Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގއ. ކޮލަމާފުށި

ކޮލަމާފުށީ ފެނަކަ ބްރާންޗުން 10 މުވައްޒަފަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި

29 އޯގަސްޓު 2026 | ހޮނިހިރު 08:20

ސިޔާސީ މަގާމުތައް ފިޔަވައި އެހެން ވަޒީފާތަކުން މުވައްޒަފުން ވަކިނުކުރާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވި ނަމަވެސް، ސަރުކާރު ކުންފުނިތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަމުންދާތީ އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައި. މިކަމާ ގުޅިގެން ރައީސް ވިދާޅުވީ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަށް މުވައްޒަފުން މަދުކުރުމަކީ މިހާރު މަޖުބޫރު ކަމެއް ކަމަށާއި އެއީ ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ކުރާ ކަމެއް ކަމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 އޯގަސްޓު 2026 | ހޮނިހިރު 08:20
ރައީސް މުއިއްޒު، ގއ. ކޮލަމާފުށީ ރައްޔިތުންނާ ބައްދަލުކުރައްވުން

ރައީސް މުއިއްޒު، ގއ. ކޮލަމާފުށީ ރައްޔިތުންނާ ބައްދަލުކުރައްވުން | ރައީސް އޮފީސް

ގއ ކޮލަމާފުށީގައި ހުންނަ ފެނަކަ ކޯޕަރޭޝަންގެ ބްރާންޗުގައި މަސައްކަތް ކުރަމުންދިޔަ 10 މުވައްޒަފަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވަޒީފާއިން ވަކިކުރި މުވައްޒަފުންގެ ތެރޭގައި ސިޔާސީ ގޮތުން ސަރުކާރުން އެކިއެކި ފިޔަވަޅުތައް އަޅާފައިވާ މުވައްޒަފުން ވެސް ހިމެނެ އެވެ.

Advertisement - newsAdvertisement

ކޮލަމާފުށީގެ އިތުރުން އަތޮޅުތެރޭގެ ފެނަކަ ބްރާންޗުގެ އާދައިގެ މަގާމުތަކުގައި ތިބި މުވައްޒަފުން ވަކިކުރަމުންދާއިރު، ސަރުކާރުން ދަނީ އެކި ނަންނަމުގައި ސިޔާސީ ބޮޑެތި މަގާމުތަކަށް ބޮޑު މުސާރައިގައި މީހުން އައްޔަނު ކުރަމުންނެވެ. މިއީ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމުގެ ނަމުގައި ހިންގާ އުސޫލާ ފުށުއަރާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.

މިދިޔަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، ސިޔާސީ މަގާމުތަކުގައި ތިބޭ މީހުން ފިޔަވައި އެހެން އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިނުކުރައްވާނެ ކަމަށެވެ. އަދި އެއީ 200 ފަހަރު ވެވަޑައިގަންނަވާ ވައުދެއް ކަމަށް ވެސް އެމަނިކުފާނު އޭރު ވިދާޅުވި އެވެ. ނަމަވެސް ވެރިކަމަށް ވަޑައިގަތުމަށްފަހު، އެ ވައުދާ ޚިލާފަށް ސަރުކާރުގެ އެކި ކުންފުނިތަކުން ދަނީ އެއްވެސް ސަބަބެއް ބަޔާންކުރުމެއް ނެތި ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަމުންނެވެ.

މިކަމާ ގުޅޭގޮތުން ރައީސް މުއިއްޒު މިހާރު ވިދާޅުވަނީ، ކުންފުނިތަކަށް ބޭނުންވާ މިންވަރަށް މުވައްޒަފުން މަދުކުރުމަކީ މިހާރު މަޖުބޫރުވެފައިވާ ކަމެއް ކަމަށެވެ. އަދި ކުންފުނިތަކުން ކުރަމުންދާ އެ މަސައްކަތަކީ އެމަނިކުފާނުގެ ވައުދާ ޚިލާފުވުން ނޫން ކަމަށާއި، ކޮންމެ ކުންފުންޏެއްގައި ވެސް އޮންނަ އުސޫލުގެ ދަށުން މުވައްޒަފުން ދޫކޮށްލާފައި ހުރެދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖެ ޓީވީން މިކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ރައީސް ވިދާޅުވީ، ވަޒީފާއިން ވަކިނުކުރުމުގެ މާނައަކީ "އެޓް އެނީ ކޯސްޓް" ނުވަތަ ކޮންމެ ގޮތެއް ވިޔަސް މުވައްޒަފުން ބޭތިއްބުން ނޫން ކަމަށެވެ. އަދި މުވައްޒަފުން ވަކިކުރަނީ އެއްވެސް ސަބަބެއް ނެތި ނޫން ކަމަށާއި އެކަން ކުރަނީ ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށް ވެސް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވި އެވެ.

ފާއިތުވި ދުވަސްތަކުގައި ސަރުކާރުގެ އެކި ކުންފުނިތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކޮށްފައިވާއިރު، އޭގެ ތެރޭގައި ސަރުކާރާ އިދިކޮޅު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ މުވައްޒަފުން ހިމެނޭކަން ފާހަގަކުރެވެ އެވެ. މިކަމުގެ ސަބަބުން އާންމު ރައްޔިތުންގެ ބޮޑެތި ފާޑުކިޔުންތަކާއި ނުރުހުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

ފެނަކަ ކޯޕަރޭޝަންޑރ. މުހައްމަދު މުއިއްޒުގއ. ކޮލަމާފުށި

އެންމެ ހިނގާ

1

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

2

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

3

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

4

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

5

އީރާާންގެ ވެރިންނަކީ ނުލަފާ ބައެއް، އެއްބަސްވުމަކަށް ނުދާނަން: ނަތަންޔާހޫ

އިތުރަށް ކިޔާލަން

27 އޯގަސްޓު 2026

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

27 އޯގަސްޓު 2026
ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު
27 އޯގަސްޓު 2026

އިންޑިއާއިން އަޅާ ބްރިޖެއްގައި ކޮލިޓީ ނުހުންނާނެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް ތިލަމާލެ ބްރިޖުގެ ކޮލިޓީ ރަނގަޅު ވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

27 އޯގަސްޓު 2026
އިންޑިއާއިން އަޅާ ބްރިޖެއްގައި ކޮލިޓީ ނުހުންނާނެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް ތިލަމާލެ ބްރިޖުގެ ކޮލިޓީ ރަނގަޅު ވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
26 އޯގަސްޓު 2026

ޑޮލަރުގެ ކަޅު ބާޒާރަށް ނިމުމެއް އަންނާނެ ތާރީޚެއް ވެސް އެކަން ނިމުމަކަށް ގެނެވޭނެ ކަމަކަށްވެސް މުއިއްޒަކަށް ވިދާޅެއް ނުވެވުނު

26 އޯގަސްޓު 2026
ޑޮލަރުގެ ކަޅު ބާޒާރަށް ނިމުމެއް އަންނާނެ ތާރީޚެއް ވެސް އެކަން ނިމުމަކަށް ގެނެވޭނެ ކަމަކަށްވެސް މުއިއްޒަކަށް ވިދާޅެއް ނުވެވުނު
25 އޯގަސްޓު 2026

އަދަދު ނޫހުގެ އޮފީސް ބަލާފާސްކޮށްގެން ގެންދިޔަ ތަކެތި އަނބުރާ ރައްދުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރާނެ ގާނޫނީ ހަމައެއް ނެތް: ކްރިމިނަލް ކޯޓު

25 އޯގަސްޓު 2026
އަދަދު ނޫހުގެ އޮފީސް ބަލާފާސްކޮށްގެން ގެންދިޔަ ތަކެތި އަނބުރާ ރައްދުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރާނެ ގާނޫނީ ހަމައެއް ނެތް: ކްރިމިނަލް ކޯޓު
24 އޯގަސްޓު 2026

ކަޅުބާޒާރުން ސަރުކާރުގެ ކުންފުނިތަކުން ޑޮލަރު ގަންނަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެއީ މަނީލޯންޑަރިންގ ކަމަށް ހޯމް މިނިސްޓަރު އިހުސާން ވިދާޅުވެއްޖެ

24 އޯގަސްޓު 2026
ކަޅުބާޒާރުން ސަރުކާރުގެ ކުންފުނިތަކުން ޑޮލަރު ގަންނަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެއީ މަނީލޯންޑަރިންގ ކަމަށް ހޯމް މިނިސްޓަރު އިހުސާން ވިދާޅުވެއްޖެ
23 އޯގަސްޓު 2026

ރައީސްގެ އާއިލީ ވަކީލު އާޒިމާ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކެރެޓަރީގެ މަޤާމަށް އައްޔަނުކޮށްފި

23 އޯގަސްޓު 2026
ރައީސްގެ އާއިލީ ވަކީލު އާޒިމާ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކެރެޓަރީގެ މަޤާމަށް އައްޔަނުކޮށްފި
21 އޯގަސްޓު 2026

ކޮންމެ ރައްޔިތަކަށް ރައީސް މުއިއްޒު ދެއްވަން ވިދާޅުވާ ބޯހިޔާވަހިކަން - ދައުރުގެ ބޮޑުބައި ފާއިތުވެގެން ދިޔައިރު ވިދާޅުވަނީ "މިހާރު ދެން އެބަ ފެށޭ" ކަމަށް!

21 އޯގަސްޓު 2026
ކޮންމެ ރައްޔިތަކަށް ރައީސް މުއިއްޒު ދެއްވަން ވިދާޅުވާ ބޯހިޔާވަހިކަން - ދައުރުގެ ބޮޑުބައި ފާއިތުވެގެން ދިޔައިރު ވިދާޅުވަނީ "މިހާރު ދެން އެބަ ފެށޭ" ކަމަށް!
21 އޯގަސްޓު 2026

ރައީސް މުއިއްޒުއާ ވަކިވަކިން ބައްދަލުކުރާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ އިތުރު ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފި

21 އޯގަސްޓު 2026
ރައީސް މުއިއްޒުއާ ވަކިވަކިން ބައްދަލުކުރާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ އިތުރު ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފި
20 އޯގަސްޓު 2026

10 އަހަރު ފޯކައިދޫ ފެނަކަ ބްރާންޗަށް ޚިދުމަތް ކުރި މުވައްޒަފަކު އެމްޑީޕީއަށް ސޮއިކުރުމުން ވަޒީފާއިން ވަކިކުރި ކަމުގެ ތުހުމަތު!

20 އޯގަސްޓު 2026
10 އަހަރު ފޯކައިދޫ ފެނަކަ ބްރާންޗަށް ޚިދުމަތް ކުރި މުވައްޒަފަކު އެމްޑީޕީއަށް ސޮއިކުރުމުން ވަޒީފާއިން ވަކިކުރި ކަމުގެ ތުހުމަތު!
20 އޯގަސްޓު 2026

ފޯކައިދޫގައި އިންޖީނުގެ ރަނގަޅަށް ނުބަލަހައްޓައި ދޫކޮށްލާފައިވާ ކަމުގެ ތުހުމަތު، އިމާރާތަށް ގެއްލުވެފައިވާ ވީޑިއޯތައް އާއްމުވި ނަމަވެސް ސްޓޭޝަން މެނޭޖަރު އެކަން ދޮގުކުރޭ!

20 އޯގަސްޓު 2026
ފޯކައިދޫގައި އިންޖީނުގެ ރަނގަޅަށް ނުބަލަހައްޓައި ދޫކޮށްލާފައިވާ ކަމުގެ ތުހުމަތު، އިމާރާތަށް ގެއްލުވެފައިވާ ވީޑިއޯތައް އާއްމުވި ނަމަވެސް ސްޓޭޝަން މެނޭޖަރު އެކަން ދޮގުކުރޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް