Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ

އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރު މަހުގެ 19ގައި ބޭއްވުމަށް ފާސްކޮށްފި

2 އޯގަސްޓު 2026 | އާދީއްތަ 16:40

އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރު 19 ވާ ހޮނިހިރު ދުވަހު ބާއްވަން ފާސްކޮށްފައި ވަނީ ޖަލްސާ އަށް ވަޑައިގެންނެވި 63 މެމްބަރުންގެ ތެރެއިން، 52 މެމްބަރުންގެ ވޯޓާ އެކު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 އޯގަސްޓު 2026 | އާދީއްތަ 16:40
އެންމެ ފަހުން 2022 ވަނަ އަހަރު އޮތް އެމްޑީޕީގެ ކޮންގްރެސްގައި ކުރީގެ ރައީސް ސޯލިޙު އަދި ކުރީގެ ރައީސް ނަޝީދު

އެންމެ ފަހުން 2022 ވަނަ އަހަރު އޮތް އެމްޑީޕީގެ ކޮންގްރެސްގައި ކުރީގެ ރައީސް ސޯލިޙު އަދި ކުރީގެ ރައީސް ނަޝީދު | ސޯޝަލް މީޑިއާ

އިދިކޮޅު މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސް އަންނަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ބާއްވަން ފާސްކޮށްފި އެވެ.

އާދީއްތަ ދުވަހުގެ ރޭ އޮތް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ކޮންގްރެސް ބާއްވަން ހުށަހެޅުއްވީ، އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެވެ. 

Advertisement - newsAdvertisement

އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރު 19 ވާ ހޮނިހިރު ދުވަހު ބާއްވަން ފާސްކޮށްފައި ވަނީ ޖަލްސާ އަށް ވަޑައިގެންނެވި 63 މެމްބަރުންގެ ތެރެއިން، 52 މެމްބަރުންގެ ވޯޓާ އެކު އެވެ. ކޮންގްރެސްގެ ކަންކަން ކުރިއަށް ގެންދިޔުމަށް އެމްޑީޕީގެ ތިމަރަފުށީ ދާއިރާގެ ރައީސް އަންވަރު އިބްރާހީމް ހުށަހެޅުއްވި އެވެ. ނަމަވެސް ރިޔާސަތުން ވަނީ ކޮމެޓީއެއް އެކުލަވާލުމަށް އަސާސީ ޤަވާއިދުގައި ބަޔާން ކޮށްފައި ނެތް ކަމަށް ފާހަގަ ކުރައްވައިފަ އެވެ.

އެމްޑީޕީ އިން މީގެ ކުރިން އެންމެ ފަހުން އެ ޕާޓީގެ ކޮންގްރެސް ބާއްވާފައި ވަނީ 2022 ވަނަ އަހަރު އެވެ. އޭގެ ފަހުން އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް މަސައްކަތް ކުރުމަށް ފަހު، ފަހުން ވަނީ ކޮންގްރެސް އެހެން ތާރީޚެއްގައި ބޭއްވުމަށް ނިންމައިފަ އެވެ. އެމްޑީޕީގެ ކޮންގްރެސް އަކީ އެ ޕާޓީގެ މުސްތަޤުބަލާ ގުޅޭ މުހިންމު ކަންކަން އަދި ރިޔާސީ އިންތިޚާބާ ގުޅޭ މުހިންމު ނިންމުންތައް ނިންމާ މުހިންމު ބައްދަލުވުމެކެވެ. 

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)އެމް.ޑީ.ޕީ ކޮންގްރެސް

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

29 ޖުލައި 2026

މިސަރުކާރު 2028 އާ ހަމައަށް ދެމިއޮވެވިދާނެތޯ ސުވާލު އުފެދޭ، އެއީ މިހާރު ރައްޔިތުން ތިބީ ފާލުން ނެއްޓި މަގުމައްޗަށް ނުކުންނަ ހިސާބުގައި: ނަޝީދު

29 ޖުލައި 2026
މިސަރުކާރު 2028 އާ ހަމައަށް ދެމިއޮވެވިދާނެތޯ ސުވާލު އުފެދޭ، އެއީ މިހާރު ރައްޔިތުން ތިބީ ފާލުން ނެއްޓި މަގުމައްޗަށް ނުކުންނަ ހިސާބުގައި: ނަޝީދު
23 ޖުލައި 2026

ސީދާ ހަރަކާތައް ނުކުތުމަށް މެންބަރު މައުރޫފު ގޮވާލައްވައިފި

23 ޖުލައި 2026
ސީދާ ހަރަކާތައް ނުކުތުމަށް މެންބަރު މައުރޫފު ގޮވާލައްވައިފި
23 ޖުލައި 2026

ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް މިއަދު ކުރިމަތިވެފައި މިވަނީ ވަރަށް ކަޅު އަނދިރި ދުވަސްތަކެއް: ޝަމާޢު

23 ޖުލައި 2026
ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް މިއަދު ކުރިމަތިވެފައި މިވަނީ ވަރަށް ކަޅު އަނދިރި ދުވަސްތަކެއް: ޝަމާޢު
21 ޖުލައި 2026

މިސަރުކާރުން ދަނީ ކަޅު އަނދިރި ހޮހަޅައެއްގައި ރައްޔިތުން ބައި ތިއްބައިގެން، ނުބައި ނިންމުންތައް ނިންމަމުން: ފައްޔާޒު

21 ޖުލައި 2026
މިސަރުކާރުން ދަނީ ކަޅު އަނދިރި ހޮހަޅައެއްގައި ރައްޔިތުން ބައި ތިއްބައިގެން، ނުބައި ނިންމުންތައް ނިންމަމުން: ފައްޔާޒު
21 ޖުލައި 2026

33 އިންސައްތައިގެ ދަށުން ވަޒީފާ އިން ވަކިކޮށް "އެއްލާލަނީ" 14،733 މީހުން: ފައްޔާޒް

21 ޖުލައި 2026
33 އިންސައްތައިގެ ދަށުން ވަޒީފާ އިން ވަކިކޮށް "އެއްލާލަނީ" 14،733 މީހުން: ފައްޔާޒް
17 ޖުލައި 2026

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަށް ނާޒިލްގެ ފާޑު ކިޔުން، ވިދާޅުވީ ނަތީޖާ ގޯސް ކަމަށް

17 ޖުލައި 2026
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަށް ނާޒިލްގެ ފާޑު ކިޔުން، ވިދާޅުވީ ނަތީޖާ ގޯސް ކަމަށް
12 ޖުލައި 2026

މިހާރު ކަޅު ބާޒާރުގައި ވެސް ޑޮލަރު ނުލިބޭ: އަމީރު

12 ޖުލައި 2026
މިހާރު ކަޅު ބާޒާރުގައި ވެސް ޑޮލަރު ނުލިބޭ: އަމީރު
13 ޖޫން 2026

ސިޔާސީ ފުރުސަތަށް އެދިވަޑައިގަންނަވާ ޒުވާނުން، މިސާލަކަށް ބަލަންވީ މިކާއީލް: ރައީސް ނަޝީދު

13 ޖޫން 2026
ސިޔާސީ ފުރުސަތަށް އެދިވަޑައިގަންނަވާ ޒުވާނުން، މިސާލަކަށް ބަލަންވީ މިކާއީލް: ރައީސް ނަޝީދު
09 މެއި 2026

ރައީސް ސޯލިހާ ބައްދަލެއް ނުވޭ، ވާހަކަ ދެކެވުނީ ފޯނުން: ރައީސް ނަޝީދު

09 މެއި 2026
ރައީސް ސޯލިހާ ބައްދަލެއް ނުވޭ، ވާހަކަ ދެކެވުނީ ފޯނުން: ރައީސް ނަޝީދު
11 އެޕްރީލު 2026

"ކޮންމެ މެންދުރަކަށް ފަހުން ފިނިކަން ހަވީރުގެ އަންނަނީ!"

11 އެޕްރީލު 2026
"ކޮންމެ މެންދުރަކަށް ފަހުން ފިނިކަން ހަވީރުގެ އަންނަނީ!"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް