Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކައުންސިލްތަކުގެ ބިންތައް

ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު ބޭރު ކޮށްލާ ޕެޓިޝަނަށް، މަޖިލީހުގެ ތަޅުމުގައި ބަހުސްކުރަން މަޖުބޫރުވާ ވަރަށް ސޮއި ހަމަކޮށްފި!

15 އޯގަސްޓު 2026 | ހޮނިހިރު 18:22

ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުތަކުގެ ސަބަބުން ކައުންސިލްތަކުގެ ބާރު ކެނޑި، ރައްޔިތުންގެ ބަސްބުނުމުގެ ހައްގު ހަނިވާނެތީ އެ ބިލު އަނބުރާ ގެންދިއުމަށް ގޮވާލައި އާންމުންގެ ބޮޑު ތަރުހީބަކާއެކު މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި. ވޯޓުލެވޭ އާބާދީގެ 0.5 އިންސައްތަ ސޮއި ހަމަވުމާ ގުޅިގެން، މި ޕެޓިޝަން ދިރާސާކޮށް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކަމާގުޅޭ ކޮމިޓީއަށް މިހާރު ވަނީ ލާޒިމުވެފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 15 އޯގަސްޓު 2026 | ހޮނިހިރު 18:22
ރައީސުލްޖުމްހޫރިއްޔާ، މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލާ އތމ ކޮމިޓީއާ ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ، މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލާ އތމ ކޮމިޓީއާ ބައްދަލުކުރެއްވުން | ރައީސް އޮފީސް

ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ތުޅާދޫ ދާއިރާ މެންބަރު އަބްދުލް ހައްނާން އަބޫބަކުރު ސްޕޮންސަރ ކުރައްވާ ހުށަަހަޅުއްވާފައިވާ ބިލު އަނބުރާ ގެންދިއުމަށް ގޮވަލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އީ - ޕެޓިޝަނަށް 2140 އަށް ވުރެ ގިނަ މީހުންގެ ސޮއި ހަމަ ކޮށްފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ އުސޫލުަތައް ބުނާ ގޮތުން މިއީ ތްރެޝްހޯލްޑް 2 ގެ ޕެޓިޝަނެކެވެ. މި ތްރެޝްހޯލްޑް ހަމަވަނީ ދިވެހީންގެ އާބާދީގެ 0.5 ޕަސެންޓާ އެއްވަރަށް ސޮއި ހަމަވުމުންނެވެ. މިއާއެކު މި ޕެޓިޝަން ވެގެން ގޮސްފައި ވަނީ ހާއްސަ ޕެޓިޝަނަކަށެވެ. މިއީ  މަޖިލީހުގެ ތަޅުމުގައި ބަހުސްކުރަން މަޖުބޫރުވާ ވަރަށް ސޮއި ހަމަކޮށް ހުށައެޅި ފުރަތަމަ ޕެޓިޝަން އަކަށް ވުމުގެ އިތުރުން މަޖިލިހުގައި ބަހުސް ކުރަންޖެހޭނެ މިފަދަ ފުރަތަމަ ޕެޓިޝަނަށް ވެސް ވެގެންދިޔައީއެވެ. 

Advertisement - newsAdvertisement

މަޖިލީހުގެ އީ - ޕެޓިޝަން ގަވާއިދު ބުނާގޮތުން، ޕެޓިޝަނަކަށް 2,100 ސޮއި (ވޯޓުލެވޭ އާބާދީގެ 0.5 ޕަސެންޓް) ހަމަވުމުން، އެ ޕެޓިޝަނެއް މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ދިރާސާކުރުމަށް ފޮނުވުން ލާޒިމުވެ އެވެ. އަދި އެ ޕެޓިޝަން، ކޮމިޓީ އަށް ލިބޭތާ ގިނަވެގެން ރަސްމީ ބަންދު ނޫން 2 ދުވަހުގެ ތެރޭގައި އެ ޕެޓިޝަނާ ގުޅޭ ގޮތުން ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައި، އެ ޕެޓިޝަން ސަރުކަރުގެ ސަމާލުކަމަށް ގެންނަން ވާނެ ކަމަށް ވެސް ބަޔާން ކޮށްފައިވެ އެވެ. 

އޭގެ އިތުރުން އެ ޕެޓިޝަނާ މެދު މަޖިލީހުގައި ބަހުސް ކުރުމަށްޓަކައި އެ ޕެޓިޝަން މަޖިލީހުގެ ރައީސް އަށް ފޮނުވަން ވާނެ ކަމަށް ވެސް ގަވާއިދުގައި ވަނީ ބަޔާން ކޮށްފަ އެވެ. 

އެ ޕެޓިޝަނަށް ބޭނުންވާ މިންވަރަށް ސޮއި ހަމަ ކޮށްފައިވާއިރު ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތަކާއި ތަންތަން ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި އެ ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސުން ވަކިކުރަން ސަރުކާރުން ނިންމާ ހާލަތެއްގައި، އެ ތަންތަން ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު، އެންމެ 5 ދުވަހުން ދިރާސާ ކޮށް ނިންމުމަށް، ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީ އިން ވަނީ ނިންމާފަ އެވެ. 

އެ ބިލާ ގުޅިގެން އެތައް ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެގޮތުން ސޮއި ހަމަކޮށްފައިވާ ޕެޓިޝަންގައި ވެސް ވަނީ މުހިއްމު ކަންކަން ފާހަގަ ކޮށްފަ އެވެ. އެގޮތުން މި އިސްލާހުގައި ހުށަހަޅާފައިވާ ކަންކަމުގެ އާޚިރު ނަތީޖާ އަކީ ރައްޔިތުންގެ ވޯޓަކުން ހޮވާ ކައުންސިލަރުންގެ ބާރުކެނޑި، އެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބުންކަން ފާހަގަކޮށްފައި ވެ އެވެ. 

ޕެޓިޝަންގައި ބުނީ މި އިސްލާހުތަކުން ވަޒީރުންގެ މަޖިލީހުން ނިންމާ ނިންމުންތަކާއި ދެކޮޅު ހަދާކަމަށް ނުވަތަ އެއްބާރުލުން ނުދޭ ކަމަށް ބުނެ ރައްޔިތުން ތަމްސީލު ކުރަން ވޯޓަކުން ހޮވާފައިވާ ކައުންސިލަރުންނަށް ފިޔަވަޅު އަޅަން ފުރުސަތު ލިބޭނެ ކަމަށެވެ. 

އޭގެ އިތުރުން ރައްޔިތުންގެ ފަރާތުން ކަންކަމުގައި ބަސްބުނުމުގެ ހައްގުވެސް ހަނިވެގެންދާ ކަމަށާއި އެހެންކަމުން ހުށަހެޅިފައިވާ އިސްލާހުތަކަކީ ލާމަރުކަޒީ ގާނޫނު އަދި އެ ގާނޫނޫގެ ރޫހާއި ޚިލާފު އަދި ބާރު އެބައެއްގެ ފަރާތުން ފެށިގެން އަންނަ ރައްޔިތުންގެ ބާރު ހަނި ކުރާނެ އިސްލާހުތަކަކަށް ވާތީ، އެ ބިލު އަނބުރާ ގެންދިއުމަށް އެ ޕެޓިޝަންގައި ގޮވާލައިފައިވެ އެވެ. 

މެންބަރު އަބްދުލް ހައްނާން އަބޫބަކުރު ސްޕޮންސަރ ކުރައްވާ ހުށަަހަޅުއްވާފައިވާ މި ބިލަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވަނީ އިސްލާހު ތަކެއް ވެސް ހުށަހަޅުއްވާފަ އެވެ. އަދި އެ ބިލާ ދެކޮޅަށް ބ. ފެހެންދޫ، ގޮއިދޫ އަދި ތުޅާދޫ ކައުންސިލުން ވެސް ގަރާރެއް ނެރެ، އެ ބިލު ބޭރުކޮށްލުމަށް ވަނީ ގޮވާލާފަ އެވެ. 

އަބްދުލް ހަންނާން އަބޫބަކުރުބ. ތުޅާދޫލާމަރުކަޒީ ގާނޫނުމުޙައްމަދު އިބްރާހީމް (ކުޑޫ)ފެހެންދޫ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުކައުންސިލް ނިޒާމު

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

13 އޯގަސްޓު 2026

މެންބަރު ހަންނާން ހުށަހެޅުއްވި އިސްލާހުތަކާ ދެކޮޅަށް ޕީއެންސީގެ މެޖޯރިޓީ އޮންނަ ގޮއިދޫ ކައުންސިލުން ގަރާރެއް ނެރެފި

13 އޯގަސްޓު 2026
މެންބަރު ހަންނާން ހުށަހެޅުއްވި އިސްލާހުތަކާ ދެކޮޅަށް ޕީއެންސީގެ މެޖޯރިޓީ އޮންނަ ގޮއިދޫ ކައުންސިލުން ގަރާރެއް ނެރެފި
13 އޯގަސްޓު 2026

ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލުތަކުގެ ސަބަބުން ސަރުކާރުގެ ވެރިންނަށް ރަަަށްތަކަށް ނޭރޭނެ ދުވަސް އަންނާނެ: ޝަފީގު

13 އޯގަސްޓު 2026
ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލުތަކުގެ ސަބަބުން ސަރުކާރުގެ ވެރިންނަށް ރަަަށްތަކަށް ނޭރޭނެ ދުވަސް އަންނާނެ: ޝަފީގު
12 އޯގަސްޓު 2026

ކައުންސިލްތަކުގެ ބިންތައް ސަރުކާރަށް އަތުލެވޭ ބިލާ ދެކޮޅަށް އެހެން ކައުންސިލްތަކާ ގުޅިގެން އިހްތިޖާޖު ކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި

12 އޯގަސްޓު 2026
ކައުންސިލްތަކުގެ ބިންތައް ސަރުކާރަށް އަތުލެވޭ ބިލާ ދެކޮޅަށް އެހެން ކައުންސިލްތަކާ ގުޅިގެން އިހްތިޖާޖު ކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި
12 އޯގަސްޓު 2026

ސަރުކާރަށް ބޭނުންވާ ކަންކަން ނިންމައިދޭން ވަގުތު ހޯދާ ދެއްކުންތެރި މަޖިލީހެއް!

12 އޯގަސްޓު 2026
ސަރުކާރަށް ބޭނުންވާ ކަންކަން ނިންމައިދޭން ވަގުތު ހޯދާ ދެއްކުންތެރި މަޖިލީހެއް!
12 އޯގަސްޓު 2026

ކައުންސިލުތަކުގެ ބިން ސަރުކާރަށް ނެގޭ ބިލުގެ މަސައްކަތް ނުނިމޭތީ، "މުހިއްމު ކަންކަން" ހުރިކަމަށް ބުނެ ދައުރު ދަންމާލަނީ

12 އޯގަސްޓު 2026
ކައުންސިލުތަކުގެ ބިން ސަރުކާރަށް ނެގޭ ބިލުގެ މަސައްކަތް ނުނިމޭތީ، "މުހިއްމު ކަންކަން" ހުރިކަމަށް ބުނެ ދައުރު ދަންމާލަނީ
11 އޯގަސްޓު 2026

ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި މާލެއިން 13،000 އަކަފޫޓުގެ ބިން 13،000 ރުފިޔާއަށް ދީފައި އެބަހުރި: މޭޔަރު އާޒިމް

11 އޯގަސްޓު 2026
ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި މާލެއިން 13،000 އަކަފޫޓުގެ ބިން 13،000 ރުފިޔާއަށް ދީފައި އެބަހުރި: މޭޔަރު އާޒިމް
11 އޯގަސްޓު 2026

ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލުގެ މަސައްކަތް 5 ދުވަހުގެ ތެރޭގައި ކޮމިޓީ އިން ނިންމަނީ!

11 އޯގަސްޓު 2026
ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލުގެ މަސައްކަތް 5 ދުވަހުގެ ތެރޭގައި ކޮމިޓީ އިން ނިންމަނީ!
10 އޯގަސްޓު 2026

ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލުގައި ހުރި އިސްލާހުތައް ބަދަލުކުރަން އެމްޑީޕީ އިން ހުށަހަޅައިފި

10 އޯގަސްޓު 2026
ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލުގައި ހުރި އިސްލާހުތައް ބަދަލުކުރަން އެމްޑީޕީ އިން ހުށަހަޅައިފި
10 އޯގަސްޓު 2026

އަނބުރާ ގެންދިއުމަށް އެތައް ބަޔަކު ގޮވާލަމުންދާ ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު މަޖިލީހުން ބަލައިގަނެފި

10 އޯގަސްޓު 2026
އަނބުރާ ގެންދިއުމަށް އެތައް ބަޔަކު ގޮވާލަމުންދާ ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު މަޖިލީހުން ބަލައިގަނެފި
10 އޯގަސްޓު 2026

މި ސަރުކާރުން ދަނީ ކައުންސިލްތަކަށް އޮންނަ ހަމައެކަނި ބާރަކީ ވިހާ މަރުވާ ބެލެހެއްޓުން ކަމަށް ހެދުމަށް މަސައްކަތް ކުރަމުން: މައުރޫފް

10 އޯގަސްޓު 2026
މި ސަރުކާރުން ދަނީ ކައުންސިލްތަކަށް އޮންނަ ހަމައެކަނި ބާރަކީ ވިހާ މަރުވާ ބެލެހެއްޓުން ކަމަށް ހެދުމަށް މަސައްކަތް ކުރަމުން: މައުރޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް