Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލީސް

އެޖެންޑާ އެއް ނެތް، ފެށޭނެ ގަޑިއެއް ނޭނގޭ، ޖަލްސާ އެބައޮތް

13 އޯގަސްޓު 2026 | ބުރާސްފަތި 02:58

މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 24 ވަނަ ޖަލްސާ ބުރާސްފަތި ދުވަހު އޮންނާނެކަން މެމްބަރުންނަށް އަންގާފައިވީ ނަމަވެސް، ޖަލްސާގެ އެޖެންޑާ އާއި ފަށާނެ ގަޑި އަދިވެސް ހާމަކޮށްފައެއް ނުވޭ. މަޖިލީހުގެ އިދާރާއިން ރޭ ދަންވަރު ފޮނުވި މެސެޖެއްގައި ޖަލްސާ އޮންނާނެކަން ކަށަވަރުކޮށްދީ މެސެޖެއް ފޮނުވާފައިވޭ

ރާއްޖެ އެމްވީ | 13 އޯގަސްޓު 2026 | ބުރާސްފަތި 02:58
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ | ރައްޔިތުންގެ މަޖިލިސް

ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލިސްގެ ޖަލްސާ އޮންނާނެ ކަމަށް އިއުލާނުކޮށްފައިވީނަމަވެސް ބުރާސްފަތި ދުވަހަށް އިރު އިރުވެސް ޖަލްސާގެ އެޖެންޑާ މެމްބަރުންނަށް ލިބިފައިނުވާކަން އެނގިއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު މި ނޫހަށް ވިދާޅުވީ މަޖިލީހުގެ އިދާރާގެ ޓޭބަލް އޮފީހުން ރޭ ދަންވަރު 1:30 ގައި މެސެޖެއް ލިބުނު ކަމަށާއި އެ މެސެޖުގައި ޖަލްސާ އޮންނާނެ ކަމަށް ބުނެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މެމްބަރު ވިދާޅުވީ، 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 24 ވަނަ ޖަލްސާ 13 އޮގަސްޓް ވާ ބުރާސްފަތި ދުވަހު އޮންނާނެ ކަމަށާއި، ޖަލްސާގެ އެޖެންޑާ އާއި ޖަލްސާ ފެށޭނެ ގަޑި ފަހުން އަންގާނެ ކަމަށް ބުނެފައިވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސުޕަރ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި މުހިއްމު މަސައްކަތްތަކެއް ހުރިކަމަށް ބުނެ ރިޔާސަތުން ވަނީ މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ދައުރު ދިގުދަންމާލަން ހުށަހަޅާފަ އެވެ. ދައުރު ދަންމާލަން ފާސް ކުރީ އެހި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ދަންމާލީ ވެސް މުހިއްމު މަސައްކަތްތައް ހުރިކަމަށް ބުނެ އެވެ. ނަމަވެސް އެފަހަރު ވެސް ކުރިއަށް ގެންދިޔައީ ހަމައެކަނި ސަރުކާރުގެ މަސްލަހަތު ހިމެނޭ މަސައްކަތްތަކެވެ. އެގޮތުން ދައުރު ދަންމާލައިގެން ކުރިއަށް ގެންދިޔައީ މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކުރުމުގެ މަސައްކަތެވެ.

މި ފަހަރު ދައުރު ދަންމާލަން ހުށަހަޅާފައިވަނީ ކައުންސިލުތަކުގެ ބިން ސަރުކާރަށް ނެގޭ ބިލުގެ މަސައްކަތް އަވަސް އަވަހަށް ނިންމާލުމުގެ ބޭނުމުގައިކަމަށް ގަބޫލު ކުރެވެ އެވެ.

ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތަކާއި ތަންތަން ކައުންސިލުތަކުގެ ބަހެއް ނެތި، ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރުމަށް އައި ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލާމެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދާއިރު، ސަރުކާރުގެ މެންބަރުން ގެންދަނީ އެ ބިލުގައި ހުރި ކަންކަން ދިފާއުކޮށް ސަރުކާރަށް އެތަންތަން ނެގޭނެ ކަމަށް ބުނެ ވަކާލާތު ކުރަމުންނެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީސް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

12 އޯގަސްޓު 2026

ކައުންސިލުތަކުގެ ބިން ސަރުކާރަށް ނެގޭ ބިލުގެ މަސައްކަތް ނުނިމޭތީ، "މުހިއްމު ކަންކަން" ހުރިކަމަށް ބުނެ ދައުރު ދަންމާލަނީ

12 އޯގަސްޓު 2026
ކައުންސިލުތަކުގެ ބިން ސަރުކާރަށް ނެގޭ ބިލުގެ މަސައްކަތް ނުނިމޭތީ، "މުހިއްމު ކަންކަން" ހުރިކަމަށް ބުނެ ދައުރު ދަންމާލަނީ
07 އޯގަސްޓު 2026

މުހިއްމީ ގާނޫނު އަސާސީގެ ކުލައެއް ނޫނެވެ. މުހިއްމީ އެ ގާނޫނު ހަދާ މީހުން ވެސް އެއަށް އަމަލު ކުރުމެވެ

07 އޯގަސްޓު 2026
މުހިއްމީ ގާނޫނު އަސާސީގެ ކުލައެއް ނޫނެވެ. މުހިއްމީ އެ ގާނޫނު ހަދާ މީހުން ވެސް އެއަށް އަމަލު ކުރުމެވެ
30 ޖުލައި 2026

ރައްޔިތުންގެ މަޖިލިސް: އިޚުލާސްތެރި މަންދޫބުންތަކެއް ތޯ ނުވަތަ ފިހިގަނޑު ބުމަރުތަކެއް ތޯ؟

30 ޖުލައި 2026
ރައްޔިތުންގެ މަޖިލިސް: އިޚުލާސްތެރި މަންދޫބުންތަކެއް ތޯ ނުވަތަ ފިހިގަނޑު ބުމަރުތަކެއް ތޯ؟
29 ޖުލައި 2026

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

29 ޖުލައި 2026
މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!
29 ޖުލައި 2026

އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި ކަރަންޓު ކެނޑުމުގެ މައްސަލަތަކައް ހައްލު ލިބޭނީ އެކަމާ ގުޅޭ ގާނޫނުތައް އުފައްދައިގެން: މެންބަރު ޝާޑު

29 ޖުލައި 2026
އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި ކަރަންޓު ކެނޑުމުގެ މައްސަލަތަކައް ހައްލު ލިބޭނީ އެކަމާ ގުޅޭ ގާނޫނުތައް އުފައްދައިގެން: މެންބަރު ޝާޑު
28 ޖުލައި 2026

ޕީއެންސީގެ މަޖިލިސް މެންބަރުންގެ ބަސްމަގާއި އަމަލުތައް، ޖޯކަރެއްގެ ބަސްމަގާއި އަމަލުތަކާ އެއްވެސް ތަފާތެއް ނެތް!

28 ޖުލައި 2026
ޕީއެންސީގެ މަޖިލިސް މެންބަރުންގެ ބަސްމަގާއި އަމަލުތައް، ޖޯކަރެއްގެ ބަސްމަގާއި އަމަލުތަކާ އެއްވެސް ތަފާތެއް ނެތް!
27 ޖުލައި 2026

މަޖިލީހުގެ ޖަލްސާތައް ކެންސަލް ކުރަމުންގޮސް، މާދަމާއަށް ޖަލްސާއެއް ތާވަލުކޮށްފި، އެޖެންޑާގެ އެއްވަނައިގައި އޮތީ ބޭރުގެ މަންދޫބަކު އައްޔަންކުރެއްވުމަށް ރައީސް ފޮނުއްވާފައިވާ މައްސަލައެއް

27 ޖުލައި 2026
މަޖިލީހުގެ ޖަލްސާތައް ކެންސަލް ކުރަމުންގޮސް، މާދަމާއަށް ޖަލްސާއެއް ތާވަލުކޮށްފި، އެޖެންޑާގެ އެއްވަނައިގައި އޮތީ ބޭރުގެ މަންދޫބަކު އައްޔަންކުރެއްވުމަށް ރައީސް ފޮނުއްވާފައިވާ މައްސަލައެއް
26 ޖުލައި 2026

މުއިއްޒުގެ އަސްލު ސިފައިގެ ސްޕީޗެއް މިފަހަރު މިނިވަންދުވަހު

26 ޖުލައި 2026
މުއިއްޒުގެ އަސްލު ސިފައިގެ ސްޕީޗެއް މިފަހަރު މިނިވަންދުވަހު
21 ޖުލައި 2026

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނުބާއްވާތާ 2 ދުވަސް، ސަބަބު ސާފެއް ނޫން!

21 ޖުލައި 2026
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނުބާއްވާތާ 2 ދުވަސް، ސަބަބު ސާފެއް ނޫން!
18 ޖުލައި 2026

މަޖިލީހުގައި ރައްޔިތުންނަށް ދަތިވާ ކަންކަމާ ގުޅޭގޮތުން ސުވާލުކުރެއްވުމުން މިނިސްޓަރު މުއްތަލިބު ޖަވާބު ދެއްވަނީ އޮޅުވާލައްވައިގެން: މެންބަރު ޝާކިރު

18 ޖުލައި 2026
މަޖިލީހުގައި ރައްޔިތުންނަށް ދަތިވާ ކަންކަމާ ގުޅޭގޮތުން ސުވާލުކުރެއްވުމުން މިނިސްޓަރު މުއްތަލިބު ޖަވާބު ދެއްވަނީ އޮޅުވާލައްވައިގެން: މެންބަރު ޝާކިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް