Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލުގެ މަސައްކަތް 5 ދުވަހުގެ ތެރޭގައި ކޮމިޓީ އިން ނިންމަނީ!

11 އޯގަސްޓު 2026 | އަންގާރަ 12:56

ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާ މެދު ކައުންސިލްތަކާއި އާންމުންގެ ކަންބޮޑުވުން އޮތް ނަމަވެސް، އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް އެ ބިލުގެ މަސައްކަތް ނިންމުމަށް މަޖިލީހުގެ ކޮމިޓީން ވަނީ ފާސްކޮށްފަ. މި އިސްލާހުތަކުގެ ސަބަބުން ކައުންސިލްތަކުގެ ބާރު ކެނޑި، ލާމަރުކަޒީ ނިޒާމުގެ ރޫހާ ހިލާފުވާނެ ކަމަށް ބުނެ ބައެއް ކައުންސިލްތަކުންނާއި އާންމުން ދަނީ އެ ބިލު އަނބުރާ ގެންދިއުމަށް ގޮވާލަމުން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 11 އޯގަސްޓު 2026 | އަންގާރަ 12:56
ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއިން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކުރުން

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއިން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކުރުން | ރައްޔިތުންގެ މަޖިލިސް

ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތަކާއި ތަންތަން ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި އެ ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސުން ވަކިކުރަން ސަރުކާރުން ނިންމާ ހާލަތެއްގައި، އެ ތަންތަން ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު، އަންނަ އާދިއްތަ ދުވަހަށް ދިރާސާ ކޮށް ނިންމުމަށް، ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީ އިން ނިންމައިފި އެވެ. 

އަންގާރަ ދުވަހު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވަނީ، އެ ބިލުގެ މަސައްކަތް 5 ދުވަހުގެ ތެރޭގައި ނިންމުމަށް ހުށަހަޅުއްވާފަ އެވެ. އޭނާ ބިލުގެ މުޅި މަސައްކަތް ނިންމާ ސުންގަޑިއެއްގެ ގޮތުގައި އަންނަ އާދިއްތަ ދުވަހުގެ މެންދުރު 12 ޖަހާއިރު ކަނޑައެޅުމަށް މެންބަރު ހުށަހެޅުއްވި އެވެ. 

Advertisement - newsAdvertisement

އެ ބައްދަލުވުމުގައި ކެޔޮދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ނިއުޝާދު ވަނީ އަންނަ މަހު 30 ވަނަ ދުވަހު ބިލުގެ މަސައްކަތް ނިންމުމަށް ހުށަހަޅައި ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއި ކައުންސިލްތަކުގެ ޖަމިއްޔާތަކުގެ އިތުރުން ސިޔާސީ ޕާޓީތައް ކޮމިޓީއަށް ހާޒިރުކޮށް، ޚިޔާލު ހޯދުމަށް ހުށަހަޅުއްވާފަ އެވެ. 

އެހެން ނަމަވެސް މެންބަރު ނިއުޝާދުގެ ހުށަހެޅުއްވުން ފާސްވެފަ އެއް ނުވެ އެވެ. އެ ހުށަހަޅުމަށް ތާއީދު ކުރެއްވީ 2 މެންބަރުންނެވެ.  އެއީ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުﷲ ސޯދިގު އާއި އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހްމާން އެވެ. 

އެ ކޮމިޓީގެ ބައްދަލުވުމުގައި ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމް ދީދީގެ ހުށަހެޅުއްވުން ފާސްވެފައި ވަނީ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. 

އެ ބިލާ ގުޅިގެން އެތައް ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެގޮތުން މި އިސްލާހުގައި ހުށަހަޅާފައިވާ ކަންކަމުގެ އާޚިރު ނަތީޖާ އަކީ ރައްޔިތުންގެ ވޯޓަކުން ހޮވާ ކައުންސިލަރުންގެ ބާރުކެނޑި، އެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބުންކަން ފާހަގަކޮށް، އެ ބިލު އަނބުރާ ގެންދިއުމަށް ރައްޔިތުންގެ މަޖިލީހަށް ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅާފަ އެވެ. 

ޕެޓިޝަންގައި ބުނީ މި އިސްލާހުތަކުން ވަޒީރުންގެ މަޖިލީހުން ނިންމާ ނިންމުންތަކާއި ދެކޮޅު ހަދާކަމަށް ނުވަތަ އެއްބާރުލުން ނުދޭ ކަމަށް ބުނެ ރައްޔިތުން ތަމްސީލު ކުރަން ވޯޓަކުން ހޮވާފައިވާ ކައުންސިލަރުންނަށް ފިޔަވަޅު އަޅަން ފުރުސަތު ލިބޭނެ ކަމަށެވެ. 

އޭގެ އިތުރުން ރައްޔިތުންގެ ފަރާތުން ކަންކަމުގައި ބަސްބުނުމުގެ ހައްގުވެސް ހަނިވެގެންދާ ކަމަށާއި އެހެންކަމުން ހުށަހެޅިފައިވާ އިސްލާހުތަކަކީ ލާމަރުކަޒީ ގާނޫނު އަދި އެ ގާނޫނޫގެ ރޫހާއި ޚިލާފު އަދި ބާރު އެބައެއްގެ ފަރާތުން ފެށިގެން އަންނަ ރައްޔިތުންގެ ބާރު ހަނި ކުރާނެ އިސްލާހުތަކަކަށް ވާތީ، އެ ބިލު އަނބުރާ ގެންދިއުމަށް އެ ޕެޓިޝަންގައި ގޮވާލައިފައިވެ އެވެ. 

މިކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެ އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލާ، ބ. ފެހެންދޫ އަދި ބ. ތުޅާދޫ ކައުންސިލްގެ ހުރިހާ މެންބަރުންގެ އިއްތިފާގުން ވެސް ވަނީ އެ ބިލު އަނބުރާ ގެންދިއުމަށް ގޮވާލައި، ގަރާރެއް ވެސް ފާސްކޮށްފަ އެވެ. އެ ދެ ކައުންސިލުން ނެރެފައިވާ ގަރާރުގައި ބުނީ އެ އިސްލާހުތަކަކީ، ގާނޫނު އަސާސީގެ 4 ވަނަ މާއްދާގައިވާ ރައްޔިތުންގެ ބާރާއި، 8 ވަނަ ބާބުގައިވާ ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ މަގްސަދާއި ބޭނުމާއި ރާއްޖެ ހޯދާފައިވާ ޑިމޮކްރެޓިކް ހުރިހާ ކުރިއެރުންތަކަކާ ކަނޑައެޅިގެން ޚިލާފު އިސްލާހުތަކެއް ކަމުގައި ދެކޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސްލާމަރުކަޒީ ނިޒާމު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

11 އޯގަސްޓު 2026

ތިން މިނިސްޓްރީގައި ބަޔަކު އަލިފާން ޖެހީއެއް ނޫން، އެންމެ ފުރަތަމަ އަލިފާން ރޯވެފައިވަނީ ސީލިންގުގައި ހުރި އޭސީ ނަރުތަކެއްގައި: އިހުސާން

11 އޯގަސްޓު 2026
ތިން މިނިސްޓްރީގައި ބަޔަކު އަލިފާން ޖެހީއެއް ނޫން، އެންމެ ފުރަތަމަ އަލިފާން ރޯވެފައިވަނީ ސީލިންގުގައި ހުރި އޭސީ ނަރުތަކެއްގައި: އިހުސާން
11 އޯގަސްޓު 2026

ދަނާލް ހާދިސާގައި ޒާތީ ޗެޓްލޮގް ހާމަކުރުން ދިފާާއުކުރައްވާ އިހުސާން ވިދާޅުވީ، އެކަން ކުރެއްވީ މަޖުބޫރުވެގެން ކަމަށް

11 އޯގަސްޓު 2026
ދަނާލް ހާދިސާގައި ޒާތީ ޗެޓްލޮގް ހާމަކުރުން ދިފާާއުކުރައްވާ އިހުސާން ވިދާޅުވީ، އެކަން ކުރެއްވީ މަޖުބޫރުވެގެން ކަމަށް
10 އޯގަސްޓު 2026

މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ: މެންބަރުން ބަހުސް ކުރާނެ ވަގުތާާއި ދިފާއުގައި ވާހަކަދައްކަން ދޭނެ ވަގުތު ކަނޑައަޅައިފި

10 އޯގަސްޓު 2026
މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ: މެންބަރުން ބަހުސް ކުރާނެ ވަގުތާާއި ދިފާއުގައި ވާހަކަދައްކަން ދޭނެ ވަގުތު ކަނޑައަޅައިފި
10 އޯގަސްޓު 2026

ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލުގައި ހުރި އިސްލާހުތައް ބަދަލުކުރަން އެމްޑީޕީ އިން ހުށަހަޅައިފި

10 އޯގަސްޓު 2026
ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލުގައި ހުރި އިސްލާހުތައް ބަދަލުކުރަން އެމްޑީޕީ އިން ހުށަހަޅައިފި
10 އޯގަސްޓު 2026

އަނބުރާ ގެންދިއުމަށް އެތައް ބަޔަކު ގޮވާލަމުންދާ ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު މަޖިލީހުން ބަލައިގަނެފި

10 އޯގަސްޓު 2026
އަނބުރާ ގެންދިއުމަށް އެތައް ބަޔަކު ގޮވާލަމުންދާ ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު މަޖިލީހުން ބަލައިގަނެފި
10 އޯގަސްޓު 2026

މި ސަރުކާރުން ދަނީ ކައުންސިލްތަކަށް އޮންނަ ހަމައެކަނި ބާރަކީ ވިހާ މަރުވާ ބެލެހެއްޓުން ކަމަށް ހެދުމަށް މަސައްކަތް ކުރަމުން: މައުރޫފް

10 އޯގަސްޓު 2026
މި ސަރުކާރުން ދަނީ ކައުންސިލްތަކަށް އޮންނަ ހަމައެކަނި ބާރަކީ ވިހާ މަރުވާ ބެލެހެއްޓުން ކަމަށް ހެދުމަށް މަސައްކަތް ކުރަމުން: މައުރޫފް
10 އޯގަސްޓު 2026

ފަޅުރަށްރަށާއި ފަޅު ކުއްޔަށް ދިނުމާބެހޭ ބިލު ބަލައިގަނެފި، ދިރާސާ ކުރާނީ މުޅި މަޖިލީހުގެ ކޮމީޓީ އިން

10 އޯގަސްޓު 2026
ފަޅުރަށްރަށާއި ފަޅު ކުއްޔަށް ދިނުމާބެހޭ ބިލު ބަލައިގަނެފި، ދިރާސާ ކުރާނީ މުޅި މަޖިލީހުގެ ކޮމީޓީ އިން
10 އޯގަސްޓު 2026

ރާއްޖޭގައި މަސައްކަތް ކުރާ ޑޮކްޓަރުންގެ 60 އިންސަތައަކީ ބިދޭސީން: މިނިސްޓަރު ގީލާ

10 އޯގަސްޓު 2026
ރާއްޖޭގައި މަސައްކަތް ކުރާ ޑޮކްޓަރުންގެ 60 އިންސަތައަކީ ބިދޭސީން: މިނިސްޓަރު ގީލާ
09 އޯގަސްޓު 2026

ކައުންސިލްތަކުން ބިންތައް އަތުލެވޭ އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލައި، މަޖިލީހަށް ޕެޓިޝަނެއް!

09 އޯގަސްޓު 2026
ކައުންސިލްތަކުން ބިންތައް އަތުލެވޭ އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލައި، މަޖިލީހަށް ޕެޓިޝަނެއް!
09 އޯގަސްޓު 2026

ވެރިކަން ފެށުނީއްސުރެ ފެންނަމުންދަނީ ލާމަރުކަޒީ ނިޒާމު ފުނޑާލައި ހުރިހާ ބާރުތަކެއް ރައީސް މުއިއްޒުގެ އަތްޕުޅަށް ޖަމާކުރުމުގެ ސިލްސިލާ މަސައްކަތްތަކެއް: ޕާޕާ

09 އޯގަސްޓު 2026
ވެރިކަން ފެށުނީއްސުރެ ފެންނަމުންދަނީ ލާމަރުކަޒީ ނިޒާމު ފުނޑާލައި ހުރިހާ ބާރުތަކެއް ރައީސް މުއިއްޒުގެ އަތްޕުޅަށް ޖަމާކުރުމުގެ ސިލްސިލާ މަސައްކަތްތަކެއް: ޕާޕާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް