Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ

ހޯމް މިނިސްޓަރު ފުލުހުންގެ ބަހާ ހިލާފުވެވަޑައިގެން، މަޖީދީ މަގުގައި މުޒާހަރާ ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވުމުން އެމްޑީޕީ އިން އެކަން ކުށްވެރިކޮށްފި

12 އޯގަސްޓު 2026 | ބުދަ 10:26

އެމްޑީޕީ އިން ބުދަ ދުވަހު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، އޮގަސްޓު މަހު 13 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ މުޒާހަރާ މަޖީދީ މަގުގައި ކުރިއަށް ގެންދިޔުމަށް ފުލުހުންގެ ގްރައުންޑް ކޮމާންޑަރުންގެ އަރިހުގައި އެދުމުން އެކަމަށް ހުއްދަ ދީފައިވާ ކަމަށް. ނަމަވެސް ހޯމް މިނިސްޓަރު މަޖިލީހުގައި ވަނީ އެމްޑީޕީ އަށް މި ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 އޯގަސްޓު 2026 | ބުދަ 10:26
އެންމެ ފަހުން އެމްޑީޕީ އިން މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން

އެންމެ ފަހުން އެމްޑީޕީ އިން މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން | ސޯޝަލް މީޑިއާ

ހޯމް މިނިސްޓަރު އަލީ އިހުސާނު ފުލުހުންގެ ބަހާ ހިލާފުވެވަޑައިގެން، މަޖީދީ މަގުގައި މުޒާހަރާ ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވި ވިދާޅުވުން، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކުށްވެރިކޮށްފި އެވެ.

އެމްޑީޕީ އިން ބުދަ ދުވަހު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، އޮގަސްޓު މަހު 13 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ މުޒާހަރާ މަޖީދީ މަގުގައި ކުރިއަށް ގެންދިޔުމަށް ފުލުހުންގެ ގްރައުންޑް ކޮމާންޑަރުންގެ ކިބައިން އެދުމުން އެކަމަށް ހުއްދަ ދީފައިވާ ކަމަށެވެ. ނަމަވެސް ހޯމް މިނިސްޓަރު މަޖިލީހުގައި ވަނީ އެމްޑީޕީ އަށް މި ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

Advertisement - newsAdvertisement

އަދި ފުލުހުންނާއި، އެމްޑީޕީގެ އިންތިޒާމީ ކޮމިޓީގެ މެންބަރުން ބޭއްވި ބައްދަލުވުމުގައި މާލޭގެ މައި މަގުތައް މިވަގުތު މަރާމާތު ކުރަމުންދާތީ، މުޒާހަރާ ކުރެވޭނެ އިތުރު މަގެއް ނެތް ކަމަށާއި، މި މުޒާހަރާ ކުރިއަށް ގެންދެވޭނީ ހަމައެކަނި މަޖީދީ މަގުގައި ކަމަށް ފުލުހުން ބުނެފައިވާ ކަމަށް އެމްޑީޕީ އިން ހާމަކޮށްފައިވެ އެވެ.

އެމްޑީޕީ އިން ބުނެފައިވާ ގޮތުގައި 'ދަތިވެއްޖެ' މުޒާހަރާ މަޖީދީ މަގުގައި ކުރިޔަށް ގެންދިއުމަށް ފަހު ވަގުތު ފުރުސަތު ނުދީފާނެ ކަމުގެ ކަންބޮޑުވުން ފުލުހުންނާ ހިއްސާކުރުމުން، މި ފަހަރު އެހެން ނުވާނެ ކަމަށް ފުލުހުންގެ ގްރައުންޑް ކޮމާންޑަރުން ބުނެފައިވެ އެވެ.

ސުލްހަވެރިކަމާއެކު އިހުތިޖާޖު ކުރުމަކީ ޑިމޮކްރަސީގެ އަސާސެއް ކަމަށާއި، މުޒާހަރާ ނުކުރެވޭނެ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި ނަމަވެސް ފުލުހުންގެ ބަހާ އެއްގޮތައް މި މުޒާހަރާ މަޖީދީ މަގުގައި ބާއްވާނެ ކަމަށް އެމްޑީޕީ އިން ވަނީ ބުނެފަ އެވެ. އަދި އިހުތިޖާޖު ކުރުމުގެ ފުރުސަތު ނުދެެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވުމުން ހާމަވަނީ، މި ސަރުކާރަކީ ޑިމޮކްރަޓިކް އުސޫލުތަކަށް އިހުތިރާމް ނުކުރާ ސަރުކާރެއް ކަމަށް އެމްޑީޕީ އިން ބުނެ އެވެ.

އެމްޑީޕީ އިން ބުނެފައިވާ ގޮތުގައި ރައްޔިތުންގެ ޝުއޫރު އިއްވުމަކީ އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން އެ ޕާޓީގެ ޒިންމާއެއް ކަމަށާއި، މުޒާހަރާ ކުރުމަށް މަޖީދީމަގު ހިޔާރުކުރީ ވީހާވެސް ގިނަ ބަޔަކަށް މުޒާހަރާގައި ބައިވެރިވުމުގެ ފުރުސަތު ހޯދައި ދިނުމަށް ކަމަށެވެ. އަދި ވީހާވެސް ގިނަ ރައްޔިތުން މި މުޒާހަރާގައި ބައިވެރިވުމަށް އެމްޑީޕީ އިން ވަނީ ރައްޔިތުންގެ ފަރާތުން އެދިފަ އެވެ.

އެމްޑީޕީ އިން 'ދަތިވެއްޖެ' ނަމުގައި މުޒާހަރާ ބޭއްވުމަށް ނިންމާފައި ވަނީ ދިވެހިރާއްޖޭގައި ތަކެތީގެ އަގު އިންތިހާ އަށް ބޮޑުވެ، ޑޮލަރުގެ އަގު ބޮޑުވެ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާތީ އެވެ. އަދި ސަރުކާރަށް ރައްޔިތުންގެ ކަންބޮޑުވުންތަކާ ޝަކުވާތައް ހާމަކުރުމުގެ މަގުސަދުގަ އެވެ.

ދަތިވެއްޖެ-އެމްޑީޕީ މުޒާހަރާމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

12 އޯގަސްޓު 2026

ރާއްޖޭގެ އިޤްތިސާދު މި ދަނީ ކަންބޮޑުވާ މިސްރާބަކަށް: ރައީސް ނަޝީދު

12 އޯގަސްޓު 2026
ރާއްޖޭގެ އިޤްތިސާދު މި ދަނީ ކަންބޮޑުވާ މިސްރާބަކަށް: ރައީސް ނަޝީދު
11 އޯގަސްޓު 2026

ބުއްދިވެރިގޮތަކީ ކައުންސިލްތަކުގެ ބިންތައް އަތުލެވޭ އިސްލާހުގެ ބިލު އަނބުރާ ގެންދިޔުން: ރައީސް ނަޝީދު

11 އޯގަސްޓު 2026
ބުއްދިވެރިގޮތަކީ ކައުންސިލްތަކުގެ ބިންތައް އަތުލެވޭ އިސްލާހުގެ ބިލު އަނބުރާ ގެންދިޔުން: ރައީސް ނަޝީދު
09 އޯގަސްޓު 2026

އެމްޑީޕީ އިން މުޒާހަރާ ބާއްވާ ވާހަކަ އިއުލާާން ކުރުމުން، މިނިސްޓަރުން ޓިކްޓޮކް ކުޅެން ފަށައިފި: ރާއީ

09 އޯގަސްޓު 2026
އެމްޑީޕީ އިން މުޒާހަރާ ބާއްވާ ވާހަކަ އިއުލާާން ކުރުމުން، މިނިސްޓަރުން ޓިކްޓޮކް ކުޅެން ފަށައިފި: ރާއީ
09 އޯގަސްޓު 2026

މުޒާހަރާ ކުރިއަށްދާނީ މަޖީދީ މަގުން، އިތުރު އެހެން މަގެއް ނެތް: އަމީން ފައިސަލް

09 އޯގަސްޓު 2026
މުޒާހަރާ ކުރިއަށްދާނީ މަޖީދީ މަގުން، އިތުރު އެހެން މަގެއް ނެތް: އަމީން ފައިސަލް
02 އޯގަސްޓު 2026

އޯގަސްޓު 12 ގައި އެމްޑީޕީ އިން މުޒާހަރާ އަށް ނުކުންނަނީ

02 އޯގަސްޓު 2026
އޯގަސްޓު 12 ގައި އެމްޑީޕީ އިން މުޒާހަރާ އަށް ނުކުންނަނީ
02 އޯގަސްޓު 2026

އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރު މަހުގެ 19 ގައި ބޭއްވުމަށް ފާސްކޮށްފި

02 އޯގަސްޓު 2026
އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރު މަހުގެ 19 ގައި ބޭއްވުމަށް ފާސްކޮށްފި
29 ޖުލައި 2026

މިސަރުކާރު 2028 އާ ހަމައަށް ދެމިއޮވެވިދާނެތޯ ސުވާލު އުފެދޭ، އެއީ މިހާރު ރައްޔިތުން ތިބީ ފާލުން ނެއްޓި މަގުމައްޗަށް ނުކުންނަ ހިސާބުގައި: ނަޝީދު

29 ޖުލައި 2026
މިސަރުކާރު 2028 އާ ހަމައަށް ދެމިއޮވެވިދާނެތޯ ސުވާލު އުފެދޭ، އެއީ މިހާރު ރައްޔިތުން ތިބީ ފާލުން ނެއްޓި މަގުމައްޗަށް ނުކުންނަ ހިސާބުގައި: ނަޝީދު
23 ޖުލައި 2026

ސީދާ ހަރަކާތައް ނުކުތުމަށް މެންބަރު މައުރޫފު ގޮވާލައްވައިފި

23 ޖުލައި 2026
ސީދާ ހަރަކާތައް ނުކުތުމަށް މެންބަރު މައުރޫފު ގޮވާލައްވައިފި
23 ޖުލައި 2026

ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް މިއަދު ކުރިމަތިވެފައި މިވަނީ ވަރަށް ކަޅު އަނދިރި ދުވަސްތަކެއް: ޝަމާޢު

23 ޖުލައި 2026
ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް މިއަދު ކުރިމަތިވެފައި މިވަނީ ވަރަށް ކަޅު އަނދިރި ދުވަސްތަކެއް: ޝަމާޢު
21 ޖުލައި 2026

މިސަރުކާރުން ދަނީ ކަޅު އަނދިރި ހޮހަޅައެއްގައި ރައްޔިތުން ބައި ތިއްބައިގެން، ނުބައި ނިންމުންތައް ނިންމަމުން: ފައްޔާޒު

21 ޖުލައި 2026
މިސަރުކާރުން ދަނީ ކަޅު އަނދިރި ހޮހަޅައެއްގައި ރައްޔިތުން ބައި ތިއްބައިގެން، ނުބައި ނިންމުންތައް ނިންމަމުން: ފައްޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް