތިހާރު ކުރުމާއި، ޕްރޮމޯޓް ކުރުން ކަމުގައި ބުނެފައިވަނީ ބޭރުފައިސާ އެމްއެމްއޭއިން ކަނޑައަޅާ ރޭޓަށްވުރެ މަތީ ރޭޓެއްގައި ބޭރު ފައިސާ ގަނެވިއްކުން އިޝްތިހާރު ކުރުމަށްޓަކައި ނުވަތަ އެކަމަށް ހިތްވަރު ދިނުމަށްޓަކައި ނުވަތަ އެކަން ފެތުރުމަށްޓަކައި ޑިޖިޓަލް ވަސީލަތްތަކުން ނުވަތަ ޕްލެޓްފޯމަކުން ނުވަތަ އެނޫންވެސް އެހެން ގޮތަކުން އާންމުކޮށް އެނގޭނެހެން އެފަދަ މައުލޫމާތު ހާމަކުރުމާއި، ޝާޢިއު ކުރުމާއި، ފެތުރުމާއި، ތަކުރާރު ކުރުމާއި ފޯރުކޮށްދިނުން ކަމަށްވެސް ވަނީ ބަޔާންކޮށްފަ އެވެ.

މި ކުށުގެ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، 25،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. މީގެ އިތުރުން އެމްއެމްއޭއިން ކަނޑައަޅާ ރޭޓާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކުމާއި، އިސްތިހާރު ކުރުމުގައި ޤާނޫނީ ޝަޚުސެއް ޝާމިލުވާނަމަ އެފަރާތެއް 100،000 ރުފިޔާއާއި 5 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ގާނޫނުގައި ވަނީ ބަޔާންކޮށްފަ އެވެ.

ބޮޑެތި އަދަބުތަކާއެކު ގާނޫނަށް ގެނައި ބަދަލުތަކާ އެކު ވެސް ޑޮލަރުގެ ކަޅު ބާޒާރު ނިމުމަކަށް އަންނާނެ ކަމެއް ވެސް އަދި ރަސްމީ ރޭޓުގައި ނޫން ގޮތަކަށް ރާއްޖޭގައި ޑޮލަރު ލިބެން ނުހުންނާނެ ކަމެއް ވެސް ރައީސް މުއިއްޒުއަކަށް ވިދާޅެއް ނުވެވުނެވެ.

ޑރ. މުހައްމަދު މުއިއްޒުޑޮލަރުގެ ކަޅުބާޒާރުއެމްއެމްއޭބޭރު ފައިސާގެ ވިޔަފާރިޑޮލަރުގެ މައްސަލަ

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

26 އޯގަސްޓު 2026

އަންނަ މަހުން ފެށިގެން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅުބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރަން ފާސްކޮށްފި!

26 އޯގަސްޓު 2026
އަންނަ މަހުން ފެށިގެން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅުބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރަން ފާސްކޮށްފި!
26 އޯގަސްޓު 2026

ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ މާރުކުރަން ޖެހޭގޮތަށް ގާނޫނު އިސްލާހުކުރަން ފާސްކޮށްފި

26 އޯގަސްޓު 2026
ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ މާރުކުރަން ޖެހޭގޮތަށް ގާނޫނު އިސްލާހުކުރަން ފާސްކޮށްފި
26 އޯގަސްޓު 2026

އެމްއެމްއޭ އަކީ ރައީސް އޮފީހުން ހިންގާ ތަނެއް، ބޭރު ފައިސާގެ މައްސަލައަށް ގާނޫނެއް ހަދައިގެން ހައްލު ނުކުރެވޭނެ: މެންބަރު ޝަމްހީދު

26 އޯގަސްޓު 2026
އެމްއެމްއޭ އަކީ ރައީސް އޮފީހުން ހިންގާ ތަނެއް، ބޭރު ފައިސާގެ މައްސަލައަށް ގާނޫނެއް ހަދައިގެން ހައްލު ނުކުރެވޭނެ: މެންބަރު ޝަމްހީދު
26 އޯގަސްޓު 2026

ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ މުސާރައާއި ސަރވިސް ޗާޖު ރުފިޔާއަށް ބަދަލުކުރުމަށް މަޖުބޫރުވާ ގޮތަށް ކުރާ މަސައްކަތްތައް ހުއްޓާލުމަށް ގޮވާލައިފި

26 އޯގަސްޓު 2026
ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ މުސާރައާއި ސަރވިސް ޗާޖު ރުފިޔާއަށް ބަދަލުކުރުމަށް މަޖުބޫރުވާ ގޮތަށް ކުރާ މަސައްކަތްތައް ހުއްޓާލުމަށް ގޮވާލައިފި
26 އޯގަސްޓު 2026

ޤާނޫނެއްގައި އަކުރެއް ލިޔެގެން ރާއްޖޭގެ އިގުތިސާދަށް އަންނަ ބަދަލުތައް ހައްލުކުރެވޭކަށް ނެތް: މީކާއިލް

26 އޯގަސްޓު 2026
ޤާނޫނެއްގައި އަކުރެއް ލިޔެގެން ރާއްޖޭގެ އިގުތިސާދަށް އަންނަ ބަދަލުތައް ހައްލުކުރެވޭކަށް ނެތް: މީކާއިލް
25 އޯގަސްޓު 2026

އަދަދު ނޫހުގެ އޮފީސް ބަލާފާސްކޮށްގެން ގެންދިޔަ ތަކެތި އަނބުރާ ރައްދުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރާނެ ގާނޫނީ ހަމައެއް ނެތް: ކްރިމިނަލް ކޯޓު

25 އޯގަސްޓު 2026
އަދަދު ނޫހުގެ އޮފީސް ބަލާފާސްކޮށްގެން ގެންދިޔަ ތަކެތި އަނބުރާ ރައްދުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރާނެ ގާނޫނީ ހަމައެއް ނެތް: ކްރިމިނަލް ކޯޓު
25 އޯގަސްޓު 2026

ޓޭންކަރާއި ބޮޑު ބަޑި ނެރެގެން ހައްޔަރު ކުރަންޖެހޭ މީހާ ހޯމް މިނިސްޓަރަށް ވަރަށް ސާފުކޮށް އެނގޭނެ: ބޮންޑާ

25 އޯގަސްޓު 2026
ޓޭންކަރާއި ބޮޑު ބަޑި ނެރެގެން ހައްޔަރު ކުރަންޖެހޭ މީހާ ހޯމް މިނިސްޓަރަށް ވަރަށް ސާފުކޮށް އެނގޭނެ: ބޮންޑާ
24 އޯގަސްޓު 2026

ޑޮލަރާ ގުޅޭ ގޮތުން ރާއްޖެޓީވީން ކުރި ސުވާލުތަކުގެ ޖަވާބު ދޭން ނޭނގި މައުޟޫއު އޮޅުވާލައިފި

24 އޯގަސްޓު 2026
ޑޮލަރާ ގުޅޭ ގޮތުން ރާއްޖެޓީވީން ކުރި ސުވާލުތަކުގެ ޖަވާބު ދޭން ނޭނގި މައުޟޫއު އޮޅުވާލައިފި
24 އޯގަސްޓު 2026

ކަޅުބާޒާރުން ސަރުކާރުގެ ކުންފުނިތަކުން ޑޮލަރު ގަންނަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެއީ މަނީލޯންޑަރިންގ ކަމަށް ހޯމް މިނިސްޓަރު އިހުސާން ވިދާޅުވެއްޖެ

24 އޯގަސްޓު 2026
ކަޅުބާޒާރުން ސަރުކާރުގެ ކުންފުނިތަކުން ޑޮލަރު ގަންނަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެއީ މަނީލޯންޑަރިންގ ކަމަށް ހޯމް މިނިސްޓަރު އިހުސާން ވިދާޅުވެއްޖެ
23 އޯގަސްޓު 2026

ރައީސްގެ އާއިލީ ވަކީލު އާޒިމާ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކެރެޓަރީގެ މަޤާމަށް އައްޔަނުކޮށްފި

23 އޯގަސްޓު 2026
ރައީސްގެ އާއިލީ ވަކީލު އާޒިމާ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކެރެޓަރީގެ މަޤާމަށް އައްޔަނުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް