Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

އިގްތިސާދީ ހާލަތު ބޮއްސުންލާފައިވާތީ މާލިއްޔަތު ކޮމިޓީ އިން އެމްއެމްއޭއާ އެކު ބޭއްވި ބައްދަލުވުން ސިއްރުކޮށްފި

16 އޯގަސްޓު 2026 | އާދީއްތަ 12:06

ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރާއި އިގްތިސާދީ ހާލަތާ ގުޅޭގޮތުން އެމްއެމްއޭގެ ގަވަރުނަރު މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަން އެމްޑީޕީން އެދުނީ ޑޮލަރުގެ އަގު އުފުލި ކަޅު ބާޒާރެއް އުފެދިފައިވާތީ. މި މައްސަލައިގައި ސަރުކާރުން ދެފުށްފެންނަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުން. އެހެންކަމުން، ބޭރު ފައިސާގެ ގަވާއިދުތައް ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތައް ސާފުކުރުމަކީ މުހިންމު ކަމެއް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 16 އޯގަސްޓު 2026 | އާދީއްތަ 12:06
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ކުރީގެ ބައްދަލުވުމެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ކުރީގެ ބައްދަލުވުމެއްގެ ތެރެއިން | މަޖިލިސް

ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތާއި، މަނިޓަރީ ސިޔާސަތުގެ ދަށުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ކޮމިޓީ ބައްދަލުވުން ސިއްރުކޮށްފި އެވެ.

އާދިއްތަ ދުވަހު ބޭއްވި މި ބައްދަލުވުން ސިއްރުކޮށްފައިވާ ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ.

Advertisement - newsAdvertisement

ރާއްޖޭގެ ބޭރު ފައިސާގެ އެކްސްޗޭންޖް ރޭޓްގެ ހާލަތު ގޯސްވުމުގެ ސަބަބުން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު މަޖިލީހަށް ހާޒިރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ކިބައިން އެމްޑީޕީއިން ވަނީ 2026 އޯގަސްޓް 11 ގައި އެދިފަ އެވެ.

މިގޮތުން ދިރިއުޅުމުގެ ހަރަދު އިތުރުވަމުންދާ މައްސަލަ އާއި ރާއްޖޭގަ ފޮރިން އެކްސްޗޭންޖް މާކެޓެއް ހާމަކަން ބޮޑު ގޮތެއްގައި އޮޕަރޭޓް ކުރަމުންދާ ކަމުގެ ކަންބޮޑުވުން އެމްޑީޕީއިން ވަނީ ފާޅުކޮށްފަ އެވެ. އަދި އެމްއެމްއޭއިން އެކަށީގެންވާ ފިޔަވަޅު އަޅަމުންދާނަމަ ޑޮލަރުގެ މާކެޓް ރޭޓް އުފުލެމުން ދަނީ ކީއްވެ ކަމާމެދު އެމްޑީޕީއިން ވަނީ ސުވާލު އުފައްދާފަ އެވެ.

ހަމައެއާއެކު ބޭރު ފައިސާގެ ބާޒާރަށް އަންނަ ބަދަލުތަކާއި ބޭރު ފައިސާގެ ކަޅު ބާޒާރެއް އުފެދިފައިވާތީ އެކަމާ ގުޅޭ ގޮތުން އެމްއެމްއޭގެ ގަވަރުނަރާއި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް އާއި ބައްދަލު ކުރުމަށް މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވަނީ ހުށަހަޅުއްވާފަ އެވެ.

ކުޑޫ ވިދާޅުވި ގޮތުގައި ބޭރު ފައިސާއާ ބެހޭ ގާނޫނެއް 2025 ޖެނުއަރީ 1 އިން ފެށިގެން އަމަލުކުރަން ފަށައިފައިވީ ނަމަވެސް އެ ގާނޫނު ތަންފީޒުކުރުމުގައި ދިމާވެފައިވާ ނިޒާމީ މައްސަލަތަކުގެ ސަބަބުން ކަޅު ބާޒާރެއް އުފެދިފައިވާ ކަމަށެވެ.

ބޭރު ފައިސާގެ މައްސަލައާއި ޑޮލަރުގެ އަގު އިންތިހާއަށް ބޮޑުވެ، ތަކެތީގެ އަގުތައް ވެސް ބޮޑުވުމުގެ އިތުރުން، ވިޔަފާރިތަކަށް ވެސް ގެއްލުން ލިބެމުންދާތީ އެކަމުގެ ކަންބޮޑުވުން އެތައް ބަޔަކު ދަނީ ފާޅުކުރަމުންނެވެ. ޚާއްސަކޮށް، ސަރުކާރުން އިގްތިސާދާ ގުޅޭ ކަންކަމުގައި ދެފުށްފެންނަ ސިޔާސަތުތަކެއް ނުގެންގުޅޭ ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާއިރު، މިދަފަ ކަންކަމުގައި ވެސް ރައްޔިތުންނަށް ކޮންމެހެން އެނގެން ޖެހޭ ކަންކަން ސަރުކާރުން ގަސްތުގައި ފޮރުވަމުން ދާތީ ގިނަ ބަޔަކު ދަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކޮށް، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. 

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީމާލިއްޔަތު ކޮމިޓީއަހުމަދު މުނައްވަރުރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

16 އޯގަސްޓު 2026

ރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކުން އެކަނި ޓެކްސް ނަގާގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނަ ބިލު މަޖިލީހުން ބަލައިގަނެފި

16 އޯގަސްޓު 2026
ރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކުން އެކަނި ޓެކްސް ނަގާގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނަ ބިލު މަޖިލީހުން ބަލައިގަނެފި
16 އޯގަސްޓު 2026

އިނގިރޭސިވިލާތަށް ރާއްޖެ އިން ކަނޑައަޅުއްވާ ސަފީރުކަމަށް ޖަމީލާގެ ނަން ރައީސް ފޮނުއްވައިފި

16 އޯގަސްޓު 2026
އިނގިރޭސިވިލާތަށް ރާއްޖެ އިން ކަނޑައަޅުއްވާ ސަފީރުކަމަށް ޖަމީލާގެ ނަން ރައީސް ފޮނުއްވައިފި
16 އޯގަސްޓު 2026

ހައްޖު ކިއު އާންމުކޮށް ހާމަކުރެވޭނެ ގޮތެއް ހޯދުމަށް ހައްޖު ކޯޕަރޭޝަން މަޖިލީހަށް ހާޒިރުކުރަނީ

16 އޯގަސްޓު 2026
ހައްޖު ކިއު އާންމުކޮށް ހާމަކުރެވޭނެ ގޮތެއް ހޯދުމަށް ހައްޖު ކޯޕަރޭޝަން މަޖިލީހަށް ހާޒިރުކުރަނީ
13 އޯގަސްޓު 2026

މަޖިލީހުގެ ޖަލްސާ އޮންނާނެ ކަމަށް އެންގުމަށްފަހު ކެންސަލްކޮށްފި

13 އޯގަސްޓު 2026
މަޖިލީހުގެ ޖަލްސާ އޮންނާނެ ކަމަށް އެންގުމަށްފަހު ކެންސަލްކޮށްފި
12 އޯގަސްޓު 2026

ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 20 އިންސައްތަ ޑޮލަރު މާރުކުރަން ޖެހޭ ބިލު ބަލައިގަނެ ކޮމިޓީ އަށް

12 އޯގަސްޓު 2026
ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 20 އިންސައްތަ ޑޮލަރު މާރުކުރަން ޖެހޭ ބިލު ބަލައިގަނެ ކޮމިޓީ އަށް
12 އޯގަސްޓު 2026

"މުހިއްމު ކަންކަން" ހުރިކަމަށް ބުނެ ދައުރު ދަންމާލަން ފާސްކޮށްފި

12 އޯގަސްޓު 2026
"މުހިއްމު ކަންކަން" ހުރިކަމަށް ބުނެ ދައުރު ދަންމާލަން ފާސްކޮށްފި
12 އޯގަސްޓު 2026

ރާއްޖޭގެ އިގްތިސާދަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދެވި އެކްސްޕެރިމެންޓް ފެއިލްވެއްޖެ ކަމަށް މި ސަރުކާރުން އިއުތިރާފުވެއްޖެ: މީކާއިލް

12 އޯގަސްޓު 2026
ރާއްޖޭގެ އިގްތިސާދަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދެވި އެކްސްޕެރިމެންޓް ފެއިލްވެއްޖެ ކަމަށް މި ސަރުކާރުން އިއުތިރާފުވެއްޖެ: މީކާއިލް
11 އޯގަސްޓު 2026

އެމްޑީޕީ ސަރުކާރުން ހަވާލުކުރި 16 މަޝްރޫއެއް ހުއްޓުވުމުގެ ސަބަބުން 60 މިލިއަން ރުފިޔާގެ ގެއްލުންވި ކަމަށް ގީލާ ވިދާޅުވުމުން، އެމްޑީޕީގެ ރައްދު ސަރުކާރަށް

11 އޯގަސްޓު 2026
އެމްޑީޕީ ސަރުކާރުން ހަވާލުކުރި 16 މަޝްރޫއެއް ހުއްޓުވުމުގެ ސަބަބުން 60 މިލިއަން ރުފިޔާގެ ގެއްލުންވި ކަމަށް ގީލާ ވިދާޅުވުމުން، އެމްޑީޕީގެ ރައްދު ސަރުކާރަށް
11 އޯގަސްޓު 2026

ކަނޑުމަތީގައި ހިންގާ އޮޕަރޭޝަންތަކުގައި ދިމާވާ ހިތާމާވެރި ހާދިސާތަކާ ގުޅިގެން އެމްއެންޑީއެފް އާއި ފުލުހުންގެ އިސް ވެރިން މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި

11 އޯގަސްޓު 2026
ކަނޑުމަތީގައި ހިންގާ އޮޕަރޭޝަންތަކުގައި ދިމާވާ ހިތާމާވެރި ހާދިސާތަކާ ގުޅިގެން އެމްއެންޑީއެފް އާއި ފުލުހުންގެ އިސް ވެރިން މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި
11 އޯގަސްޓު 2026

އެމްއެމްއޭ އިން ބޭންކުތަކަށް ވިއްކާ ޑޮލަރުގެ މިންވަރު އިތުރުކޮށްފި

11 އޯގަސްޓު 2026
އެމްއެމްއޭ އިން ބޭންކުތަކަށް ވިއްކާ ޑޮލަރުގެ މިންވަރު އިތުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް