Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 40،000 އަށް ވުރެ ގިނަ މުވައްޒަފުން، މިނިސްޓަރު ވިދާޅުވީ ވަކިކުރަނީ ވަކި ކުލައަކަށް ބަލައިގެން ނޫން ކަމަށް

18 އޯގަސްޓު 2026 | އަންގާރަ 04:53

މިނިސްޓަރު ވިދާޅުވެފައި ވަނީ މި ސަރުކާރު އައި ފަހުން ސަރުކާރުގެ ކުންފުނިތަކަށް ވައްދާފައި ވަނީ، 4938 މުވައްޒަފުން ކަމަށް. މިދިޔަ މަހާ ހަމައަށް އައިއިރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ތިބި މުވައްޒަފުންގެ އަދަދަކީ 41،767 ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 އޯގަސްޓު 2026 | އަންގާރަ 04:53
ރައީސް މުއިއްޒު އަދި ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު

ރައީސް މުއިއްޒު އަދި ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު | ރައީސް އޮފީސް

އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވާ އެތައް މުވައްޒަފުންތަކެއް ވަޒީފާ އިން ވަކި ކުރަމުން އަންނައިރު ވެސް، ވަޒީފާ އިން މުވައްޒަފުން ވަކި ކުރަނީ ވަކި ޕާޓީއަކަށް ނުވަތަ ވަކި ފިކުރަކަށް ބަލައިގެން ނޫން ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، އަންގާރަ ދުވަހުގެ ޖަލްސާގައި މިނިސްޓަރު ޒަރީރު ވިދާޅުވީ، ސަރުކާރު ހިއްސާާވާ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ނިސްބަތްވާ ސިޔާސީ ޕާޓީ އަށް ބަލައިގެން، އެ މުވައްޒަފަކު ފާޅު ކުރާ ޝުއޫރަށް ބަލައިގެން ވަޒީފާ އިން ވަކި ކުރުމަކީ މި ސަރުކާރުން ޤަބޫލު ކުރާ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ އެންގެމެއް ވެސް އަންގާފައި ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

Advertisement - newsAdvertisement

އެހެން ނަމަވެސް، ސަރުކާރުގެ ކުންފުނިތަކުގެ މާލީ ޙާލަތު ރަނގަޅު ކުރުމާއި، ހިންގުން ހަރުދަނާ ކުރުމަށް އަންގަން ޖެހޭ އެންގުންތައް އަންގަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެފަދަ ޕޮލިސީ ޑައިރެކްޓަޝަން ފިޔަވައި، މުވައްޒަފުން ވަކި ކުރުމާާއި، މަދުކުރުން އަދި އެފަދަ އެ ނޫން ވެސް ދުވަހުން ދުވަހަށް ކުރަން ޖެހޭ ކަންކަމުގައި އެއްވެސް ކަމެއް ވަކި ގޮތަކަށް ކުރުމަށް އަންގާފައި ނުވާނެ ކަމަށް މިނިސްޓަރު ޒަރީރު ވަނީ ވިދާޅުވެފައި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވެފައި ވަނީ މި ސަރުކާރު އައި ފަހުން ސަރުކާރުގެ ކުންފުނިތަކަށް ވައްދާފައި ވަނީ، 4938 މުވައްޒަފުން ކަމަށެވެ. މިދިޔަ މަހާ ހަމައަށް އައިއިރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ތިބި މުވައްޒަފުންގެ އަދަދަކީ 41،767 ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި އެވެ. އެއާ އެކު މިނިސްޓަރު ވިދާޅުވީ 2018 ވަނަ އަހަރު ސަރުކާރުގެ ކުންފުނިތަކުގައި ތިބީ 18،776 މުވައްޒަފުން ކަމަށެވެ. އަދި 2018 ވަނަ އަހަރުން ފެށިގެން، 2023 ވަނަ އަހަރާ ހަމައަށް އައިއިރު، އެ އަދަދު ހުރީ 36،729 ގައި ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައި އެވެ. 

މީގެ އިތުރުން މިނިސްޓަރު ޒަރީރު ވިދާޅުވީ ސަރުކާރުގެ ކުންފުނިތައް ރައިޓް ސައިޒް ކުރާއިރު، އެއީ ދިވެހި ރައްޔިތެއްކަން ވިސްނަން ޖެހޭ ކަމަށާއި، ކުލަ އަކަށް ބެލުމެއް ނެތި ދިވެހި ރައްޔިތުން ރައްކާތެރިކޮށްދޭން ޖެހޭ ކަމަށެވެ. ރައިޓް ސައިޒް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު، ރިޑަންޑެންސީ ޕެކޭޖު ދިނުން ފަދަ ކަންކަން ހިމަނާފައި ވާނެ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި ވަޒީފާ އިން ވަކި ކުރެވޭ މީހުންނަށް އަމިއްލަ މަސައްކަތް ކުރުމުގެ ފުރުސަތު އޮތް ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައި އެވެ. 

އަދި ރައިޓް ސައިޒް ކުރާއިރު އަޅުގަނޑުމެން ވިސްނަން ޖެހޭ މިއިން ކޮންމެ ބޭފުޅަކީ ވެސް ދިވެހި ރައްޔިތެއްކަން، ދިވެހި މަންމައެއްކަން، ދިވެހި ބައްޕައެއްކަން، ދިވެހި ދަރިއެއްކަން. އެހެންވީމާ ކުލަ އަކަށް ބެލުމެއް ނެތި އަޅުގަނޑުމެންގެ ފުރަތަމަ ކަމަކަށް ވާން ޖެހޭނީ ދިވެހި ރައްޔިތުން ޕްރޮޓެކްޓު ކުރުން
ހަސަން ޒަރީރު

ފިނޭންސް މިނިސްޓަރު ޒަރީރު މިހެން ވިދާޅުވެފައި ވީ ނަމަވެސް، ސަަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތް ކުރާ އިދިކޮޅު ޕާޓީ އަށް ނިސްބަތްވާ، ނުވަތަ ސަރުކާާރަށް ތާއީދު ނުކުރާ ގިނަ މުވައްޒަފުންތަކެއް އަންނަނީ ވަޒީފާ އިން ވަކި ކުރަމުންނެވެ. އަދި އިިދިކޮޅު ޕާޓީގެ ހަރަކާާތްތަކުގައި ބައިވެރިވާާ މުވައްޒަފުން ވެސް ވަނީ ވަޒީފާ އިން ވަކިކޮށްފައި އެވެ. އެކަމާ ގުޅިގެން ސަރުކާރަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވެ އެވެ.

ރައްޔިތުންގެ މަޖިލިސްމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ހަސަން ޒަރީރު

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

17 އޯގަސްޓު 2026

ޕެޓިޝަންތައް "ބަލިކަށި" ކުރުމުގެ މަސައްކަތް: ކުރިން ހުށަހަޅާފައިވާ ޕެޓިޝަނަކާ ދެކޮޅު ޕެޓިޝަނެއް ހުށަހެޅޭ ގޮތަށް ގަވާއިދު ބަދަލުކުރަން ކޮމިޓީން ފާސްކޮށްފި

17 އޯގަސްޓު 2026
ޕެޓިޝަންތައް "ބަލިކަށި" ކުރުމުގެ މަސައްކަތް: ކުރިން ހުށަހަޅާފައިވާ ޕެޓިޝަނަކާ ދެކޮޅު ޕެޓިޝަނެއް ހުށަހެޅޭ ގޮތަށް ގަވާއިދު ބަދަލުކުރަން ކޮމިޓީން ފާސްކޮށްފި
17 އޯގަސްޓު 2026

މި ސަރުކާރު ވެރިކަމަށް އައި ފަހުން ދިވެހި ކޮންސްޓްރަކްޝަން ކުންފުނިތައް އޮތީ ފުނޑިފައި: ޝަމްހީދު

17 އޯގަސްޓު 2026
މި ސަރުކާރު ވެރިކަމަށް އައި ފަހުން ދިވެހި ކޮންސްޓްރަކްޝަން ކުންފުނިތައް އޮތީ ފުނޑިފައި: ޝަމްހީދު
17 އޯގަސްޓު 2026

ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތްހޯލްޑިންގ ޓެކްސް 10 އިންސައްތަ އިން ބޮޑުކުރާ ބިލު ބަލައިގަނެފި

17 އޯގަސްޓު 2026
ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތްހޯލްޑިންގ ޓެކްސް 10 އިންސައްތަ އިން ބޮޑުކުރާ ބިލު ބަލައިގަނެފި
17 އޯގަސްޓު 2026

ޕެޓިޝަންތައް "ބަލިކަށި" ކުރުމުގެ މަސައްކަތް: ކުރިން ހުށަހަޅާފައިވާ ޕެޓިޝަނަކާ ދެކޮޅު ޕެޓިޝަނެއް ހުށަހެޅޭ ގޮތް ހަދަނީ!

17 އޯގަސްޓު 2026
ޕެޓިޝަންތައް "ބަލިކަށި" ކުރުމުގެ މަސައްކަތް: ކުރިން ހުށަހަޅާފައިވާ ޕެޓިޝަނަކާ ދެކޮޅު ޕެޓިޝަނެއް ހުށަހެޅޭ ގޮތް ހަދަނީ!
17 އޯގަސްޓު 2026

ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތްހޯލްޑިންގ ޓެކްސް 10 އިންސައްތަ އިން ބޮޑުކުރަނީ

17 އޯގަސްޓު 2026
ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތްހޯލްޑިންގ ޓެކްސް 10 އިންސައްތަ އިން ބޮޑުކުރަނީ
17 އޯގަސްޓު 2026

ކީރިތި ގުރުއާން އާއި މަޖިލީހަށް ހުށަހެޅޭ ބިލްތައް ހަމަހަމަވާކަމަށް ދޭހަވާ މޭރުމަކުން މަޖިލީހުގެ ނައިބު ރައީސް ސަލީމް ވާހަކަދައްކަވައިފި

17 އޯގަސްޓު 2026
ކީރިތި ގުރުއާން އާއި މަޖިލީހަށް ހުށަހެޅޭ ބިލްތައް ހަމަހަމަވާކަމަށް ދޭހަވާ މޭރުމަކުން މަޖިލީހުގެ ނައިބު ރައީސް ސަލީމް ވާހަކަދައްކަވައިފި
17 އޯގަސްޓު 2026

މަޖިލީހުން އަދަދު ނުކުރެވޭވަރަށް ގާނޫނު ފާސްކުރޭ، އެކަމަކު އެ ހުރިހާ އެއްޗެއް ބަހައްޓަނީ ފައިލަކަށް ލާ ފޮރުވާފައި: ޣަފޫރު

17 އޯގަސްޓު 2026
މަޖިލީހުން އަދަދު ނުކުރެވޭވަރަށް ގާނޫނު ފާސްކުރޭ، އެކަމަކު އެ ހުރިހާ އެއްޗެއް ބަހައްޓަނީ ފައިލަކަށް ލާ ފޮރުވާފައި: ޣަފޫރު
17 އޯގަސްޓު 2026

މާލޭގެ މަގެއް ހެދިގެން އިސްތިހާރު ކުރަން ޓިކްޓޮކް ހަދައި، އެ ސްޓާރުންނަށް ދާއިރާތަކުގެ ތަރައްގީއަށް ނުކުރާހާ ޚަރަދު މި ސަރުކާރުން ކޮށްފި: އަމީން

17 އޯގަސްޓު 2026
މާލޭގެ މަގެއް ހެދިގެން އިސްތިހާރު ކުރަން ޓިކްޓޮކް ހަދައި، އެ ސްޓާރުންނަށް ދާއިރާތަކުގެ ތަރައްގީއަށް ނުކުރާހާ ޚަރަދު މި ސަރުކާރުން ކޮށްފި: އަމީން
17 އޯގަސްޓު 2026

ރައީސަކު ވައްކަން ކުރާ ވިސްނުން ހުރެގެން ކިތަންމެ ވަރަކަށް ގާނޫނު ހެދިޔަސް އެ ގައުމަކުން ވައްކަމެއް ނުހުއްޓުވޭނެ: ޒިޔާދު

17 އޯގަސްޓު 2026
ރައީސަކު ވައްކަން ކުރާ ވިސްނުން ހުރެގެން ކިތަންމެ ވަރަކަށް ގާނޫނު ހެދިޔަސް އެ ގައުމަކުން ވައްކަމެއް ނުހުއްޓުވޭނެ: ޒިޔާދު
17 އޯގަސްޓު 2026

ވެރިކަން ކުރުމަކީ ޕީއެޗްޑީ އާއި މަތީ ފާސް އޮވެގެން ކުރެވޭ ކަމެއް ނޫން: ޑރ. ޑީޑީ

17 އޯގަސްޓު 2026
ވެރިކަން ކުރުމަކީ ޕީއެޗްޑީ އާއި މަތީ ފާސް އޮވެގެން ކުރެވޭ ކަމެއް ނޫން: ޑރ. ޑީޑީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް