Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލޭ ވިޔަފާރި ބަނދަރު

ވިޔަފާރި ބަނދަރުގެ ކީ-ވޯލްގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި

މަސައްކަތް ނިންމަން ޖެހޭ މުއްދަތް އަދި މަސައްކަތުގެ އަގު ސާފު ކުރުމަށް "ރާއްޖެ އެމްވީ" އިން ގުޅުމުން އެމްޕީއެލްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ، އެ މައުލޫމާތު ހޯދުމަށް ޖެހޭނީ އާރުޓީއައި ހުށަހަޅަން ކަމަށް. އަދި އާރުޓީއައި ހުށަހަޅައިގެން ނޫން ގޮތަކަށް އެ މައުލޫމާތު ނުދެވޭނެ ކަމަށް ވެސް އިންފޮމޭޝަން އޮފިސަރު ވަނީ ވިދާޅުވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 ޖުލައި 2026 | ހޯމަ 14:16
މާލޭ މާލޭ ވިޔަފާރި ބަނދަރުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މާލޭ މާލޭ ވިޔަފާރި ބަނދަރުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން | އެމްޕީއެލް

މާލޭ ވިޔަފާރީ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަޝްއޫރުގެ ދަށުން އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ކީ-ވޯލްގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފައިވާ ގޮތުގައި މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ، ޗައިނާ ހާބާ އިންޖިނިއަރިންއާ އެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރުމަށް އެމްޕީއެލްގައި ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޙުސެއިން ޝަފީޤު އެވެ. އަދި ޗައިނާ ހާބާ އިންޖިނިއަރިންގެ ފަރާތުން ސޮއި ކުރެއްވީ މާއޯ ބާއޯ އެވެ. 

އެމްޕީއެލް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އެ ޗައިނާ ހާބާ އިންޖިނިއަރިންއާ ހަވާލު ކުރެވުނު އެއްބަސްވުމުގެ ދަށުން ބައިނަލްއަޤުވާމީ މުދާ އުފުލާ ކޮންޓޭނަރު ބޯޓު ފަހަރަށް ޚާއްސަ، 14.6 މީޓަރު ފުން މިނުގެ 375 މީޓަރު ދިގު ކީ-ވޯލް ހެދުމާއި، ރާއްޖޭގެ އެތެރޭގެ ދަތުރު ފަތުރުތަކުގައި ބޭނުން ކުރާ މުދާ އުފުލާ އުޅަނދު ފަހަރަށް ޚާއްސަ ފަސް މީޓަރުގެ ފުން، 820 މީޓަރުގެ ދިގު ޑޮމެސްޓިކް ކީ-ވޯލްއެއް ހެދުން ހިމެނޭ ކަމަށެވެ.

ނަމަވެސް، މި މަސައްކަތް ޗައިނާ ހާބާ އިންޖިނިއަރިންއާ ހަވާލު ކުރީ ކޮން މުއްދަތަކަށް ނިންމަން ކަމެއް، އަދި މި މަސައްކަތުގެ އަގެއް އެމްޕީއެލް އިން ހާމަކޮށްފައި ނުވެ އެވެ. އެމްޕީއެލް އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ވެސް އެކަމުގެ ތަފްސީލުތަކެއް ހިމަނާފައި ނުވެ އެވެ. 

އެކަމުގެ ތަފްސީލު ހޯދުމަށް "ރާއްޖެ އެމްވީ" އިން ގުޅުމުން އެމްޕީއެލްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ، އެ މައުލޫމާތު ހޯދުމަށް ޖެހޭނީ އާރުޓީއައި ހުށަހަޅަން ކަމަށެވެ. އަދި އާރުޓީއައި ހުށަހަޅައިގެން ނޫން ގޮތަކަށް އެ މައުލޫމާތު ނުދެވޭނެ ކަމަށް ވެސް އިންފޮމޭޝަން އޮފިސަރު ވިދާޅުވި އެވެ. 

ވިޔަފާރީ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މި މަޝްރޫއުގެ ބައެއް މަސައްކަތްތައް މީގެ ކުރިން ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ވެސް ހަވާލުކޮށްފައި އެވެ. އެގޮތުން މިދިޔަ ޖޫން މަހުގެ އެއް ވަނަ ދުވަހު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 100 މީޓަރުގެ ޑޮމެސްޓިކް ކީ-ވޯލް އަދި ތިން ހެކްޓަރުގެ ސަރަހައްދެއް ޕޭވް ކުރުމުގެ މަސައްކަތެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްމާލޭ ވިޔަފާރި ބަނދަރު

އިތުރަށް ކިޔާލަން

07 ޖުލައި 2026

ނޯތު ހާބަރުގެ ކަންކަން ހުރި ގޮތުން އޮޑިވެރިންނަށް ގެއްލުންވާތީ މަޖިލީހަށް އެމްޕީއެލް ހާޒިރުކުރަނީ

07 ޖުލައި 2026
ނޯތު ހާބަރުގެ ކަންކަން ހުރި ގޮތުން އޮޑިވެރިންނަށް ގެއްލުންވާތީ މަޖިލީހަށް އެމްޕީއެލް ހާޒިރުކުރަނީ
28 ޖޫން 2026

އެމްޕީއެލްގެ ބާޖަކުން ވެއްޓުނު 5 ކޮންޓެއިނަރުގެ ތެރެއިން މިހާތަނަށް ފެނުނީ 2 ކޮންޓެއިނަރު: ފުލުހުން

28 ޖޫން 2026
އެމްޕީއެލްގެ ބާޖަކުން ވެއްޓުނު 5 ކޮންޓެއިނަރުގެ ތެރެއިން މިހާތަނަށް ފެނުނީ 2 ކޮންޓެއިނަރު: ފުލުހުން
27 ޖޫން 2026

ކޮންޓޭނަރުތަކެއް އޮޔާދާތީ، ދޫނިދޫ އާއި ފޭދޫފިނޮޅާ ދެމެދު ދަތުރުކުރާ އުޅަނދުތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

27 ޖޫން 2026
ކޮންޓޭނަރުތަކެއް އޮޔާދާތީ، ދޫނިދޫ އާއި ފޭދޫފިނޮޅާ ދެމެދު ދަތުރުކުރާ އުޅަނދުތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
21 ޖޫން 2026

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުން ޒިޔަތު އިސްތިއުފާ ދެއްވައިފި

21 ޖޫން 2026
އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުން ޒިޔަތު އިސްތިއުފާ ދެއްވައިފި
19 ޖޫން 2026

ފާއިތުވި 5 ދުވަހުގެ ތޭރޭގައި ރާއްޖެއަށް އެތެރެކުރަން އުޅުނު 22،000 އަށްވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގަނެފި

19 ޖޫން 2026
 ފާއިތުވި 5 ދުވަހުގެ ތޭރޭގައި ރާއްޖެއަށް އެތެރެކުރަން އުޅުނު 22،000 އަށްވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގަނެފި
18 ޖޫން 2026

ރާއްޖެއަށް އެތެރެކުރަން އުޅުނު ފަސްހާހަށް ވުރެ ގިނަ ވޭޕް ކާޓްރިޖު އަތުލައިގެންފި

18 ޖޫން 2026
ރާއްޖެއަށް އެތެރެކުރަން އުޅުނު ފަސްހާހަށް ވުރެ ގިނަ ވޭޕް ކާޓްރިޖު އަތުލައިގެންފި
17 ޖޫން 2026

ކަސްޓަމްސް އިން 1،108 ވޭޕް ކާޓްރިޖް އަތުލައިގެންފި

17 ޖޫން 2026
ކަސްޓަމްސް އިން 1،108 ވޭޕް ކާޓްރިޖް އަތުލައިގެންފި
01 ޖޫން 2026

18.80 މިލިއަން ރުފިޔާ އަށް ތިލަފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީ އަށް

01 ޖޫން 2026
 18.80 މިލިއަން ރުފިޔާ އަށް ތިލަފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީ އަށް
01 މެއި 2026

އެމްޕީއެލް ގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމަށް ލަމްއާން އައްޔަންކޮށްފި

01 މެއި 2026
 އެމްޕީއެލް ގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމަށް ލަމްއާން އައްޔަންކޮށްފި
22 އެޕްރީލު 2026

ރައީސް މުއިއްޒުގެ ސަރުކާރުގައި އެމްޕީއެލަށް އައްޔަންކުރި ތިންވަނަ ސީއީއޯގެ މަގާމަށް ހުސައިން ޝަފީގް!

22 އެޕްރީލު 2026
ރައީސް މުއިއްޒުގެ ސަރުކާރުގައި އެމްޕީއެލަށް އައްޔަންކުރި ތިންވަނަ ސީއީއޯގެ މަގާމަށް ހުސައިން ޝަފީގް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު