Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ތިލަފުށިން އެނދި ކުނިތައް ކުނބުރުދޫ އަށް ގެންދާތީ ކަންބޮޑުވުން ފާޅުކޮށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

29 ޖުލައި 2026 | ބުދަ 04:56

ތިލަފުށީގައި ރޯވެ، އެނދި ކުނިތައް ހދ. ކުނބުރުދޫއަށް ގެންދަން ވެމްކޯއިން ނިންމުމުން، އެކަމުގެ ސަބަބުން އެ ސަރަހައްދުގެ ތިމާވެއްޓަށާއި އާންމުންގެ ސިއްހަތަށް ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ފާޅުކުރެއްވި. ކުނބުރުދޫގައި ކުނި މެނޭޖުކުރާނެ އެކަށީގެންވާ ނިޒާމެއް ނެތްކަން ފާހަގަކޮށް މަޖިލީހަށް ހުށަހެޅި މި ކުއްލި މައްސަލަ ވަނީ ބޭރުކޮށްލާފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 29 ޖުލައި 2026 | ބުދަ 04:56
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ)

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) | މަޖިލިސް

ތިލަފުށިން އެނދި ކުނިތައް ކުނބުރުދޫ އަށް ގެންދިއުމަށް ވެމްކޯ އިން ނިންމާފައިވާތީ އޭގެ ސަބަބުން ދިމާވެދާނެ ނުރައްކާތައް ފާހަގަކޮށް، ހުށަހެޅި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފި އެވެ. 

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ކުއްލި މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އެވެ. 

އެ މައްސަލައިގައި މެންބަރު ވިދާޅުވީ ތިލަފުށީގައި ހިނގި އަލިފާނުގެ ހާދިސާގައި އެނދި ކުނިތައް ވެމްކޯ އިން ކަނޑައަޅާފައިވާ ގޮތުގެ މަތިން ހދ. ކުނބުރުދޫ އަށް ގެންގޮސްފިނަމަ، އެ އަތޮޅުގެ ރައްޔިތުންގެ ސިއްހަތަށާއި ތިމާވެއްޓަށާއި އަދި މުޅި ސަރަހައްދުގެ ގުދުރަތީ ނިޒާމަށް އިޔާދަނުކުރެވޭނެ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ. އަދި މިއީ އެކަމުގެ ކަންބޮޑުވުން ފާޅުކުރުމަށް ހުށަހެޅި ކުއްލި މައްސަލައެއް ކަމަށެވެ. 

އަދި 19 ޖުލައި 2026 ގައި ތިލަފުށީގައި ހިނގި އަލިފާނުގެ ހާދިސާގައި އެނދި ކުނިތައް، ހދ. ކުނބުރުދޫގައި ގާއިމުކުރަން ފަށާފައިވާ ނުނިމި ހުރި ވޭސްޓް ޓްރާންސްފަރ ސްޓޭޝަނަށް ގެންދިއުމަށް ވެމްކޯ އިން ނިންމާފައިވާ ކަމަށެވެ. 

މި ކުއްލި މައްސަލައިގައި ބުނީ، ކުނބުރުދޫގައި ގާއިމުކުރަމުންދާ ސްޓޭޝަނަކީ، މަސައްކަތް އެއްކޮށް ނިިމި، ކުނި މެނޭޖުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ތަނަކަށް ނުވާ ކަމަށެވެ. އަދި ކުނި އެޅުމަށް ބޭނުންވާ ކޮންކްރީޓް ފަންގިފިލާއެއް ނެތުމުގެ ސަބަބުން ކުނިތައް ސީދާ ބިމަށް އުކާލުމުން އުފެދޭ ވިހަ ފެން، ނުވަތަ "ލީޗޭޓް" ރައްކާތެރިކަމާއެކު ޖަމާކޮށް، ނައްތާލެވޭ އެއްވެސް ނިޒާމެއް އެ ރަށުގައި ގާއިމުކުރެވިފައި ނުވާ ކަމަށެވެ. 

ކުނބުރުދޫ އަކީ ކުނި ޓްރާންސްފަރ ކުރާ ރަށެއްގެ ގޮތުގައި ހަމަޖެހިފައި އޮތް ނަމަވެސް، މިހާރު ފެނިގެންދާ މަންޒަރަކީ މި އުސޫލާ ޚިލާފަށް ތިލަފުށީގައި ހުރި އެނދި ކުނިތައް ކުނބުރުދޫ އަށް ޖަމާކުރަމުންދާ މަންޒަރު ކަމަށް ވެސް މި ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ. 

އެ ރަށަކީ ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ 'ކަންޒު ކަނހަބު' އާލާވެ، ދިރިއުޅޭ ތިމާވެއްޓަށް ނުހަނު މުހިއްމު މާހައުލެއްކަން ފާހަގަކޮށް މައްސަލައިގައި ބުނީ، ތިލަފުށިން ގެންދާ ވިހަ ކުނިތަކުގެ ސަބަބުން މި ނާޒުކު ދިރުންތަކުގެ މާހައުލު ތަޣައްޔަރުވެ، އެ ތަކެތި ނެތިދިއުމުގެ ބިރު އެބައޮތް ކަމަށެވެ. އަދި ކުނިން ބޭރުވާ ވިހަ މާއްދާތައް ބިމުގެ ފަސްގަނޑާއި ފެން ފަށަލައަށް ޖަމާވުމުގެ ސަބަބުން ރަށުގެ ގުދުރަތީ ރީތިކަން ގެއްލި، ދަނޑުވެރިކަމާއި ގަސްގަހާގެއްސަށް އިޔާދަނުކުރެވޭނެ ގެއްލުންތަކެއް ކުރިމަތިވެގެންދާނެ ކަމުގެ ނުރައްކާ އޮތް ކަމަށެވެ.

ތިލަފުށީގައި އެނދި ޕްލާސްޓިކާއި ސިނާއީ ކުނިތަކުން 'ޑައިއޮކްސިންސް'، 'ފިއުރަންސް' އަދި 'ބެންޒީން' ފަދަ ކެންސަރު އުފައްދާ ނުރައްކާތެރި މާއްދާތައް ބޭރުވުމުގެ ސަބަބުން ވައިގެ މަގުންނާ ފެނުގެ ޒަރިއްޔާ އިން މި މާއްދާތައް އިންސާނާގެ ހަށިގަނޑަށް ވާސިލުވެ، ދާއިމީ ބަލިތަކަށް މަގުފަހިވާ ކަމަށް ވެސް މި ކުއްލި މައްސަލައިގައިވެ އެވެ. 

އެ މައްސަލައިގައި ބުނީ ކުނިގޮނޑުން އަރާ 'ކަރބަން މޮނޮކްސައިޑް' އާއި 'ހައިޑްރޯޖަން ސަލްފައިޑް' ގޭހުގެ ސަބަބުން ކައިރި ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބޮލުގައި ރިއްސުމާއި، ނޭވާލާން އުނދަގޫވުމާއި މޭނުބައިކުރުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވާނެ ކަމުގެ ނުރައްކާ އޮތް ކަމަށެވެ. 

އޭގެ އިތުރުން އިލެކްޓްރޯނިކް ކުނިން ބޭރުވާ ލެޑް އާއި މަރކިއުރީ ފަދަ ބަރު މައުދަންތައް އަޅީގެ ތެރެއިން ފަސްގަނޑަށް ޖަމާވެ، އެ ސަރަހައްދުގެ ކާނާގެ ނިޒާމުގެ ތެރެއަށް ވެދެގެން ދިއުމުގެ ނުރައްކާ ހާމަކަން ބޮޑު ގޮތެއްގައި ފެންނަން އެބަ އޮތްކަން މައްސަލައިގައި ވަނީ ބަޔާންކޮށްފަ އެވެ. 

ކުނބުރުދޫ އަކީ މިފަދަ ނުރައްކާތެރި ކުނި މެނޭޖްކުރެވޭނެ ފަދަ އުމްރާނީ ވަސީލަތްތައް ހުރި ރަށަކަށް ނުވާއިރު، ވެމްކޯ ގެ މި ނިންމުމަކީ ރައްޔިތުންގެ ސިއްހީ ރައްކާތެރިކަމާއި ތިމާވެއްޓަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެ ކުއްލި މައްސަލަ ހުށަހަޅުއްވާ ކަމަށް މެންބަރު ވިދާޅުވި އެވެ. 

މި މައްސަލަ މަޖިލީހަށް ބަލައިނުގަތުމަށް ނިންމާފައިވަނީ 27 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ކުއްލި މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ 7 މެންބަރުންނެވެ. 

މި މައްސަލައަކީ ގިނަ ބައެއްގެ ކަންބޮޑުވުން ހުރި މައްސަލައަކަށް ވާއިރު މިގޮތަށް އަމަލު ކުރަން ވެމްކޯ އިން ނިންނި ނިންމުމަށް ގިނަ ބައެއްގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ. 

ތިލަފުށިކުނބުރުދޫވެމްކޯރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

28 ޖުލައި 2026

ގާނޫނުއަސާސީ ގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން އެންމެ ގިނަ ސިޔާސީ މުވައްޒަފުން އައްޔަންކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ: ޝަމްހީދު

28 ޖުލައި 2026
ގާނޫނުއަސާސީ ގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން އެންމެ ގިނަ ސިޔާސީ މުވައްޒަފުން އައްޔަންކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ: ޝަމްހީދު
28 ޖުލައި 2026

މި ސަރުކާާރުން މުވައްޒަފުން ވަކިކުރަނީ ހައްގުން ކަމަށް ދޭހަވާ މޭރުމަކުން ފަލާޙު ވާހަކަދައްކަވައިފި

28 ޖުލައި 2026
މި ސަރުކާާރުން މުވައްޒަފުން ވަކިކުރަނީ ހައްގުން ކަމަށް ދޭހަވާ މޭރުމަކުން ފަލާޙު ވާހަކަދައްކަވައިފި
28 ޖުލައި 2026

މޮޅެތި ނަން ކިޔާފައި މުވައްޒަފުން ވަކިކުރަނީ ވެރިންގެ އަމިއްލަ އެދުންތައް ފުއްދުމަށް: މެންބަރު ޒިޔާދު

28 ޖުލައި 2026
މޮޅެތި ނަން ކިޔާފައި މުވައްޒަފުން ވަކިކުރަނީ ވެރިންގެ އަމިއްލަ އެދުންތައް ފުއްދުމަށް: މެންބަރު ޒިޔާދު
27 ޖުލައި 2026

ނާލާފުށީ ކުނި ކޮށި އަޕްގްރޭޑް ކުރުން: ރައީސް މުއިއްޒު ވަޑައިގަންނަވަން 2025 ގައި ޖެހި ބޯޑު ފިޔަވައި އިތުރު އެއްވެސް ކަމެއް ނުކުރޭ!

27 ޖުލައި 2026
ނާލާފުށީ ކުނި ކޮށި އަޕްގްރޭޑް ކުރުން: ރައީސް މުއިއްޒު ވަޑައިގަންނަވަން 2025 ގައި ޖެހި ބޯޑު ފިޔަވައި އިތުރު އެއްވެސް ކަމެއް ނުކުރޭ!
23 ޖުލައި 2026

އެމެރިކާއިން އިންޑިއާ ކަނޑުގެ ސަރަހައްދަށް ނުފޫޒު ފޯރުވަން ވަންނަ ދޮރާއްޓަކަށް ތިލަފުށި ބަނދަރު ހަދަނީބާ؟

23 ޖުލައި 2026
އެމެރިކާއިން އިންޑިއާ ކަނޑުގެ ސަރަހައްދަށް ނުފޫޒު ފޯރުވަން ވަންނަ ދޮރާއްޓަކަށް ތިލަފުށި ބަނދަރު ހަދަނީބާ؟
23 ޖުލައި 2026

ތިލަފުށީގައި ހިނގި އަލިފާން ހާދިސާގެ ސަބަބުން، ވިލިމާލެ އަދި ހުޅުމާލެ އިން ކުނި ބަލައި ގަންނަ މިންވަރު މަދުކޮށްފި

23 ޖުލައި 2026
ތިލަފުށީގައި ހިނގި އަލިފާން ހާދިސާގެ ސަބަބުން، ވިލިމާލެ އަދި ހުޅުމާލެ އިން ކުނި ބަލައި ގަންނަ މިންވަރު މަދުކޮށްފި
21 ޖުލައި 2026

ކުޑަކުދިންގެ އަދުލުގެ ގާނޫނު ތަންފީޒު ނުކުރާތީ ހޯމް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ މަޖިލީހަށް ހާޒިރުކުރަނީ

21 ޖުލައި 2026
ކުޑަކުދިންގެ އަދުލުގެ ގާނޫނު ތަންފީޒު ނުކުރާތީ ހޯމް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ މަޖިލީހަށް ހާޒިރުކުރަނީ
20 ޖުލައި 2026

ވާނުވާ އެންގުމެއް ނެތި އަނެއްކާ ވެސް މަޖިލިސް ޖަލްސާ ކެންސަލް: މެންބަރުންނަށް ވެސް ރަސްމީ އެންގުމެއް ނާންގާ!

20 ޖުލައި 2026
ވާނުވާ އެންގުމެއް ނެތި އަނެއްކާ ވެސް މަޖިލިސް ޖަލްސާ ކެންސަލް: މެންބަރުންނަށް ވެސް ރަސްމީ އެންގުމެއް ނާންގާ!
20 ޖުލައި 2026

ތިލަފުށީގައި ހުންނަ ވެމްކޯ ސަރަހައްދުގައި އާދިއްތަ ދުވަހުގެ ރޭ ބޮޑު އަލިފާނުގެ ހާދިސާއެއް، ކޮންޓްރޯލް ކުރެވުނީ ހޯމަ ދުވަހުގެ ހެނދުނު!

20 ޖުލައި 2026
ތިލަފުށީގައި ހުންނަ ވެމްކޯ ސަރަހައްދުގައި އާދިއްތަ ދުވަހުގެ ރޭ ބޮޑު އަލިފާނުގެ ހާދިސާއެއް، ކޮންޓްރޯލް ކުރެވުނީ ހޯމަ ދުވަހުގެ ހެނދުނު!
15 ޖުލައި 2026

އައްޑޫގައި ފެނަކައިގެ ހިޔާނާތާ ގުޅޭ މަނީ ލޯންޑްރިންގެ ތަހުގީގެއް ހިންގަނީ!

15 ޖުލައި 2026
އައްޑޫގައި ފެނަކައިގެ ހިޔާނާތާ ގުޅޭ މަނީ ލޯންޑްރިންގެ ތަހުގީގެއް ހިންގަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް