Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ޓްރަމްޕްގެ މަންދޫބެއްގެ ގޮތުގައި ޕާކިސްތާންގެ އަސްކަރީ އިސްވެރިޔާ އީރާން އަށް ވަޑައިގެންނެވި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

27 އޯގަސްޓު 2026 | ބުރާސްފަތި 11:08

ޕާކިސްތާންގެ ފޮރިން އޮފީހުގެ ތަރުޖަމާނު ތާހިރު އަންދްރާބީ ބުރާސްފަތި ދުވަހު ބޭއްވި ހަފުތާގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، އޮގަސްޓް މަހުގެ 24 ވަނަ ދުވަހު އާސިމް މުނީރު އީރާން އަށް ކުރެއްވި ދަތުރުފުޅަކީ ހަމައެކަނި މެދުވެރިއެއްގެ ގޮތުން ޕާކިސްތާން އިން އަދާކުރަމުންދާ ދައުރުގެ ތެރެއިން ކުރެއްވި ދަތުރުފުޅެއް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 އޯގަސްޓު 2026 | ބުރާސްފަތި 11:08
ޕާކިސްތާންގެ އަސްކަރިއްޔާގެ އިސްވެރިޔާ ފީލްޑު މާޝަލް އާސިމް މުނީރު

ޕާކިސްތާންގެ އަސްކަރިއްޔާގެ އިސްވެރިޔާ ފީލްޑު މާޝަލް އާސިމް މުނީރު | ރޮއިޓާސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަންދޫބެއްގެ ގޮތުގައި ޕާކިސްތާންގެ އަސްކަރިއްޔާގެ އިސްވެރިޔާ ފީލްޑު މާޝަލް އާސިމް މުނީރު އީރާން އަށް ވަޑައިގެންނެވި ކަމަށް ދެކެވޭ ވާހަކަ، ޕާކިސްތާންގެ ސަރުކާރުން ދޮގުކޮށްފި އެވެ. 

ޕާކިސްތާން އިން ބުނީ މި ޚަބަރުތަކަކީ ހަގީގަތާ ޚިލާފު އަދި އާންމުންނަށް އޮޅޭގޮތަށް ފަތުރާފައިވާ މައުލޫމާތުތަކެއް ކަމަށެވެ.

Advertisement - worldAdvertisement

ޕާކިސްތާންގެ ފޮރިން އޮފީހުގެ ތަރުޖަމާނު ތާހިރު އަންދްރާބީ ބުރާސްފަތި ދުވަހު ބޭއްވި ހަފުތާގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، އޮގަސްޓް މަހުގެ 24 ވަނަ ދުވަހު އާސިމް މުނީރު އީރާން އަށް ކުރެއްވި ދަތުރުފުޅަކީ ހަމައެކަނި މެދުވެރިއެއްގެ ގޮތުން ޕާކިސްތާން އިން އަދާކުރަމުންދާ ދައުރުގެ ތެރެއިން ކުރެއްވި ދަތުރުފުޅެއް ކަމަށެވެ.

މި ދަތުރުފުޅަކީ އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އާއި އީރާންއާ ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުންތައް ކުޑަ ކުރުމަށް ޕާކިސްތާން އިން ކުރަމުންދާ އިޚުލާސްތެރި މަސައްކަތްތަކުގެ ބައެއް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

މި ދަތުރުފުޅުގައި އާސިމް މުނީރު ވަނީ އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާންގެ އިތުރުން، އެ ޤައުމުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ މަންދޫބާއި، ޤާނޫނު ހަދާ މަޖިލީހުގެ ރައީސް އާއި، ފޮރިން މިނިސްޓަރު އަދި ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވާފައި އެވެ. ތަރުޖަމާނު ވިދާޅުވި ގޮތުގައި، ސަރަހައްދީ ހަމަޖެހުމަށް ޕާކިސްތާން އިން ކުރަމުންދާ މަސައްކަތްތަކަށް އީރާންގެ ލީޑަރޝިޕް އިން ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައި އެވެ.

ޕާކިސްތާންގެ އަސްކަރިއްޔާގެ މީޑިއާ ގޮފިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އީރާންގެ އޮފިޝަލުން ޕާކިސްތާންގެ ބިނާކުރުވަނިވި ދައުރާއި، އިޚުލާސްތެރި މަސައްކަތްތައް ބަލައިގެންފައިވާ ކަމަށެވެ. މީގެ އިތުރުން، އީރާންގެ ރައީސްގެ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، މި ދަތުރުފުޅަކީ ވަރަށް ކާމިޔާބު އަދި ޑިޕްލޮމެޓިކް ގޮތުން އަގުހުރި ނަތީޖާތަކެއް ލިބިގެން ދިޔަ ދަތުރުފުޅެއް ކަމަށެވެ.

އީރާންގެ އޮފިޝަލުން އިތުރަށް ހާމަކުރެއްވި ގޮތުގައި، މި ދަތުރުފުޅުގެ ސަބަބުން ނުކުންނާނެ ހެޔޮ ނަތީޖާތައް ވަރަށް އަވަހަށް ފެންނަން ފަށާނެ އެވެ. ޕާކިސްތާން އިން މިކަން ސާފުކޮށްދީފައި މި ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަލުން އިންތިޚާބުވެ ވަޑައިގަތުމާ ގުޅިގެން، އޭނާގެ މަންދޫބެއްގެ ގޮތުގައި ޕާކިސްތާންގެ އަސްކަރީ ވެރިޔާ މަސައްކަތް ކުރައްވާ ކަމަށް ބައިނަލްއަޤުވާމީ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ދަނޑިވަޅެއްގައި އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން ހަނގުރާމައީރާން-އެމެރިކާއާސިމް މުނީރު

އެންމެ ހިނގާ

1

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

2

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

3

ސްޓެލްކޯއަށް ގޮސް ޝަކުވާކުރުމުން 17،000 ރުފިޔާގެ ބިލެއް 1000 އަށް އަދި 12،000 ރުފިޔާގެ ބިލެއް 600 އަށް ކުޑަކޮށްދީފި

4

ޕީއެންސީ ކޮންގްރެސްގެ ބެކްޑްރޮޕް އާއި ޤައުމީ ދިދައިގެ ހުރުމަތް

5

އީރާނުގެ ހަމަލާތަކުން އެމެރިކާ އަސްކަރިއްޔާ "ހުއްޓުމަކަށް" އައުމުގެ ނުރައްކަލުގައި

އިތުރަށް ކިޔާލަން

27 އޯގަސްޓު 2026

މުސްލިމު ޤައުމުތަކުގެ އިޤްތިސާދީ ބާރު ވަރަށް ކުޑަ: އީރާންގެ ރައީސް ޕެޒެޝްކިއާން

27 އޯގަސްޓު 2026
މުސްލިމު ޤައުމުތަކުގެ އިޤްތިސާދީ ބާރު ވަރަށް ކުޑަ: އީރާންގެ ރައީސް ޕެޒެޝްކިއާން
27 އޯގަސްޓު 2026

އީރާންއާ ދެކޮޅަށް ޓްރަމްޕް އެޅުއްވި ފިޔަވަޅުތަކަށް ބަޣާއީ މަލާމާތްކުރައްވައިފި

27 އޯގަސްޓު 2026
އީރާންއާ ދެކޮޅަށް ޓްރަމްޕް އެޅުއްވި ފިޔަވަޅުތަކަށް ބަޣާއީ މަލާމާތްކުރައްވައިފި
27 އޯގަސްޓު 2026

މަޝްވަރާތަކާ އެކު ބުރާސްފަތި ދުވަހު ވެސް ތަލުގެ އަގު ދަށަށް

27 އޯގަސްޓު 2026
މަޝްވަރާތަކާ އެކު ބުރާސްފަތި ދުވަހު ވެސް ތަލުގެ އަގު ދަށަށް
27 އޯގަސްޓު 2026

އިސްރާއީލާއި އެމެރިކާއިން ހަމަލާދިން ނިއުކްލިއާ ސައިޓްތައް ބަލައި ފާސްކުރަން ހުއްދައެއް ނުދޭނަން: އީރާން

27 އޯގަސްޓު 2026
އިސްރާއީލާއި އެމެރިކާއިން ހަމަލާދިން ނިއުކްލިއާ ސައިޓްތައް ބަލައި ފާސްކުރަން ހުއްދައެއް ނުދޭނަން: އީރާން
26 އޯގަސްޓު 2026

އީރާާންގެ ވެރިންނަކީ ނުލަފާ ބައެއް، އެއްބަސްވުމަކަށް ނުދާނަން: ނަތަންޔާހޫ

26 އޯގަސްޓު 2026
އީރާާންގެ ވެރިންނަކީ ނުލަފާ ބައެއް، އެއްބަސްވުމަކަށް ނުދާނަން: ނަތަންޔާހޫ
26 އޯގަސްޓު 2026

އީރާން އަށް އިތުރު ހަމަލާއެއް ދިނުމުގެ ވިސްނުމެއް އެމެރިކާާގެ ނެތް: ރޫބިއޯ

26 އޯގަސްޓު 2026
އީރާން އަށް އިތުރު ހަމަލާއެއް ދިނުމުގެ ވިސްނުމެއް އެމެރިކާާގެ ނެތް: ރޫބިއޯ
26 އޯގަސްޓު 2026

ޓްރަމްޕްގެ ދަރިކަލުން ބެރޮން އަވަހާރަކޮށްލަން އީރާން އިން ހުށަހެޅީ 10 މިލިއަން ޑޮލަރު، ވީޑިއޯގައި އޮތީ "ބެރޮން ޓްރަމްޕް މަރާލާނީ ކޮންތާކު، ކިހިނެއް؟"

26 އޯގަސްޓު 2026
ޓްރަމްޕްގެ ދަރިކަލުން ބެރޮން އަވަހާރަކޮށްލަން އީރާން އިން ހުށަހެޅީ 10 މިލިއަން ޑޮލަރު، ވީޑިއޯގައި އޮތީ "ބެރޮން ޓްރަމްޕް މަރާލާނީ ކޮންތާކު، ކިހިނެއް؟"
26 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅި ހުޅުވުމުގެ އުންމީދާއެކު ތެލުގެ އަގު ދަށަށް

26 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅި ހުޅުވުމުގެ އުންމީދާއެކު ތެލުގެ އަގު ދަށަށް
26 އޯގަސްޓު 2026

މިސައިލް ހަމަލާތަ؟ ނޫނީ ދަތިކުރުމުގެ ފިޔަވަޅުތަ؟ އީރާން މައްސަލައިގައި ގަލްފްގެ ގައުމުތަކަށް ރަނގަޅީ ކޮން ގޮތެއް؟

26 އޯގަސްޓު 2026
މިސައިލް ހަމަލާތަ؟ ނޫނީ ދަތިކުރުމުގެ ފިޔަވަޅުތަ؟ އީރާން މައްސަލައިގައި ގަލްފްގެ ގައުމުތަކަށް ރަނގަޅީ ކޮން ގޮތެއް؟
25 އޯގަސްޓު 2026

"އަމާންދިނުން؟ ދުވަހަކުވެސް ތިކަމެއް ނުވާނެ" - އީރާންގެ ރައީސް

25 އޯގަސްޓު 2026
"އަމާންދިނުން؟ ދުވަހަކުވެސް ތިކަމެއް ނުވާނެ" - އީރާންގެ ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް