Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ޔޫއޭއީ އަށް އީރާން އިން މިސައިލް ހަމަލާތަކެއް ދިން ކަމަށް ކުރާ ތުހުމަތު ދޮގުކޮށްފި

19 އޯގަސްޓު 2026 | ބުދަ 06:33

ފޮރިން މިނިސްޓްރީގެ ތަރުޖަމާން ވިދާޅުވީ، މި ހާލަތާ ބެހޭ ގޮތުން ފެންނަންހުރި ހެކިތަކަށް ބަލާއިރު އެމެރިކާ އާއި އިސްރާއީލް އިން ސަރަހައްދީ ސުލްހަ އާއި ސަލާމަތާ ދެކޮޅަށް ކުރަމުންދާ ނުބައި އަމަލުތައް ފެންނަން ހުރި ކަމަށް. އޭނާ ވިދާޅުވީ އެ ސަރަހައްދުގައި ދޮގު ހަމަލާތައް ދިނުމުގެ ތާރީޚެއް އެބަ އޮތް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 އޯގަސްޓު 2026 | ބުދަ 06:33
އީރާން އިން ޔޫއޭއީއާ ދިމާލަށް ދެ ބެލިސްޓިކް މިސައިލް ފޮނުވާލާފައިވާ ކަމަށް ބުނެ އެ ޤައުމުން ކުރި ތުހުމަތުތައް އީރާން އިން ވަނީ ދޮގު ކޮށްފައި

އީރާން އިން ޔޫއޭއީއާ ދިމާލަށް ދެ ބެލިސްޓިކް މިސައިލް ފޮނުވާލާފައިވާ ކަމަށް ބުނެ އެ ޤައުމުން ކުރި ތުހުމަތުތައް އީރާން އިން ވަނީ ދޮގު ކޮށްފައި | ރޮއިޓާސް

އީރާން އިން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ދެ ބެލިސްޓިކް މައިސިލް ހަމަލާ ދީފައިވާ ކަމަށް ކޮށްފައިވާ ތުހުމަތަކީ އެއްވެސް އަސާސެއް ނެތް، ދޮގު ވާހަކަތަކެއް ކަމަށް އީރާން އިން ބުނެފި އެވެ. 

އީރާންގެ ފޮރިން މިނިސްޓްރީގެ ޓެލެގްރާމް ޗެނަލްގައި ނެރުނު ބަޔާނެއްގައި އެ މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ވިދާޅުވީ، އީރާން އަށް ތުހުމަތު ކުރުމަކީ ރަނގަޅު ޤައުމީ ގުޅުމުގެ އުސޫލުތަކާ ފުށުއަރާ ކަމެއް ކަމަށާއި، އެ ސަރަހައްދުގެ ޤައުމުތަކާ ދެމެދު އިތުބާރު ބިނާ ކުރުމުގެ މަސައްކަތްތަކަށް ހުރަސްއަޅާ ކަމެއް ކަމަށެވެ.

އެ ބަޔާނުގައި ބަޣާއީ ވަނީ، އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކެއް އީރާންގެ މައްޗަށް ނުކުރުމަށް ގޮވާލައްވައިފަ އެވެ. އަދި އެފަދަ ތުހުމަތު ކުރުން ހުއްޓާލުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފައި އެވެ. 

ފޮރިން މިނިސްޓްރީގެ ތަރުޖަމާން ވިދާޅުވީ، މި ހާލަތާ ބެހޭ ގޮތުން ފެންނަންހުރި ހެކިތަކަށް ބަލާއިރު އެމެރިކާ އާއި އިސްރާއީލް އިން ސަރަހައްދީ ސުލްހަ އާއި ސަލާމަތާ ދެކޮޅަށް ކުރަމުންދާ ނުބައި އަމަލުތައް ފެންނަން ހުރި ކަމަށެވެ. އޭނާ ވިދާޅުވީ އެ ސަރަހައްދުގައި ދޮގު ހަމަލާތައް ދިނުމުގެ ތާރީޚެއް އެބަ އޮތް ކަމަށެވެ.

އީރާން އިން މި ބަޔާން ނެރެފައި ވަނީ، ޔޫއޭއީ އިން އީރާން އަށް ތުހުމަތުކޮށްފައި ވަނިކޮށެވެ. އެގޮތުން ޔޫއޭއީ އިން ބުނެފައި ވަނީ، އީރާން އިން އެ ޤައުމަށް އަމާޒުކޮށް ދެ ބެލިސްޓިކް މިސައިލް ހަމަލާ ދީފައިވާ ކަމަށެވެ. އީރާން އިނ މި ތުހުމަތު ދޮގު ކޮށްފައިވާއިރު، މިކަމުގެ ސަބަބުން ދެ ޤައުމުގެ ދެ މެދުގައި އޮތް ގުޅުމަށް އިތުރު ހީނަރު ކަމެއް އަތުވެދާނެ ކަމަށް ބެލެވެ އެވެ. 

އީރާން އިން ބުނެފައި ވަނީ އެ ޤައުމުގެ ސިޔާާސަތަކީ ސަރަހައްދީ ޤައުމުތަކާ އެކު ރަނގަޅު ގުޅުމެއް ބިނާ ކުރުން ކަމަށާއި، އެހެން ޤައުމުތަކުގެ އަމިއްލަ ކަންކަމުގައި އީރާން އިން ބައިވެރި ނުވާނެ ކަމަށެވެ. އެހެން ނަމަވެސް، ސަރަހައްދީ ބައެއް ޤައުމުތަކުން އަންނަނީ އީރާންއާ ދެކޮޅަށް އެކި އެކި ތުހުމަތު ކުރަމުންނެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން ހަނގުރާމައީރާން-ޔޫއޭއީއިސްމާޢީލް ބަޣާއީ

އެންމެ ހިނގާ

1

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

18 އޯގަސްޓު 2026

އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިވާ ބޯޓުފަހަރާ ކުންފުނިތަކަށް އީރާނުގެ އަސްކަރިއްޔާ އިން ފާރަލާން ފަށައިފި

18 އޯގަސްޓު 2026
އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިވާ ބޯޓުފަހަރާ ކުންފުނިތަކަށް އީރާނުގެ އަސްކަރިއްޔާ އިން ފާރަލާން ފަށައިފި
18 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅީގައި އުޅަނދަކަށް ހަމަލާދީ، ބޮޑެތި ގެއްލުންތަކެއް

18 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅީގައި އުޅަނދަކަށް ހަމަލާދީ، ބޮޑެތި ގެއްލުންތަކެއް
17 އޯގަސްޓު 2026

އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ ފަހުމުނާމާގެ މުއްދަތު ހަމަވެއްޖެ: މިއެއްބަސްވުން ނާކާމިޔާބުވީ ކީއްވެ؟

17 އޯގަސްޓު 2026
އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ ފަހުމުނާމާގެ މުއްދަތު ހަމަވެއްޖެ: މިއެއްބަސްވުން ނާކާމިޔާބުވީ ކީއްވެ؟
17 އޯގަސްޓު 2026

ސަައުދީ އާއި ތުރުކީ އަދި ޕާކިސްތާނުން ސޮއިކުރި ދިފާއީ އެއްބަސްވުމަށް ޓްރަމްޕް ތައުރީފު ކުރައްވައިފި

17 އޯގަސްޓު 2026
ސަައުދީ އާއި ތުރުކީ އަދި ޕާކިސްތާނުން ސޮއިކުރި ދިފާއީ އެއްބަސްވުމަށް ޓްރަމްޕް ތައުރީފު ކުރައްވައިފި
17 އޯގަސްޓު 2026

އެމެރިކާ އާއި އިސްރާއީލްގެ މައްޗަށް ފުރިހަމަ ކާމިޔާބީ ލިބިފައިވާ ކަމަށް އީރާން އިން އިއުލާންކޮށްފި

17 އޯގަސްޓު 2026
އެމެރިކާ އާއި އިސްރާއީލްގެ މައްޗަށް ފުރިހަމަ ކާމިޔާބީ ލިބިފައިވާ ކަމަށް އީރާން އިން އިއުލާންކޮށްފި
17 އޯގަސްޓު 2026

ދުޝްމަނުން އީރާނުގެ "ސަޕްރައިޒްތަކަށް" ތައްޔާރަށް ތިބުމަށް އެގައުމުގެ އިިސް ކޮމާންޑަރަކު އިންޒާރުދީފި

17 އޯގަސްޓު 2026
ދުޝްމަނުން އީރާނުގެ "ސަޕްރައިޒްތަކަށް" ތައްޔާރަށް ތިބުމަށް އެގައުމުގެ އިިސް ކޮމާންޑަރަކު އިންޒާރުދީފި
16 އޯގަސްޓު 2026

އީރާނު ހަނގުރާމައިން ހާސިލުވި އެއް ކަމެއްވެސްނެތި، އެމެރިކާގެ ވެރިން އިރުއިރުކޮޅާ ގޯލު ޕޯސްޓު ބަދަލު ކުރުމުގައި!

16 އޯގަސްޓު 2026
އީރާނު ހަނގުރާމައިން ހާސިލުވި އެއް ކަމެއްވެސްނެތި، އެމެރިކާގެ ވެރިން އިރުއިރުކޮޅާ ގޯލު ޕޯސްޓު ބަދަލު ކުރުމުގައި!
16 އޯގަސްޓު 2026

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

16 އޯގަސްޓު 2026
ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި
15 އޯގަސްޓު 2026

ބެއިރޫތުގެ ދާހިޔާއަށް އިސްރާއީލުން ދިން ހަމަލާއާ ގުޅިގެން މަޝްވަރާތައް މެދުކަނޑާލައި، ވަގުތުން އިސްރާއީލަށް ރައްދު ހަމަލާދޭނެ ކަމުގެ އިންޒާރު ދިނިން: ގާލީބާފް

15 އޯގަސްޓު 2026
ބެއިރޫތުގެ ދާހިޔާއަށް އިސްރާއީލުން ދިން ހަމަލާއާ ގުޅިގެން މަޝްވަރާތައް މެދުކަނޑާލައި، ވަގުތުން އިސްރާއީލަށް ރައްދު ހަމަލާދޭނެ ކަމުގެ އިންޒާރު ދިނިން: ގާލީބާފް
15 އޯގަސްޓު 2026

އެމެރިކާ އިން އީރާނުގެ ބަނދަރުތައް "މުއްދަތެއް ނެތް" ގޮތަށް ބަންދުކުރުމުގެ އިންޒާރު ދިނުން: މިއީ ކިހާ ދުވަހަކަށް ދެމިއޮންނާނެ ކަމެއްބާ؟

15 އޯގަސްޓު 2026
އެމެރިކާ އިން އީރާނުގެ ބަނދަރުތައް "މުއްދަތެއް ނެތް" ގޮތަށް ބަންދުކުރުމުގެ އިންޒާރު ދިނުން: މިއީ ކިހާ ދުވަހަކަށް ދެމިއޮންނާނެ ކަމެއްބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް