Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އެމްޕީއެލްގައި މަސައްކަތު މީހުންގެ ގޮތުގައި ތިބި އަންހެނުން ތިލަފުއްޓަށް ކައްކަން ގެންދާކަމަށް އެމްޕީއެލްއިން އެއްބަސްވެއްޖެ

24 އޯގަސްޓު 2026 | ހޯމަ 12:21

ތިލަފުށީގައި ކުރިއަށްދާ މަސައްކަތްތަކާ ގުޅިގެން އެމްޕީއެލްގެ އެޑްމިން ސެކްޝަނުގެ މަސައްކަތު އަންހެން މުވައްޒަފުން ކައްކަން ފޮނުވަނީ ވަގުތީ އިންތިޒާމެއްގެ ދަށުން ކަމަށް އެ ކުންފުނިން ބުނެފި. މުވައްޒަފުންނަށް މަޖުބޫރުކޮށްގެން މި މަސައްކަތް ނުކުރުވާ ކަމަށް އެމްޕީއެލްއިން ބުނި ނަމަވެސް، މާލޭގައި މަސައްކަތް ކުރަން ނަގާފައިވާ މުވައްޒަފުން ރަށުން ބޭރަށް ފޮނުވާތީ އެކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 24 އޯގަސްޓު 2026 | ހޯމަ 12:21

"ފަށާއިރު" ޕްރޮގްރާމްގެ ތެރެއިން | ރާއްޖެ އެމްވީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މަސައްކަތު މީހުންގެ ގޮތުގައި ތިބި އަންހެން މުވައްޒަފުން ތިލަފުއްޓަށް ކައްކަން ގެންދާކަމަށް އެމްޕީއެލްއިން އެއްބަސްވެއްޖެ އެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގެ ތެރެއިން އެމްޕީއެލްއަށް ގުޅުމުން ބުނެފައިވަނީ، ތިލަފުށީގައި އެމްޕީއެލްއިން ބައެއް މަސައްކަތްތައް ކުރިއަށް ގެންދާތީ، ވަގުތީ ގޮތުން އެމްޕީއެލްގެ އެޑްމިން ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ މަސައްކަތު މުވައްޒަފުން ތިލަފުށްޓައް ކައްކަން ގެންދާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން، ތިލަފުށްޓަށް ކައްކަން ދާން ޖެހެނީ ވަކި ޝެޑިއުލްއެއްގެ ތެރެއިން ހަފްތާއަކު އެއް ދުވަހު ކަމަށް އެމްޕީއެލްއިން މައުލޫމާތު ދިނެވެ. އަދި ތިލަފުށްޓަށް ކައްކަން ގެންދަނީ މަޖުބޫރުން ކަމަށް ބައެއް މުވައްޒަފުން ބުނެފައިވީ ނަމަވެސް އެމްޕިއެލްއިން ބުނީ އެއްވެސް މުވައްޒަފަކަށް މަޖުބޫރު ކޮށްފައި ނުވާނެ ކަމަށެވެ.

އެމީހުންނާ މަޝްވަރާ ކޮށްފައި، އަނެއްކާ ކޮންމެ ދުވަހަކު ކޮންމެ މީހަކު ދާން ޖެހެނީ ކީ ނޫން، ވަކި ގޮތަކަށް ބަހާލައިގެން ހަފްތާއަކު އެއް ދުވަހު ކަހަލަ ގޮތަކަށް ކޮންމެ މީހަކު ދާން ޖެހެނީ، މިބުނީ އެއްވެސް ވަރަކަށް ތިދަންނަވާހެން މަޖުބޫރު ކޮށްގެން، ވަޒީފާ ބިރު ދައްކައިގެން އެކަހަލަ ގޮތަކަށް ނޫން 
އެމްޕީއެލް މީޑިއާ އޮފިޝަލް 

އެމްޕީއެލް އިން ބުނީ މިވަގުތު މަސައްކަތު މުވައްޒަފުން ފޮނުވަން ޖެހުނީ އެތަނުގައި އެމްޕީއެލްގެ މަސައްކަތް ކުރިއަށް ދާތީ، ކޮންމެވެސް ގޮތެއް ހޯދަން މަޖުބޫރުވުމުން ކަމަށެވެ. 

ނަމަވެސް މާލެގައި ވަޒީފާ އަދާކުރާ މުވައްޒަފުން ރަށުން ބޭރަށް ދާން ޖެހެމުން ގިނަ ދަތިތަކަކާއި ކުރިމަތި ލާން ޖެހޭތީ އެކަމުގެ ކަންބޮޑުވުން އެމްޕީއެލްގެ އެ މުވައްޒަފުން ދަނީ ފާޅުކުރަމުންނެވެ.  

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްތިލަފުށި

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

5

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

އިތުރަށް ކިޔާލަން

23 އޯގަސްޓު 2026

އެމްޕީއެލްގެ ފޮޅާ ސާފުކުރާ މަސައްކަތުގައި އުޅޭ މުވައްޒަފުންނަށް ބިރު ދައްކައިގެން ތިލަފުއްޓަށް ކައްކަން ގެންދާ މައްސަލައެއް ފެންމަތިވެއްޖެ

23 އޯގަސްޓު 2026
އެމްޕީއެލްގެ ފޮޅާ ސާފުކުރާ މަސައްކަތުގައި އުޅޭ މުވައްޒަފުންނަށް ބިރު ދައްކައިގެން ތިލަފުއްޓަށް ކައްކަން ގެންދާ މައްސަލައެއް ފެންމަތިވެއްޖެ
09 އޯގަސްޓު 2026

ކޮންޓެއިނަރުތައް ހުޅުވާއިރު ހުންނަންޖެހޭ އެމްއެފްޑީއޭގެ މުވައްޒަފުން އެތަނަށް ނުދާ މައްސަލައެއް، ހެލްތު މިނިސްޓްރީގެ ބަހެއް ނުލިބުނު!

09 އޯގަސްޓު 2026
ކޮންޓެއިނަރުތައް ހުޅުވާއިރު ހުންނަންޖެހޭ އެމްއެފްޑީއޭގެ މުވައްޒަފުން އެތަނަށް ނުދާ މައްސަލައެއް، ހެލްތު މިނިސްޓްރީގެ ބަހެއް ނުލިބުނު!
30 ޖުލައި 2026

ރާއްޖޭގެ ރީތި ރަށްތައް ގޮނޑުތަކަކަށް ހެއްދުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ނަޝީދު

30 ޖުލައި 2026
ރާއްޖޭގެ ރީތި ރަށްތައް ގޮނޑުތަކަކަށް ހެއްދުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ނަޝީދު
29 ޖުލައި 2026

އެމްޕީއެލްގެ ހިންގުން ދަނީ ހުއްޓެމުން، ޕޯޓް އޮޕަރޭޓް ކުރާނެ ފައިސާ އެތަނުގައި ނެތް: އެމްޑީޕީ

29 ޖުލައި 2026
އެމްޕީއެލްގެ ހިންގުން ދަނީ ހުއްޓެމުން، ޕޯޓް އޮޕަރޭޓް ކުރާނެ ފައިސާ އެތަނުގައި ނެތް: އެމްޑީޕީ
29 ޖުލައި 2026

ތިލަފުށިން އެނދި ކުނިތައް ކުނބުރުދޫ އަށް ގެންދާތީ ކަންބޮޑުވުން ފާޅުކޮށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

29 ޖުލައި 2026
ތިލަފުށިން އެނދި ކުނިތައް ކުނބުރުދޫ އަށް ގެންދާތީ ކަންބޮޑުވުން ފާޅުކޮށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި
23 ޖުލައި 2026

އެމެރިކާއިން އިންޑިއާ ކަނޑުގެ ސަރަހައްދަށް ނުފޫޒު ފޯރުވަން ވަންނަ ދޮރާއްޓަކަށް ތިލަފުށި ބަނދަރު ހަދަނީބާ؟

23 ޖުލައި 2026
އެމެރިކާއިން އިންޑިއާ ކަނޑުގެ ސަރަހައްދަށް ނުފޫޒު ފޯރުވަން ވަންނަ ދޮރާއްޓަކަށް ތިލަފުށި ބަނދަރު ހަދަނީބާ؟
20 ޖުލައި 2026

ވިޔަފާރި ބަނދަރުގެ ކީ-ވޯލްގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި

20 ޖުލައި 2026
ވިޔަފާރި ބަނދަރުގެ ކީ-ވޯލްގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި
20 ޖުލައި 2026

ތިލަފުށީގައި ހުންނަ ވެމްކޯ ސަރަހައްދުގައި އާދިއްތަ ދުވަހުގެ ރޭ ބޮޑު އަލިފާނުގެ ހާދިސާއެއް، ކޮންޓްރޯލް ކުރެވުނީ ހޯމަ ދުވަހުގެ ހެނދުނު!

20 ޖުލައި 2026
ތިލަފުށީގައި ހުންނަ ވެމްކޯ ސަރަހައްދުގައި އާދިއްތަ ދުވަހުގެ ރޭ ބޮޑު އަލިފާނުގެ ހާދިސާއެއް، ކޮންޓްރޯލް ކުރެވުނީ ހޯމަ ދުވަހުގެ ހެނދުނު!
09 ޖުލައި 2026

ސައީދަށް ޕީއެންސީ އެކްޓިވިސްޓަކު ފޮނުވާ ސިޓީ

09 ޖުލައި 2026
ސައީދަށް ޕީއެންސީ އެކްޓިވިސްޓަކު ފޮނުވާ ސިޓީ
07 ޖުލައި 2026

ނޯތު ހާބަރުގެ ކަންކަން ހުރި ގޮތުން އޮޑިވެރިންނަށް ގެއްލުންވާތީ މަޖިލީހަށް އެމްޕީއެލް ހާޒިރުކުރަނީ

07 ޖުލައި 2026
ނޯތު ހާބަރުގެ ކަންކަން ހުރި ގޮތުން އޮޑިވެރިންނަށް ގެއްލުންވާތީ މަޖިލީހަށް އެމްޕީއެލް ހާޒިރުކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް