Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓު

މިނިވަން ދުވަހު ނަފުރަތާއި ރުޅިއެރުވުން، ޤައުމީ ދުވަހު އެއްބައިވަންތަކަމާއި އެކުވެރިކަން!

18 އޯގަސްޓު 2026 | އަންގާރަ 05:47

ހަދަންވީ ކިހިނެއް ހެއްޔެވެ؟ މިނިވަން ދުވަހުގެ ޖަލްސާގައި ފެތުރެއްވީ ނަފުރަތާއި، ހަސަދަ އެވެ. ޤައުމީ ދުވަހުގެ ޖަލްސާގައި އެ ދެއްކެވީ އެކުވެރިކަމާއި އެއްބައިވަންތަކަން އިސްކުރުމުގެ ވާހަކަ އެވެ. ގޮވާލެއްވީ ދެ ކަމަކަށެވެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 އޯގަސްޓު 2026 | އަންގާރަ 05:47
ޤައުމީ ދުވަހުގެ ޖަލްސާގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ޤައުމީ ދުވަހުގެ ޖަލްސާގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ | ރައީސް އޮފީސް

ޤައުމުގެ ރައީސް ދައްކަވާ ވާހަކަފުޅުތަކަކީ ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރި ވާހަކަފުޅު ތަކަކަށް ވާން ޖެހޭނެ އެވެ. ޤައުމުގެ ރައްޔިތުންނަށް މިސާލު ދައްކަވަން ހުންނަވާ އެންމެ އިސް ބޭފުޅަކީ ރައީސް އެވެ. ޤައުމުގެ ރައްޔިތުންނަށް ހެޔޮ ނަސޭހަތް ދެއްވައި، ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި، އެއްބައިވަންތަކަން އާލާ ކުރުމުގެ އެންމެ ބޮޑު ޒިންމާއެއް އަދާކުރައްވާނީ ވެސް ރައީސް އެވެ. ރައީސްގެ ކުރިފުޅުމަތީގައި ޤައުމުގެ ހުރިހާ ރައްޔިތުން ވާާންވާާނީ ހަމަހަމަ އެވެ. ވަކި ކުލަ އަކަށް ވެގެން، ވަކި ފިކުރަކަށް ވަކި ގޮތެއް އަމުދުން އޮވެގެން ނުވާނެ އެވެ. 

ޤައުމީ ދުވަސް ފާހަގަ ކުރުމަށް ހއ.އުތީމުގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަަފުޅުގައި ގޮވާލެއްވީ، އެކުވެރިކަމާއި އެއްބައިވަންތަކަން އިސް ކުރުމަށެވެ. ޤައުމީ ކަންކަމުގައި އެކުވެރިކަން އިސް ކުރުމުގެ މުހިންމު ކަމުގެ ވާހަކަ އެވެ. އަޅުގަނޑު ހިތަށް އެރި އެވެ. މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހު މިނިވަސް ދުވަސް ފާހަގަ ކުރުމަަށް ބޭއްވި ޖަލްސާގައި ރައީސް އެ ދެއްކެވީ ދެން ކޮން ވާހަކަފުޅެއްތޯ އެވެ؟

މިނިވަން ދުވަހު ރައީސްގެ ތަޤުރީރުގައި ވަނީ ހައްތަހާ ވެސް، ނަފުރަތާއި ރުޅިވެރިކަމެވެ. މިނިވަން ދުވަހުގެ ތަޤުރީރު ރައީސް ހޭދަކުރެއްވީ، އިދިކޮޅު ޕާޓީ އަށް އެއްޗެތި ވިދާޅުވުމުގަ އެވެ. ގަދަ އަޑުފުޅުން ނުހަނު ކޯފާވެ ހުންނަވައިގެންނެވެ. އިދިކޮޅު ޕާޓީތަކުން ވެރިކަން ކޮށްފައިވާ ގޮތާއި، އިދިކޮޅު ފަރާތްތަކަށް ރައީސްގެ ހިތްޕުޅުގައި އޮތް ހަސަދަ އާއި ނަފްރަތު ދައްކުވައިދެއްވީ މިނިވަން ދުވަހުގެ ތަޤުރީރުގައި އެވެ. އިދިކޮޅު ޕާޓީ އަކީ ލާދީނީ ބައެއް ކަމަށާއި، އިދިކޮޅު ޕާޓީ އަކީ އިސްލާމްދީނާ ދެކޮޅު ބައެއް ކަމަަށް ރައީސްގެ ތަޤުރީރުގައި ވިދާޅުވީ ވެސް، މިނިވަން ދުވަހު އެވެ. 

އެ ދުވަހުގެ މުޅި ތަޤުރީރު ބިނާވެފައި އޮތީ މިހެންނެވެ. އެ ތަޤުރީރަށް ފަހު މުޅި ޤައުމުގައި ދެއްކީ ވެސް އެ ވާހަކަ އެވެ. މުޅި ޤައުމުގަައި ވެސް ފެތުރުނީ ނަފުރަތެވެ. ހަސަދަ އެވެ. މުޅި ޤައުމުގައި އޮތީ ބައިބައިވުން އުފެދިފައި އެވެ. ސަބަބަކީ ރައީސްގެ ތަޤުރީރެވެ. ރައީސް ދެއްކެވި ވާހަކަފުޅަކުންނެވެ. ރައީސްގެ މިނިވަން ދުވަހުގެ ތަޤުރީރުގެ ސަބަބުން އެތައް ބަޔަކު ހިތާމަ ކުރި އެވެ. އެތައް ބަޔަކު ބުނަމުން ގެންދިޔައީ، ރައީސްގެ ފަރާތްޕުޅުން ފެނުނީ، ރައީސުލްޖުމްްހޫރިއްޔާގެ މަގާމަށް ހުތުރު މަންޒަރެއް ކަމަށެވެ. 

ނަމަވެސް އޭގެ މަސް ދުވަސް ނުވަނީސް، އޮގަސްޓު މަހުގެ 15 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ރައީސް އެ ގޮވާލެއްވީ އެކުވެރިވުމަށެވެ. އެކުވެރިކަމާއި، އެއްބައިވަންތަކަން އިސް ކުރުމަށެވެ. ޤައުމީ ޖޯޝުގައި ހުންނަވައި ރައީސް އެ ވިދާޅުވީ، ހުރިހާ ދިވެހި ރައްޔިތުން އެއްބައިވަންތަކަން އިސްކުރުމަށެވެ. އެއް މަސް ދުވަހުގެ ތެރޭގައި ރައީސް ދެއްކެވި ދެ ވާހަކަފުޅަކުން، ރައީސްގެ ވާހަކަފުޅު ބަދަލުވެފައިވާ ވަރު ފެނި އަޖައިބު ނުވަނީ ކާކު ހެއްޔެވެ؟ ބައިބައިވާނެ އެންމެހައި ކަންކަމުން ދުރުވުމަށް ރައީސް އިލްތިމާސް ކުރެއްވިއިރު، ތަޤުރީރު ތަކުގައި ނަފުރަތު އުފެދޭނެހެން ވާހަކަފުޅު ދައްކަވައިގެން، ރައީސް އަށް ވުރެ ބޮޑަށް ބައިބައިވުން އުފައްދަވާ ބޭފުޅަކު އެބަ ހުންނެވި ހެއްޔެވެ؟

ހަދަންވީ ކިހިނެއް ހެއްޔެވެ؟ މިނިވަން ދުވަހުގެ ޖަލްސާގައި ފެތުރެއްވީ ނަފުރަތާއި، ހަސަދަ އެވެ. ޤައުމީ ދުވަހުގެ ޖަލްސާގައި އެ ދެއްކެވީ އެކުވެރިކަމާއި، އެއްބައިވަންތަކަން އިސްކުރުމުގެ ވާހަކަ އެވެ. ގޮވާލެއްވީ ދެ ފަހަރު، ދެ ކަމަކަށެވެ. 

މަގޭ ރިޕޯޓްޑރ. މުހައްމަދު މުއިއްޒު

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

17 އޯގަސްޓު 2026

މަޝްރޫއުތަކުގެ ހިންގުން ސުމެއްގައި، އެކަމަކު ފެންނަނީ ކޮންމެ ކަމެއްގައި ކްރެޑިޓްނަގަން އުޅޭތަން!

17 އޯގަސްޓު 2026
މަޝްރޫއުތަކުގެ ހިންގުން ސުމެއްގައި، އެކަމަކު ފެންނަނީ ކޮންމެ ކަމެއްގައި ކްރެޑިޓްނަގަން އުޅޭތަން!
15 އޯގަސްޓު 2026

އިސްލާމްދީނާ ޚިލާފު ގާނޫނެއް އުފަން ނުކުރެވޭނެ ފަދަ ނިޒާމެއް ގާއިމުކުރަން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު، މިހުރިހާ ދުވަހު މިގައުމުގައި އޮތީ ކޮން ނިޒާމެއްތޯ؟

ޤައުމީ އިނާމު 3 ބޭފުޅަކަށާއި ޖަމުއިއްޔާއަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 7 ބޭފުޅަކަށާއި ކުންފުންޏަކަށް ދެއްވައިފި‏

15 އޯގަސްޓު 2026
ޤައުމީ އިނާމު 3 ބޭފުޅަކަށާއި ޖަމުއިއްޔާއަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 7 ބޭފުޅަކަށާއި ކުންފުންޏަކަށް ދެއްވައިފި‏
11 އޯގަސްޓު 2026

ކޯފާވެގެން ހަޅޭ ފަޅޭ ޖެއްސެވިޔަސް ކަމަކު ނުދާނެ، އިސްލާޙު ވެވަޑައިގަންނަވަންވީ އަމިއްލަފުޅަށް!

11 އޯގަސްޓު 2026
ކޯފާވެގެން ހަޅޭ ފަޅޭ ޖެއްސެވިޔަސް ކަމަކު ނުދާނެ، އިސްލާޙު ވެވަޑައިގަންނަވަންވީ އަމިއްލަފުޅަށް!
11 އޯގަސްޓު 2026

ރައްޔިތުންނަށް މިހާރު މި ފެނިގެން ދަނީ ރައީސް މުއިއްޒު އެމަނިކުފާނުގެ ޒިންމާ އިން ބަރީއަވެވަޑައިގަންނަވާ މަންޒަރު: އަލީ ހުސެއިން

11 އޯގަސްޓު 2026
ރައްޔިތުންނަށް މިހާރު މި ފެނިގެން ދަނީ ރައީސް މުއިއްޒު އެމަނިކުފާނުގެ ޒިންމާ އިން ބަރީއަވެވަޑައިގަންނަވާ މަންޒަރު: އަލީ ހުސެއިން
10 އޯގަސްޓު 2026

މަޝްރޫއުތައް ނުހިނގާތީ ރައީސް މުއިއްޒު ކޯފާ އިސްކުރައްވައި ވަޒީރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ

10 އޯގަސްޓު 2026
މަޝްރޫއުތައް ނުހިނގާތީ ރައީސް މުއިއްޒު ކޯފާ އިސްކުރައްވައި ވަޒީރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ
10 އޯގަސްޓު 2026

ގެއްލުނު ސިފައިންގެ މީހާ އާއި ފުލުސް މީހާގެ އާއިލާއަށް މިހާތަނަށް ރައީސް މުއިއްޒު ހަމްދަރުދީ ފާޅުކުރެއްވުމުގެ ގޮތުން ގުޅުއްވާފައިނުވޭ!

10 އޯގަސްޓު 2026
ގެއްލުނު ސިފައިންގެ މީހާ އާއި ފުލުސް މީހާގެ އާއިލާއަށް މިހާތަނަށް ރައީސް މުއިއްޒު ހަމްދަރުދީ ފާޅުކުރެއްވުމުގެ ގޮތުން ގުޅުއްވާފައިނުވޭ!
10 އޯގަސްޓު 2026

ރައީސް މުއިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، 60 މިލިއަނަށް ވުރެ ގިނަ ރުފިޔާ ބޭނުން ކުރައްވާފައިވަނީ ގަސް ގަންނަން: މޭޔަރު އާޒިމް

10 އޯގަސްޓު 2026
ރައީސް މުއިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، 60 މިލިއަނަށް ވުރެ ގިނަ ރުފިޔާ ބޭނުން ކުރައްވާފައިވަނީ ގަސް ގަންނަން: މޭޔަރު އާޒިމް
04 އޯގަސްޓު 2026

ކަށި ނެތް ދުލެއް އޮތީތީ، ހަމަ ވާހަކަ ދެއްކިޔަސް ކަމަކު ނުދާނެ، ލަދުވެތިކަމާއި އިޚުލާސްތެރިކަން ވެސް ހުންނަން ޖެހޭނެ!

04 އޯގަސްޓު 2026
ކަށި ނެތް ދުލެއް އޮތީތީ، ހަމަ ވާހަކަ ދެއްކިޔަސް ކަމަކު ނުދާނެ، ލަދުވެތިކަމާއި އިޚުލާސްތެރިކަން ވެސް ހުންނަން ޖެހޭނެ!
27 ޖުލައި 2026

ސިޔާސީ ގޮތުން ޚިޔާލު ތަފާތުވާ މީހުންނަކީ އިސްލާމުން ނޫން ކަމަށް ދޭހަވާ ފަދަ ބަސްމަގު ބޭނުންކުރުމަކީ ގައުމުގެ ފޭރާން ހަލާކުވާނެ ކަމެއް: ޝާހިދު

27 ޖުލައި 2026
ސިޔާސީ ގޮތުން ޚިޔާލު ތަފާތުވާ މީހުންނަކީ އިސްލާމުން ނޫން ކަމަށް ދޭހަވާ ފަދަ ބަސްމަގު ބޭނުންކުރުމަކީ ގައުމުގެ ފޭރާން ހަލާކުވާނެ ކަމެއް: ޝާހިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް