Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ހައްޖު ކިއު އާންމުކޮށް ހާމަކުރެވޭނެ ގޮތެއް ހޯދުމަށް ހައްޖު ކޯޕަރޭޝަން މަޖިލީހަށް ހާޒިރުކުރަނީ

16 އޯގަސްޓު 2026 | އާދީއްތަ 08:16

ހައްޖު ކިއު ތަރުތީބު އާންމުކޮށް ފެންނަން ނެތުމުން ކޯޓާ ދޫކުރުމުގެ ދެފުށް ފެންނަ ކަމާމެދު އާންމުންގެ ކަންބޮޑުވުންތަކެއް ހުރިކަން މެންބަރު މުހައްމަދު އިބްރާހީމް ފާހަގަކުރެއްވި. އެހެންކަމުން ކިއު ކުރިއަށްދާ ގޮތާއި، ނުފޫޒެއް ނެތި އިންސާފުން ކަންކަން ހިނގާކަން ކަށަވަރުކުރުމަށް ހައްޖު ކޯޕަރޭޝަންގެ އިސްވެރިން މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 16 އޯގަސްޓު 2026 | އާދީއްތަ 08:16
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) | ރައްޔިތުންގެ މަޖިލިސް

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ބަލަހައްޓާ ހައްޖު ކިއު އާންމުކޮށް ހާމަކުރުމާ ގުޅޭގޮތުން އެ ކޯޕަރޭޝަންގެ އިސް ބޭފުޅުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ދިނުމަށް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެދިވަޑައިގެންފި އެވެ. 

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އެޑްރެސް ކުރައްވާ މެންބަރު ފޮނުއްވާފައިވާ ސިޓީއެއްގައި ވިދާޅުވީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން މިހާރު ބަލަހައްޓަމުންގެންދާ ހައްދު ކިއުއަކީ އާންމުންނަށް ފެންނަން އޮންނަ ކިއުއަކަށް ނުވުމުގެ ސަބަބުން، ހައްޖު ކޯޓާ ދޫކުރުމުގައި އިންސާފުވެރިކަމާއި ދެފުށް ފެންނަ ސިޔާސަތެއް އޮތްކަމާމެދު ރައްޔިތުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ހައްޖަށް ދިއުމަށް ފައިސާ ދައްކައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް ކިއުގައި އެމީހުން ތިބި ހިސާބު ބަލައިލެވޭނެ އެއްވެސް ނިޒާމެއް ނެތުމާއި، އެއްވެސް ނުފޫޒެއް ނެތި ކިއު ކުރިއަށްދާ ކަން ކަށަވަރު ނުކުރެވި، އިތުބާރު ގެއްލެމުންދާތީ މި މައްސަލައިގައި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ކަމާއި ބެހޭ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ އަށް ހާޒިރުކޮށްދެއްވުމަށް މެންބަރު އެދިވަޑައިގެންފައިވެ އެވެ. 

މެންބަރުގެ ސިޓީގައި ވަނީ ސާފު ކުރަން ބޭނުންވާ 5 ކަމެއް ވެސް ހިމަނުއްވާފަ އެވެ. 

އެގޮތުން ހައްޖަށް ދިއުމަށް ފައިސާ ދައްކައިގެން އަހަރުތަކެއް ވަންދެން މަޑުކޮށްގެން ތިބި ރައްޔިތުންނަށް، އެ މީހުން ކިއުގައި އޮތް ހިސާބު ސާފުކޮށް، ބަލައިލެވޭނެ ދެފުށް ފެންނަ ނިޒާމެއް މިއަދާ ހަމައަށް ގާއިމުކުރެވިފައި ނުވަނީ ކީއްވެ ތޯ މެންބަރު ވަނީ ސުވާލު ކުރައްވާފަ އެވެ. އަދި ކިއު ކުރިއަށް ދަނީ އެއްވެސް ނުފޫޒެއް އަދި ވަކި ފަރާތަކަށް ބުރަވުމެއް ނެތި އިންސާފުވެރިކަމާއެކު ކަން ރައްޔިތުންނަށް ކަށަވަރު ކޮށްދިނުމަށް ކޯޕަރޭޝަނުން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކަކީ ކޮބައިތޯ އާއި ކިއު ފުންމާލުންފަދަ ކަންކަން ހުއްޓުވުމަށް އޮތް ޔަގީން ކަމަކީ ކޮބައިތޯ މެންބަރު ސުވާލު ކުރައްވާފައިވެ އެވެ. 

އޭގެ އިތުރުން އިލްކެޝަންސް ކޮމިޝަނުން ވޯޓަރސް ލިސްޓު އާންމު ކުރާ އުސޫލުން ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާތެރި ކުރުމާއެކު ހައްޖު ކިއު ލިސްޓު އާންމު ނުކުރެވެންވީ ކޮން ސަބަބަކާ ހުރެތޯ އާއި ރަޖިސްޓަރީ ކުރާ ތާރީޚާ ކިއުގެ ތަރުތީބު އެނގޭނެހެން އަދި ކިއު ކުރިއަށްދާ މިންވަރު ވަގުތުން ވަގުތަށް އަޕްޑޭޓްވާ ޕޯޓަލްއެއް އާންމުކޮށް ޝާއިއުކުރުމުގެ ވިސްނުމެއް ނުވަތަ ޕްލޭނެއް ކޯޕަރޭޝަންގެ އޮވޭތޯ ބެލުމާއެކު މިފަދަ ނިޒާމެއް ތައާރަފް ކުރެވޭނީ ކޮން ތާރީޚެއްގައިތޯ މެންބަރު ވަނީ އައްސަވާފަ އެވެ. 

މެންބަރު ވިދާޅުވީ ކޮންމެ އަހަރަކު ހައްޖު ކޯޕަރޭޝަނަށް ލިބޭ ކޯޓާގެ ތެރެއިން އާންމު ކިއުއަށް ދޫކުރަނީ ކިހާ އިންސައްތައެއްތޯ އާއި ޚާއްސަ ކެޓަގަރީތަކަށް ކޯޓާ ދޫކުރުމުގައި ގެންގުޅޭ ހާމަކަންބޮޑު އުސޫލަކީ ކޮބައިތޯ ވެސް މެންބަރު ސުވާލު ކުރެއްވި އެވެ. 

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންމުހައްމަދު އިބްރާހީމްރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

13 އޯގަސްޓު 2026

ހުޅުމާލޭގެ މެކޭނިކަލް ޕާކިންގ ސިސްޓަމްތައް ބޭނުންނުކޮށް ލަސްވާތީ އެޗްޑީސީގެ އެމްޑީއަށް މެންބަރު ކުޑޫގެ ސުވާލުތަކެއް!

13 އޯގަސްޓު 2026
ހުޅުމާލޭގެ މެކޭނިކަލް ޕާކިންގ ސިސްޓަމްތައް ބޭނުންނުކޮށް ލަސްވާތީ އެޗްޑީސީގެ އެމްޑީއަށް މެންބަރު ކުޑޫގެ ސުވާލުތަކެއް!
13 އޯގަސްޓު 2026

މަޖިލީހުގެ ޖަލްސާ އޮންނާނެ ކަމަށް އެންގުމަށްފަހު ކެންސަލްކޮށްފި

13 އޯގަސްޓު 2026
މަޖިލީހުގެ ޖަލްސާ އޮންނާނެ ކަމަށް އެންގުމަށްފަހު ކެންސަލްކޮށްފި
12 އޯގަސްޓު 2026

ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 20 އިންސައްތަ ޑޮލަރު މާރުކުރަން ޖެހޭ ބިލު ބަލައިގަނެ ކޮމިޓީ އަށް

12 އޯގަސްޓު 2026
ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 20 އިންސައްތަ ޑޮލަރު މާރުކުރަން ޖެހޭ ބިލު ބަލައިގަނެ ކޮމިޓީ އަށް
12 އޯގަސްޓު 2026

"މުހިއްމު ކަންކަން" ހުރިކަމަށް ބުނެ ދައުރު ދަންމާލަން ފާސްކޮށްފި

12 އޯގަސްޓު 2026
"މުހިއްމު ކަންކަން" ހުރިކަމަށް ބުނެ ދައުރު ދަންމާލަން ފާސްކޮށްފި
12 އޯގަސްޓު 2026

ރާއްޖޭގެ އިގްތިސާދަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދެވި އެކްސްޕެރިމެންޓް ފެއިލްވެއްޖެ ކަމަށް މި ސަރުކާރުން އިއުތިރާފުވެއްޖެ: މީކާއިލް

12 އޯގަސްޓު 2026
ރާއްޖޭގެ އިގްތިސާދަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދެވި އެކްސްޕެރިމެންޓް ފެއިލްވެއްޖެ ކަމަށް މި ސަރުކާރުން އިއުތިރާފުވެއްޖެ: މީކާއިލް
11 އޯގަސްޓު 2026

އެމްޑީޕީ ސަރުކާރުން ހަވާލުކުރި 16 މަޝްރޫއެއް ހުއްޓުވުމުގެ ސަބަބުން 60 މިލިއަން ރުފިޔާގެ ގެއްލުންވި ކަމަށް ގީލާ ވިދާޅުވުމުން، އެމްޑީޕީގެ ރައްދު ސަރުކާރަށް

11 އޯގަސްޓު 2026
އެމްޑީޕީ ސަރުކާރުން ހަވާލުކުރި 16 މަޝްރޫއެއް ހުއްޓުވުމުގެ ސަބަބުން 60 މިލިއަން ރުފިޔާގެ ގެއްލުންވި ކަމަށް ގީލާ ވިދާޅުވުމުން، އެމްޑީޕީގެ ރައްދު ސަރުކާރަށް
11 އޯގަސްޓު 2026

ކަނޑުމަތީގައި ހިންގާ އޮޕަރޭޝަންތަކުގައި ދިމާވާ ހިތާމާވެރި ހާދިސާތަކާ ގުޅިގެން އެމްއެންޑީއެފް އާއި ފުލުހުންގެ އިސް ވެރިން މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި

11 އޯގަސްޓު 2026
ކަނޑުމަތީގައި ހިންގާ އޮޕަރޭޝަންތަކުގައި ދިމާވާ ހިތާމާވެރި ހާދިސާތަކާ ގުޅިގެން އެމްއެންޑީއެފް އާއި ފުލުހުންގެ އިސް ވެރިން މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި
11 އޯގަސްޓު 2026

ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލުގެ މަސައްކަތް 5 ދުވަހުގެ ތެރޭގައި ކޮމިޓީ އިން ނިންމަނީ!

11 އޯގަސްޓު 2026
ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލުގެ މަސައްކަތް 5 ދުވަހުގެ ތެރޭގައި ކޮމިޓީ އިން ނިންމަނީ!
11 އޯގަސްޓު 2026

ތިން މިނިސްޓްރީގައި ބަޔަކު އަލިފާން ޖެހީއެއް ނޫން، އެންމެ ފުރަތަމަ އަލިފާން ރޯވެފައިވަނީ ސީލިންގުގައި ހުރި އޭސީ ނަރުތަކެއްގައި: އިހުސާން

11 އޯގަސްޓު 2026
ތިން މިނިސްޓްރީގައި ބަޔަކު އަލިފާން ޖެހީއެއް ނޫން، އެންމެ ފުރަތަމަ އަލިފާން ރޯވެފައިވަނީ ސީލިންގުގައި ހުރި އޭސީ ނަރުތަކެއްގައި: އިހުސާން
11 އޯގަސްޓު 2026

ދަނާލް ހާދިސާގައި ޒާތީ ޗެޓްލޮގް ހާމަކުރުން ދިފާާއުކުރައްވާ އިހުސާން ވިދާޅުވީ، އެކަން ކުރެއްވީ މަޖުބޫރުވެގެން ކަމަށް

11 އޯގަސްޓު 2026
ދަނާލް ހާދިސާގައި ޒާތީ ޗެޓްލޮގް ހާމަކުރުން ދިފާާއުކުރައްވާ އިހުސާން ވިދާޅުވީ، އެކަން ކުރެއްވީ މަޖުބޫރުވެގެން ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް