Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ނޯތު ހާބަރުގެ ކަންކަން ހުރި ގޮތުން އޮޑިވެރިންނަށް ގެއްލުންވާތީ މަޖިލީހަށް އެމްޕީއެލް ހާޒިރުކުރަނީ

7 ޖުލައި 2026 | އަންގާރަ 05:50

މާލޭގެ އުތުރު ބަނދަރު ބޭނުންކުރުމުގައި އެމްޕީއެލް އިން އަލަށް ކަނޑައެޅި ކިއޫ އުސޫލުގެ ސަބަބުން، އަތޮޅުތެރެއަށް މުދާ އުފުލާ ބޯޓުފަހަރަށް ބަނދަރަށް ކައިރިކުރަން 15 ވަރަކަށް ދުވަހު މަޑުކުރަން ޖެހި، ދަތުރުތައް މަދުވުމުގެ ޝަކުވާ ވަނީ ބޮޑުވެފަ. މިކަމުގެ ސަބަބުން އޮޑިވެރިންނަށް މާލީ ބޮޑެތި ގެއްލުންތަކެއްވެ، ރަށްރަށަށް މުދާ ފޯރުކޮށްދިނުމަށް ބުރޫއަރަމުންދާތީ، މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް އެމްޕީއެލްގެ އިސްވެރިން މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު ވަނީ އެދިވަޑައިގެންފަ. މީގެ އިތުރުން ބަނދަރުން ނަގާ ފީއާ އެކަށީގެންވާ ޚިދުމަތްތައް ނުލިބޭ މައްސަލަ ވެސް މެންބަރު ވަނީ ފާހަގަކުރައްވާފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 7 ޖުލައި 2026 | އަންގާރަ 05:50
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ).

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ). | ރައްޔިތުންގެ މަޖިލިސް

މާލޭގެ އުތުރު ބަނދަރު (ނޯތު ހާބަރު) ބޭނުންކުރުމުގައި އެމްޕީއެލް އިން އަލަށް އަމަލުކުރަން ފެށި އުސޫލުގެ ސަބަބުން އަތޮޅުތެރެއަށް މުދާ އުފުލާ ބޯޓުފަހަރަށް ދިމާވެފައި ގޮންޖެހުންތަކާ ގުޅިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) މަޖިލީޖަށް ހާޒިރު ކުރުމަށް އެދެފި އެވެ. 

މިކަން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް މެންބަރު ފޮނުއްވި ސިޓީގައި ވަނީ ނޯތު ހާބަރު ބޭނުން ކުރުމުގައި އެމްޕީއެލް އިން އަލަށް އަމަލުކުރަން ފެށި އުސޫލުގެ ސަބަބުން އަތޮޅުތެރެއަށް މުދާ އުފުލާ ބޯޓުފަހަރަށް  ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. 

އެގޮތުން އެމްޕީއެލް އިން މިހާރު ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ބަނދަރަށް ކައިރިކުރަން ކިއު ނަންބަރެއް ހޯދުމަށްފަހު، 10 އަކާ 15 ދުވަހާ ދެމެދުގެ މުއްދަތަކަށް މަޑުކުރަން ޖެހުމުގެ ސަބަބުން ކުރިން މަހަކު ދެތިން ދަތުރު ކުރި ބޯޓު ފަހަރަށް ކުރެވެނީ އެންމެ ދަތުރެއް ކަން އެ ފަރާތްތަކުން ފާހަގަ ކުރާ ކަމެއް ކަމަށް ވެސް ސިޓީގައި ވެ އެވެ. 

މެންބަރު ވިދާޅުވީ މީގެ ސަބަބުން އޮޑިވެރިންނަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ވަމުންދާއިރު، ރަށްރަށަށް މުދާ ސަލްޕައި ކުރުމަށް ވެސް ބުރޫ އަރާފައިވާ ކަމަށެވެ. 

އެ ސިޓީގައި ބުނީ މާލޭގެ ބޭރުމަގު ފުޅާކުރުމުގެ މަޝްރޫއާއެކު ބޯޓުފަހަރު އަޅާނެ ޖާގަ ކުޑަވެ، ބައެއް ޒޯންތަކުން ބޮޑު ފީއެއް ނަގާއިރު ވެސް ފެނާއި ކަރަންޓުގެ ޚިދުމަތް ނުލިބޭ ކަމުގެ ޝަކުވާ ވެސް އޮޑިވެރިން ކުރަމުންދާ ކަމަށެވެ. 

ޚާއްސަކޮށް މާލެއާ ކައިރި އަތޮޅުތަކުގެ ބޯޓުފަހަރަށް މި އުސޫލުގެ ސަބަބުން ކުރާނެ ދަތުރުތައް މަދުވެ، މުވައްޒަފުންގެ މުސާރައާއި ތެލުގެ ޚަރަދު ދެކޮޅު ނުޖެހޭ މައްސަލަ ބޮޑުވެފައިވާ ކަން މެންބަރު ފާހަގަ ކުރެއްވި އެވެ. 

މެންބަރު ވިދާޅުވީ ނޯތު ހާބަރު ބޭނުންކުރާ އޮޑިވެރިންނަށް މުދާ އުފުލުމުގައި މިހާރު ކުރިމަތިވަމުންދާ ދަތިތަކަށް ލުޔެއް ހޯދުމަށްޓަކައި އެ ބަނދަރުގައި އަމަލުކުރަމުންދާ ކިޔޫ އުސޫލު އިސްލާހު ކުރުމަށް އޮޑިވެރިން އެދެމުންދާ ކަމަށެވެ. އަދި މިއީ ރައްޔިތުންގެ އާންމު ދިރިއުޅުމާ ނުހަނު ބޮޑަށް ގުޅިފައިވާ ކަމަކަށްވާތީ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީ އަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އެ އިސްވެރިން ހާޒިރުކޮށް މި މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތް ކުރިއަސް ގެންދެވައިދެއްވުމަށް މެންބަރު އެދިވަޑައިގެންފައި ވެ އެވެ. 

މާލޭ ނޯތުހާބަރުމޯލްޑިވްސް ޕޯޓްސް ލިމިޓެޑްއަބްދުއްރަހީމް އަބްދުﷲރައްޔިތުންގެ މަޖިލިސްމުހައްމަދު އިބްރާހިމް (ކުޑޫ)

އިތުރަށް ކިޔާލަން

06 ޖުލައި 2026

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަނު ކުރުމަށް ރައީސް މުއިއްޒު ފޮނުއްވީ 2 ބޭފުޅެއްގެ ނަން

06 ޖުލައި 2026
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަނު ކުރުމަށް ރައީސް މުއިއްޒު ފޮނުއްވީ 2 ބޭފުޅެއްގެ ނަން
06 ޖުލައި 2026

ޑޮލަރުގެ މައްސަލަ ހައްލުނުވާތީ ސުވާލު ކުރުމުން މިނިސްޓަރ ސައީދު ވިދާޅުވީ ޕީއެންސީއަށް މަޖިލީސް ލިބުމަކީ ރާއްޖޭގެ ނަސީބު ކަމަށް

06 ޖުލައި 2026
ޑޮލަރުގެ މައްސަލަ ހައްލުނުވާތީ ސުވާލު ކުރުމުން މިނިސްޓަރ ސައީދު ވިދާޅުވީ ޕީއެންސީއަށް މަޖިލީސް ލިބުމަކީ ރާއްޖޭގެ ނަސީބު ކަމަށް
06 ޖުލައި 2026

އާރްޓީއެލް ފެރީގެ ޚިދުމަތުގައި ހުރި މައްސަލައާ ގުޅޭ ސުވާލުތަކަށް ވެސް ސައީދު ޖަވާބު ނުދެއްވި!

06 ޖުލައި 2026
އާރްޓީއެލް ފެރީގެ ޚިދުމަތުގައި ހުރި މައްސަލައާ ގުޅޭ ސުވާލުތަކަށް ވެސް ސައީދު ޖަވާބު ނުދެއްވި!
05 ޖުލައި 2026

ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތް ކަމުނުދާތީ މިނިސްޓަރު ސައީދު މަޖިލީހަށް ހާޒިރު ކުރަނީ

05 ޖުލައި 2026
ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތް ކަމުނުދާތީ މިނިސްޓަރު ސައީދު މަޖިލީހަށް ހާޒިރު ކުރަނީ
29 ޖޫން 2026

ރާއްޖެތެރޭ އެއްވެސް މީހަކަށް މާލެ ސަަހައްދުން ގޯތި ނުލިބި، ލިބެނީ ފްލެޓު، މިއުސޫލު އުވާލަން ޖެހޭ: މެންބަރު ގަފޫރު

29 ޖޫން 2026
ރާއްޖެތެރޭ އެއްވެސް މީހަކަށް މާލެ ސަަހައްދުން ގޯތި ނުލިބި، ލިބެނީ ފްލެޓު، މިއުސޫލު އުވާލަން ޖެހޭ: މެންބަރު ގަފޫރު
29 ޖޫން 2026

މާލޭގެ ރައްޔިތުން ނުތިބޭނެ، ތިބޭނީ ދިވެހި ރައްޔިތުން: މެންބަރު ޒިޔާދު

29 ޖޫން 2026
މާލޭގެ ރައްޔިތުން ނުތިބޭނެ، ތިބޭނީ ދިވެހި ރައްޔިތުން: މެންބަރު ޒިޔާދު
29 ޖޫން 2026

ކުރިން ބޮޑު ކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

29 ޖޫން 2026
ކުރިން ބޮޑު ކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި
29 ޖޫން 2026

އިގްތިސާދު ދަށު ދަރަޖައަށް ވެއްޓިގެން ދިޔައީ، މާލިއްޔާއަށް ނުކަތާ ވަރަށް މަޝްރޫއުތައް ފެށުމުން: މެންބަރު ޝަމްހީދު

29 ޖޫން 2026
އިގްތިސާދު ދަށު ދަރަޖައަށް ވެއްޓިގެން ދިޔައީ، މާލިއްޔާއަށް ނުކަތާ ވަރަށް މަޝްރޫއުތައް ފެށުމުން: މެންބަރު ޝަމްހީދު
29 ޖޫން 2026

ކައިވެނި ކުރުމުގައި ވެސް ވަކި ރަށެއް ބެލުމެއް ނޯންނައިރު، އެ މީހެއްގެ ރަށްވެހިކަން ވަކި ރަށެއްގައި ބޭއްވުން މުހިންމެއް ނޫން: މެންބަރު މައުރޫފު

29 ޖޫން 2026
ކައިވެނި ކުރުމުގައި ވެސް ވަކި ރަށެއް ބެލުމެއް ނޯންނައިރު، އެ މީހެއްގެ ރަށްވެހިކަން ވަކި ރަށެއްގައި ބޭއްވުން މުހިންމެއް ނޫން: މެންބަރު މައުރޫފު
28 ޖޫން 2026

ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، އައްޑޫ ސިޓީ ކައުންސިލާއި ރައްޔިތުންގެ މަޖިލީހާއި ގުޅިގެން މަސައްކަތްކުރަންޖެހޭ: އެމްޕީ ސޯބެ

28 ޖޫން 2026
ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، އައްޑޫ ސިޓީ ކައުންސިލާއި ރައްޔިތުންގެ މަޖިލީހާއި ގުޅިގެން މަސައްކަތްކުރަންޖެހޭ: އެމްޕީ ސޯބެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް