Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުސާރައިގެ ހަރަދު

ދައުލަތުން މުސާރާއިގެ ގޮތުގައި މަހެއްގެ މައްޗަށް ހަރަދުވާ މިންވަރު އެއް ބިލިއަނުން 1.4 ބިލިއަނަށް އިތުރުވެއްޖެ: ފިނޭންސް މިނިސްޓަރު

18 އޯގަސްޓު 2026 | އަންގާރަ 12:12

ދައުލަތުގެ މުސާރައަށް މަހެއްގެ މައްޗަށް ހިނގާ ހަރަދު 1.4 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާކަން ފިނޭންސް މިނިސްޓަރު ހާމަކުރައްވައިފި. ސަރުކާރުގެ ރިކަރަންޓް ހަރަދުތައް ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ހަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން ކުންފުނިތަކުން މުވައްޒަފުން ވަކިކުރަމުންދާތީ އާންމުންގެ ކަންބޮޑުވުން ވަނީ އިތުރުވެފައި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 18 އޯގަސްޓު 2026 | އަންގާރަ 12:12
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު

ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު | ފިނޭންސް މިނިސްޓްރީ

ދައުލަތުން މުސާރާއިގެ ގޮތުގައި މަހެއްގެ މައްޗަށް ހަރަދުވާ މިންވަރު އެއް ބިލިއަނުން 1.4 ބިލިއަނަށް އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ހަރަދުތަކުގެ ތަފާސް ހިސާބުތައް ކޮންމަ މަހަކު އިއުލާން ކުރަމުންދާ ކަމަށާއި މިހާރު ދައުލަތުގެ މުސާރައިގެ ގޮތުގައި މަހެއްގެ މައްޗަށް 1.4 ބިލިއަން ރުފިޔާ ހަރަދުވާ ކަމަށެވެ.

Advertisement - newsAdvertisement
ސްޓެޓިސްޓިކްސް އަޅުގަނޑުމެން ކޮންމެ މަހަކު ޕަބްލިޝް ކުރަމުން އެބަ ދަން. ދައުލަތުގެ ޑައިރެކްޓް މުސާރަ ބިލުގެ ގޮތުގައި މިހާރު އަޅުގަނޑުމެން މަހެއްގެ މައްޗަށް 1.4 ބިލިއަން ރުފިޔާ ދައްކަން
ހަސަން ޒަރީރު

ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ 2023 ވަނަ އަހަރު ދައުލަތުން މުސާރައިގެ ގޮތުގައި މަހަކު ހަރަދުވެގެން ދިޔައީ އެއް ބިލިއަން ރުފިޔާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީއިން އޯގަސްޓު މަހު ހާމަކޮށްފައިވާ ގޮތުގައި ދައުލަތަށް އާމްދަނީ އަދި ހިލޭ އެހީގެ ގޮތުން މި އަހަރުގެ ޖުލައި މަހާއި ހަމައަށް 24.1 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ރިކަރަންޓް އެކްސްޕްންޑިޗަރގެ ގޮތުގައި 22.3 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

މިގޮތުން މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 8.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އިދާރީ އަދި ހިންގުމުގެ ހަރަދުތަކަށް މި މުއްދަތުގައި ވަނީ 13.7 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް ސަރުކާރުން އެތައް ވަޒީފާތަކެއް ދީފައިވުމާ އެކު، ސަރުކާރުގެ ހަރަދު ބޮޑުވުމުގެ ސަބަބުން 13000 އަށްވުރެ ގިނަ މުވައްޒަފުން ކުންފުނިތަކުން ވަކި ކުރާނެކަމަށް ބެލެވެ އެވެ. ޒަރޫރީ މުދަލުގެ އަގުތައް ވެސް އިންތިހާއަށް ބޮޑުވެފައިވާއިރު، ދައުލަތުން މިހާ ގިނަ މުވައްޒުފުން ވަކިކުރުމުގެ ކަންބޮޑުވުން އެތައް ބަޔަކު ދަނީ ފާޅުކުރަމުންނެވެ.

ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ކަމަށް ބުނެ ވަޒީފާއިން މީހުން ވަކި ކުރަމުންދާއިރު، ސަރުކާރުގެ ހަރަދުތައް ބޮޑުވުމަށް ދިމާވި މައިގަނޑު ސަބަބަކީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ދައުލަތުގެ ފައިސާއިން ބޭކާރު ހަރަދުތަކެއް ކުރެއްވުން ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީސްހަސަން ޒަރީރު

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

18 އޯގަސްޓު 2026

ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމުގެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

18 އޯގަސްޓު 2026
ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމުގެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި
18 އޯގަސްޓު 2026

ރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކުން އެކަނި ޓެކްސް ނަގާގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނަ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

18 އޯގަސްޓު 2026
ރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކުން އެކަނި ޓެކްސް ނަގާގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނަ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި
18 އޯގަސްޓު 2026

ސިޔާސީ މަޤާމުތަކުގައި ތިބި މުވައްޒަފުންގެ އަދަދު މިނިސްޓަރު ޒަރީރު ވިދާޅެއް ނުވި، ވިދާޅުވީ ސިޔާސަތުގެ ބޭރުން އެއްވެސް މުވައްޒަފަކު ނުނަގާ ކަމަށް

18 އޯގަސްޓު 2026
ސިޔާސީ މަޤާމުތަކުގައި ތިބި މުވައްޒަފުންގެ އަދަދު މިނިސްޓަރު ޒަރީރު ވިދާޅެއް ނުވި، ވިދާޅުވީ ސިޔާސަތުގެ ބޭރުން އެއްވެސް މުވައްޒަފަކު ނުނަގާ ކަމަށް
18 އޯގަސްޓު 2026

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 40،000 އަށް ވުރެ ގިނަ މުވައްޒަފުން، މިނިސްޓަރު ވިދާޅުވީ ވަކިކުރަނީ ވަކި ކުލައަކަށް ބަލައިގެން ނޫން ކަމަށް

18 އޯގަސްޓު 2026
ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 40،000 އަށް ވުރެ ގިނަ މުވައްޒަފުން، މިނިސްޓަރު ވިދާޅުވީ ވަކިކުރަނީ ވަކި ކުލައަކަށް ބަލައިގެން ނޫން ކަމަށް
16 އޯގަސްޓު 2026

ރައްޔިތުންނަށް ޑޮލަރު ލިބުމުގައި ދަތިތައް ކުރިމަތިވަނީ ސަރުކާރުގެ މިސްމެނޭޖްމަންޓާއި ބޭކާރު ޚަރަދުތަކުގެ ސަބަބުން: މެންބަރު ޒިޔާދު

16 އޯގަސްޓު 2026
ރައްޔިތުންނަށް ޑޮލަރު ލިބުމުގައި ދަތިތައް ކުރިމަތިވަނީ ސަރުކާރުގެ މިސްމެނޭޖްމަންޓާއި ބޭކާރު ޚަރަދުތަކުގެ ސަބަބުން: މެންބަރު ޒިޔާދު
15 އޯގަސްޓު 2026

ކުރިއަށް އޮތްތަނުގައި އިސްލާމްދީނާ ޚިލާފު ގާނޫނެއް އުފަން ނުކުރެވޭނެ ފަދަ ނިޒާމެއް ގާއިމުކުރަން މަޖިލީހަށް ހުށަހަޅާނަން: ރައީސް މުއިއްޒު

15 އޯގަސްޓު 2026
ކުރިއަށް އޮތްތަނުގައި އިސްލާމްދީނާ ޚިލާފު ގާނޫނެއް އުފަން ނުކުރެވޭނެ ފަދަ ނިޒާމެއް ގާއިމުކުރަން މަޖިލީހަށް ހުށަހަޅާނަން: ރައީސް މުއިއްޒު
13 އޯގަސްޓު 2026

އެޖެންޑާ އެއް ނެތް، ފެށޭނެ ގަޑިއެއް ނޭނގޭ، ޖަލްސާ އެބައޮތް

13 އޯގަސްޓު 2026
އެޖެންޑާ އެއް ނެތް، ފެށޭނެ ގަޑިއެއް ނޭނގޭ، ޖަލްސާ އެބައޮތް
12 އޯގަސްޓު 2026

ކައުންސިލުތަކުގެ ބިން ސަރުކާރަށް ނެގޭ ބިލުގެ މަސައްކަތް ނުނިމޭތީ، "މުހިއްމު ކަންކަން" ހުރިކަމަށް ބުނެ ދައުރު ދަންމާލަނީ

12 އޯގަސްޓު 2026
ކައުންސިލުތަކުގެ ބިން ސަރުކާރަށް ނެގޭ ބިލުގެ މަސައްކަތް ނުނިމޭތީ، "މުހިއްމު ކަންކަން" ހުރިކަމަށް ބުނެ ދައުރު ދަންމާލަނީ
07 އޯގަސްޓު 2026

މުހިއްމީ ގާނޫނު އަސާސީގެ ކުލައެއް ނޫނެވެ. މުހިއްމީ އެ ގާނޫނު ހަދާ މީހުން ވެސް އެއަށް އަމަލު ކުރުމެވެ

07 އޯގަސްޓު 2026
މުހިއްމީ ގާނޫނު އަސާސީގެ ކުލައެއް ނޫނެވެ. މުހިއްމީ އެ ގާނޫނު ހަދާ މީހުން ވެސް އެއަށް އަމަލު ކުރުމެވެ
30 ޖުލައި 2026

ރައްޔިތުންގެ މަޖިލިސް: އިޚުލާސްތެރި މަންދޫބުންތަކެއް ތޯ ނުވަތަ ފިހިގަނޑު ބުމަރުތަކެއް ތޯ؟

30 ޖުލައި 2026
ރައްޔިތުންގެ މަޖިލިސް: އިޚުލާސްތެރި މަންދޫބުންތަކެއް ތޯ ނުވަތަ ފިހިގަނޑު ބުމަރުތަކެއް ތޯ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް