Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކުން އެކަނި ޓެކްސް ނަގާގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނަ ބިލު މަޖިލީހުން ބަލައިގަނެފި

16 އޯގަސްޓު 2026 | އާދީއްތަ 11:00

ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި ބުކިން ޕްލެޓްފޯމްތަކުން ރާއްޖޭގައި ފޯރުކޮށްދޭ ޚިދުމަތްތަކުން ޖީއެސްޓީ ނެގުމަށް ގާނޫނަށް ހުށަހެޅި އިސްލާހު 70 މެންބަރުންގެ ވޯޓާއެކު މަޖިލީހުން ބަލައިގަނެފި. މި ބަދަލުގެ މައިގަނޑު މަގުސަދަކީ ހިދުމަތް ލިބިގަންނަ ގައުމުގައި ޓެކްސް ނެގުމުގެ އުސޫލު ތަންފީޒުކޮށް، ރާއްޖޭގައި ރަޖިސްޓްރީނުކޮށް ހިންގާ ބޭރުގެ ވިޔަފާރިތައް ޓެކްސްގެ ނިޒާމުގެ ތެރެއަށް ވެއްދުން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 16 އޯގަސްޓު 2026 | އާދީއްތަ 11:00
ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު

ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު | ރައްޔިތުންގެ މަޖިލިސް

ޓެކްސް ނެގޭ މުދަލާއި ޚިދުމަތް ހަމައެކަނި ދިވެހިރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކަށް ޚާއްސަވެފައި އޮތް އޮތުން ނިމުމަކަށް ގެނަސް، ރާއްޖޭގައި ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނެގޭ ގޮތަށް ގާނޫނު ބަދަލުކުރަން ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެފި އެވެ. 

އާދިއްތަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ހުށަހަޅުއްވާފައިވާ، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ބަލައިގަތުމަށް ވޯޓަށް އަހާފައިވެ އެވެ. އެ ބިލު މަޖިލީހުން ބަލައިގަނެފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުގެ ތެރެއިން 70 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

Advertisement - newsAdvertisement

ބިލު ބަލައިގަތުމަށް ނުފެންނަ ކަމަށް 1 މެންބަރަކު ވޯޓު ދެއްވި އެވެ. އެއާއެކު އެ ބިލު ދިރާސާ ކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީ އަށް ވަނީ ފޮނުވާފަ އެވެ. 

އެ ބިލުގައި ވަނީ ޖީއެސްޓީ ނެގޭނީ ރާއްޖޭގައި ވިއްކާ މުދަލުން ކަމަށް ގާނޫނުގައި އޮތް މާއްދާތައް ބަދަލުކޮށް، ރާއްޖޭގައި ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނެގޭގޮތަށް އިބާރާތް ބަދަލުކުރަން ހުށަހަޅާފަ އެވެ. އަދި ޖީއެސްޓީ ނެގޭ މުދަލަކީ ރާއްޖޭގައި ހިންގާ ވިޔަފާރިއަކުން ވިއްކާ މުދަލަށް ނުވަތަ ތަކެއްޗަށް ކަމަށް ބުނާ މާއްދާ، ދިވެހި ވިޔަފާރިތަކުގެ މައްޗަށް އެކަނި ހިނގާގޮތަށް އޮތްއޮތުން ބަދަލުކުރަން ވަނީ ހުށަހަޅާފަ އެވެ. 

މި ބިލުގެ މައިގަނޑު މަގުސަދެއް ކަމަށް ބުނެފައި ވަނީ އޮފްޝޯ ބުކިން ޕްލެޓްފޯމްތަކާއި، ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަދި ޓްރެވަލް އެޖެންޓުން ފޯރުކޮށްދޭ ހިދުމަތްތަކުން ޖީއެސްޓީ ނެގޭނެ ގާނޫނީ އޮނިގަނޑެއް ގާއިމުކުރުމެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓެކްސް ނެގުމުގައި ބޭނުންކުރާ ’ޑެސްޓިނޭޝަން ޕްރިންސިޕަލް‘ ރާއްޖޭގައި ތަންފީޒުކުރުމަކީ ވެސް މި އިސްލާހުގެ މުހިންމު ބޭނުމެއް ކަމަށް ބިލުގައި ވަނީ ބަޔާން ކޮށްފަ އެވެ. މީގެ މާނައަކީ ހިދުމަތް ލިބިގަންނަ ނުވަތަ ބޭނުންކުރާ ގައުމުގައި އެ ހިދުމަތަކުން ޓެކްސް ނެގުމެވެ.

އެ ބިލުގައި ވަނީ ބޭރުގެ ޓޫރިޒަމް ވިޔަފާރިތަކުން ޓެކްސް ނަގަން ފެށުމުގެ ގޮތުން ގާނޫނަށް ގެންނަ ބަދަލުތަކުގައި ދިވެހިރާއްޖޭގައި ފޯރުކޮށްދޭ މުދަލާއި ހިދުމަތަކީ ކޮބައިކަން މާނަކޮށްދީފަ އެވެ. އަދި ޓެކްސް ނެގޭނީ ކޮން ބާވަތެއްގެ ވިޔަފާރިއަކުން ހިންގާ ހަރަކާތް ތަކަކުން ކަން ވެސް ބިލުގައި ފާހަގަ ކޮށްފައިވެ އެވެ. 

މީގެ އިތުރުން ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުގެ ތެރޭގައި ރާއްޖޭގައި ވިޔަފާރީގެ ދާއިމީ ތަނެއް ނެތް ފަރާތަކުން ފޯރުކޮށްދޭ އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓުތައް ހިމަނައި، ސަފާރީތަކުން ވިއްކާ ޗާޓަރު ދަތުރުތަކަށް އަމާޒުކޮށްގެން ޗާޓަރަކީ ކޮބައިކަން ވެސް ތަފްސީލު ކޮށް ވަނީ ބަޔާން ކޮށްފަ އެވެ. 

ޖީއެސްޓީ މުޙައްމަދު ދާއޫދުރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

16 އޯގަސްޓު 2026

އިނގިރޭސިވިލާތަށް ރާއްޖެ އިން ކަނޑައަޅުއްވާ ސަފީރުކަމަށް ޖަމީލާގެ ނަން ރައީސް ފޮނުއްވައިފި

16 އޯގަސްޓު 2026
އިނގިރޭސިވިލާތަށް ރާއްޖެ އިން ކަނޑައަޅުއްވާ ސަފީރުކަމަށް ޖަމީލާގެ ނަން ރައީސް ފޮނުއްވައިފި
16 އޯގަސްޓު 2026

ހައްޖު ކިއު އާންމުކޮށް ހާމަކުރެވޭނެ ގޮތެއް ހޯދުމަށް ހައްޖު ކޯޕަރޭޝަން މަޖިލީހަށް ހާޒިރުކުރަނީ

16 އޯގަސްޓު 2026
ހައްޖު ކިއު އާންމުކޮށް ހާމަކުރެވޭނެ ގޮތެއް ހޯދުމަށް ހައްޖު ކޯޕަރޭޝަން މަޖިލީހަށް ހާޒިރުކުރަނީ
13 އޯގަސްޓު 2026

މަޖިލީހުގެ ޖަލްސާ އޮންނާނެ ކަމަށް އެންގުމަށްފަހު ކެންސަލްކޮށްފި

13 އޯގަސްޓު 2026
މަޖިލީހުގެ ޖަލްސާ އޮންނާނެ ކަމަށް އެންގުމަށްފަހު ކެންސަލްކޮށްފި
12 އޯގަސްޓު 2026

ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 20 އިންސައްތަ ޑޮލަރު މާރުކުރަން ޖެހޭ ބިލު ބަލައިގަނެ ކޮމިޓީ އަށް

12 އޯގަސްޓު 2026
ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 20 އިންސައްތަ ޑޮލަރު މާރުކުރަން ޖެހޭ ބިލު ބަލައިގަނެ ކޮމިޓީ އަށް
12 އޯގަސްޓު 2026

"މުހިއްމު ކަންކަން" ހުރިކަމަށް ބުނެ ދައުރު ދަންމާލަން ފާސްކޮށްފި

12 އޯގަސްޓު 2026
"މުހިއްމު ކަންކަން" ހުރިކަމަށް ބުނެ ދައުރު ދަންމާލަން ފާސްކޮށްފި
12 އޯގަސްޓު 2026

ރާއްޖޭގެ އިގްތިސާދަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދެވި އެކްސްޕެރިމެންޓް ފެއިލްވެއްޖެ ކަމަށް މި ސަރުކާރުން އިއުތިރާފުވެއްޖެ: މީކާއިލް

12 އޯގަސްޓު 2026
ރާއްޖޭގެ އިގްތިސާދަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދެވި އެކްސްޕެރިމެންޓް ފެއިލްވެއްޖެ ކަމަށް މި ސަރުކާރުން އިއުތިރާފުވެއްޖެ: މީކާއިލް
11 އޯގަސްޓު 2026

އެމްޑީޕީ ސަރުކާރުން ހަވާލުކުރި 16 މަޝްރޫއެއް ހުއްޓުވުމުގެ ސަބަބުން 60 މިލިއަން ރުފިޔާގެ ގެއްލުންވި ކަމަށް ގީލާ ވިދާޅުވުމުން، އެމްޑީޕީގެ ރައްދު ސަރުކާރަށް

11 އޯގަސްޓު 2026
އެމްޑީޕީ ސަރުކާރުން ހަވާލުކުރި 16 މަޝްރޫއެއް ހުއްޓުވުމުގެ ސަބަބުން 60 މިލިއަން ރުފިޔާގެ ގެއްލުންވި ކަމަށް ގީލާ ވިދާޅުވުމުން، އެމްޑީޕީގެ ރައްދު ސަރުކާރަށް
11 އޯގަސްޓު 2026

ކަނޑުމަތީގައި ހިންގާ އޮޕަރޭޝަންތަކުގައި ދިމާވާ ހިތާމާވެރި ހާދިސާތަކާ ގުޅިގެން އެމްއެންޑީއެފް އާއި ފުލުހުންގެ އިސް ވެރިން މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި

11 އޯގަސްޓު 2026
ކަނޑުމަތީގައި ހިންގާ އޮޕަރޭޝަންތަކުގައި ދިމާވާ ހިތާމާވެރި ހާދިސާތަކާ ގުޅިގެން އެމްއެންޑީއެފް އާއި ފުލުހުންގެ އިސް ވެރިން މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި
11 އޯގަސްޓު 2026

ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލުގެ މަސައްކަތް 5 ދުވަހުގެ ތެރޭގައި ކޮމިޓީ އިން ނިންމަނީ!

11 އޯގަސްޓު 2026
ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލުގެ މަސައްކަތް 5 ދުވަހުގެ ތެރޭގައި ކޮމިޓީ އިން ނިންމަނީ!
11 އޯގަސްޓު 2026

ތިން މިނިސްޓްރީގައި ބަޔަކު އަލިފާން ޖެހީއެއް ނޫން، އެންމެ ފުރަތަމަ އަލިފާން ރޯވެފައިވަނީ ސީލިންގުގައި ހުރި އޭސީ ނަރުތަކެއްގައި: އިހުސާން

11 އޯގަސްޓު 2026
ތިން މިނިސްޓްރީގައި ބަޔަކު އަލިފާން ޖެހީއެއް ނޫން، އެންމެ ފުރަތަމަ އަލިފާން ރޯވެފައިވަނީ ސީލިންގުގައި ހުރި އޭސީ ނަރުތަކެއްގައި: އިހުސާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް