Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ތިން މިނިސްޓްރީގައި ބަޔަކު އަލިފާން ޖެހީއެއް ނޫން، އެންމެ ފުރަތަމަ އަލިފާން ރޯވެފައިވަނީ ސީލިންގުގައި ހުރި އޭސީ ނަރުތަކެއްގައި: އިހުސާން

11 އޯގަސްޓު 2026 | އަންގާރަ 05:10

މިނިސްޓަރު ވިދާޅުވީ، އެންމެ ފުރަތަމަ އަލިފާން ރޯވެފައި ވަނީ، ސީލިންގުގައި ހުރި އެއަރ ކޮންޑިޝަން (އޭސީ) ތަކެއްގެ ނަރުތަކެއްގައި ކަމަށް. އެ ހާދިސާ އިން ލިބުނު މުއްދަލުގެ ގެއްލުމެއް މިނިސްޓްރީ އަށް ނޭނގޭ ކަމަށާއި، އެކަން ޖެހޭނީ ސާފުކުރަން ކަމަށް ވެސް މިނިސްޓަރު އިހުސާން ވަނީ ވިދާޅުވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 އޯގަސްޓު 2026 | އަންގާރަ 05:10

ތިން މިނިސްޓްރީ ހިންގި އިމާރާތުގައި އަލިފާން ރޯވުން | ރާއްޖެ އެމްވީ

މާލޭގެ ތިން މިނިސްޓްރީއެއް ހިންގަމުން ދިޔަ އިމާރާތުގައި އަލިފާން ރޯވެފައި ވަނީ ބަޔަކު ގަސްދުގައި އަލިފާން ޖަހައިގެން ނޫން ކަމަށާއި، އެއީ ކަރަންޓުގައި ދިމާވި މައްސަލައަކުން ހިނގި ހާދިސާއެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓޭ) ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންް މިނިސްޓަރު އިހުސާން ވިދާޅުވީ، ތިން މިނިސްޓްރީގައި އަލިފާން ރޯވި މައްސަލަ ތަހުގީގު ކުރުމަށް ބޭރުގެ ޤައުމުތަކުގެ އެހީތެރިކަން ހޯދި ކަމަށެވެ. އެ ޤައުމުތަކާާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން އެ މައްސަލަ ތަހުގީގުކޮށް ނިންމާފައިވާ ކަަމަށް ވެސް އިހުސާން ވިދާޅުވި އެވެ.

Advertisement - newsAdvertisement

އަދި އެ ތަހުގީގުން ހާމަވީ، އެއީ ބަޔަކު މީހުން ގޮސް އަލިފާން ޖަހާފައިވާ ހާދިސާއެއް ނޫން ކަމަށް އިހުސާން ފާހަގަ ކުރެއްވި އެވެ. އެއީ ކަރަންޓު ނަރުގައި ރޯވެގެން ދިމާވި ހާދިސާއެއް ކަމަށާއި، އެންމެ ފުރަތަމަ މަރުހަލާގައި ފުލުހުން އެ ތަނަށް ދިޔައިރު، ފުލުހުންގެ ބޮޑީކެމް ފުޓޭޖުތަކުން އެކަން ސާފުވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެއާ އެކު މިނިސްޓަރު ވިދާޅުވީ، އެންމެ ފުރަތަމަ އަލިފާން ރޯވެފައި ވަނީ، ސީލިންގުގައި ހުރި އެއަރ ކޮންޑިޝަން (އޭސީ) ތަކެއްގެ ނަރުތަކެއްގައި ކަމަށެވެ. އެ ހާދިސާ އިން ލިބުނު މުދަލުގެ ގެއްލުމެއް މިނިސްޓްރީ އަށް ނޭނގޭ ކަމަށާއި، އެކަން ޖެހޭނީ ސާފުކުރަން ކަމަށް ވެސް މިނިސްޓަރު އިހުސާން ވަނީ ވިދާޅުވެފައި އެވެ.

ބަޔަކު މީހުން ގޮސް އަލިފާން ޖަހާފައިވާ ހާދިސާއެއްގެ ގޮތުގައި ނޫން ތަހުގީގުން ފާހަގަ ވަނީ. ކަރަންޓުގައި ރޯވެފައި، އެންމެ ފުރަތަމަ އިނީޝިއަލް ސްޓޭޖުގައި ފުލުހުން އެ ތަނަށް އެޓެންޑުވެފައި، ފުލުހުންގެ ބޮޑީކެމް ވީޑިއޯ ފުޓޭޖުތަކުން އެކަން އަޅުގަނޑުމެންނަށް ސާފުވޭ. އެންމެ ފުރަތަމަ އަލިފާާން ރޯވެފައި ވަނީ ސީލިންގުގެ ތެރޭގައި ހުރި އެއަރ ކޮންޑިޝަނާތަކުގެ ތެރޭގައި ހުރި ވައިރުތަކެއްގައި
އަލީ އިހުސާން

ތިން މިނިސްޓްރީ ހިންގަމުން ދިޔަ އެ އިމާރާތުގައި އަލިފާން ރޯވެފައި ވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ. އަނދާ އަޅިއަށް ވެގެން ދިޔައީ ހައުސިންގ މިނިސްޓްރީ އާއި އިންފްރާސްޓްރަކްޗަރ މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ މުހިންމު ލިޔެކިޔުންތައް ހުރި އިމާރާތްތަކެވެ. 

އަލިފާނުގެ ހާދިސާ ރައްޔިތުންގެ މަޖިލިސްއަލީ އިހުސާން

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

17 އޯގަސްޓު 2026

ޕެޓިޝަންތައް "ބަލިކަށި" ކުރުމުގެ މަސައްކަތް: ކުރިން ހުށަހަޅާފައިވާ ޕެޓިޝަނަކާ ދެކޮޅު ޕެޓިޝަނެއް ހުށަހެޅޭ ގޮތް ހަދަނީ!

17 އޯގަސްޓު 2026
ޕެޓިޝަންތައް "ބަލިކަށި" ކުރުމުގެ މަސައްކަތް: ކުރިން ހުށަހަޅާފައިވާ ޕެޓިޝަނަކާ ދެކޮޅު ޕެޓިޝަނެއް ހުށަހެޅޭ ގޮތް ހަދަނީ!
17 އޯގަސްޓު 2026

ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތްހޯލްޑިންގ ޓެކްސް 10 އިންސައްތަ އިން ބޮޑުކުރަނީ

17 އޯގަސްޓު 2026
ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތްހޯލްޑިންގ ޓެކްސް 10 އިންސައްތަ އިން ބޮޑުކުރަނީ
17 އޯގަސްޓު 2026

ކީރިތި ގުރުއާން އާއި މަޖިލީހަށް ހުށަހެޅޭ ބިލްތައް ހަމަހަމަވާކަމަށް ދޭހަވާ މޭރުމަކުން މަޖިލީހުގެ ނައިބު ރައީސް ސަލީމް ވާހަކަދައްކަވައިފި

17 އޯގަސްޓު 2026
ކީރިތި ގުރުއާން އާއި މަޖިލީހަށް ހުށަހެޅޭ ބިލްތައް ހަމަހަމަވާކަމަށް ދޭހަވާ މޭރުމަކުން މަޖިލީހުގެ ނައިބު ރައީސް ސަލީމް ވާހަކަދައްކަވައިފި
17 އޯގަސްޓު 2026

މަޖިލީހުން އަދަދު ނުކުރެވޭވަރަށް ގާނޫނު ފާސްކުރޭ، އެކަމަކު އެ ހުރިހާ އެއްޗެއް ބަހައްޓަނީ ފައިލަކަށް ލާ ފޮރުވާފައި: ޣަފޫރު

17 އޯގަސްޓު 2026
މަޖިލީހުން އަދަދު ނުކުރެވޭވަރަށް ގާނޫނު ފާސްކުރޭ، އެކަމަކު އެ ހުރިހާ އެއްޗެއް ބަހައްޓަނީ ފައިލަކަށް ލާ ފޮރުވާފައި: ޣަފޫރު
17 އޯގަސްޓު 2026

މާލޭގެ މަގެއް ހެދިގެން އިސްތިހާރު ކުރަން ޓިކްޓޮކް ހަދައި، އެ ސްޓާރުންނަށް ދާއިރާތަކުގެ ތަރައްގީއަށް ނުކުރާހާ ޚަރަދު މި ސަރުކާރުން ކޮށްފި: އަމީން

17 އޯގަސްޓު 2026
މާލޭގެ މަގެއް ހެދިގެން އިސްތިހާރު ކުރަން ޓިކްޓޮކް ހަދައި، އެ ސްޓާރުންނަށް ދާއިރާތަކުގެ ތަރައްގީއަށް ނުކުރާހާ ޚަރަދު މި ސަރުކާރުން ކޮށްފި: އަމީން
17 އޯގަސްޓު 2026

ރައީސަކު ވައްކަން ކުރާ ވިސްނުން ހުރެގެން ކިތަންމެ ވަރަކަށް ގާނޫނު ހެދިޔަސް އެ ގައުމަކުން ވައްކަމެއް ނުހުއްޓުވޭނެ: ޒިޔާދު

17 އޯގަސްޓު 2026
ރައީސަކު ވައްކަން ކުރާ ވިސްނުން ހުރެގެން ކިތަންމެ ވަރަކަށް ގާނޫނު ހެދިޔަސް އެ ގައުމަކުން ވައްކަމެއް ނުހުއްޓުވޭނެ: ޒިޔާދު
16 އޯގަސްޓު 2026

އިގްތިސާދީ ހާލަތު ބޮއްސުންލާފައިވާތީ މާލިއްޔަތު ކޮމިޓީ އިން އެމްއެމްއޭއާ އެކު ބޭއްވި ބައްދަލުވުން ސިއްރުކޮށްފި

16 އޯގަސްޓު 2026
އިގްތިސާދީ ހާލަތު ބޮއްސުންލާފައިވާތީ މާލިއްޔަތު ކޮމިޓީ އިން އެމްއެމްއޭއާ އެކު ބޭއްވި ބައްދަލުވުން ސިއްރުކޮށްފި
16 އޯގަސްޓު 2026

ރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކުން އެކަނި ޓެކްސް ނަގާގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނަ ބިލު މަޖިލީހުން ބަލައިގަނެފި

16 އޯގަސްޓު 2026
ރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކުން އެކަނި ޓެކްސް ނަގާގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނަ ބިލު މަޖިލީހުން ބަލައިގަނެފި
16 އޯގަސްޓު 2026

އިނގިރޭސިވިލާތަށް ރާއްޖެ އިން ކަނޑައަޅުއްވާ ސަފީރުކަމަށް ޖަމީލާގެ ނަން ރައީސް ފޮނުއްވައިފި

16 އޯގަސްޓު 2026
އިނގިރޭސިވިލާތަށް ރާއްޖެ އިން ކަނޑައަޅުއްވާ ސަފީރުކަމަށް ޖަމީލާގެ ނަން ރައީސް ފޮނުއްވައިފި
16 އޯގަސްޓު 2026

ހައްޖު ކިއު އާންމުކޮށް ހާމަކުރެވޭނެ ގޮތެއް ހޯދުމަށް ހައްޖު ކޯޕަރޭޝަން މަޖިލީހަށް ހާޒިރުކުރަނީ

16 އޯގަސްޓު 2026
ހައްޖު ކިއު އާންމުކޮށް ހާމަކުރެވޭނެ ގޮތެއް ހޯދުމަށް ހައްޖު ކޯޕަރޭޝަން މަޖިލީހަށް ހާޒިރުކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް