Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

މުސްލިމު ޤައުމުތަކުގެ އިޤްތިސާދީ ބާރު ވަރަށް ކުޑަ: އީރާންގެ ރައީސް ޕެޒެޝްކިއާން

27 އޯގަސްޓު 2026 | ބުރާސްފަތި 07:22

ޕެޒެޝްކިއާން ވިދާޅުވީ 2024 ވަނަ އަހަރު މި ޤައުމުތަކުގެ އިޤްތިސާދު ނުވަ ޓްރިލިއަން ޑޮަލަރުގައި ހުރި ކަމަށް. އެކަމަކު މިއީ ދުނިޔޭގެ އިޤްތިސާދުގެ 8.3 އިންސައްތަ ކަމަށާއި މިއީ ވަރަށް ކުޑަ އިންސައްތައެއް ވެސް އޭނާ ފާހަގަ ކުރެއްވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 އޯގަސްޓު 2026 | ބުރާސްފަތި 07:22
އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން

އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން | ގެޓީ އިމޭޖަސް

މުސްލިމު ޤައުމުތަކުގެ އިޤްތިސާދީ ބާރު، އެ ޤައުމުތަކުގެ އާބާދީ އާއި ދުނިޔޭގެ ސިޔާސީ ބިންގަލުގައި އޮންނަ މުހިންމު ޖާގައާ އަޅާބަލާއިރު ވަރަށް ކުޑަ ކަމަށް އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެ އެވެ.

އެއާއެކު، މި ދާއިރާގައި ޤައުމުތަކުގެ ދެމެދުގައި އިތުރު އެއްބާރުލުން ބޭނުންވާ ކަމަށް ޕެޒެޝްކިއާން ވަނީ ފާހަގަ ކުރައްވައިފަ އެވެ. ޕެޒެޝްކިއާން މިހެން ވިދާޅުވީ، އީރާންގެ ވެރި ރަށް ތެހެރާންގައި ބޭއްވި ސާޅީސް ވަނަ ބައިނަލްއަޤުވާމީ އިސްލާމީ އެކުވެރިކަމުގެ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ. 

އޯގެނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ މެންބަރު ޤައުމުތަކުގެ އަދަދު 57 ކަމަށާއި، އެ ޤައުމުތައް ދެކުނު އިރުމަތީ އޭޝިއާ އިން ފެށިގެން އެފްރިކާއާ ހަމައަށް ފެތުރިފައިވާ ކަމަށް ޕެޒެޝްކިއާން ވިދާޅުވި އެވެ. މި ޤައުމުތައް އޮންނަނީ މުހިންމު ކަނޑުގެ މަގުތަކާއި ބިންމަގުތަކުގެ މެދުތެރޭގައި ކަމަށާއި އެ ޤައުމުތަކުގައި ހުރީ އެނާޖީ ވަސީލަތާއި ޒުވާން އާބާދީ އާއި ބޮޑު ބާޒާރެއް ކަމަށް ވެސް ޕެޒެޝްކިއާން ވިދާޅުވި އެވެ.

މީގެ އިތުރުން ޕެޒެޝްކިއާން ވިދާޅުވީ 2024 ވަނަ އަހަރު މި ޤައުމުތަކުގެ އިޤްތިސާދު ނުވަ ޓްރިލިއަން ޑޮަލަރުގައި ހުރި ކަމަށެވެ. އެކަމަކު މިއީ ދުނިޔޭގެ އިޤްތިސާދުގެ 8.3 އިންސައްތަ ކަމަށާއި، މިއީ ވަރަށް ކުޑަ އިންސައްތައެއް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. 

މީގެ އިތުރުން ޕެޒެޝްކިއާން ވިދާޅުވީ، މި ޤައުމުތަކުގެ އެކްސްޕޯޓުގެ އެންމެ 19 އިންސައްތަ ދެމިގެންދަނީ މި ގުރޫޕުގެ ތެރޭގައި ކަމަށެވެ. ބާކީ އޮންނަ ބައި ދަނީ އޯއައިސީ އިން ބޭރުގެ ޤައުމުތަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންކަމުން މުސްލިމު ޤައުމުތަކުގެ ދެމެދުގައި ވިޔަފާރީގެ އަދަދު އިތުރު ކުރަން ޕެޒެޝްކިއާން ވަނީ ގޮވާލައްވައިފަ އެވެ. 

މި ކޮންފަރެންސްގައި މުސްލިމު ދުނިޔޭގެ އިސްވެރިންނާއި ދީނީ އިލްމުވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ. ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ މުސްލިމު ޤައުމުތަކުގެ ދެމެދުގައި އެކުވެރިކަން ބަދަހިކުރުމާއި، އެ ޤައުމުތަކުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން ހަނގުރާމައީރާން-އެމެރިކާމަސްޢޫދު ޕެޒެޝްކިއަން

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

3

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

27 އޯގަސްޓު 2026

އީރާންއާ ދެކޮޅަށް ޓްރަމްޕް އެޅުއްވި ފިޔަވަޅުތަކަށް ބަޣާއީ މަލާމާތްކުރައްވައިފި

27 އޯގަސްޓު 2026
އީރާންއާ ދެކޮޅަށް ޓްރަމްޕް އެޅުއްވި ފިޔަވަޅުތަކަށް ބަޣާއީ މަލާމާތްކުރައްވައިފި
27 އޯގަސްޓު 2026

މަޝްވަރާތަކާ އެކު ބުރާސްފަތި ދުވަހު ވެސް ތަލުގެ އަގު ދަށަށް

27 އޯގަސްޓު 2026
މަޝްވަރާތަކާ އެކު ބުރާސްފަތި ދުވަހު ވެސް ތަލުގެ އަގު ދަށަށް
27 އޯގަސްޓު 2026

އިސްރާއީލާއި އެމެރިކާއިން ހަމަލާދިން ނިއުކްލިއާ ސައިޓްތައް ބަލައި ފާސްކުރަން ހުއްދައެއް ނުދޭނަން: އީރާން

27 އޯގަސްޓު 2026
އިސްރާއީލާއި އެމެރިކާއިން ހަމަލާދިން ނިއުކްލިއާ ސައިޓްތައް ބަލައި ފާސްކުރަން ހުއްދައެއް ނުދޭނަން: އީރާން
26 އޯގަސްޓު 2026

އީރާާންގެ ވެރިންނަކީ ނުލަފާ ބައެއް، އެއްބަސްވުމަކަށް ނުދާނަން: ނަތަންޔާހޫ

26 އޯގަސްޓު 2026
އީރާާންގެ ވެރިންނަކީ ނުލަފާ ބައެއް، އެއްބަސްވުމަކަށް ނުދާނަން: ނަތަންޔާހޫ
26 އޯގަސްޓު 2026

އީރާން އަށް އިތުރު ހަމަލާއެއް ދިނުމުގެ ވިސްނުމެއް އެމެރިކާާގެ ނެތް: ރޫބިއޯ

26 އޯގަސްޓު 2026
އީރާން އަށް އިތުރު ހަމަލާއެއް ދިނުމުގެ ވިސްނުމެއް އެމެރިކާާގެ ނެތް: ރޫބިއޯ
26 އޯގަސްޓު 2026

ޓްރަމްޕްގެ ދަރިކަލުން ބެރޮން އަވަހާރަކޮށްލަން އީރާން އިން ހުށަހެޅީ 10 މިލިއަން ޑޮލަރު، ވީޑިއޯގައި އޮތީ "ބެރޮން ޓްރަމްޕް މަރާލާނީ ކޮންތާކު، ކިހިނެއް؟"

26 އޯގަސްޓު 2026
ޓްރަމްޕްގެ ދަރިކަލުން ބެރޮން އަވަހާރަކޮށްލަން އީރާން އިން ހުށަހެޅީ 10 މިލިއަން ޑޮލަރު، ވީޑިއޯގައި އޮތީ "ބެރޮން ޓްރަމްޕް މަރާލާނީ ކޮންތާކު، ކިހިނެއް؟"
26 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅި ހުޅުވުމުގެ އުންމީދާއެކު ތެލުގެ އަގު ދަށަށް

26 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅި ހުޅުވުމުގެ އުންމީދާއެކު ތެލުގެ އަގު ދަށަށް
26 އޯގަސްޓު 2026

މިސައިލް ހަމަލާތަ؟ ނޫނީ ދަތިކުރުމުގެ ފިޔަވަޅުތަ؟ އީރާން މައްސަލައިގައި ގަލްފްގެ ގައުމުތަކަށް ރަނގަޅީ ކޮން ގޮތެއް؟

26 އޯގަސްޓު 2026
މިސައިލް ހަމަލާތަ؟ ނޫނީ ދަތިކުރުމުގެ ފިޔަވަޅުތަ؟ އީރާން މައްސަލައިގައި ގަލްފްގެ ގައުމުތަކަށް ރަނގަޅީ ކޮން ގޮތެއް؟
25 އޯގަސްޓު 2026

"އަމާންދިނުން؟ ދުވަހަކުވެސް ތިކަމެއް ނުވާނެ" - އީރާންގެ ރައީސް

25 އޯގަސްޓު 2026
"އަމާންދިނުން؟ ދުވަހަކުވެސް ތިކަމެއް ނުވާނެ" - އީރާންގެ ރައީސް
25 އޯގަސްޓު 2026

ޓްރަމްޕްގެ ސަރުކާރުން އީރާނާ ދެކޮޅަށް އެޅި ދަތިކުރުމުގެ އާ ފިޔަވަޅުތައް: އަމާޒުކުރި 60 ފަރާތަކީ ކޮބާ؟

25 އޯގަސްޓު 2026
ޓްރަމްޕްގެ ސަރުކާރުން އީރާނާ ދެކޮޅަށް އެޅި ދަތިކުރުމުގެ އާ ފިޔަވަޅުތައް: އަމާޒުކުރި 60 ފަރާތަކީ ކޮބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް