Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ކަނޑުމަތީގައި ހިންގާ އޮޕަރޭޝަންތަކުގައި ދިމާވާ ހިތާމާވެރި ހާދިސާތަކާ ގުޅިގެން އެމްއެންޑީއެފް އާއި ފުލުހުންގެ އިސް ވެރިން މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި

11 އޯގަސްޓު 2026 | އަންގާރަ 19:41

ފާއިތުވި ހަތަރު މަސްދުވަހު ކަނޑުމަތީގެ އޮޕަރޭޝަންތަކުގައި ސިފައިންނާއި ފުލުހުންގެ ހަތަރު އޮފިސަރަކު ނިޔާވެފައިވާތީ، އެ ހާދިސާތަކުގެ ތަހުގީގެއް ހިންގާފައިވޭތޯ ބެލުމަށް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް އެ ދެ މުއައްސަސާ ހާޒިރުކުރަން މެންބަރު މުހައްމަދު އިބްރާހީމް ހުށަހަޅުއްވައިފި. އަދި އޮޕަރޭޝަންތަކުގައި އަމަލުކުރާ ސަލާމަތީ މިންގަނޑުތަކާއި ރިސްކް އެސެސްމަންޓް ހަދާ އުސޫލުތައް ސާފުކުރެއްވުމަށް ވެސް މެންބަރު ވަނީ އެދިވަޑައިގެންފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 11 އޯގަސްޓު 2026 | އަންގާރަ 19:41
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) | ރައްޔިތުންގެ މަޖިލިސް

ސަލާމަތީ ޚިދުމަތްތަކުން ކަނޑުމަތީގައި ހިންގާ އޮޕަރޭޝަންތަކުގައި ދިމާވާ ހިތާމާވެރި ހާދިސާތަކާ ގުޅޭގޮތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސް ވެރިން، ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހަޅުއްވައިފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އެޑްރެސްކުރައްވާ މެންބަރު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އެމްއެންޑީއެފް އާއި ފުލުހުންގެ އިދާރާ ގުޅިގެން ނުވަތަ ދެ މުއައްސަސާ ވަކިވަކިން ވެސް ކަނޑުމަތީގައި ހިންގާ ޚާއްސަ އޮޕަރޭޝަންތަކުގައި ފާއިތުވި 4 މަސް ދުވަހު 4 އޮފިސަރުން ނިޔާވެފައިވާކަން ބަޔާންކުރައްވާފަ އެވެ. 

Advertisement - newsAdvertisement

އެގޮތުން މެއި 2026 ގައި އިޓަލީގެ ޑައިވަރުން ހޯދަން ފީނި ސަރޖެންޓް މަހުދީ ނިޔާވި ހާދިސާ އާއި 11 ޖޫން 2026 ވަނަ ދުވަހު ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ކަނޑުމަތީގައި ހަރަކާތްތެރިވަނިކޮށް ސަރޖެންޓް އަހުމަދު އާސިފް ނިޔާވި ހާދިސާގެ އިތުރުން 6 އޮގަސްޓް 2026 ގައި ކަނޑުމަތީގެ ހާދިސާގައި ގެއްލުނު އެމްއެންޑީއެފްގެ އިބްރާހީމް އަހުމަދު އަދި ފުލުސް މީހާ އަހުމަދު ނާފިއު ފާހަގަކުރެއްވި އެވެ. 

މެންބަރު ކުޑޫ ވިދާޅުވީ ކައިރިކައިރީގައި ތަފާތު ހާދިސާތަކުގައި 4 އޮފިސަރަކު ރަސްމީ ވާޖިބު އަދާކުރަމުން ދަނިކޮށް ދިމާވި ކަންކަމުގައި ނިޔާވެފައިވާއިރު މި ހާދިސާތަކާ ގުޅިގެން އެއްވެސް ތަހުގީގެއް ހިންގައި ހާދިސާ ހިނގި ސަބަބުތައް ދެނެގަނެ މިފަދަ ކަންކަން ތަކުރާރު ނުވާނެކަން ކަށަވަރު ކުރުމަށް ނުވަތަ އެއްވެސް ފަރާތެއްގެ އިހުމާލެއް ނުވަތަ ޒިންމާއެއް އަދާނުކުރެވި އޮތްތޯ ބެލިފައިވާކަން އެނގެން ނެތުމުން، ކަމާބެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ އަށް އެމްއެންޑީއެފް އަދި ފުލުހުންގެ ކަމާބެހޭ ބޭފުޅުން ހާޒިރުކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. 

މީގެއިތުރުން މެންބަރު ކުޑޫގެ ސިޓީގައި ވަނީ އިތުރު ބައެއް ކަންކަން ވެސް ހިމަނުއްވާފަ އެވެ. އޭގެ ތެރޭގައި އެމްއެންޑީއެފް އާއި ފުލުހުންގެ 4 އޮފިސަރަކު ވަޒީފާގެ ވާޖިބުގައި ނިޔާވި މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ އެއްވެސް ތަހުގީގެއް ސަރުކާރުގެ ރަސްމީ އެއްވެސް އިދާރާއަކުން ހިންގިތޯ ނުވަތަ ނޫންތޯ ބެލުމަށް އެދިވަޑައިގެންފައިވެ އެވެ. އަދި ތަހުގީގެއް ހިންގާފައިނުވާ ނަމަ ހިންގާފައި ނުވާ ސަބަބު ހޯދުމަށާއި ތަހުގީގެއް ހިންގާފައިވާ ނަމަ އެ ތަހުގީގުގެ ހޯދުންތަކުން އެއްވެސް ފަރާތެއް އިހުމާލެއް ނުވަތަ މަސްއޫލިއްޔަތު އަދާނުކޮށް އޮތްކަން ފާހަގަކުރެވިފައިވޭތޯ ސާފުކުރެއްވުމަށް މެންބަރު ވަނީ ހުށަހަޅުއްވާފަ އެވެ.  

އޭގެ އިތުރުން ކަނޑުމަތީގެ މިފަދަ އޮޕަރޭޝަންތައް ހިންގުމުގައި އޮފިސަރުގެ ރައްކާތެރިކަމާއި އެ ނޫން ވެސް މިންގަނޑުތައް ކަނޑައެޅިފައި ވަނީ ކިހިނެއްތޯ އާއި، މިފަދަ މިންގަނޑުތަކެއް ނުވަތަ އުސޫލުތަކެއް ލިޔެވި އަމަލު ކުރަމުންދޭތޯ، އަދި މި މިންގަނޑުތައް ތަންފީޒުވަމުންދޭތޯ ބެލުމަށް އޮންނަ އުސޫލަކީ ކޮބައިތޯ ވަނީ ސުވާލު ކުރައްވާފަ އެވެ. އަދި މި ހާދިސާތަކާ ގުޅިގެން އޮޕަރޭޝަނަލް ސޭފްޓީ މިންގަނޑުތަކަށް އަމަލު ކޮށްފައިވޭތޯ ބެލުމުގެ އިތުރުން އިދާރީ ގޮތުން ނުވަތަ އެ ނޫން ވެސް ގޮތަކުން ތަހުގީގު ކޮށްފައިވޭތޯ ނުވަތަ އެއްވެސް އިންކުއަރީ އެއް ހިންގާފައިވޭތޯ ބެލުމަށް މެންބަރު ހުށަހެޅުއްވި އެވެ. 

މެންބަރު ވިދާޅުވީ ކޭވް ޑައިވް ކުރުމުގެ ތެރޭގައި ހިނގި ހާދިސާއާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ އޮފިސަރު ނިޔާވި ހާދިސާ ފަދަ ކަންކަން ތަހުގީގު ކުރުމަށްފަހު އިހުމާލެއްވާ ނަމަ، އެކަންކަން އިސްލާހު ކުރުމަށް އެޅި ފިޔަވަޅުތަކަކީ ކޮބައިތޯ ސާފު ކުރުމަށް އެދިވަޑައިގަންވާ ކަމަށެވެ. އަދި ގއ. އަތޮޅު ކައިރީގައި ދާދިފަހުން އަޑިއަށް ދަނިކޮށް ދޯންޏެއް ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ގެއްލުނު ސިފައިންގެ މީހާއާއި ފުލުސް މިހާ ގެއްލުނު ހާދިސާ އަށް ބަލާއިރު، މިފަދަ ނުރައްކާތެރި އޮޕަރޭޝަންތަކަށް ނުކުންނައިރު ރިސްކު އެސެސްމަންޓް ހެދުމުގައި އަމަލުކުރާ އުސޫލުތަކަކީ ކޮބައިތޯ ސާފު ކުރެއްވުމަށް ވަނީ ހުށަހަޅުއްވާފަ އެވެ. 

އަދި ސަލާމަތީ ޚިދުމަތްތަކުގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނާއި އޮޕަރޭޝަންތަކުގައި ބޭނުންކުރާ ސަލާމަތީ ވަސީލަތްތައް ޒަމާނީ ޓެކްނޮލޮޖީއާ އެއްވަރަށް ތަރައްގީ ކުރެވިފައިވޭތޯ ބެއްލެވުމަށާއި ތަކުރާރުކޮށް މިފަދަ ހާދިސާތައް ހިނގުމުގެ ސަބަބުން މުއައްސަސާތަކުގެ ސަލާމަތީ އިޖުރާއަތްތަކާ މެދު އާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ދޭނެ ޔަގީން ކަމަކީ ކޮބައިތޯ ވެސް މެންބަރު ސުވާލު ކުރައްވާފައިވެ އެވެ. 

އޭގެ އިތުރުން ވެސް އިތުުރު ކަންކަން އެ ސިޓީގައި މެންބަރު ވަނީ ފާހަގަ ކުރައްވާފަ އެވެ. 

ރައްޔިތުންގެ މަޖިލިސްކަނޑުމަތީ ހާދިސާއެމްއެންޑީއެފްމޯލްޑިވްސް ޕޮލިސް ސަރވިސް

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

11 އޯގަސްޓު 2026

ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލުގެ މަސައްކަތް 5 ދުވަހުގެ ތެރޭގައި ކޮމިޓީ އިން ނިންމަނީ!

11 އޯގަސްޓު 2026
ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލުގެ މަސައްކަތް 5 ދުވަހުގެ ތެރޭގައި ކޮމިޓީ އިން ނިންމަނީ!
11 އޯގަސްޓު 2026

ތިން މިނިސްޓްރީގައި ބަޔަކު އަލިފާން ޖެހީއެއް ނޫން، އެންމެ ފުރަތަމަ އަލިފާން ރޯވެފައިވަނީ ސީލިންގުގައި ހުރި އޭސީ ނަރުތަކެއްގައި: އިހުސާން

11 އޯގަސްޓު 2026
ތިން މިނިސްޓްރީގައި ބަޔަކު އަލިފާން ޖެހީއެއް ނޫން، އެންމެ ފުރަތަމަ އަލިފާން ރޯވެފައިވަނީ ސީލިންގުގައި ހުރި އޭސީ ނަރުތަކެއްގައި: އިހުސާން
11 އޯގަސްޓު 2026

ދަނާލް ހާދިސާގައި ޒާތީ ޗެޓްލޮގް ހާމަކުރުން ދިފާާއުކުރައްވާ އިހުސާން ވިދާޅުވީ، އެކަން ކުރެއްވީ މަޖުބޫރުވެގެން ކަމަށް

11 އޯގަސްޓު 2026
ދަނާލް ހާދިސާގައި ޒާތީ ޗެޓްލޮގް ހާމަކުރުން ދިފާާއުކުރައްވާ އިހުސާން ވިދާޅުވީ، އެކަން ކުރެއްވީ މަޖުބޫރުވެގެން ކަމަށް
10 އޯގަސްޓު 2026

ފަރަށް އެރި އުރަފާ ދޯނީގައި ތިބި 6 މީހުން ނޮޅިވަރަންފަރަށް ގެންގޮސްފި

10 އޯގަސްޓު 2026
ފަރަށް އެރި އުރަފާ ދޯނީގައި ތިބި 6 މީހުން ނޮޅިވަރަންފަރަށް ގެންގޮސްފި
10 އޯގަސްޓު 2026

މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ: މެންބަރުން ބަހުސް ކުރާނެ ވަގުތާާއި ދިފާއުގައި ވާހަކަދައްކަން ދޭނެ ވަގުތު ކަނޑައަޅައިފި

10 އޯގަސްޓު 2026
މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ: މެންބަރުން ބަހުސް ކުރާނެ ވަގުތާާއި ދިފާއުގައި ވާހަކަދައްކަން ދޭނެ ވަގުތު ކަނޑައަޅައިފި
10 އޯގަސްޓު 2026

"ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލި ހާދިސާ: ގެއްލުނު މީހުން ހޯދުމަށް މިހާތަނަށް 9400 އަކަ ނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަހައްދެއް ބަލާފައިވޭ!

10 އޯގަސްޓު 2026
"ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލި ހާދިސާ: ގެއްލުނު މީހުން ހޯދުމަށް މިހާތަނަށް 9400 އަކަ ނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަހައްދެއް ބަލާފައިވޭ!
10 އޯގަސްޓު 2026

ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލުގައި ހުރި އިސްލާހުތައް ބަދަލުކުރަން އެމްޑީޕީ އިން ހުށަހަޅައިފި

10 އޯގަސްޓު 2026
ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލުގައި ހުރި އިސްލާހުތައް ބަދަލުކުރަން އެމްޑީޕީ އިން ހުށަހަޅައިފި
10 އޯގަސްޓު 2026

އަނބުރާ ގެންދިއުމަށް އެތައް ބަޔަކު ގޮވާލަމުންދާ ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު މަޖިލީހުން ބަލައިގަނެފި

10 އޯގަސްޓު 2026
އަނބުރާ ގެންދިއުމަށް އެތައް ބަޔަކު ގޮވާލަމުންދާ ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު މަޖިލީހުން ބަލައިގަނެފި
10 އޯގަސްޓު 2026

މި ސަރުކާރުން ދަނީ ކައުންސިލްތަކަށް އޮންނަ ހަމައެކަނި ބާރަކީ ވިހާ މަރުވާ ބެލެހެއްޓުން ކަމަށް ހެދުމަށް މަސައްކަތް ކުރަމުން: މައުރޫފް

10 އޯގަސްޓު 2026
މި ސަރުކާރުން ދަނީ ކައުންސިލްތަކަށް އޮންނަ ހަމައެކަނި ބާރަކީ ވިހާ މަރުވާ ބެލެހެއްޓުން ކަމަށް ހެދުމަށް މަސައްކަތް ކުރަމުން: މައުރޫފް
10 އޯގަސްޓު 2026

ފަޅުރަށްރަށާއި ފަޅު ކުއްޔަށް ދިނުމާބެހޭ ބިލު ބަލައިގަނެފި، ދިރާސާ ކުރާނީ މުޅި މަޖިލީހުގެ ކޮމީޓީ އިން

10 އޯގަސްޓު 2026
ފަޅުރަށްރަށާއި ފަޅު ކުއްޔަށް ދިނުމާބެހޭ ބިލު ބަލައިގަނެފި، ދިރާސާ ކުރާނީ މުޅި މަޖިލީހުގެ ކޮމީޓީ އިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް