Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓު

މި ސަރުކާރުން ލޯނެއް ނުނަގާނެ، ނަގާނީ ޑޮލަރު!

29 އޯގަސްޓު 2026 | ހޮނިހިރު 12:11

އޭނާ ބުންޏެވެ. މި ސަރުކާރުން ލޯނެއް ނުނަގާނެ އެވެ. އަހަރެން ބުނީމެވެ. އެހެން ހެއްޔެވެ؟ ދެން މީގައި މި ބުނަނީ ކޮން 50 މިލިއަން ޑޮލަރުގެ ވާހަކައެއް ހެއްޔެވެ؟ އަނެއްކާ ވެސް އޭނާ ބުނީ، މި ސަރުކާރުން ލޯނު ނުނަގާނެ ވާހަކަ އެވެ. ދެން ބުނީ އެއީ ލޯނެއް ނޫން ކަމަށެވެ. ނެގީ ލޯނެއް ނޫން ކަމަށެވެ. މި ސަރުކާރުން ނެގީ ޑޮލަރެވެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 އޯގަސްޓު 2026 | ހޮނިހިރު 12:11
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ޑރ. މުހައްމަދު މުއިއްޒު | ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު އަބަދުމެ ވިދާޅުވާ ވާހަކަފުޅެއް އޮވެ އެވެ. އެއީ މި ސަރުކާރުން ލޯނު ނުނަގާނެ ވާހަކަ އެވެ. ޤައުމާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދެއްކެވި ނަމަވެސް، ޖަލްސާއެއްގައި ތަޤުރީރު ކުރެއްވި ނަމަވެސް، ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވެވި ނަމަވެސް، ކެމްޕެއިން ޖަލްސާއެއް ބޭއްވެވި ނަމަވެސް ނުވަތަ ރައްޔިތަކާ ބައްދަލުވި ނަމަވެސް އެ ވާހަކަފުޅު ވިދާޅުވާނެ އެވެ. މިއީ ސަރުކާރުން އަދި ރައީސް ވެސް އެންމެ ގިނައިން ދައްކަވާ އެއް ވާހަކަފުޅެވެ.

މި ދޭތެރެއިން ޚަބަރެއްގެ ސުރުޚީގައި އޮއްވާ ދުށީމެވެ. އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން 50 މިލިއަން އެމެރިކާާ ޑޮލަރުގެ ލޯނެއް ދިވެހި ސަރުކާރަށް ދިން ވާހަކަ އެވެ. އެއީ ހަމަ ހަގީގަތުގައި ވެސް ތެދެއްބާއޭ ހިތަށް އެރި އެވެ. އެކަން ޔަޤީން ކުރުމަށް ފިނޭންސް މިނިސްޓްރީގެ ސޯޝަލް މީޑިއާ ހާވާލީމެވެ. އޭގައި ވެސް އެ ވާހަކަ ޖަހާފައި އޮއްވާ ފެނުމުން، އަދިވެސް ޔަޤީން ކުރުމަށް ދެލޯ ރަނގަޅަށް އުނގުޅާލުމަށް ފަހު ބަލާލީމެވެ. ހަމަ ތެދެކެވެ. އޭޑީބީ އާއެކު ދިވެހި ސަރުކާރުން އެ ސޮއި ކުރީ 50 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނު އެއްބަސްވުމެއްގައި އެވެ. 

އަހަރެން ހިތަށް އެރި އެވެ. ނޫނެވެ. ސަރުކާރުން ލޯނެއް ނުނަގާނެ އެވެ. އަދި އަމުދުން ރައީސް މުއިއްޒު އެހާ ހަރުކޮށް، އެހާ ގިނައިން އެ ވާހަކަފުޅު ވިދާޅުވެފައި އޮއްވައި، ދިވެހި ސަރުކާރުން ލޯނެއް ނުނަގާނެ އެވެ. ރައްޔިތުން ދަރުވާލާނެ ކަމެއް މި ސަރުކާރުން ނުކުރާނެ އެވެ. އެއަށް ވުރެ ރައްޔިތުން ދެކެ ލޯބިވާނެ އެވެ. ފަހަރުގައި، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު، ރައީސް މުއިއްޒު އަށް އެެނގުމެއް ނެތި ނެންގެވި ލޯނަކަށް ވެދާނެ ހެއްޔެވެ؟ އާނއެކެވެ. ވާނީ އެހެންނެެވެ. ރަނގަޅަށް މިކަން ބަލާއިރު ފިނޭންސް މިނިސްޓަރު އޮންނާނީ ރައީސް އަށް އޮޅުވާލައްވައިފަ އެވެ. 

އެ ޚިޔާލުގައި އިންދާ މީހަކު ބުންޏެވެ. ތިޔަ ބަލަނީ ކޯއްޗެއް ހެއްޔެވެ؟ ސިއްސައިގެން އަހަރެން ދައްކާލީ ފޯނުން ބަލަން އިން ޕޯސްޓެވެ. ފިނޭންސް މިނިސްޓްރީ އިން ސޯޝަލް މީޑިއާގައި ޖަހާފައިވާ ޕޯސްޓެވެ. އޭޑީބީ އާއެކު 50 މިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއި ކުރި ވާހަކަ އެވެ. އެ ދައްކާލާފައި އަހަރެން ބުނީމެވެ. މި ސަރުކާރުން ލޯނު ނުނަގާނެ ކަމަށް ރައީސް އެތައް ފަހަރަކު ވިދާޅުވެފައިވާއިރު، ފިނޭންސް މިނިސްޓަރު މިވަރުގެ ކަމެއް ކުރައްވަން ހެޔޮވާނެ ހެއްޔެވެ؟ ލޯނު ނަގަން ވާނެ ހެއްޔެވެ؟ މިއީ ރައްޔިތުންގެ ކުރިމަތީގައި ރައީސްގެ އަގު ވައްޓާލަން ކުރި ކަމެކެވެ. ނޫނީ މިއީ، ލޯނު ބަޣާވާތަކަށް ވާނެ އެވެ.

އޭނާ ބުންޏެވެ. މި ސަރުކާރުން ލޯނެއް ނުނަގާނެ އެވެ. އަހަރެން ބުނީމެވެ. އެހެން ހެއްޔެވެ؟ ދެން މީގައި މި ބުނަނީ ކޮން 50 މިލިއަން ޑޮލަރުގެ ވާހަކައެއް ހެއްޔެވެ؟ އަނެއްކާ ވެސް އޭނާ ބުނީ، މި ސަރުކާރުން ލޯނު ނުނަގާނެ ވާހަކަ އެވެ. ދެން ބުނީ އެއީ ލޯނެއް ނޫން ކަމަށެވެ. ނެގީ ލޯނެއް ނޫން ކަމަށެވެ. މި ސަރުކާރުން ނެގީ ޑޮލަރެވެ. އެއީ 50 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމެއް ނޫނެވެ. އެއީ 50 މިލިއަން ޑޮލަރުގެ، ޑޮލަރު ނެގުމުގެ އެއްބަސްވުމެކެވެ. އެހެންވީމާ، އެއީ ލޯނެއް ނޫންތާ އެވެ!

އާނއެކެވެ. އެއީ ލޯނެއް ނޫނެވެ. އެއީ ހަމަ ޑޮލަރެވެ. ސަރުކާރުން އެ ނެގީ ޑޮލަރެވެ.

މަގޭ ރިޕޯޓްޑރ. މުހައްމަދު މުއިއްޒު

އެންމެ ހިނގާ

1

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

2

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

3

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

4

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

5

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

އިތުރަށް ކިޔާލަން

27 އޯގަސްޓު 2026

މުއިއްޒޫ. "ރޯމާ ދުވާލު ތިޔަ ގޮވަނީ ލޮލަށް ބޮލަށް"

27 އޯގަސްޓު 2026
މުއިއްޒޫ. "ރޯމާ ދުވާލު ތިޔަ ގޮވަނީ ލޮލަށް ބޮލަށް"
25 އޯގަސްޓު 2026

ސަލީމްބެ ވިދާޅުވަނީ ޚަލީފާއިންގެ ވާހަކަ، ސަލީމްބެގެ ސަރުކާރު މި އުޅެނީ ކިހިނެއް؟

25 އޯގަސްޓު 2026
ސަލީމްބެ ވިދާޅުވަނީ ޚަލީފާއިންގެ ވާހަކަ، ސަލީމްބެގެ ސަރުކާރު މި އުޅެނީ ކިހިނެއް؟
24 އޯގަސްޓު 2026

ރައީސް މުއިއްޒު އަކީ އޮސްކާ ފެންވަރުގެ އެކްޓަރެއް!

24 އޯގަސްޓު 2026
ރައީސް މުއިއްޒު އަކީ އޮސްކާ ފެންވަރުގެ އެކްޓަރެއް!
23 އޯގަސްޓު 2026

މުއިއްޒު ލޮޖިކް: "ކާމިޔާބެއް ވިއްޔާ މަ" "ގޯހެއް ވިއްޔާ ކުރީ ސަރުކާރު"

23 އޯގަސްޓު 2026
މުއިއްޒު ލޮޖިކް: "ކާމިޔާބެއް ވިއްޔާ މަ" "ގޯހެއް ވިއްޔާ ކުރީ ސަރުކާރު"
23 އޯގަސްޓު 2026

ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި މާލޭގެ މަގުމަތިން ކާރު ޕާކު ކުރަން ދީފައި ހުރި ތަންތަން ވެރިކަމަށް އައިސް އުވާލީ: ބޮންޑާ

23 އޯގަސްޓު 2026
ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި މާލޭގެ މަގުމަތިން ކާރު ޕާކު ކުރަން ދީފައި ހުރި ތަންތަން ވެރިކަމަށް އައިސް އުވާލީ: ބޮންޑާ
23 އޯގަސްޓު 2026

ލެގޫންސްގެ އިންތިޚާބާ ގުޅިގެން ޖޭއެސްސީގެ ރައީސް ހުސްނީ ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެ ރައީސް މުއިއްޒު އަށް ސިޓީއެއް ފޮނުވައިފި

23 އޯގަސްޓު 2026
ލެގޫންސްގެ އިންތިޚާބާ ގުޅިގެން ޖޭއެސްސީގެ ރައީސް ހުސްނީ ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެ ރައީސް މުއިއްޒު އަށް ސިޓީއެއް ފޮނުވައިފި
20 އޯގަސްޓު 2026

ސާޖިދާއަށް އައިމިނަ؟!، މުހައްމަދަށް އަހައްމަދު؟!

20 އޯގަސްޓު 2026
ސާޖިދާއަށް އައިމިނަ؟!، މުހައްމަދަށް އަހައްމަދު؟!
19 އޯގަސްޓު 2026

މުއިއްޒު ބޭބެ ހާދަ ކޫލް އޭ، އިނގިރޭސި ބަހަށް ހާދަ މޮޅޭ

19 އޯގަސްޓު 2026
މުއިއްޒު ބޭބެ ހާދަ ކޫލް އޭ، އިނގިރޭސި ބަހަށް ހާދަ މޮޅޭ
18 އޯގަސްޓު 2026

މިނިވަން ދުވަހު ނަފުރަތާއި ރުޅިއެރުވުން، ޤައުމީ ދުވަހު އެއްބައިވަންތަކަމާއި އެކުވެރިކަން!

18 އޯގަސްޓު 2026
މިނިވަން ދުވަހު ނަފުރަތާއި ރުޅިއެރުވުން، ޤައުމީ ދުވަހު އެއްބައިވަންތަކަމާއި އެކުވެރިކަން!
17 އޯގަސްޓު 2026

މަޝްރޫއުތަކުގެ ހިންގުން ސުމެއްގައި، އެކަމަކު ފެންނަނީ ކޮންމެ ކަމެއްގައި ކްރެޑިޓްނަގަން އުޅޭތަން!

17 އޯގަސްޓު 2026
މަޝްރޫއުތަކުގެ ހިންގުން ސުމެއްގައި، އެކަމަކު ފެންނަނީ ކޮންމެ ކަމެއްގައި ކްރެޑިޓްނަގަން އުޅޭތަން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް