Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާންއާ ދެކޮޅަށް ޓްރަމްޕް އެޅުއްވި ފިޔަވަޅުތަކަށް ބަޣާއީ މަލާމާތްކުރައްވައިފި

27 އޯގަސްޓު 2026 | ބުރާސްފަތި 07:03

އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމެރިކާގެ މި ސިޔާސަތަކީ އެއްވެސް މާނައެއް ހުރި ކަމެއް ނޫން ކަމަށް. އަދި މިހާރު ވެސް އަމަލު ކުރަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަލުން އިއުލާނު ކުރުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށް އޭނާ ފާހަގަ ކުރެއްވި. ބަޣާއީ ވިދާޅުވި ގޮތުގައި އެމެރިކާ އިން މަސައްކަތް ކުރަމުންދަނީ ބާޒާރުގައި ނެތް ބާރެއް ދެއްކުމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 އޯގަސްޓު 2026 | ބުރާސްފަތި 07:03
އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ

އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ | ރޮއިޓާސް

އީރާން އެކަހެރިކުރުމަށް އެމެރިކާ އިން އެކުލަވާލާފައިވާ "އޮޕަރޭޝަން އިކޮނޮމިކް އައުޓްކާސްޓް" ސިޔާސަތަކީ މަޖާޒީ ކަމެއް ނުވަތަ "ޕިއޯ ޕެރޮޑީ" އެއްގެ ގޮތުގައި އިރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ސިފަކުރައްވައިފި އެވެ.

އީރާންގެ އިޤްތިސާދު އިތުރަށް ބަލިކަށިކޮށް، ބައިނަލްއަޤުވާމީ މައިދާނުގައި އެ ޤައުމު އެކަހެރިކުރުމަށް އެމެރިކާ އިން ކުރަމުންދާ މަސައްކަތްތަކަށް އީރާން އިން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފައި އެވެ.

Advertisement - worldAdvertisement

އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމެރިކާގެ މި ސިޔާސަތަކީ އެއްވެސް މާނައެއް ހުރި ކަމެއް ނޫން ކަމަށެވެ. އަދި މިހާރު ވެސް އަމަލު ކުރަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަލުން އިއުލާނު ކުރުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. ބަޣާއީ ވިދާޅުވި ގޮތުގައި އެމެރިކާ އިން މަސައްކަތް ކުރަމުންދަނީ ބާޒާރުގައި ނެތް ބާރެއް ދެއްކުމަށެވެ.

މީގެ އިތުރުން ބަޣާއީ ވިދާޅުވީ، އެމެރިކާ އިން އެކުލަވާލާފައިވާ "ކޯލިޝަން" މަސައްކަތްކުރާކަން ސާބިތުކޮށްދިނުމަށްޓަކައި ބަހްރައިންގެ އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ. ނަމަވެސް ބަހްރެއިން އަކީ އީރާން އާއެކު މާނަހުރި އެއްވެސް އިޤްތިސާދީ މުއާމަލާތެއް ހިންގާ ޤައުމެއް ނޫންކަން އޭނާ ފާހަގަކުރެއްވި އެވެ. އެހެންކަމުން ބަހްރައިން މެދުވެރިކޮށް އީރާން އަށް ފިއްތުންތައް ކުރިމަތި ކުރުވަން އުޅުމަކީ ހަގީގަތެއް ނެތް ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

މި މައްސަލައާ ގުޅިގެން އެމެރިކާގެ ޓްރެޒަރީ ސްކެރެޓަރީ ސްކޮޓް ބެސެންޓް ވަނީ، ބަހްރައިންގެ ފިނޭންސް މިނިސްޓަރު ޝައިޚް ސަލްމާން ބިން ޚަލީފާ އަލް ޚަލީފާއާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައި އެވެ. މި މަޝްވަރާގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައި ވަނީ އީރާން އަށް ކުރިމަތި ކުރަމުން އަންނަ މާލީ ފިއްތުންތައް ދެމެހެއްޓުމާ ބެހޭ ގޮތުންނެވެ.

އެމެރިކާގެ ސަރުކާރުން އީރާންއާ މެދު ގެންގުޅޭ ހަރުކަށި ސިޔާސަތުގެ ދަށުން، އީރާންގެ ތެލުގެ ވިޔަފާރި އާއި މާލީ މުއައްސަސާތަކަށް އަމާޒުކޮށް އިތުރު ފިޔަވަޅުތައް އެޅުމަށް ދަނީ ތައްޔާރު ވަމުންނެވެ. ނަމަވެސް، އީރާން އިން ބުނަމުން ދަނީ މިފަދަ ފިޔަވަޅުތަކުގެ ސަބަބުން އެ ޤައުމުގެ ކުރިއެރުމަށް ހުރަސް ނޭޅޭނެ ކަމަށާއި، އެމެރިކާގެ ރޭވުންތައް ނާކާމިޔާބުވާނެ ކަމަށެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން ހަނގުރާމައީރާން-އެމެރިކާއިސްމާޢީލް ބަޣާއީ

އެންމެ ހިނގާ

1

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

2

ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ޔަހޫދީންގެ ކައިވެނީގެ ހަފުލާއެއްގައި ދުޢާކުރި މަައްސަލަ، މިއީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ކުރެވޭ ފުރައްސާރައެއް!

3

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގައި ކާފަރުން ދާއިމީކޮށް ވަޒަންވެރިވެ، އެހެން ދީންތަކަށް އުޅުމުގެ މިނިވަންކަން ހޯދުމަށް ހުޅުވޭ ދޮރަކަށް ވެގެން ހިނގައިދާނެ: ޝެއިހް ނިޝާން

4

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

5

ގަލޮޅު ގެއަކަށް ބަޔަކު ވަދެ ފޭރުނު މައްސަލައެއް!

އިތުރަށް ކިޔާލަން

27 އޯގަސްޓު 2026

މަޝްވަރާތަކާ އެކު ބުރާސްފަތި ދުވަހު ވެސް ތަލުގެ އަގު ދަށަށް

27 އޯގަސްޓު 2026
މަޝްވަރާތަކާ އެކު ބުރާސްފަތި ދުވަހު ވެސް ތަލުގެ އަގު ދަށަށް
27 އޯގަސްޓު 2026

އިސްރާއީލާއި އެމެރިކާއިން ހަމަލާދިން ނިއުކްލިއާ ސައިޓްތައް ބަލައި ފާސްކުރަން ހުއްދައެއް ނުދޭނަން: އީރާން

27 އޯގަސްޓު 2026
އިސްރާއީލާއި އެމެރިކާއިން ހަމަލާދިން ނިއުކްލިއާ ސައިޓްތައް ބަލައި ފާސްކުރަން ހުއްދައެއް ނުދޭނަން: އީރާން
26 އޯގަސްޓު 2026

އީރާާންގެ ވެރިންނަކީ ނުލަފާ ބައެއް، އެއްބަސްވުމަކަށް ނުދާނަން: ނަތަންޔާހޫ

26 އޯގަސްޓު 2026
އީރާާންގެ ވެރިންނަކީ ނުލަފާ ބައެއް، އެއްބަސްވުމަކަށް ނުދާނަން: ނަތަންޔާހޫ
26 އޯގަސްޓު 2026

އީރާން އަށް އިތުރު ހަމަލާއެއް ދިނުމުގެ ވިސްނުމެއް އެމެރިކާާގެ ނެތް: ރޫބިއޯ

26 އޯގަސްޓު 2026
އީރާން އަށް އިތުރު ހަމަލާއެއް ދިނުމުގެ ވިސްނުމެއް އެމެރިކާާގެ ނެތް: ރޫބިއޯ
26 އޯގަސްޓު 2026

ޓްރަމްޕްގެ ދަރިކަލުން ބެރޮން އަވަހާރަކޮށްލަން އީރާން އިން ހުށަހެޅީ 10 މިލިއަން ޑޮލަރު، ވީޑިއޯގައި އޮތީ "ބެރޮން ޓްރަމްޕް މަރާލާނީ ކޮންތާކު، ކިހިނެއް؟"

26 އޯގަސްޓު 2026
ޓްރަމްޕްގެ ދަރިކަލުން ބެރޮން އަވަހާރަކޮށްލަން އީރާން އިން ހުށަހެޅީ 10 މިލިއަން ޑޮލަރު، ވީޑިއޯގައި އޮތީ "ބެރޮން ޓްރަމްޕް މަރާލާނީ ކޮންތާކު، ކިހިނެއް؟"
26 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅި ހުޅުވުމުގެ އުންމީދާއެކު ތެލުގެ އަގު ދަށަށް

26 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅި ހުޅުވުމުގެ އުންމީދާއެކު ތެލުގެ އަގު ދަށަށް
26 އޯގަސްޓު 2026

މިސައިލް ހަމަލާތަ؟ ނޫނީ ދަތިކުރުމުގެ ފިޔަވަޅުތަ؟ އީރާން މައްސަލައިގައި ގަލްފްގެ ގައުމުތަކަށް ރަނގަޅީ ކޮން ގޮތެއް؟

26 އޯގަސްޓު 2026
މިސައިލް ހަމަލާތަ؟ ނޫނީ ދަތިކުރުމުގެ ފިޔަވަޅުތަ؟ އީރާން މައްސަލައިގައި ގަލްފްގެ ގައުމުތަކަށް ރަނގަޅީ ކޮން ގޮތެއް؟
25 އޯގަސްޓު 2026

"އަމާންދިނުން؟ ދުވަހަކުވެސް ތިކަމެއް ނުވާނެ" - އީރާންގެ ރައީސް

25 އޯގަސްޓު 2026
"އަމާންދިނުން؟ ދުވަހަކުވެސް ތިކަމެއް ނުވާނެ" - އީރާންގެ ރައީސް
25 އޯގަސްޓު 2026

ޓްރަމްޕްގެ ސަރުކާރުން އީރާނާ ދެކޮޅަށް އެޅި ދަތިކުރުމުގެ އާ ފިޔަވަޅުތައް: އަމާޒުކުރި 60 ފަރާތަކީ ކޮބާ؟

25 އޯގަސްޓު 2026
ޓްރަމްޕްގެ ސަރުކާރުން އީރާނާ ދެކޮޅަށް އެޅި ދަތިކުރުމުގެ އާ ފިޔަވަޅުތައް: އަމާޒުކުރި 60 ފަރާތަކީ ކޮބާ؟
25 އޯގަސްޓު 2026

އީރާނާއެކު ވިޔަފާރީގެ މުއާމަލާތްތައް ކުރާ ގައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ބުނެ އެމެރިކާއިން ދެމުންދާ އިންޒާރުތަކަށް ޗައިނާއިން ދެކޮޅު ހަދައިފި

25 އޯގަސްޓު 2026
އީރާނާއެކު ވިޔަފާރީގެ މުއާމަލާތްތައް ކުރާ ގައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ބުނެ އެމެރިކާއިން ދެމުންދާ އިންޒާރުތަކަށް ޗައިނާއިން ދެކޮޅު ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް