އެންމެ ޒަމާނީ އިންޖިނިއަރިންގ ލެބޯރެޓަރީއެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
30 އޯގަސްޓު 2026 | އާދީއްތަ 09:05އިންޖިނިއަރިންގެ ހުރިހާ ދާއިރާއެއްގެ ޚިދުމަތް އެއްފުރާޅެއްގެ ދަށުން ލިބޭނެ އެންމެ ޒަމާނީ ލެބޯރެޓަރީއެއް ރާއްޖޭގައި ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަން ރައީސް އިޢުލާނު ކުރައްވައިފި. ސިވިލް، މެކޭނިކަލް އަދި ރޮބޮޓިކްސް ފަދަ ގިނަ ދާއިރާތަކެއް ހިމެނޭ މި މަޝްރޫޢުގެ ފަންނީ މަސައްކަތްތައް ފަށާފައިވާއިރު، މި އިމާރާތް ބިނާކުރުމަށް ހަމަޖެހިފައިވަނީ ދައުލަތުގެ ބަޖެޓުން ބޭރުން


ލެބޯރެޓަރީއެއް އެންމެ ޒަމާނީ އިންޖިނިއަރިންގ ލެބޯރެޓަރީއެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ | ރައީސް އޮފީސް
ދިވެހިރާއްޖޭގައި އެންމެ ޒަމާނީ އިންޖިނިއަރިންގ ލެބޯރެޓަރީއެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ، މިއަދު ފާހަގަ ކުރާ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ވީޑިއޯ މެސެޖެއްގަ އެވެ. އެގޮތުން ރާއްޖޭގައި ޤާއިމު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ އެންމެ ޒަމާނީ އިންޖިނިއަރިންގ ލެބޯރެޓަރީ ޢިމާރާތަކީ، އިންޖިނިއަރިންގގެ ހުރިހާ ދާއިރާއެއްގެ ޚިދުމަތް، އެއްތަނަކުން ލިބޭނެ ގޮތަށް ފަރުމާކުރެވިގެން ދާނެ ޢިމާރާތެއްކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
މި ލެބޯރެޓަރީ ގައި ސިވިލް އިންޖިނިއަރިންގ، މެކޭނިކަލް އިންޖިނިއަރިންގ، އިލެކްޓްރިކަލް އިންޖިނިއަރިންގ، އިލެކްޓްރޯނިކް އިންޖިނިއަރިންގ، ސޮފްޓްވެއަރ އިންޖިނިއަރިންގ، އެއަރކްރާފްޓް އިންޖިނިއަރިންގ، އެއިރޮނޮޓިކަލް އިންޖިނިއަރިންގ، ރޮބޮޓިކްސްއާއި، އޭއައިގެ އިތުރުން، ޑިޖިޓަލް އިންޖިނިއަރިންގގެ ހުރިހާ ދާއިރާއެއް ފުރިހަމަވެފައި ހުންނާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
މި އިމާރަތް ކުރުމަށް ބޭނުންވާ ފަންނީ މަސައްކަތްތަކާއި އެހެނިހެން އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށާއި އެ އިމާރާތަކީ އިންޖިނިއަރިންގެ ހުރިހާ ދާއިރާއެއްގެ ޚިދުމަތް، އެއްތަނަކުން ލިބޭނެގޮތަށް ފަރުމާކުރެވިގެންދާނެ ޢިމާރާތެއްކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން، މި އިމާރަތް ހިންގުމަށް ހަމަ ޖެހިފައިވަނީ ދައުލަތުގެ ބަޖެޓުގައި ނުހިމަނާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.











