Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ޖަލްސާ އޮންނާނެ ކަމަށް އެންގުމަށްފަހު ކެންސަލްކޮށްފި

13 އޯގަސްޓު 2026 | ބުރާސްފަތި 06:03

މަޖިލީހުގެ އިދާރާ އިން މެންބަރުންނަށް ފޮނުވާފައިވާ މެސެޖުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލިސް މިއަދު ނޯންނާނެ ކަމަށާއި މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނެ ތާރިހެއް ފަހުން އަންގާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 އޯގަސްޓު 2026 | ބުރާސްފަތި 06:03
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަނީ

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަނީ | ރައްޔިތުންގެ މަޖިލިސް

ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލިސް އޮންނާނެ ކަމަށް މެންބަރުންނަށް އެންގުމަށް ފަހު، ފަހު ވަގުތުގައި ޖަލްސާ ނުބާއްވަން ނިންމައިފި އެވެ.

މަޖިލީހުގެ އިދާރާ އިން މެންބަރުންނަށް ފޮނުވާފައިވާ މެސެޖުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދު ނޯންނާނެ ކަމަށާއި، މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނެ ތާރިހެއް ފަހުން އަންގާނެ ކަމަށެވެ. 

Advertisement - newsAdvertisement

ބުރާސްފަތި ދުވަހު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވީ ނަމަވެސް، ޖަލްސާގެ އެއްވެސް ކަހަލަ އެޖެންޑާއެއް މެންބަރުންނަށް ލިބިފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވަނީ ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވާފަ އެވެ. މެންބަރު ވިދާޅުވި ގޮތުގައި ޖަލްސާގެ އެޖެންޑާ އާއި ފެށޭނެ ގަޑި ފަހުން ހާމަކުރާނެ ކަމަށް އޭރު ވަނީ ބުނެފައި އެވެ.

ބުދަ ދުވަހު ބޭއްވި ޖަލްސާގައި މަޖިލީހުގެ މުހިންމު މަސައްކަތްތަކެއް ހުރި ކަމަށް ބުނެ، 58 މެންބަރުންގެ ތާއީދާ އެކު ވަނީ މިހާރު ކުރިއަށްދާ ދައުރު ދިގު ދަންމާލަން ނިންމާފައި އެވެ. މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ވެސް ވަނީ މިގޮތަަށް ދިގު ދަންމާލާފައި އެވެ. ނަމަވެސް އެފަހަރު ކުރިއަށް ގެންގޮސްފައި ވަނީ ހަމައެކަނި ސަރުކާރު މަސްލަހަތު ހިމެނޭ މަސައްކަތްތަކެވެ. މިފަހަރުގެ މަޖިލީހުގެ ދައުރު ދަންމާލާފައި ވަނީ، ލާމަރުކަޒީ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙުގެ މަސައްކަތް ނިންމަން ކަމަށް ބެލެވެ އެވެ. 

ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތަކާއި ތަންތަން ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި އެ ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސުން ވަކިކުރަން ނިންމާ ހާލަތެއްގައި އެ ތަންތަން ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށައެޅި އިސްލާހުގައިވާ ކަންކަން ސަރުކާރުގެ މެންބަރުން ދަނީ  ދިފާއު ކުރަމުންނެވެ. 

20 ވަނަ ރައްޔިތުންގެ މަޖިލީހުގައި މީގެ ކުރިން ވެސް، މެންބަރުންނަށް ސާފު އެންގުމެއް ނެތި ޖަލްސާތައް ބާއްވަން ނިންމައި، ފަހު ވަގުތު ކެންސަލް ކޮށްފައި އެބަ ހުއްޓެވެ. އަދި ޖަލްސާގެ އެޖެންޑާ ވެސް މެންބަރުންނާ ހިއްސާ ކުރުމެއް ނެތި، ޖަލްސާ ބާއްވާނެ ކަމަށް އަންގާފައިވެ އެވެ.

ރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

4

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

5

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

އިތުރަށް ކިޔާލަން

12 އޯގަސްޓު 2026

ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 20 އިންސައްތަ ޑޮލަރު މާރުކުރަން ޖެހޭ ބިލު ބަލައިގަނެ ކޮމިޓީ އަށް

12 އޯގަސްޓު 2026
ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 20 އިންސައްތަ ޑޮލަރު މާރުކުރަން ޖެހޭ ބިލު ބަލައިގަނެ ކޮމިޓީ އަށް
12 އޯގަސްޓު 2026

"މުހިއްމު ކަންކަން" ހުރިކަމަށް ބުނެ ދައުރު ދަންމާލަން ފާސްކޮށްފި

12 އޯގަސްޓު 2026
"މުހިއްމު ކަންކަން" ހުރިކަމަށް ބުނެ ދައުރު ދަންމާލަން ފާސްކޮށްފި
12 އޯގަސްޓު 2026

ރާއްޖޭގެ އިގްތިސާދަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދެވި އެކްސްޕެރިމެންޓް ފެއިލްވެއްޖެ ކަމަށް މި ސަރުކާރުން އިއުތިރާފުވެއްޖެ: މީކާއިލް

12 އޯގަސްޓު 2026
ރާއްޖޭގެ އިގްތިސާދަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދެވި އެކްސްޕެރިމެންޓް ފެއިލްވެއްޖެ ކަމަށް މި ސަރުކާރުން އިއުތިރާފުވެއްޖެ: މީކާއިލް
11 އޯގަސްޓު 2026

އެމްޑީޕީ ސަރުކާރުން ހަވާލުކުރި 16 މަޝްރޫއެއް ހުއްޓުވުމުގެ ސަބަބުން 60 މިލިއަން ރުފިޔާގެ ގެއްލުންވި ކަމަށް ގީލާ ވިދާޅުވުމުން، އެމްޑީޕީގެ ރައްދު ސަރުކާރަށް

11 އޯގަސްޓު 2026
އެމްޑީޕީ ސަރުކާރުން ހަވާލުކުރި 16 މަޝްރޫއެއް ހުއްޓުވުމުގެ ސަބަބުން 60 މިލިއަން ރުފިޔާގެ ގެއްލުންވި ކަމަށް ގީލާ ވިދާޅުވުމުން، އެމްޑީޕީގެ ރައްދު ސަރުކާރަށް
11 އޯގަސްޓު 2026

ކަނޑުމަތީގައި ހިންގާ އޮޕަރޭޝަންތަކުގައި ދިމާވާ ހިތާމާވެރި ހާދިސާތަކާ ގުޅިގެން އެމްއެންޑީއެފް އާއި ފުލުހުންގެ އިސް ވެރިން މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި

11 އޯގަސްޓު 2026
ކަނޑުމަތީގައި ހިންގާ އޮޕަރޭޝަންތަކުގައި ދިމާވާ ހިތާމާވެރި ހާދިސާތަކާ ގުޅިގެން އެމްއެންޑީއެފް އާއި ފުލުހުންގެ އިސް ވެރިން މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި
11 އޯގަސްޓު 2026

ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލުގެ މަސައްކަތް 5 ދުވަހުގެ ތެރޭގައި ކޮމިޓީ އިން ނިންމަނީ!

11 އޯގަސްޓު 2026
ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލުގެ މަސައްކަތް 5 ދުވަހުގެ ތެރޭގައި ކޮމިޓީ އިން ނިންމަނީ!
11 އޯގަސްޓު 2026

ތިން މިނިސްޓްރީގައި ބަޔަކު އަލިފާން ޖެހީއެއް ނޫން، އެންމެ ފުރަތަމަ އަލިފާން ރޯވެފައިވަނީ ސީލިންގުގައި ހުރި އޭސީ ނަރުތަކެއްގައި: އިހުސާން

11 އޯގަސްޓު 2026
ތިން މިނިސްޓްރީގައި ބަޔަކު އަލިފާން ޖެހީއެއް ނޫން، އެންމެ ފުރަތަމަ އަލިފާން ރޯވެފައިވަނީ ސީލިންގުގައި ހުރި އޭސީ ނަރުތަކެއްގައި: އިހުސާން
11 އޯގަސްޓު 2026

ދަނާލް ހާދިސާގައި ޒާތީ ޗެޓްލޮގް ހާމަކުރުން ދިފާާއުކުރައްވާ އިހުސާން ވިދާޅުވީ، އެކަން ކުރެއްވީ މަޖުބޫރުވެގެން ކަމަށް

11 އޯގަސްޓު 2026
ދަނާލް ހާދިސާގައި ޒާތީ ޗެޓްލޮގް ހާމަކުރުން ދިފާާއުކުރައްވާ އިހުސާން ވިދާޅުވީ، އެކަން ކުރެއްވީ މަޖުބޫރުވެގެން ކަމަށް
10 އޯގަސްޓު 2026

މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ: މެންބަރުން ބަހުސް ކުރާނެ ވަގުތާާއި ދިފާއުގައި ވާހަކަދައްކަން ދޭނެ ވަގުތު ކަނޑައަޅައިފި

10 އޯގަސްޓު 2026
މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ: މެންބަރުން ބަހުސް ކުރާނެ ވަގުތާާއި ދިފާއުގައި ވާހަކަދައްކަން ދޭނެ ވަގުތު ކަނޑައަޅައިފި
10 އޯގަސްޓު 2026

ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލުގައި ހުރި އިސްލާހުތައް ބަދަލުކުރަން އެމްޑީޕީ އިން ހުށަހަޅައިފި

10 އޯގަސްޓު 2026
ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލުގައި ހުރި އިސްލާހުތައް ބަދަލުކުރަން އެމްޑީޕީ އިން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް