Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ

އެމްޑީޕީގެ ނައިބު ރައީސްކަމުން ހިސާން އިސްތިއުފާ ދެއްވައިފި

27 އޯގަސްޓު 2026 | ބުރާސްފަތި 10:11

ޑިމޮކްރަސީގެ ރިވެތި އުސޫލުތަކާއި ހަމަތަކަށް ރިއާޔަތް ކުރެއްވުމަށް ފަހު، އައު މެންޑޭޓެއް ނެތި ނައިބު ރައީސްގެ މަގާމުގައި އޭނާ ހުންނެވުމަކީ ޑިމޮކްރަސީގެ އަސާސްތަކާ އެކަށީގެންވާ ކަމެއް ނޫން ކަމަށް ހިސާން ވަނީ ފާހަގަކުރައްވާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 އޯގަސްޓު 2026 | ބުރާސްފަތި 10:11
އެމްޑީޕީގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވި ހިސާން ހުސެއިން

އެމްޑީޕީގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވި ހިސާން ހުސެއިން | އެމްޑީޕީ

އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި، ތުޅާދޫ ދާއިރާގެ ކުރީގެ މެންބަރު ހިސާން ހުސެއިން އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަށް އެޑްރެސް ކުރައްވައި ބުރާސްފަތި ދުވަހު ހިސާން ފޮނުއްވި ސިޓީގައި ވިދާޅުވީ، އެމްޑީޕީގެ އަސާސީ ޤަވާއިދު މިހާރު އޮތް ގޮތުން އެ ޕާޓީގެ ނައިބު ރައީސްގެ މަގާމަކީ އާންމު މެންބަރުންގެ ސީދާ ވޯޓަކުން އިންތިޚާބު ކުރާ މަގާމެއް ނޫން ކަމަށެވެ. އަދި އެއީ ޕާޓީގެ ރައީސްގެ ހުށަހެޅުއްވުމަށް، ޤައުމީ މަޖިލީހުގެ ރުހުމާ އެކު އައްޔަނު ކުރެވޭ މަގާމެއް ކަމަށް ހިސާން ފާހަގަ ކުރައްވާފައިވެ އެވެ. 

Advertisement - newsAdvertisement

ހިސާން ވިދާޅުވީ އެ މަގާމަށް އޭނާގެ ނަން ހުށަހަޅުއްވީ އޭރު ޕާޓީގެ ރައީސްއަކަށް ހުންނެވި ބޭފުޅާ ކަމަށެވެ. އެހެންވެ އޭނާގެ މަގާމުގެ ހައިސިއްޔަތާއި މެންޑޭޓް ގުޅިފައި ވަނީ އޭނާގެ ނަން ހުށަހަޅުއްވި ޕާޓީގެ ރައީސްގެ މެންޑޭޓާ ކަމުން، ޕާޓީގެ ރައީސް މަގާމުން އިސްތިއުފާ ދެއްވާ ކަމަށެވެ. އަދި ޑިމޮކްރަސީގެ ރިވެތި އުސޫލުތަކާއި ހަމަތަކަށް ރިއާޔަތް ކުރެއްވުމަށް ފަހު، އައު މެންޑޭޓެއް ނެތި ނައިބު ރައީސްގެ މަގާމުގައި އޭނާ ހުންނެވުމަކީ ޑިމޮކްރަސީގެ އަސާސްތަކާ އެކަށީގެންވާ ކަމެއް ނޫން ކަމަށް ހިސާން ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އެހެންވެ ބުރާސްފަތި ދުވަހުން ފެށިގެން އެމްޑީޕީގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވާ ކަމަށް ސިޓީގައި ހިސާން ވިދާޅުވެފައިވެ އެވެ. މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް، އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނަވައި، ޕާޓީގެ ކުރިއެރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ހިސާން ވަނީ ވިދާޅުވެފައި އެވެ.

އެމްޑީޕީގެ ނައިބު ރައީސްގެ މަގާމަށް ހިސާންގެ ނަން ހުށަހަޅުއްވީ އެ ޕާޓީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު އެވެ. ނަމަވެސް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ބައިވެރިވެ ވަޑައިގެންނެވުމަށް ޝާހިދު ވަނީ އެ ޕާޓީގެ ރައީސްކަމުން އިސްތިއުފާ ދެއްވައިފަ އެވެ. ހިސާން އަކީ ޝާހިދުގެ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅެކެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ހިސާން ހުސައިން

އެންމެ ހިނގާ

1

ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެ ސަރުކާރުން އެންމެ ފަހުން އަމިއްލަ ފަރާތަކުން އެތައް ލައްކަ ޑޮލަރެއް ދަރަންޏަށް ނަގައިފި

2

ޑިޖިޓަލް ވޯޓިން ނިޒާމުގެ ޑެމޯ އެއް: ޕީއެންސީ ކޮންގްރެސްގެ ވޯޓު އޮޅުވާލައިފި!

3

އިއްޔެ ސިއްރުކުރި ހަގީގަތްތައް މިއަދު އަމިއްލަ ދުލުން ބޭރުވަނީ، އޭރު އެ ވާހަކަތައް ނުދެއްކީ ކީއްވެ؟

4

އެމްޑީޕީ މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކަދައްކާތީ: ދޮންބިލެތް

5

80 މިލިއަން ޚަރަދުކުރި ޕީއެންސީގެ ކޮންގްރެސް: ނުފޯރާ ފޮތިން ފޫގަޅައިގެން ބޭރު ގައުމުތަކަށް ދައްކަން އުޅުނީ ނެތް މުއްސަނދިކަމެއް

އިތުރަށް ކިޔާލަން

26 އޯގަސްޓު 2026

މި ސަރުކާރުން މިހާތަނަށް 6.2 ބިލިއަން ރުފިޔާ ޗާޕުކޮށްފައިވޭ: އަމީރު

26 އޯގަސްޓު 2026
މި ސަރުކާރުން މިހާތަނަށް 6.2 ބިލިއަން ރުފިޔާ ޗާޕުކޮށްފައިވޭ: އަމީރު
18 އޯގަސްޓު 2026

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 40،000 އަށް ވުރެ ގިނަ މުވައްޒަފުން، މިނިސްޓަރު ވިދާޅުވީ ވަކިކުރަނީ ވަކި ކުލައަކަށް ބަލައިގެން ނޫން ކަމަށް

18 އޯގަސްޓު 2026
ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 40،000 އަށް ވުރެ ގިނަ މުވައްޒަފުން، މިނިސްޓަރު ވިދާޅުވީ ވަކިކުރަނީ ވަކި ކުލައަކަށް ބަލައިގެން ނޫން ކަމަށް
17 އޯގަސްޓު 2026

ވެރިކަން ކުރުމަކީ ޕީއެޗްޑީ އާއި މަތީ ފާސް އޮވެގެން ކުރެވޭ ކަމެއް ނޫން: ޑރ. ޑީޑީ

17 އޯގަސްޓު 2026
ވެރިކަން ކުރުމަކީ ޕީއެޗްޑީ އާއި މަތީ ފާސް އޮވެގެން ކުރެވޭ ކަމެއް ނޫން: ޑރ. ޑީޑީ
14 އޯގަސްޓު 2026

މި ސަރުކާރުގެ ހިންގުންތެރިކަމަށް ބަލާއިރު ފެންނަނީ އެއްވެސް ކަހަލަ ލީޑަރޝިޕެއް ނެތް މަންޒަރު: ހިސާން

14 އޯގަސްޓު 2026
މި ސަރުކާރުގެ ހިންގުންތެރިކަމަށް ބަލާއިރު ފެންނަނީ އެއްވެސް ކަހަލަ ލީޑަރޝިޕެއް ނެތް މަންޒަރު: ހިސާން
12 އޯގަސްޓު 2026

ހޯމް މިނިސްޓަރު ފުލުހުންގެ ބަހާ ހިލާފުވެވަޑައިގެން، މަޖީދީ މަގުގައި މުޒާހަރާ ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވުމުން އެމްޑީޕީ އިން އެކަން ކުށްވެރިކޮށްފި

12 އޯގަސްޓު 2026
ހޯމް މިނިސްޓަރު ފުލުހުންގެ ބަހާ ހިލާފުވެވަޑައިގެން، މަޖީދީ މަގުގައި މުޒާހަރާ ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވުމުން އެމްޑީޕީ އިން އެކަން ކުށްވެރިކޮށްފި
12 އޯގަސްޓު 2026

ރާއްޖޭގެ އިޤްތިސާދު މި ދަނީ ކަންބޮޑުވާ މިސްރާބަކަށް: ރައީސް ނަޝީދު

12 އޯގަސްޓު 2026
ރާއްޖޭގެ އިޤްތިސާދު މި ދަނީ ކަންބޮޑުވާ މިސްރާބަކަށް: ރައީސް ނަޝީދު
11 އޯގަސްޓު 2026

ބުއްދިވެރިގޮތަކީ ކައުންސިލްތަކުގެ ބިންތައް އަތުލެވޭ އިސްލާހުގެ ބިލު އަނބުރާ ގެންދިޔުން: ރައީސް ނަޝީދު

11 އޯގަސްޓު 2026
ބުއްދިވެރިގޮތަކީ ކައުންސިލްތަކުގެ ބިންތައް އަތުލެވޭ އިސްލާހުގެ ބިލު އަނބުރާ ގެންދިޔުން: ރައީސް ނަޝީދު
09 އޯގަސްޓު 2026

އެމްޑީޕީ އިން މުޒާހަރާ ބާއްވާ ވާހަކަ އިއުލާާން ކުރުމުން، މިނިސްޓަރުން ޓިކްޓޮކް ކުޅެން ފަށައިފި: ރާއީ

09 އޯގަސްޓު 2026
އެމްޑީޕީ އިން މުޒާހަރާ ބާއްވާ ވާހަކަ އިއުލާާން ކުރުމުން، މިނިސްޓަރުން ޓިކްޓޮކް ކުޅެން ފަށައިފި: ރާއީ
02 އޯގަސްޓު 2026

އޯގަސްޓު 12 ގައި އެމްޑީޕީ އިން މުޒާހަރާ އަށް ނުކުންނަނީ

02 އޯގަސްޓު 2026
އޯގަސްޓު 12 ގައި އެމްޑީޕީ އިން މުޒާހަރާ އަށް ނުކުންނަނީ
02 އޯގަސްޓު 2026

އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރު މަހުގެ 19 ގައި ބޭއްވުމަށް ފާސްކޮށްފި

02 އޯގަސްޓު 2026
އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރު މަހުގެ 19 ގައި ބޭއްވުމަށް ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް