Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެކޭނިކަލް ޕާކިންގ

ހުޅުމާލޭގެ މެކޭނިކަލް ޕާކިންގ ސިސްޓަމްތައް ބޭނުންނުކޮށް ލަސްވާތީ އެޗްޑީސީގެ އެމްޑީއަށް މެންބަރު ކުޑޫގެ ސުވާލުތަކެއް!

13 އޯގަސްޓު 2026 | ބުރާސްފަތި 06:19

ހުޅުމާލޭގެ 8 ސަރަހައްދެއްގައި ގާއިމުކޮށްފައިވާ 10 މެކޭނިކަލް ޕާކިންގ ސިސްޓަމް ބޭނުންނުކޮށް 7 އަހަރުވުމުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބެމުންދާތީ، އެކަމުގެ ތަފްސީލު ހޯދުމަށް މަޖިލިސް މެންބަރު މުހައްމަދު އިބްރާހީމް އެޗްޑީސީގައި އެދިވަޑައިގެންފި. ޖުމުލަ 300 އުޅަނދުގެ ޖާގަ ހިމެނޭ މި ސިސްޓަމްތައް ބޭނުންނުކޮށް ހުރުމުން 83 މިލިއަން ރުފިޔާގެ އާމްދަނީއެއް އުނިވެފައިވާކަން ފާހަގަކުރައްވައި، މި ތަންތަން އަލުން އޮޕަރޭޝަނަށް ގެނައުމަށް ރާވާފައިވާ ގޮތުގެ މައުލޫމާތު ސާފުކޮށްދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 13 އޯގަސްޓު 2026 | ބުރާސްފަތި 06:19
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ޒުހައިރު

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ޒުހައިރު | ރާއްޖެ އެމްވީ

ހުޅުމާލޭ ފޭސް 1 ގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ މެކޭނިކަލް ޕާކިންގ ސިސްޓަމްތައް ބޭނުންނުކޮށް ގިނަ ދުވަސްތަކެއް ވަމުންދާތީ އެކަމާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރަށް ސިޓީއެއް ފޮނުއްވައިފި އެވެ.

މެންބަރު ކުޑޫ ފާހަގަކުރައްވާފައިވާ ގޮތުގައި ހުޅުމާލޭގެ 8 ސަރަހައްދެއްގައި ހަދާފައިވާ 10 މެކޭނިކަލް ޕާކިންގ ސިސްޓަމް އެބަހުއްޓެވެ. އެ ތަންތަން އާންމުންނަށް ބޭނުން ކުރެވޭހެން ހުޅުވާނުލައި ހުންނަތާ މިހާރު 7 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

Advertisement - newsAdvertisement

ޖުމުލަ 300 އުޅަނދު ޕާކު ކުރެވޭނެ ޖާގަ ހިމެނޭ މި ސިސްޓަމްތަކަކީ މިހާތަނަށް އާންމު ރައްޔިތަކަށް ވެސް އަދި ދައުލަތަށް ވެސް އެއްވެސް ފައިދާއެއް ނުލިބި ބޮޑު އިސްރާފުގެ ގޮތުގައި ފާހަގަކުރެވޭ ތަންތަން ކަމަށް މެންބަރު ކުޑޫ ވިދާޅުވި އެވެ.

2019 ވަނަ އަހަރުން ފެށިގެން މި 300 ޕާކިންގ ޖާގަ ދުވާލަކު އެންމެ 100 ރުފިޔާގެ މަގުން ކުއްޔަށް ދޫކުރިނަމަވެސް މިއަދާ ހަމައަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 83 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބޭނެ ކަމަށް މެންބަރު ފާހަގަކުރެއްވި އެވެ. މި ސިސްޓަމްތަކުގެ ބޮޑުބައި އަދިވެސް ބަލާބެލުމަށް ފެންނަނީ ރަނގަޅަށް ކަމަށާއި، މީގެ ތެރެއިން އެއް ސިސްޓަމް ރޫޅާލުމަށްފަހު އޭގެ ބައިތައް މިހާރު ވަނީ އޯޝަން ފްރަންޓު ކުރިމަތީ ހުސް ބިމުގައި ބަހައްޓާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން ހުޅުމާލެއަކީ އެޗްޑީސީގެ ބެލުމުގެ ދަށުގައި ހުރި ތަނަކަށްވާއިރު މިކަމާ ގުޅޭ ބައެއް މައުލޫމާތު ސާފުކުރައްވަން ބޭނުންވެވަޑައިގަންނަވާ ކަމަށް މެންބަރު ކުޑޫ ވިދާޅުވި އެވެ.

އޭނާ ސާފުކޮށްދިނުމަށް އެދިވަޑައިގެންފައިވާ މައުލޫމާތުތަކުގެ ތެރޭގައި އަމަލީ ގޮތުން މި ސިސްޓަމްތައް ބޭނުން ކުރެވޭ ގޮތް ހެދުމަށް މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާއި، ސިސްޓަމްތައް އާންމު ބޭނުންތަކަށް ހުޅުވާނުލާ ދިގު މުއްދަތެއް ހޭދަވުމުން ގެއްލުނު އޮޕޮޗުނިޓީ ކޯސްޓަށް ޒިންމާވާނީ ދައުލަތުގެ ކޮން މުއައްސަސާއަކުން ކަމާއި މި ސިސްޓަމްތައް އަލުން ބޭނުންކުރަން ފަށަން ގަސްދުކުރޭތޯ ސާފުކޮށްދިނުމަށް އެދިވަޑައިގެންފައިވެ އެވެ.

އަދި ކުރާނަމަ އެކަން ކުރާނެ ގޮތްތަކާއި ތާރީޚުތައް ސާފުކޮށްދެއްވުމަށް ވެސް މެންބަރު ކުޑޫ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރަށް ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައިވެ އެވެ.

މުހައްމަދު އިބްރާހީމްއަލީ ޒުހައިރު އެޗްޑީސީމެކޭނިކަލް ޕާކިންގ ސިސްޓަމް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

08 އޯގަސްޓު 2026

ތައުލީމީ ދާއިރާއާ ގުޅޭގޮތުން ގިނަ މައުލޫމާތުތަކެއް ސާފުކުރުމަށް އެދި މެންބަރު ކުޑޫގެ ސިޓީއެއް މިނިސްޓަރު ޝަފީއު އަށް

08 އޯގަސްޓު 2026
ތައުލީމީ ދާއިރާއާ ގުޅޭގޮތުން ގިނަ މައުލޫމާތުތަކެއް ސާފުކުރުމަށް އެދި މެންބަރު ކުޑޫގެ ސިޓީއެއް މިނިސްޓަރު ޝަފީއު އަށް
03 އޯގަސްޓު 2026

ކުނި އުކާލުމުގެ ތެރެއިން ހުޅުމާލޭ ފަޅުތެރެއަށް ކުނި އެޅި، ފަޅު ހަޑިވަމުންދާ މައްސަލައިގައި މެންބަރު ކުޑޫގެ ސުވާލުތަކެއް ވެމްކޯގެ އެމްޑީ މުޖުތަބާ އަށް!

03 އޯގަސްޓު 2026
ކުނި އުކާލުމުގެ ތެރެއިން ހުޅުމާލޭ ފަޅުތެރެއަށް ކުނި އެޅި، ފަޅު ހަޑިވަމުންދާ މައްސަލައިގައި މެންބަރު ކުޑޫގެ ސުވާލުތަކެއް ވެމްކޯގެ އެމްޑީ މުޖުތަބާ އަށް!
28 ޖުލައި 2026

މުވައްޒަފުން ވަކިކުރާތީ ހުށަހެޅި ޤަރާރު ޖަނާބަށްވީ "ބޭޤަރާރަކަށް"، ވިދާޅުވީ އެ ޤަރާރުގެ ސަބަބުން ވަގުތު ބޭކާރުވާކަމަށް

28 ޖުލައި 2026
މުވައްޒަފުން ވަކިކުރާތީ ހުށަހެޅި ޤަރާރު ޖަނާބަށްވީ "ބޭޤަރާރަކަށް"، ވިދާޅުވީ އެ ޤަރާރުގެ ސަބަބުން ވަގުތު ބޭކާރުވާކަމަށް
18 ޖުލައި 2026

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރަން 3 މަހުގެ މުއްދަތެއް ދީފި

18 ޖުލައި 2026
ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރަން 3 މަހުގެ މުއްދަތެއް ދީފި
05 ޖުލައި 2026

"މާފުދޭކަށް ބޭނުމެއް ނޫން، އަޅުގަނޑުމެންގެ ދަރިފުޅުވެސް ނިމިދިޔައީ، ވީމާ ބޭނުމީ މަރަށް މަރު": މޫސަގެ ވާރިސުން

05 ޖުލައި 2026
"މާފުދޭކަށް ބޭނުމެއް ނޫން، އަޅުގަނޑުމެންގެ ދަރިފުޅުވެސް ނިމިދިޔައީ، ވީމާ ބޭނުމީ މަރަށް މަރު": މޫސަގެ ވާރިސުން
02 ޖުލައި 2026

އެއް އަހަރުން ނިންމާނެ ކަމަށް ބުނެ 278 މިލިއަން ރުފިޔާއަށް ހަވާލުކުރި ހިޔާ ޓަވަރުގައި ލިފްޓް ހަރުކޮށް ނިންމުން ފާހަގަކުރުމަށް ބޮޑު ރަސްމިއްޔާތެއް ބާއްވަނީ!

02 ޖުލައި 2026
އެއް އަހަރުން ނިންމާނެ ކަމަށް ބުނެ 278 މިލިއަން ރުފިޔާއަށް ހަވާލުކުރި ހިޔާ ޓަވަރުގައި ލިފްޓް ހަރުކޮށް ނިންމުން ފާހަގަކުރުމަށް ބޮޑު ރަސްމިއްޔާތެއް ބާއްވަނީ!
20 ޖޫން 2026

އެޗްޑީސީގެ މުވައްޒަފުންނަށް 2025 ވަނަ އަހަރުގެ ބޯނަސް ދިނުމަށްފަހު އެއްބައި ދިނުމަށް އަންގައިފި

20 ޖޫން 2026
އެޗްޑީސީގެ މުވައްޒަފުންނަށް 2025 ވަނަ އަހަރުގެ ބޯނަސް ދިނުމަށްފަހު އެއްބައި ދިނުމަށް އަންގައިފި
19 ޖޫން 2026

އެމް.ޑީ.ޕީން ކޯޓަށް ގޮސް ވަޒީފާއިން ކަނޑާލި މުވައްޒަފުންގެ ޙައްޤު ހޯދައިދޭނަން: ނިޔާޒު

19 ޖޫން 2026
އެމް.ޑީ.ޕީން ކޯޓަށް ގޮސް ވަޒީފާއިން ކަނޑާލި މުވައްޒަފުންގެ ޙައްޤު ހޯދައިދޭނަން: ނިޔާޒު
19 ޖޫން 2026

އެޗްޑީސީގެ މުވައްޒަފުންނަށް މާލީ އިނާޔަތްތަކާއެކު ވަކިވުމުގެ ފުރުސަތު ހުޅުވާލައިފި

19 ޖޫން 2026
އެޗްޑީސީގެ މުވައްޒަފުންނަށް މާލީ އިނާޔަތްތަކާއެކު ވަކިވުމުގެ ފުރުސަތު ހުޅުވާލައިފި
13 ޖޫން 2026

ސަރުކާރުގެ ވުޒާރާއެއް އަނދާ ހުލިވެގެން ދިޔައިރު، އެ ވާހަކަ ދައްކާނެ ބަޔަކު މިއަދު ނެތް: އިހުސާން

13 ޖޫން 2026
ސަރުކާރުގެ ވުޒާރާއެއް އަނދާ ހުލިވެގެން ދިޔައިރު، އެ ވާހަކަ ދައްކާނެ ބަޔަކު މިއަދު ނެތް: އިހުސާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް