މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އިންޑިއާގައި ކައްކާ ގޭސް އުފައްދާ މިންވަރު އިތުރުކުރަނީ
19 އޯގަސްޓު 2026 | ބުދަ 10:49އިންޑިއާގެ ޕެޓްރޯލިއަމް އެންޑް ނެޗުރަލް ގޭސް މިނިސްޓްރީ އިން ނެރުނު އެންގުމުގައިވާ ގޮތުން، އެގައުމުގެ 21 ރިފައިނަރީއަކާއި ގޭސް އުފައްދާ ކުންފުނިތަކުން ދުވާލަކު އެކުވެގެން އެންމެ ގިނަވެގެން 63,810 މެޓްރިކް ޓަނުގެ ކައްކާ ގޭސް އުފެއްދުމުގެ އަމާޒެއް ވަނީ ކަނޑައަޅާފައި. މިއީ އިންޑިއާ އިން އަހަރީ ގޮތެއްގައި އުފައްދާ މިންވަރަށް ވުރެ ދެގުނަ އިތުރު، އަދި ޤައުމުގައި ދުވާލަކު ބޭނުންކުރާ ގޭހުގެ ގާތް ގަނޑަކަށް 70 އިންސައްތަ އަށްވާ މިންވަރެއް


އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ މަނޭސަރުގައި ހުންނަ ގޭސް އެޖެންސީއެއްގެ ބޭރުގައި މަޑުކޮށްލައިގެން އޮތް ލޮރީއެއްގެ ތެރޭގައި އެލްޕީޖީ ގޭސް ފުޅިތަކެއް އަތުރާފައި | ރޮއިޓާސް
މެދުއިރުމަތީހައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، އިމްޕޯޓުކުރާ ކައްކާ ގޭސް ލިބުމަށް ބުރޫ އަރަމުންދާތީ، އިންޑިއާގެ ސަރުކާރާއި އަމިއްލަ ތެޔޮ ކުންފުނިތަކުން ދުވާލަކު އުފައްދާ ކައްކާ ގޭހުގެ މިންވަރު އިތުރު ކުރުމަށް ފުރަތަމަ ފަހަރަށް ޚާއްސަ އަމާޒުތަކެއް ކަނޑައަޅައިފި އެވެ.
އިންޑިއާގެ ޕެޓްރޯލިއަމް އެންޑް ނެޗުރަލް ގޭސް މިނިސްޓްރީ އިން ނެރުނު އެންގުމުގައިވާ ގޮތުން، އެގައުމުގެ 21 ރިފައިނަރީއަކާއި ގޭސް އުފައްދާ ކުންފުނިތަކުން ދުވާލަކު އެކުވެގެން އެންމެ ގިނަވެގެން 63,810 މެޓްރިކް ޓަނުގެ ކައްކާ ގޭސް އުފެއްދުމުގެ އަމާޒެއް ވަނީ ކަނޑައަޅާފައި އެވެ. މިއީ އިންޑިއާ އިން އަހަރީ ގޮތެއްގައި އުފައްދާ މިންވަރަށް ވުރެ ދެގުނަ އިތުރު، އަދި ޤައުމުގައި ދުވާލަކު ބޭނުންކުރާ ގޭހުގެ ގާތް ގަނޑަކަށް 70 އިންސައްތަ އަށްވާ މިންވަރެކެވެ.
މި ކަނޑައެޅުނު އަމާޒުތަކުގެ ތެރެއިން އެންމެ ބޮޑު ކޯޓާއެއް ދީފައި ވަނީ ރިލަޔަންސް އިންޑަސްޓްރީޒް މުކޭޝް އަމްބާނީގެ ރިލަޔަންސް އިންޑަސްޓްރީސް އަށެވެ. އެ ކުންފުނިން ޖާމްނަގަރުގައި ހިންގާ ރިފައިނަރީ އިން ދުވާލަކު 18,000 ޓަނުގެ އެލްޕީޖީ އުފެއްދުމަށް ވަނީ އަންގާފައި އެވެ. މީގެ އިތުރުން ސަރުކާރު ހިއްސާވާ 18 ރިފައިނަރީ އަކުން އެކުވެގެން ދުވާލަކު 31,470 ޓަނު އުފެއްދުމަށް އަމާޒު ކޮށްފައިވާއިރު، އޯއެންޖީސީ އާއި ގޭލް ފަދަ ކުންފުނިތަކަށް ދުވާލަކު 6,460 ޓަނު އުފެއްދުމަށް ވަނީ ހަވާލުކޮށްފައި އެވެ.
އިންޑިއާ އަކީ ބޭނުންކުރާ ކައްކާ ގޭހުގެ 64 އިންސައްތައަށް ވުރެ ބޮޑު ބައެއް ބޭރު ޤައުމުތަކުން އެތެރެކުރާ ޤައުމެކެވެ. އަދި އެތެރެކުރާ ގޭހުގެ 90 އިންސައްތަ އަންނަނީ ހުރްމުޒް ކަނޑުއޮޅި މަގުންނެވެ. ނަމަވެސް، ހަނގުރާމައިގެ ސަބަބުން މި ކަނޑުއޮޅި ބަންދުވުމާ ގުޅިގެން ސަޕްލައި އަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައި އެވެ.
އިންޑިއާ ސަރުކާރުން ބުނެފައި ވަނީ މިގޮތަށް ކަނޑައެޅޭ އަމާޒުތައް ކޮންމެ އަހަރެއްގެ ޖެނުއަރީ އަދި ޖުލައި މަހު މުރާޖައާ ކުރަމުންދާނެ ކަމަށާއި، ގޭސް ސަޕްލައި އަށް ދަތިވާ ކޮންމެ ދަނޑިވަޅެއްގައި މި އުސޫލަށް އަމަލުކުރަން ފަށާނެ ކަމަށެވެ.










