Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ސިޔާސީ މަޤާމުތަކުގައި ތިބި މުވައްޒަފުންގެ އަދަދު މިނިސްޓަރު ޒަރީރު ވިދާޅެއް ނުވި، ވިދާޅުވީ ސިޔާސަތުގެ ބޭރުން އެއްވެސް މުވައްޒަފަކު ނުނަގާ ކަމަށް

18 އޯގަސްޓު 2026 | އަންގާރަ 04:56

މިނިސްޓަރު ޒަރީރު ވިދާޅުވީ، ސިޔާސީ މަގާމު ތަކަށް މީހުން އައްޔަނު ކުރުމަކީ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސް އަށް ލިބިވެގެންވާ ބާރެއް ކަމަށް. އެކަމުގެ ތެރެއިން ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށް ރައީސް މުއިއްޒު އިއުލާން ކުރައްވާފައިވާ ކަމަށާއި، އެކަމުގެ ދަށުން ބަދަލު ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 އޯގަސްޓު 2026 | އަންގާރަ 04:56
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު

ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު | ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާާރުގައި ސިޔާސީ މުވައްޒަފުންގެ ގޮތުގައި އައްޔަނު ކޮށްފައިވާ މުވައްޒަފުންގެ އަދަދު ހާމަކުރެއްވުމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ދެކޮޅު ހައްދަވައިފި އެވެ.

އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު ވަނީ ސިޔާސީ މަގާމުތަކާ ގުޅޭ ގޮތުން ސުވާލު ކުރައްވައިފަ އެވެ. އެގޮތުން 2018 އިން 2023 އާ ދެމެދު ތިބި ސިޔާސީ މުވައްޒަފުންގެ އަދަދާއި، 2023 ގެ ފަހުން ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކޮށްދެއްވުމަށް މެމްބަރު ވަނީ އެދިވަޑައިގެންފައި އެވެ.

Advertisement - newsAdvertisement

އެ ސުވާާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ، ސިޔާސީ މަގާމުތަކަށް މީހުން އައްޔަނު ކުރުމަކީ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސް އަށް ލިބިވެގެންވާ ބާރެއް ކަމަށެވެ. އެކަމުގެ ތެރެއިން ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށް ރައީސް މުއިއްޒު އިއުލާން ކުރައްވާފައިވާ ކަމަށާއި، އެކަމުގެ ދަށުން ބަދަލު ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައި އެވެ.

ދައުލަތުގެ ސިޔާސީ މަޤާމުތަކަކީ ޤާނޫނު އަސާސީގެ ސަތޭކަ ފަނަރަ ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވާ ބާރެއް. ތިބޭފުޅުން ވެސް އަޑު އައްސަވާފައި ވާނީ، ގެންނަން ޖެހޭ ބަދަލުތައް ގެންނަވާނެ ކަމަަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެނައުންސް ކުރައްވާފައި. އެ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މައުލޫމާތު ލިބިފައި އޮންނާނީ، އެހެންވީމާ އެ ކަންތައްތައް ކުރިއަށް ދަނީ މިހާާރު ވެސް
ހަސަން ޒަރީރު

ނަމަވެސް، 2023 ވަނަ އަހަރު ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން، ސިޔާސީ މުވައްޒަފުންގެ ގޮތުގައި އައްޔަނު ކޮށްފައިވާ މުވައްޒަފުންގެ އަދަދެެއް މިނިސްޓަރު ވިދާޅުވެފައި ނުވެ އެވެ. އޭގެ ފަހުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙުމަދު ނަސީމް ކުރެއްވި ސުވާާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ، ދައުލަތުން ނަގާ ހުރިހާ މުވައްޒަފުން ވެސް ނަގަނީ ކަނޑައެޅިފައިވާ އުސޫލުގެ ތެެރެއިން ކަމަށް ޤަބޫލު ކުރައްވާ ކަމަށާއި، އެ ސިޔާާސަތުތަކުގެ ބޭރުން އެއްވެސް މުވައްޒަފަކު ނުނަގާ ކަމަށެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން އައްޔަނު ކޮށްފައިވާ ސިޔާސީ މުވައްޒަފުންގެ އަަދަދު ހާމަކުރުމަށް ސަރުކާރުން ވަނީ ދެކޮޅު ހަދައިފަ އެވެ. ރައީސް މުއިއްޒުގެ އިތުރުން، ފިނޭންސް މިނިސްޓަރާ ވެސް އެތައް ފަހަރެއްގެ މަތިން އެ ސުވާލު ކުރިމަތި ކޮށްފައިވާއިރު، އެ އަދަދުތައް ހާާމަ ކުރުމަށް ސަރުކާރުން ވަނީ ދެކޮޅު ހަދައިފަ އެވެ.

މި ސަރުކާރު އައި ފަހުން ސިޔާސީ މުވައްޒަފުން އިންތިހާާ އަށް ގިނައިން އައްޔަން ކޮށްފައިވެ އެވެ. އެގޮތުން ސަރުކާރުގެ މިނިސްޓްރީތަކުގައި ސިޔާސީ މުވައްޒަފުންގެ އަދަދު ގިނަވެ، ބައެއް އޮފީސްތަކުގައި މުވައްޒަފުން މަސައްކަތް ކުރާނެ ޖާގަ ނެތުމުގެ ޝަކުވާ ވެސް ވަނީ ބޮޑުވެފައި އެވެ. 

ރައްޔިތުންގެ މަޖިލިސްހަސަން ޒަރީރުމުއިއްޒު ސަރުކާރު

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

18 އޯގަސްޓު 2026

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 40،000 އަށް ވުރެ ގިނަ މުވައްޒަފުން، މިނިސްޓަރު ވިދާޅުވީ ވަކިކުރަނީ ވަކި ކުލައަކަށް ބަލައިގެން ނޫން ކަމަށް

18 އޯގަސްޓު 2026
ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 40،000 އަށް ވުރެ ގިނަ މުވައްޒަފުން، މިނިސްޓަރު ވިދާޅުވީ ވަކިކުރަނީ ވަކި ކުލައަކަށް ބަލައިގެން ނޫން ކަމަށް
17 އޯގަސްޓު 2026

ޕެޓިޝަންތައް "ބަލިކަށި" ކުރުމުގެ މަސައްކަތް: ކުރިން ހުށަހަޅާފައިވާ ޕެޓިޝަނަކާ ދެކޮޅު ޕެޓިޝަނެއް ހުށަހެޅޭ ގޮތަށް ގަވާއިދު ބަދަލުކުރަން ކޮމިޓީން ފާސްކޮށްފި

17 އޯގަސްޓު 2026
ޕެޓިޝަންތައް "ބަލިކަށި" ކުރުމުގެ މަސައްކަތް: ކުރިން ހުށަހަޅާފައިވާ ޕެޓިޝަނަކާ ދެކޮޅު ޕެޓިޝަނެއް ހުށަހެޅޭ ގޮތަށް ގަވާއިދު ބަދަލުކުރަން ކޮމިޓީން ފާސްކޮށްފި
17 އޯގަސްޓު 2026

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

17 އޯގަސްޓު 2026
ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!
17 އޯގަސްޓު 2026

ރައީސް، ރައީސް، އައްޑޫ ސިޓީ އަށް އޮތީ ކޮން ޕްރޮޖެކްޓްތަކެއްތޯ؟

17 އޯގަސްޓު 2026
ރައީސް، ރައީސް، އައްޑޫ ސިޓީ އަށް އޮތީ ކޮން ޕްރޮޖެކްޓްތަކެއްތޯ؟
17 އޯގަސްޓު 2026

މި ސަރުކާރު ވެރިކަމަށް އައި ފަހުން ދިވެހި ކޮންސްޓްރަކްޝަން ކުންފުނިތައް އޮތީ ފުނޑިފައި: ޝަމްހީދު

17 އޯގަސްޓު 2026
މި ސަރުކާރު ވެރިކަމަށް އައި ފަހުން ދިވެހި ކޮންސްޓްރަކްޝަން ކުންފުނިތައް އޮތީ ފުނޑިފައި: ޝަމްހީދު
17 އޯގަސްޓު 2026

ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތްހޯލްޑިންގ ޓެކްސް 10 އިންސައްތަ އިން ބޮޑުކުރާ ބިލު ބަލައިގަނެފި

17 އޯގަސްޓު 2026
ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތްހޯލްޑިންގ ޓެކްސް 10 އިންސައްތަ އިން ބޮޑުކުރާ ބިލު ބަލައިގަނެފި
17 އޯގަސްޓު 2026

ރައީސް މުއިއްޒު ނެއްލައިދޫއަށް ވެވަޑައިގެންނެވި މައިގަނޑު ދެ ވައުދުފުޅު: މަގު ހެދުމާއި ހައުސިންގ މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ!

17 އޯގަސްޓު 2026
ރައީސް މުއިއްޒު ނެއްލައިދޫއަށް ވެވަޑައިގެންނެވި މައިގަނޑު ދެ ވައުދުފުޅު: މަގު ހެދުމާއި ހައުސިންގ މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ!
17 އޯގަސްޓު 2026

މަޝްރޫއުތަކުގެ ހިންގުން ސުމެއްގައި، އެކަމަކު ފެންނަނީ ކޮންމެ ކަމެއްގައި ކްރެޑިޓްނަގަން އުޅޭތަން!

17 އޯގަސްޓު 2026
މަޝްރޫއުތަކުގެ ހިންގުން ސުމެއްގައި، އެކަމަކު ފެންނަނީ ކޮންމެ ކަމެއްގައި ކްރެޑިޓްނަގަން އުޅޭތަން!
17 އޯގަސްޓު 2026

ޕެޓިޝަންތައް "ބަލިކަށި" ކުރުމުގެ މަސައްކަތް: ކުރިން ހުށަހަޅާފައިވާ ޕެޓިޝަނަކާ ދެކޮޅު ޕެޓިޝަނެއް ހުށަހެޅޭ ގޮތް ހަދަނީ!

17 އޯގަސްޓު 2026
ޕެޓިޝަންތައް "ބަލިކަށި" ކުރުމުގެ މަސައްކަތް: ކުރިން ހުށަހަޅާފައިވާ ޕެޓިޝަނަކާ ދެކޮޅު ޕެޓިޝަނެއް ހުށަހެޅޭ ގޮތް ހަދަނީ!
17 އޯގަސްޓު 2026

ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތްހޯލްޑިންގ ޓެކްސް 10 އިންސައްތަ އިން ބޮޑުކުރަނީ

17 އޯގަސްޓު 2026
ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތްހޯލްޑިންގ ޓެކްސް 10 އިންސައްތަ އިން ބޮޑުކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް