Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއީރާން ހަނގުރާމަ

އީރާނުގެ އިގްތިސާދު ފުނޑުފުނޑުކޮށްލުމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ އާ ރޭވުމެއް، ސުވާލަކީ އެމަނިކުފާނު މި ސިޔާސަތުގައި ދެމިހުންނަވޭނެތޯ؟

20 އޯގަސްޓު 2026 | ބުރާސްފަތި 07:17

އީރާނުގެ އިގްތިސާދު އިނދަޖައްސާލުމަށްޓަކައި "އިގްތިސާދީ ހަނގުރާމައެއް" ފެއްޓެވުމަށް ޑޮނަލްޑް ޓްރަމްޕް ނިންމަވައި، އެ ގައުމަށް އެހީތެރިވާ ފަރާތްތަކަށް ވަރުގަދަ އިންޒާރުތަކެއް ވަނީ ދެއްވާފައި. ނަމަވެސް، މި ފިއްތުންތަކުގެ ސަބަބުން ތެލުގެ އަގު އުފުލި އެމެރިކާގެ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވެދާނެތީ، އިންތިޚާބާ ގާތްވެފައިވާ މި ދަނޑިވަޅުގައި ޓްރަމްޕަށް މި ސިޔާސަތުގައި ދެމިހުންނެވޭނެތޯ ދިރާސާވެރިން ސުވާލު އުފައްދާ

ރާއްޖެ އެމްވީ | 20 އޯގަސްޓު 2026 | ބުރާސްފަތި 07:17
ނިއު ޖާޒީގެ މޮރިސްޓައުން މުނިސިޕަލް އެއާޕޯޓުގައި، 2026 އޮގަސްޓް 2 ވަނަ ދުވަހު ރައީސް ޑޮނަލްޑް ޓްރަމްޕް ރިޔާސީ މަތިންދާބޯޓު "އެއާ ފޯސް ވަން" އަށް އަރާވަޑައިގަތުމަށް ހިންގަވާފައި ވަޑައިގަންނަވަނީ

ނިއު ޖާޒީގެ މޮރިސްޓައުން މުނިސިޕަލް އެއާޕޯޓުގައި، 2026 އޮގަސްޓް 2 ވަނަ ދުވަހު ރައީސް ޑޮނަލްޑް ޓްރަމްޕް ރިޔާސީ މަތިންދާބޯޓު "އެއާ ފޯސް ވަން" އަށް އަރާވަޑައިގަތުމަށް ހިންގަވާފައި ވަޑައިގަންނަވަނީ | ގެޓީ އިމޭޖަސް

އީރާނުގެ އިގްތިސާދު ފުނޑުފުނޑުކޮށްލުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އާ ރޭވުމެއް އެކުލަވާލައްވައިފިއެވެ. ނަމަވެސް، ސުވާލަކީ އެމަނިކުފާނު މި ސިޔާސަތުގައި ދެމިހުންނަވޭނެތޯ އެވެ؟

ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް އާ ހަނގުރާމައިގެ އައު ސްޓްރެޓަޖީ އެއް މިވަނީ އަނެއްކާވެސް އާންމުކުރައްވާފަ އެވެ. އާދައިގެ މަތިން މިފަހަރުވެސް އެމަނިކުފާނު މިކަން ކުރެއްވީ ސޯޝަލް މީޑިއާގައި ވަރުގަދަ އިންޒާރެއް ދެއްވަމުންނެވެ.

އެހެންނަމަވެސް، މިކަމުގެ ސަބަބުން ސިޔާސީ ގޮތުން ކުރިމަތިވާނެ ގޮންޖެހުންތައް އިތުރުވާން ފެށުމުން، ޓްރަމްޕް ފަހަތަށް ޖެހިވަޑައިގަންނަވާނެތޯ ބެލުމަށް މުޅި ދުނިޔެ އޮތީ އިންތިޒާރުގަ އެވެ.

ބުދަ ދުވަހު ޓްރަމްޕްގެ "ޓްރޫތު ސޯޝަލް" އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދުނިޔޭގެ އެއްވެސް ގައުމަކާ ދެކޮޅަށް މިހާތަނަށް ހިންގާފައި ނުވާ ފަދަ "އެންމެ ވަރުގަދަ އިގްތިސާދީ ހަމަލާ" އީރާނަށް ދެއްވާނެ ކަމަށެވެ.

އީރާނަށް ބޮން އަޅައިގެން އެ ގައުމު ކުޑަކަކޫޖެއްސުމަށް ނުވަތަ ނިއުކްލިއާ މަޝްވަރާތަކަށް ގެނައުމަށް ކުރެއްވި މަސައްކަތް ނާކާމިޔާބުވުމުން، މިއީ ޓްރަމްޕްގެ އަބުރު ސަލާމަތްކުރަން ކުރައްވާ ކަމެއްގެ ގޮތުގައި ބެލެވެ އެވެ. މިއީ ގުނާ އަދަދުކުރަން ނޭނގޭހާ ގިނަ ފަހަރު އުސޫލުތަކާއި ސިޔާސަތުތައް ބަދަލުވެފައިވާ މި ހަމަނުޖެހުމަށް އައި އަނެއްކާވެސް އާ ބަދަލެކެވެ.

ރައީސް ޓްރަމްޕް މިހާރު ވަނީ އީރާނާއެކު ކުރަމުންދިޔަ ހުރިހާ މުއާމަލާތްތަކެއް ހުއްޓާލައްވާފަ އެވެ. ސީއެންއެން އިން ރިޕޯޓްކުރާ ގޮތުގައި، ޓްރަމްޕްގެ ޓީމުން ސިޔާސީ ބައިވެރިންނަށް މައުލޫމާތު ދީފައިވަނީ، އީރާނުގެ އިގްތިސާދު އިނދަޖައްސާލައި، އެ ގައުމު އަމާންދޭން މަޖުބޫރު ކުރުވުމަށްޓަކައި "އިގްތިސާދީ ގޮތުން ވަރުބަލިކޮށްލުމުގެ ހަނގުރާމައަކަށް" (war of economic attrition) އެމަނިކުފާނު ތައްޔާރުވެވަޑައިގަންނަވާ ކަމަށެވެ.

މީގެ މަދު ދުވަސްކޮޅެއް ކުރިން ކާމިޔާބުވެއްޖެ ކަމަށް އިއުލާންކުރި ނަމަވެސް، މިހާރު ހަވަނަ މަހަށް ދެމިގެންގޮސްފައިވާ މި ހަނގުރާމައާ ގުޅޭގޮތުން ޓްރަމްޕް ބުދަ ދުވަހު ވިދާޅުވީ "މިހާރު ހާލަތު އޮތީ ވަރަށް ރަނގަޅަށް" ކަމަށެވެ.

އޭގެ ފަހުން ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ޓްރަމްޕް ވަނީ އީރާނަށް އެހީތެރިކަން ފޯރުކޮށްދޭ ކޮންމެ ގައުމަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ވައުދުވެވަޑައިގަންނަވާފަ އެވެ. އެގޮތުން ބޭންކުތަކާއި، ވިޔަފާރިތަކާއި، އެއާޕޯޓްތައް ނުވަތަ ސަރުކާރުގެ އިދާރާތައް މެދުވެރިކޮށް އީރާނަށް ލުޔެއް ދޭ އެއްވެސް ގައުމަކަށް ފުރުސަތެއް ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ. ޓްރަމްޕް ލިޔުއްވާފައިވަނީ، "ތެޔޮ ވަގަށް ބޭރުކުރުމާއި، ފައިސާ ބަދަލުކުރުމާއި، އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމާއި، އަދި ވަގު ކުންފުނިތައް ހިންގުން - މި ހުރިހާ ކަމެއް މިހާރުން މިހާރަށް ހުއްޓާލަންޖެހޭ" ކަމަށެވެ.

އަދި "އެއީ ކޮން ބައެއްކަން ކަލޭމެންނަށް އެނގޭނެ" ކަމަށްވެސް ރައީސް އިތުރުކުރެއްވި އެވެ.

އިގްތިސާދީ ދަތިކަމާ އެކުވެސް ގޮތްދޫނުކުރާ ތެހެރާންގެ ސަރުކާރު، އެމެރިކާގެ މި ފިއްތުންތަކަށް ދޫދޭނެ ކަމާމެދު ގިނަ ދިރާސާވެރިން ޝައްކުކުރެ އެވެ. ސަބަބަކީ އެ ގައުމަކީ އެތައް އަހަރެއް ވަންދެން ދުނިޔޭގެ އެންމެ ހަރުކަށި އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކާއެކުވެސް ދެމިއޮތް ގައުމަކަށް ވާތީ އެވެ.

އިސްރާއީލުގެ ޑިފެންސް އިންޓެލިޖެންސްގައި އިސްކޮށް މަސައްކަތް ކުރެއްވި ޑެނިއަލް ސިޓްރިނޯވިޗް ސީއެންއެން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އިގްތިސާދީ ހާލަތު ގޯސްވި ނަމަވެސް، މި ފިއްތުންތަކުގެ ސަބަބުން އީރާނު ބަލިވާނެ ކަމަށް ހީކުރުމަކީ ކުށްހީއެއް ކަމަށެވެ. އީރާނުން ބައިނަލްއަގުވާމީ ބާޒާރުތައް މެދުވެރިކޮށް ޓްރަމްޕަށް ފިއްތުންތައް ކުރިމަތިކުރުވުމުގެ ސިޔާސަތު ބަދަލުކުރާނެ އެއްވެސް ނިޝާނެއް ނުފެންނަ ކަމަށާއި، މި ފިއްތުންތަކުގެ ސަބަބުން އީރާނަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް، އެ ގައުމުގެ ނިންމުންތައް ބަދަލުވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމެރިކާ އަށް އެކަނި މިކަންވާނެތަ؟

ތަޖުރިބާކާރުންގެ ނަޒަރުގައި އީރާނުގެ އިގްތިސާދު ހަލާކުކޮށްލުމަށް މަސްތަކެއް ނުވަތަ އަހަރުތަކެއް ނަގާނެ އެވެ. މިއީ ޓްރަމްޕްގެ ކިބައިން ވަރަށް މަދުން ނޫނީ ނުފެންނަ ފަދަ ކެތްތެރިކަމެއް ބޭނުންވާނެ ކަމެކެވެ. މި ރޭވުމުގެ ނަތީޖާ ފެނުމުގެ މާ ކުރިން ޓްރަމްޕް ފޫހިވެވަޑައިގެން މިކަން ހުއްޓާލައްވާނެ ކަމަށް އީރާނުން އުންމީދު ކުރާނަމަ، އެއީ އީރާނުން އެކަނި އެކަން ދެކޭ ގޮތެއް ނޫނެވެ.

ޓްރަމްޕްގެ މި އާ ސިޔާސަތު ކާމިޔާބުވުން ބިނާވެފައިވަނީ ޑިޕްލޮމެޓިކް ގޮތުން އަންނަ ބަދަލުތަކެއްގެ މައްޗަށެވެ.

އީރާނުގެ ބަނދަރުތަކާއި އުޅަނދުފަހަރު ބަންދުކުރުމަށް ވައިޓް ހައުސްއިން ބޮޑަށް ބަރޯސާވަނީ އަސްކަރީ ބާރަށެވެ. މިކަން އެންމެ ބޮޑަށް ހާމަވެގެންދިޔައީ ހުރްމުޒް ކަނޑުއޮޅިއަކީ އެމެރިކާގެ މިލްކެއް ކަމަށް ދޭހަވާ ގޮތަށް ޓްރަމްޕް ކުރެއްވި ޕޯސްޓުންނެވެ. ނަމަވެސް އީރާނު އެކަހެރިކުރުމަށް ކުރާ މަސައްކަތް ކާމިޔާބުވާނީ ގަލްފް ސަރަހައްދާއި، ޔޫރަޕް އަދި އޭޝިއާ ހިމެނޭ ގޮތަށް ބޮޑު މަސައްކަތްތަކެއް ކޮށްގެންނެވެ.

އީރާނުގެ ސަރުކާރަށް ހަގީގީ ތަކުލީފުތަކެއް ކުރިމަތިކުރުވޭނެ ގޮތްތަކެއް އެބަހުރިކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

ހަޑްސަން އިންސްޓިޓިއުޓްގެ ސީނިއާ ފެލޯ ލުޑޮވިކް ހޫޑް ލަފާދެއްވަނީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އަށް ލިބޭ އާމްދަނީ ހުއްޓުވުމަށާއި، އެ ސަރަހައްދުގައި އީރާނުން ބޭނުންކުރާ ހަނގުރާމަވެރި ޖަމާއަތްތަކާ ދެކޮޅަށް އާ ފިޔަވަޅުތަކެއް އެޅުމަށެވެ. "ވޯލް ސްޓްރީޓް ޖާނަލް" ގައި އޭނާ ލިޔުއްވާފައިވާ ގޮތުގައި، މެދުއިރުމަތީގައި އީރާނުގެ ބާރު ކުޑަކުރުމަށްޓަކައި ބަޣުދާދާއި ބެއިރޫތުގެ ސަރުކާރުތަކާއެކު އެމެރިކާއިން އޮންނަ ގުޅުން ވަރުގަދަ ކުރަންޖެހެއެވެ. އަދި އީރާނުގެ ތެޔޮ އެންމެ ގިނައިން ގަންނަ ޗައިނާއަށް އިގްތިސާދީ ގޮތުން ފިއްތުންތައް ކުރިމަތިކުރުވުމަށް ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓަށް އޭނާ ލަފާދެއްވިއެވެ. ހޫޑް ވިދާޅުވާ ގޮތުގައި މެދުނުކެނޑި އިގްތިސާދީ ފިއްތުންތައް ކުރިމަތިކުރުވުމުން އިންފްލޭޝަން މަތިވެ، ބޭންކިން ނިޒާމަށް މައްސަލަތައް ކުރިމަތިވެ، އީރާނު ސަރުކާރުގެ ބާރު ދަށްވާނެ އެވެ.

އީރާނުން ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމަށް އުފައްދާފައިވާ ސިއްރު ވިޔަފާރީގެ ވިއުގަތައް ހުއްޓުވުމަށް އެމެރިކާގެ ބައިވެރިންގެ އެހީތެރިކަން ލިބިއްޖެނަމަ، މި ފިޔަވަޅުތައް މާ ބޮޑަށްވެސް ކާމިޔާބުވާނެ އެވެ. ނަމަވެސް މިފަދަ އެއްބާރުލުމެއް ހޯދުމަކީ ޓްރަމްޕްގެ ސަރުކާރަށް ފަސޭހަ ކަމެއް ނޫނެވެ. ޖެރެޑް ކުޝްނަރާއި ސްޓީވް ވިޓްކޮފް އިސްވެ ތިއްބަވައިގެން އީރާނާ މެދު ގެންގުޅުއްވާ ޑިޕްލޮމެޓިކް ސިޔާސަތަކީ ވަރަށް ތަޖުރިބާ މަދު ސިޔާސަތެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފަ އެވެ.

އަދި އެމެރިކާގެ ރައީސް ވަނީ އެ ގައުމުތަކުގެ ސަލާމަތާއި އިގްތިސާދަށް ނުރައްކާވާ ފަދަ ހަނގުރާމައެއް ފައްޓަވައި، އެކަމުގައި ބައިވެރިނުވާތީ ބައިވެރި ގައުމުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވައި، އެ ގައުމުތައް އެކަހެރި ކުރައްވާފަ އެވެ. މި ހަފުތާގައި ޓްރަމްޕް ވަނީ އީރާނާއެކު ކުރިއަށްދާ މަޝްވަރާތަކުގައި އޮމާނުން ގެންގުޅޭ ސިޔާސަތުގެ ސަބަބުން އެ ގައުމަށް ބޮން އަޅާނެ ކަމުގެ އިންޒާރުވެސް ދެއްވާފަ އެވެ.

އީރާނުގެ އިގްތިސާދު އެއްކޮށް ބަންދުކޮށްލުމަކީ ޓްރަމްޕަށް ފަސޭހަ ނިންމުމަކަށް ނުވާނެ އެވެ. މިސާލަކަށް، އީރާނުގެ ތެލުގެ ވިޔަފާރީގައި ބައިވެރިވާ ޗައިނާގެ ބޭންކުތަކަށް ފިޔަވަޅު އެޅުމަކީ ވަރުގަދަ ފިޔަވަޅަކަށް ވާނެއެވެ. ނަމަވެސް، އަންނަ ސެޕްޓެމްބަރު މަހު ޗައިނާގެ ރައީސް ޝީ ޖިންޕިން އެމެރިކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅަކީ ޓްރަމްޕަށް ވަރަށް މުހިންމު ދަތުރުފުޅެކެވެ. އެހެންކަމުން، އެ ދަތުރުފުޅުގެ ކުރިން ޗައިނާއާ ގުޅުން ގޯސްކޮށްލުމަކީ ވަރަށް ނާދިރު ކަމެކެވެ.

ޓްރަމްޕް ލަދުގަންނަވާލަން އީރާން އޮތީ ތައްޔާރަށް

އީރާނުގެ ބަންދަރު އައްބާސް ސަރަހައްދުގައި ހުރްމުޒް ކަނޑުއޮޅީގައި، 2026 އޮގަސްޓް 10 ވަނަ ދުވަހު ބައެއް އުޅަނދުފަހަރު ބަނދަރުކޮށްފައި އޮތް މަންޒަރު.

އީރާނުގެ ބަންދަރު އައްބާސް ސަރަހައްދުގައި ހުރްމުޒް ކަނޑުއޮޅީގައި، 2026 އޮގަސްޓް 10 ވަނަ ދުވަހު ބައެއް އުޅަނދުފަހަރު ބަނދަރުކޮށްފައި އޮތް މަންޒަރު. | ގެޓީ އިމޭޖަސް

އިގްތިސާދީ ހަނގުރާމައިގެ ނަތީޖާ ފެންނަންދެން މަޑުކުރަން ޓްރަމްޕް ތައްޔާރަށް ހުންނެވި ނަމަވެސް، ތިންވަނަ ކަމެއް އެބައޮތެވެ. އެއީ އީރާނުން މިއަށް ރައްދު ދޭނެ ގޮތެވެ.

މިޑްޓާމް އިންތިޚާބަށް ދެ މަހަށްވުރެ ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، ޓްރަމްޕް ހުންނެވީ ނާޒުކު ފައްތަރެއްގައިކަން އީރާނަށް އެނގެ އެވެ. އަދި 1980 ގެ އިންތިޚާބުގެ ކުރިން ރަހީނުންގެ މައްސަލައިގައި ރައީސް ޖިމީ ކާޓާ ލަދުގަންނުވާލި ފަދައިން، ޓްރަމްޕްވެސް ލަދުގަންނުވާލުމަށް އީރާނުން އޮތީ ތައްޔާރަށެވެ.

އެހެންކަމުން، އިންތިޚާބުގެ ކެމްޕޭން ދުވަސްވަރު ހަނގުރާމަ މަޑުޖައްސާލުމަށް ޓްރަމްޕް ކުރައްވާ މަސައްކަތަށް ހުރަސް އެޅުމަކީ އީރާނަށް ސިޔާސީ ގޮތުން ލިބޭނެ ފައިދާއެކެވެ. އަދި ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތައް ހުއްޓުވުމުގެ ބާރު ދެމެހެއްޓުމަށްޓަކައި، މަސްލަހަތު އިތުރަށް ގޯސްކުރުމުގެ ވިސްނުންވެސް އީރާނުން ގެންގުޅެފާނެ އެވެ. ޑްރޯން ނުވަތަ މިސައިލް ހަމަލާތަކެއް ދީފިނަމަ، އެމެރިކާގެ ރައްޔިތުންނަށް ތަކެތީގެ އަގު ބޮޑުވެ، ހަނގުރާމައަށް އޮތް ނުރުހުން އިތުރުވާނެ އެވެ. ރައީސް މިއަށް ރައްދު ދެއްވައިފިނަމަ ހާލަތު އިތުރަށް ގޯސްވާނެ އެވެ. އަދި ރައްދު ނުދެއްވައިފިނަމަ އެމަނިކުފާނަކީ ބަލިކަށި ބޭފުޅެއްގެ ގޮތުގައި ފެންނާނެ އެވެ.

ހަގީގީ ހަނގުރާމައެއް ނުވަތަ އިގްތިސާދީ ހަނގުރާމައެއް ކުރިއަށް ދިޔަސް، އޭގެ ފައިދާ ޑިމޮކްރެޓުން ނަގާނެ އެވެ. ޑިމޮކްރެޓިކް މެންބަރު ޖޭމްސް ވޯކިންޝޯ ސީއެންއެން އަށް ވިދާޅުވީ، އީރާނާއެކު ކުރާ އިގްތިސާދީ ހަނގުރާމައެއްގެ އަގު އެމެރިކާގެ ރައްޔިތުން ތެލާއި ކާބޯތަކެތީގެ އަގުން ދައްކަންޖެހޭ ގޮތްވާން ބޭނުންނުވާ ކަމަށެވެ.

ޓްރަމްޕް ސޯޝަލް މީޑިއާގައި ކިތަންމެ ވަރުގަދަ އިންޒާރުތަކެއް ދެއްވި ނަމަވެސް، މިކަން ނިމޭނެ ގޮތެއް އަދިވެސް ނުފެނެ އެވެ.

އަދި ރައީސް ޓްރަމްޕް އަދިވެސް ހުންނެވީ އުނދަގޫ ސުވާލެއްގެ ކުރިމަތީގަ އެވެ. އެއީ އީރާނުގެ ސަރުކާރު ބަލިވުމުގެ ކުރިން، ހަނގުރާމައިގެ ސަބަބުން ކުރިމަތިވާ ދަތިތަކަށް ކެތްކުރުމުގެ ބާރު އެމެރިކާގެ ރައްޔިތުންގެ ކިބައިން ހުސްވެދާނެތޯ ކުރެވޭ ސުވާލެވެ.

އީރާންއެމެރިކާ-އީރާންހުރްމުޒް ކަނޑުއޮޅިއީރާން ހަނގުރާމަ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

20 އޯގަސްޓު 2026

އީރާންއާ ދެކޮޅަށް ޓްރަމްޕް އަޅުއްވާނެ ކަމަށް ވިދާޅުވި އިޤްތިސާދީ ފިޔަވަޅުތަކަށް އަރާގްޗީ ފާޑުވިދާޅުވެއްޖެ

20 އޯގަސްޓު 2026
އީރާންއާ ދެކޮޅަށް ޓްރަމްޕް އަޅުއްވާނެ ކަމަށް ވިދާޅުވި އިޤްތިސާދީ ފިޔަވަޅުތަކަށް އަރާގްޗީ ފާޑުވިދާޅުވެއްޖެ
20 އޯގަސްޓު 2026

ހިފަހައްޓާފައިވާ އީރާންގެ ފައިސާގެ އެއްވެސް އަދަދެއް އަދިވެސް ދޫނުކުރޭ

20 އޯގަސްޓު 2026
ހިފަހައްޓާފައިވާ އީރާންގެ ފައިސާގެ އެއްވެސް އަދަދެއް އަދިވެސް ދޫނުކުރޭ
20 އޯގަސްޓު 2026

އީރާންއާ ދެކޮޅަށް "ވަރުގަދަ އިޤްތިސާދީ އޮޕަރޭޝަނެއް" ފައްޓަވާނެ ކަމަށް ޓްރަމްޕް އިއުލާނު ކުރައްވައިފި

20 އޯގަސްޓު 2026
އީރާންއާ ދެކޮޅަށް "ވަރުގަދަ އިޤްތިސާދީ އޮޕަރޭޝަނެއް" ފައްޓަވާނެ ކަމަށް ޓްރަމްޕް އިއުލާނު ކުރައްވައިފި
19 އޯގަސްޓު 2026

އީރާން ހަނގުރާމައާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޓްރަމްޕް ދައްކަވާފައިވާ ދެއުޅިއެއްނުވާ ބައެއް ވާހަކަތައް

19 އޯގަސްޓު 2026
އީރާން ހަނގުރާމައާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޓްރަމްޕް ދައްކަވާފައިވާ ދެއުޅިއެއްނުވާ ބައެއް ވާހަކަތައް
19 އޯގަސްޓު 2026

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އިންޑިއާގައި ކައްކާ ގޭސް އުފައްދާ މިންވަރު އިތުރުކުރަނީ

19 އޯގަސްޓު 2026
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އިންޑިއާގައި ކައްކާ ގޭސް އުފައްދާ މިންވަރު އިތުރުކުރަނީ
19 އޯގަސްޓު 2026

ޔޫއޭއީ އަށް އީރާން އިން މިސައިލް ހަމަލާތަކެއް ދިން ކަމަށް ކުރާ ތުހުމަތު ދޮގުކޮށްފި

19 އޯގަސްޓު 2026
ޔޫއޭއީ އަށް އީރާން އިން މިސައިލް ހަމަލާތަކެއް ދިން ކަމަށް ކުރާ ތުހުމަތު ދޮގުކޮށްފި
18 އޯގަސްޓު 2026

އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިވާ ބޯޓުފަހަރާ ކުންފުނިތަކަށް އީރާނުގެ އަސްކަރިއްޔާ އިން ފާރަލާން ފަށައިފި

18 އޯގަސްޓު 2026
އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިވާ ބޯޓުފަހަރާ ކުންފުނިތަކަށް އީރާނުގެ އަސްކަރިއްޔާ އިން ފާރަލާން ފަށައިފި
18 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅީގައި އުޅަނދަކަށް ހަމަލާދީ، ބޮޑެތި ގެއްލުންތަކެއް

18 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅީގައި އުޅަނދަކަށް ހަމަލާދީ، ބޮޑެތި ގެއްލުންތަކެއް
17 އޯގަސްޓު 2026

އީރާން ހަނގުރާމަ އަށް ހުރަސް އަޅާނަމަ އޮމާންއަށް ބޮންއަޅާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

17 އޯގަސްޓު 2026
އީރާން ހަނގުރާމަ އަށް ހުރަސް އަޅާނަމަ އޮމާންއަށް ބޮންއަޅާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
17 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

17 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް