Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޕީއެލް

އެމްޕީއެލްގެ ހިންގުން ދަނީ ހުއްޓެމުން، ޕޯޓް އޮޕަރޭޓް ކުރާނެ ފައިސާ އެތަނުގައި ނެތް: އެމްޑީޕީ

29 ޖުލައި 2026 | ބުދަ 13:12

އެމްޕީއެލްގެ މާލީ ހާލަތު ދަށްވެ، މުދާ ބޭލުމަށް ބޭނުންވާ ވަސީލަތްތައް ނެތުމުގެ ސަބަބުން ޕޯޓުގެ އޮޕަރޭޝަންތަކަށް ބޮޑެތި ބުރޫ އަރާފައިވާ ކަމަށް އެމްޑީޕީން ބުނޭ. މުދާ ކްލިއަރ ކުރުން ލަސްވުމުގެ ނޭދެވޭ އަސަރު މުދަލުގެ އަގަށް ކުރަމުންދާކަން ފާހަގަކޮށް، އެ ޕާޓީން ވަނީ ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ގޮވާލާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 29 ޖުލައި 2026 | ބުދަ 13:12
އެމްޑީޕީ ޓްރާންސްޕޯޓު ޓޫރިޒަމް ކޮމެޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު އަދި މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ ވާހަކަ ދައްކަވަނީ

އެމްޑީޕީ ޓްރާންސްޕޯޓު ޓޫރިޒަމް ކޮމެޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު އަދި މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ ވާހަކަ ދައްކަވަނީ | އެމްޑީޕީ

ދިވެހިރާއްޖޭގެ އިގްތިސާގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް މުއައްސަސާ ކަމަށްވާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ހިންގުން ހުއްޓި، މުދާ ބޭލުމުގައި ބޮޑެތި އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށް އެމްޑީޕީން ބުނެފި އެވެ. 

ބުދަ ދުވަހު އެމްޑީޕީ ޓްރާންސްޕޯޓު ޓޫރިޒަމް ކޮމިޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު އަދި މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ މައިގަނޑު މުދާ އެތެރެކުރާ މައި ދޮރާށި ކަމަށްވާ އެމްޕީއެލް މިހާރު އޮތީ "ޕެރެލައިޒް" ވެފައި ކަމަށެވެ.

އޭނާ ވިދާޅުވީ ޕޯޓުގެ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ފަންކްޝަން ނުކުރާ ކަމަށާއި، މުދާ ބޭލުމުގައި ވިޔަފާރިވެރިންނަށް ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިފައިވާ ކަމަށެވެ.

މާލީ ދަތިކަމާއި ވަސީލަތްތަކުގެ މަދުކަން ފާހަގަކުރައްވައި ރާއީ ވިދާޅުވީ، މި މައްސަލަ ދިމާވާން މެދުވެރިވި އެންމެ ބޮޑު ސަބަބަކީ ޕޯޓް އޮޕަރޭޓް ކުރާނެ ފައިސާ އެތަނުގައި ނެތުން ކަމަށެވެ. އަދި މުދާ އުފުލާ ބާޖުތަކާއި ރީ-ސްޓިކާ އަދި ކެރޭނު ފަދަ ތަކެތި ހޯދުމަށް ބޭނުންވާ ފައިސާ ވެސް އެ ކުންފުނީގައި ނެތް ކަމަށެވެ.

މައްސަލައަކީ ހަގީގަގައި ޕޯޓުގައި ޕޯޓް އޮޕަރޭޓްކުރާނެ އެއްވެސް މިންވަރަކަށް ފައިސާ ނެތި އަދި އިކުއިޕްމަންޓްސް ވެސް ނެތުން 
މުހައްމަދު ރާއީ

މި ސަރުކާރު އައިފަހުން އެމްޕީއެލް އަށް ލިބޭ ސާފު ފައިދާގެ ނިސްބަތް ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ރާއީ ތުހުމަތު ކުރެއްވި އެވެ. އޭނާ ވިދާޅުވީ އެ ކުންފުނީގެ ހިސާބުތަކުން މިކަން ސާފުކޮށް އެނގެން އޮތް ކަމަށާއި، މިއީ އިގްތިސާދަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ.

މީގެ އިތުރުން ތަކެތީގެ އަގުބޮޑުވުމުގެ އަސްލު ސަބަބު އަލިއަޅުއްވާލައްވައި ރާއީ ވަނީ ވާހަކަ ދައްކަވާފަ އެވެ. 

ރާއީ ވިދާޅުވީ، ގިނަ ރައްޔިތުން ވިޔަފާރިވެރިންނަށް އިނގިލި ދިމާކުރި ނަމަވެސް، އޭގެ އަސްލު ސަބަބަކީ އެމްޕީއެލް ފެއިލްވުން ކަމަށެވެ. ޕޯޓުން މުދާ ކްލިއަރ ކުރުމުގައި ދިމާވާ ލަސްތަކާއި ދަތިތަކުގެ ސަބަބުން މުދަލުގެ އަގަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއީ ވިދާޅުވީ، އެމްޕީއެލް ފަދަ އިގްތިސާދީ މުހިންމު ތަންތަން ހީނަރުވުމަކީ ދިވެހި ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި މިކަންކަން އިސްލާހުކުރުމަށް އަވަސް ފިޔަވަޅުތަކެއް ބޭނުންވާ ކަމަށެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއެމްޑީޕީމުހައްމަދު ރާއީ

އިތުރަށް ކިޔާލަން

24 ޖުލައި 2026

އައްޑޫ ސިޓީގެ އިހްތިސާސުން ސަވާހިލި ވަކިކުރުމަކީ އެ ސިޓީގެ ތަރައްގީއަށް ހުރަސްއެޅުމަށް ހިންގާފައިވާ ހަޑިހުތުރު އަމަލެއް: އެމްޑީޕީ

24 ޖުލައި 2026
އައްޑޫ ސިޓީގެ އިހްތިސާސުން ސަވާހިލި ވަކިކުރުމަކީ އެ ސިޓީގެ ތަރައްގީއަށް ހުރަސްއެޅުމަށް ހިންގާފައިވާ ހަޑިހުތުރު އަމަލެއް: އެމްޑީޕީ
24 ޖުލައި 2026

އައްޑޫގެ އިހްތިސާސުން ސަވާހިލި ވަކިކޮށް ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެފި، އެ ރައްޔިތުންގެ މުސްތަގްބަލަށް ގޮތް ނިންމާނީ މާލޭ ފިނި ކޮޓަރީގައި ތިބޭ ބައެއް ނޫން: ޝާހިދު

24 ޖުލައި 2026
އައްޑޫގެ އިހްތިސާސުން ސަވާހިލި ވަކިކޮށް ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެފި، އެ ރައްޔިތުންގެ މުސްތަގްބަލަށް ގޮތް ނިންމާނީ މާލޭ ފިނި ކޮޓަރީގައި ތިބޭ ބައެއް ނޫން: ޝާހިދު
24 ޖުލައި 2026

ކަނޑާލަން ނިންމާފައިވާ މުވައްޒަފުންގެ އަދަދުތަކާމެދު އެމްޑީޕީން ދައްކަނީ އެއްވެސް ހަގީގަތެއް ނެތް ޚިޔާލީ ވާހަކަތަކެއް: މުންދު

24 ޖުލައި 2026
ކަނޑާލަން ނިންމާފައިވާ މުވައްޒަފުންގެ އަދަދުތަކާމެދު އެމްޑީޕީން ދައްކަނީ އެއްވެސް ހަގީގަތެއް ނެތް ޚިޔާލީ ވާހަކަތަކެއް: މުންދު
23 ޖުލައި 2026

19 ވަނަ މަޖިލީހުން ގެނައި ލާމަރުކަޒީ ގާނޫނުގެ ރޫހު 20 ވަނަ މަޖިލީހުން ދަނީ ފުނޑާލަމުން: މެންބަރު ސަމީރު

23 ޖުލައި 2026
19 ވަނަ މަޖިލީހުން ގެނައި ލާމަރުކަޒީ ގާނޫނުގެ ރޫހު 20 ވަނަ މަޖިލީހުން ދަނީ ފުނޑާލަމުން: މެންބަރު ސަމީރު
23 ޖުލައި 2026

އެލްޖީއޭއިން ނިންމާ ބޮޑެތި ނިންމުންތަކަކީ ހާމަކަން ބޮޑު ގޮތެއްގައި ފެންނަންޖެހޭ ކަންކަން ކަމަށްވާތީ، ބައްދަލުވުންތައް ލައިވް ކުރުމަށް އެދިއްޖެ

23 ޖުލައި 2026
އެލްޖީއޭއިން ނިންމާ ބޮޑެތި ނިންމުންތަކަކީ ހާމަކަން ބޮޑު ގޮތެއްގައި ފެންނަންޖެހޭ ކަންކަން ކަމަށްވާތީ، ބައްދަލުވުންތައް ލައިވް ކުރުމަށް އެދިއްޖެ
22 ޖުލައި 2026

މުވައްޒަފުން ވަކިކުރަން ނިންމި ނިންމުމަކީ އެމްޑީޕީ މީހުންނަށް އަންނަ ހަމަލާއެއް: އާސިފް

22 ޖުލައި 2026
މުވައްޒަފުން ވަކިކުރަން ނިންމި ނިންމުމަކީ އެމްޑީޕީ މީހުންނަށް އަންނަ ހަމަލާއެއް: އާސިފް
22 ޖުލައި 2026

ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގައި މާލީ ބަޔާން ހުށަހަޅާފައިނުވާ 3 ޕާޓީއެއް ޖޫރިމަނާކޮށްފި

22 ޖުލައި 2026
ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގައި މާލީ ބަޔާން ހުށަހަޅާފައިނުވާ 3 ޕާޓީއެއް ޖޫރިމަނާކޮށްފި
21 ޖުލައި 2026

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނުބާއްވާތާ 2 ދުވަސް، ސަބަބު ސާފެއް ނޫން!

21 ޖުލައި 2026
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނުބާއްވާތާ 2 ދުވަސް، ސަބަބު ސާފެއް ނޫން!
20 ޖުލައި 2026

ވިޔަފާރި ބަނދަރުގެ ކީ-ވޯލްގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި

20 ޖުލައި 2026
ވިޔަފާރި ބަނދަރުގެ ކީ-ވޯލްގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި
17 ޖުލައި 2026

އެމްޑީޕީން ވެރިކަމާ ހަވާލުވަނީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުމަށް ނަމަވެސް އިދިކޮޅު ފަރާތްތަކުން ވެރިކަމަށް އަންނަނީ ހަމައެކަނި ވައްކަން ކުރަން: މެންބަރު މައުރޫފް

17 ޖުލައި 2026
އެމްޑީޕީން ވެރިކަމާ ހަވާލުވަނީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުމަށް ނަމަވެސް އިދިކޮޅު ފަރާތްތަކުން ވެރިކަމަށް އަންނަނީ ހަމައެކަނި ވައްކަން ކުރަން: މެންބަރު މައުރޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް