އޯގަސްޓު 12ގައި އެމްޑީޕީ އިން މުޒާހަރާ އަށް ނުކުންނަނީ
2 އޯގަސްޓު 2026 | އާދީއްތަ 16:42އޯގަސްޓު 12 ވާ ބުދަ ދުވަހު މާާލޭގައި މުޒަަހަރާ ކުރަން އެމްޑީޕީ އިން ނިންމާފައިވާއިރު، އެ ޕާޓީ އިން ވަނީ ދާދި ފަހުން ވެސް މާލޭގައި އެއްވުމެއް ބާއްވާފައި. އެގޮތުން ވަޒީފާ ބުރާސްފަތި ނަމުގައި އެމްޑީޕީ އިން ވަނީ އެއްވުމެއް ބާއްވާފައި. އޭގެ ކުރިން ޤާނޫނު އަސާސީގެ ދިފާއުގައި، އަދި ލޫޓުވައިފި ނަމުގައި ވެސް އެމްޑީޕީ އިން ވަނީ މާލޭގައި މުޒަހަރާ ކޮށްފައި


އޭޕްރީލް މަހު އޮތް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ނިންމުމަށް އެމްޑީޕީ އިން ބޭއްވި ހިނގާލުމުގައި އެ ޕާޓީގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވަނީ | ސޯޝަލް މީޑިއާ
ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން އޯގަސްޓު މަހުގެ 12 ވަނަ ދުވަހު މާާލޭގައި މުޒާހަރާ ކުރަން ނިންމައިފި އެވެ.
އާދީއްތަ ދުވަހުގެ ރޭ އޮތް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެ ތާާރީޚުގައި މުޒާހަރާ ކުރުމަށް ހުށަހަޅުއްވާފައި ވަނީ ރިޔާސަތުގައި އިންނެވި، އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެވެ. އެގޮތުން ތަކެތީގެ އަގުތައް މައްޗަށް ދިޔުމާއި، ސަރުކާރުގެ ދޯހަޅި ކަންކަމާ ދެކޮޅަށް މުޒަހަރާ ކުރުމަށް ރިޔާސަތުން ވަނީ ހުށަހަޅައިފަ އެވެ.
ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، މުޒަހަރާ ކުރަން ފެނޭތޯ ނުވަތަ ނޫންތޯ ވޯޓަށް އައްސަވަން ނުޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެގޮތުން މުޒަހަރާ ކުރުމަށް އެމްޑީޕީގެ މެންބަރުން ފުރިހަމަ އަށް ތާއީދު ކުރައްވާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައި އެވެ.
އޯގަސްޓު 12 ވާ ބުދަ ދުވަހު މާާލޭގައި މުޒަަހަރާ ކުރަން އެމްޑީޕީ އިން ނިންމާފައިވާއިރު، އެ ޕާޓީ އިން ވަނީ ދާދި ފަހުން ވެސް މާލޭގައި އެއްވުމެއް ބާއްވައިފަ އެވެ. އެގޮތުން ވަޒީފާ ބުރާސްފަތި ނަމުގައި އެމްޑީޕީ އިން ވަނީ އެއްވުމެއް ބާއްވައިފަ އެވެ. އޭގެ ކުރިން ޤާނޫނު އަސާސީގެ ދިފާއުގައި، އަދި ލޫޓުވައިފި ނަމުގައި ވެސް އެމްޑީޕީ އިން ވަނީ މާލޭގައި މުޒަހަރާ ކޮށްފައި އެވެ.
އެމްޑީޕީ އިން 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހު ބޭއްވި ލޫޓުވައިފި މުޒަހަރާގައި ފުލުހުން ވަނީ ޙަލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްފައި އެވެ. އެކަމުގެ ސަބަބުން މުޒާހަރާގައި ބައިވެރިވި އެތައް ބަޔަކަށް އަނިޔާވެފައިވެ އެވެ. އަދި އެ މުޒަހަރާގެ ތެރެއިން ވަނީ އެމްޑީޕީގެ ބައެއް މެންބަރުން ޖަލަށް ވެސް ލައިފަ އެވެ.











