Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ސާޖިދާއަށް އައިމިނަ؟!، މުހައްމަދަށް އަހައްމަދު؟!

20 އޯގަސްޓު 2026 | ބުރާސްފަތި 10:24

މާޒީގައި ނޫސްވެރިކަމުގެ މިނިވަންކަން ހިފަހައްޓާފައި އޮތް ނަމަވެސް، މިއަދުގެ ހާލަތު ބަދަލުވެ ނޫސްވެރިންނާއި ރައްޔިތުން ބިރުވެރިކަން ފަހަނައަޅައި ގޮސްފައިވާކަން މި ލިޔުމުގައި ފާހަގަކޮށްފައިވޭ.. އެހެންކަމުން، ގާނޫނުތަކާއި އަމުރުތަކުން ނޫސްވެރިކަން ހިފަހައްޓައި ހަގީގަތް އޮޅުވައިނުލެވޭނެކަމަށް ބުނެ، މިނިވަންކަމަށް ހުރަސްނޭޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މި ލިޔުމުގައި އިލްތިމާސްކޮށްފައިވޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 20 އޯގަސްޓު 2026 | ބުރާސްފަތި 10:24
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު | ރައީސް އޮފީސް

ހަނދާނަށް އަންނަނީ އަހަރެމެން ނޫސްވެރިކަމަށް ފަށައިގެން ދުވަސްވަރުގެ މަތިންނެވެ. އޭރުގެ ކަންކަން ހުރިގޮތް ހިތަށް އައީމާ، ބޭއިޚުތިޔާރުގައި ފާޑަކަށް ހިނިވެސް އާދެ އެވެ. އޭރުގެ ހާލަތުންނެވެ. އެކަން އޮތް ގޮތުންނެވެ.

އޭރު ހިނގި އެއްކަމެއް އިއްޔެ ހިނގި ކަމެއްހެން ހަނދާނުގައި އަބަދުވެސް ހުރެ އެވެ. މަޝްހޫރު ސެޕްޓެމްބަރު 19 އެވެ. ޖަލުގައި އަނިޔާކޮށް މަރާލި އީވާން ނަސީމުގެ މަރަށް ފަހު ހިނގާދިޔަ ކަންކަމެވެ. މާލޭގެ މަގުތަކަށް މީހުން އެއްވެ ހިންގި ކަންކަމާއި ޖަލުގައި ބަޑިޖެހުމުގެ ހާދިސާ އެވެ.

ފަހަރެއްގައި ވެސް މިއުޅެނީ އެ ހާދިސާ ނަގަނަގައިގެން އައުކުރާކަށް ނޫނެވެ. އެކަމާ ގުޅިގެން ހިނގި އެހެންކަމެއްގެ ވާހަކަ ދައްކާށެވެ.

އޭރު އުޅުނު ނޫހަށް އެ ރޭ ވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އުޅުއްވާ ބޭފުޅެކެވެ. އާއްމުކޮށް ވަޑައިގަންނަވާ ބޭފުޅެކެވެ. ނޫހުގެ ބޭރުގަނޑުގައި ޖަހަން ޖެހޭ ޚަބަރާއި ތިން ކޮލަމަށް ދަމާލާފައި ޖަހަންޖެހޭ ފޮޓޯފުޅު ރީ-ރައިޓަބްލް ސީޑީއެއްގައި އަބަދުވެސް ގެންނަވާ ބޭފުޅާ އެވެ.

ގެންނެވީ ސިޓީ އުރައެކެވެ. އޭގައި އޮތީ އެންގެވުމެކެވެ. ވަރަށް ކުރު އެހާމެ ސާދާ، އެކަމަކު ބާރުހުރި އިންޒާރެކެވެ.

ޖުމްލަކޮށް އެ އިންޒާރުގައި ބުނެފައިވަނީ "މިއަދު ހިނގާ ދިޔަ ކަންކަމާއި އެ ހާދިސާއާ ގުޅިގެން ހިނގާ ކަންކަމުގެ ވާހަކަ ލިޔާނީ ރައީސް އޮފީހުން އެންގެވި ގޮތަކަށް އަންގަވާ އެއްޗެއް" ކަމަށެވެ.

މިއީ އޭރުގެ ހާލަތެވެ. ނޫސްތަކުގައި ލިޔެވޭނެ އެއްޗިއްސާ ކަވަރ ކުރެވޭނެ މިންވަރު ނިންމާނީ އެޑިޓޯރިއަލް ބޯޑަކުން ނޫނެވެ. ނޫންނަމަ ޚަބަރު ލިޔާ ނޫސްވެރިޔާގެ ލޮލަށް ފެނުނަސް އަދި އެ ޚަބަރެއް ނުލިޔެވޭނެ އެވެ.

މިކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެއްބޭފުޅާ އިއްތިފާގުން މިއަދު އެހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަމަންޓް ސްޕޯކްސްޕާސަން އަކަށެވެ. މުހައްމަދު ހުސައިން ޝަރީފް ( މުންދު) އެވެ. އެއަށްވުރެ މާބޮޑު އިއްތިފާގެއް ވެސް އެބައޮތެވެ. ޚަބަރާއި ފޮޓޯފުޅު ސީޑީއަކަށް އަޅުއްވައިގެން ނޫހަށް އޭރު ގެންނެވީ ވެސް މުންދު ކަމަށް ވުމެވެ. ކިހާ ބޮޑު އިއްތިފާގެއް ހެއްޔެވެ.

އެއީ އޭރު އޮތް ހާލަތެވެ. އެކަމަކު މަޑުމަޑުން ލަސްލަހުން، ކަމަކަށްފަހު ކަމަކުން ގޮސް ނޫސްވެރިން ތޮށިގަނޑު ފަޅާލައިފި އެވެ. ސަރުކާރުން ބާއްވާ ޕްރެސް ކޮންފަރެންސްތަކުގައި ސަރުކާރުން ދޭހާ ސުވާލެއް، ނޫންނަމަ ސަރުކާރުން އެދޭހާ ސުވާލެއް ނުކޮށް ނޫސްވެރިން ބޭނުންވާ ސުވާލު ވެސް ކުރަން ފެށުނެވެ. ކަންކަން ހޯދާން ފެށި އެވެ. ތަހުގީގީ ނޫސްވެރިކަން ވެސް ތައާރަފުވި އެވެ. ފެންނަ މަންޒަރާއި އިވޭ އަޑުގެ މައްޗަށް ހަގީގަތް ހާމަކުރަން ފެށި އެވެ. ސަރުކާރުގެ ވެރިންނާއި ވަޒީރު ބޭފުޅުންގެ ވާހަކަތަކުގެ އިތުރުން އެހެން މީހުން ބުނާ ވާހަކަތަކާއި އިންޓަރވިއުތައް ޝާއިއު ކުރާން ފެށުނެވެ. ޚަބަރާ ރިޕޯޓާ ގުޅޭ ފޮޓޯތައް ވެސް ޖަހަން ފެށުނެވެ.

ނޫސްވެރިން ތޮށިގަނޑު ފަޅާލާފައި ނުކުމެވުނީ އެހެން ބަޔަކު ވެސް ކަށިން ހިތްވަރު ނެރުނީތީ އެވެ. އާއްމު ރައްޔިތު މީހާ އެވެ. ސިޔާސީ ވާހަކަ ދައްކަން ނުވަތަ ސަރުކާރާ އިދިކީލި ޚަބަރުތައް ކިޔަން ނޫންނަމަ އަހަން ބިރު ގަންނަ ރައްޔިތު މީހާގެ ބިރު ވެސް ފަހަނައަޅާ ދިޔައީތީ އެވެ. އެތައް އުނދަގުލެއް ހުރަސްކޮށް ސިއްރު ސިއްރުން "ދިވެހި އޮބްޒަރވަރ" ބަލަން ފެށީތީ އެވެ. އެކަން ނުހުއްޓުވި ސަރުކާރާއި ސަރުކާރު އަޑީގައި އޮވެގެން ނެރެންފެށި "ފެކްޓް މޯލްޑިވްސް" އާއި "ދަ މޯލްޑިވްސް" ވެސް ވައިގާ ހިފީތީ އެވެ. "މިނިވަން ނޫހާއި"، "އަށްޑުވަސް މައްޖަލާ" ގައި ޖަހަންފެށި ކަހަލަ އާޓިކަލްތަކުގެ ރައްދު، ހަމަ އެގޮތައް ސަރުކާރު ހިންގާ ޑީއާރުޕީން ނެރެމުންދިޔަ "ހަމަރޯޅި" ގައި ވެސް ޖަހަން ފެށުމުންނެވެ. 

އިސާހިތަކު ނޫސްވެރިކަމުގެ މިނިވަންކަން ލިބުނެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ހިފާން ފެށި އެވެ. ގޭތެރޭގެ ހަތަރު ފާރު އެތެރޭގައާއި ރާއްޖެއިން ބޭރުގައި ތިބެގެން ސިއްރު ސިއްރުން ދައްކަމުންދިޔަ ވާހަކަތައް ހާމަ ތަންތާ ތިބެގެން ވެސް ދައްކާން ފެށީ އެވެ. ބޮޑެތި ޖަލްސާތަކުގެ ޕޯޑިއަމްތަކުގައި އަޑުގެ ކޮޅަށް ގޮވާން ފެށި އެވެ.

ކައްގަލަށް ދިގު ކުރަން ހާސަރުތަކެއް ނުދަމާ ސީދާ ޕޮއިންޓަށް ޖެހިލާނަމެވެ. ހަމަ ސީދާ ޕޮއިންޓުގަ އެވެ. ބޭރުބޭރުން ނޫޅެ ފަހުމް ވާ ވަރަށް ތިލަކޮށެވެ. ސީދާ ވަލިއްޔުލް އަމުރާ ގުޅުވާލާފަ އެވެ. މި ބުނާ މިނިވަންކަން ލިބިދިން އައު ގާނޫން އަސާސީގެ ދަށުން މިހާރު ވެރިކަން ކުރައްވަން ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް މުޚާތަބު ކޮށެވެ. ނަސޭހަތަކަށް ބެލިއަސް ނޫންނަމަ އިންޒާރެކޭ ހިތިއަސް ފަރުވާލެއް ނެތި އެވެ.

ރައީސް މުއިއްޒު އެވެ. މިއީ އެ ޒަމާނެއް ނޫނެވެ. ހެދޭ ޤާނޫނަކުން، ނެރެވޭ "ގެގް އޯޑަރަކުން" އަނގަ ބަންދުކުރެވޭނޭ ޒަމާނެއް ނޫނެވެ. ކަންއޮތްގޮތް، ކަން ހިނގާ ގޮތް ހާމަކުރިއަނުދީ މިއަދަކު އޮތްބެއް ނޭޅުވޭނެ އެވެ. އަދި އާއްމު ކުރާން ބޭނުން ނުވިއަސް އެތެރެ ކޮއިލުގެ ވާހަކަތަކެއް ވެސް މިއަދަކު ސިއްރެއް ނުވާނެ އެވެ. ހިފަހައްޓައިގެނެއް ވެސް ނުތިބެވޭނެމެ އެވެ. ނޫސްވެރިން ލައްވާ ބޭނުންހާ އެއްޗެއް ވެސް ނުލިޔުއްވޭނެ އެވެ. އެ ވެރިން ލައްވާ ރޭގަނޑަށް ދުވާލެކޭ ނުބުނުއްވޭނެ އެވެ. ހާމަޔަށް ފެންނަގޮތައް އެއްޗެއްގެ އަގު 23 ރުފިޔާއަށް ހުއްޓާ އޭގެ އަގަކީ 15 ރުފިޔާއެކޭ އަމުދަކުން ނުބުނެވޭނެ އެވެ. ކިތަންމެ ޤާނޫނެއް ހެދިއަސް، ކިތަންމެ ހިކި އަމުރެއް ކުރިއަސް، އަދި އަދަބަކަށް އުލުބައިންދާ ދަށުން އެންދިއަސް އެކަމެއް މިހާރަކު އެހެނެއް ނުހިނގާނެ އެވެ. އެކަން އެންމެ ރަނގަޅަށް އެނގޭނެ އެއްބޭފުޅަކީ ތަރުޖަމާން މުންދުއެވެ. ހަމަ އެބީދައިން "ސާޖިދާ އަކަށް އައިމިނައެކޭ" "މުހައްމަދަކަށް އަހައްމަދެކޭ" ނުބުނެވޭނެ އެވެ. ސާޖިދާ ވާނީ ސާޖިދާ އަށެވެ. މުހައްމަދު ވާނީ ހަމަ މުހައްމަދަށެވެ. ވަރަށް ސަލާމެވެ.

ޕްރެސް ފްރީޑަމްޑރ. މުހައްމަދު މުއިއްޒު

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

19 އޯގަސްޓު 2026

ޑޮލަރުގެ ކަޅު ބާޒާރުގެ އަގުތައް އާންމުކުރާ މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމަށް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތައް އަނބުރާ ގެންދަން ފައިސަލް ގޮވާލައްވައިފި

19 އޯގަސްޓު 2026
ޑޮލަރުގެ ކަޅު ބާޒާރުގެ އަގުތައް އާންމުކުރާ މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމަށް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތައް އަނބުރާ ގެންދަން ފައިސަލް ގޮވާލައްވައިފި
18 އޯގަސްޓު 2026

މިނިވަން ދުވަހު ނަފުރަތާއި ރުޅިއެރުވުން، ޤައުމީ ދުވަހު އެއްބައިވަންތަކަމާއި އެކުވެރިކަން!

18 އޯގަސްޓު 2026
މިނިވަން ދުވަހު ނަފުރަތާއި ރުޅިއެރުވުން، ޤައުމީ ދުވަހު އެއްބައިވަންތަކަމާއި އެކުވެރިކަން!
17 އޯގަސްޓު 2026

މަޝްރޫއުތަކުގެ ހިންގުން ސުމެއްގައި، އެކަމަކު ފެންނަނީ ކޮންމެ ކަމެއްގައި ކްރެޑިޓްނަގަން އުޅޭތަން!

17 އޯގަސްޓު 2026
މަޝްރޫއުތަކުގެ ހިންގުން ސުމެއްގައި، އެކަމަކު ފެންނަނީ ކޮންމެ ކަމެއްގައި ކްރެޑިޓްނަގަން އުޅޭތަން!
15 އޯގަސްޓު 2026

އިސްލާމްދީނާ ޚިލާފު ގާނޫނެއް އުފަން ނުކުރެވޭނެ ފަދަ ނިޒާމެއް ގާއިމުކުރަން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު، މިހުރިހާ ދުވަހު މިގައުމުގައި އޮތީ ކޮން ނިޒާމެއްތޯ؟

15 އޯގަސްޓު 2026
އިސްލާމްދީނާ ޚިލާފު ގާނޫނެއް އުފަން ނުކުރެވޭނެ ފަދަ ނިޒާމެއް ގާއިމުކުރަން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު، މިހުރިހާ ދުވަހު މިގައުމުގައި އޮތީ ކޮން ނިޒާމެއްތޯ؟
15 އޯގަސްޓު 2026

ޤައުމީ އިނާމު 3 ބޭފުޅަކަށާއި ޖަމުއިއްޔާއަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 7 ބޭފުޅަކަށާއި ކުންފުންޏަކަށް ދެއްވައިފި‏

15 އޯގަސްޓު 2026
ޤައުމީ އިނާމު 3 ބޭފުޅަކަށާއި ޖަމުއިއްޔާއަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 7 ބޭފުޅަކަށާއި ކުންފުންޏަކަށް ދެއްވައިފި‏
11 އޯގަސްޓު 2026

ކޯފާވެގެން ހަޅޭ ފަޅޭ ޖެއްސެވިޔަސް ކަމަކު ނުދާނެ، އިސްލާޙު ވެވަޑައިގަންނަވަންވީ އަމިއްލަފުޅަށް!

11 އޯގަސްޓު 2026
ކޯފާވެގެން ހަޅޭ ފަޅޭ ޖެއްސެވިޔަސް ކަމަކު ނުދާނެ، އިސްލާޙު ވެވަޑައިގަންނަވަންވީ އަމިއްލަފުޅަށް!
11 އޯގަސްޓު 2026

ރައްޔިތުންނަށް މިހާރު މި ފެނިގެން ދަނީ ރައީސް މުއިއްޒު އެމަނިކުފާނުގެ ޒިންމާ އިން ބަރީއަވެވަޑައިގަންނަވާ މަންޒަރު: އަލީ ހުސެއިން

11 އޯގަސްޓު 2026
ރައްޔިތުންނަށް މިހާރު މި ފެނިގެން ދަނީ ރައީސް މުއިއްޒު އެމަނިކުފާނުގެ ޒިންމާ އިން ބަރީއަވެވަޑައިގަންނަވާ މަންޒަރު: އަލީ ހުސެއިން
10 އޯގަސްޓު 2026

މަޝްރޫއުތައް ނުހިނގާތީ ރައީސް މުއިއްޒު ކޯފާ އިސްކުރައްވައި ވަޒީރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ

10 އޯގަސްޓު 2026
މަޝްރޫއުތައް ނުހިނގާތީ ރައީސް މުއިއްޒު ކޯފާ އިސްކުރައްވައި ވަޒީރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ
10 އޯގަސްޓު 2026

ގެއްލުނު ސިފައިންގެ މީހާ އާއި ފުލުސް މީހާގެ އާއިލާއަށް މިހާތަނަށް ރައީސް މުއިއްޒު ހަމްދަރުދީ ފާޅުކުރެއްވުމުގެ ގޮތުން ގުޅުއްވާފައިނުވޭ!

10 އޯގަސްޓު 2026
ގެއްލުނު ސިފައިންގެ މީހާ އާއި ފުލުސް މީހާގެ އާއިލާއަށް މިހާތަނަށް ރައީސް މުއިއްޒު ހަމްދަރުދީ ފާޅުކުރެއްވުމުގެ ގޮތުން ގުޅުއްވާފައިނުވޭ!
10 އޯގަސްޓު 2026

ރައީސް މުއިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، 60 މިލިއަނަށް ވުރެ ގިނަ ރުފިޔާ ބޭނުން ކުރައްވާފައިވަނީ ގަސް ގަންނަން: މޭޔަރު އާޒިމް

10 އޯގަސްޓު 2026
ރައީސް މުއިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، 60 މިލިއަނަށް ވުރެ ގިނަ ރުފިޔާ ބޭނުން ކުރައްވާފައިވަނީ ގަސް ގަންނަން: މޭޔަރު އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް