Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލުގައި ހުރި އިސްލާހުތައް ބަދަލުކުރަން އެމްޑީޕީ އިން ހުށަހަޅައިފި

10 އޯގަސްޓު 2026 | ހޯމަ 08:35

ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ހުށަހެޅި ބިލަށް، ކައުންސިލާއި ރައްޔިތުންގެ މަޝްވަރާ ހޯދުން މަޖުބޫރުކުރުމަށް މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އިސްލާހު ހުށަހަޅުއްވައިފި. މީގެ އިތުރުން ބިން ވަކިކުރާ ސަބަބު ބަޔާންކޮށް އުސޫލުތަކެއް އެކުލަވާލުމަށް ހުށަހަޅާފައިވާއިރު، މި ބިލު މިހާރު ވަނީ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވާފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 10 އޯގަސްޓު 2026 | ހޯމަ 08:35
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) | ރައްޔިތުންގެ މަޖިލިސް

ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތަކާއި ތަންތަން ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި އެ ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސުން ވަކިކުރަން ސަރުކާރުން ނިންމާ ހާލަތެއްގައި، އެ ތަންތަން ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލަށް ބަދަލުތަކެއް ގެނައުމަށް ހުށަހަޅައިފި އެވެ. 

ތުޅާދޫ ދާއިރާ މެންބަރު އަބްދުލް ހައްނާން އަބޫބަކުރު ސްޕޮންސަރ ކުރައްވާ ހުށަަހަޅުއްވާފައިވާ މި ބިލަށް އިސްލާހު ހުށަހަޅުއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. 

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް މެންބަރު ފޮނުއްވި ސިޓީއެއްގައި އެ ބިލު އިސްލާހު ކުރުމަށް ހުށަހަޅާ ގޮތްތައް ވަނީ ހިމަނާފަ އެވެ. 

އެގޮތުން ރަށެއް ނުވަތަ ސިޓީ ކައުންސިލެއްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ އެއްވެސް ބިމެއް، ފަޅެއް، ފަޅުރަށެއް ނުވަތަ ކަނޑުގެ ވަސީލަތެއް އަދި އެ ނޫން ވެސް އެސެޓެއް އެ ކައުންސިލަކާ މަޝްވަރާ ކުރުމަކާ ނުލައި، މަރުކަޒީ ސަރުކާރުގެ ބެލުމުގެ ދަށަށް ބަދަލު ނުކުރެވޭ ގޮތަށް ބިލު އިސްލާހު ކުރުމަށް މެންބަރު ވަނީ ހުށަހަޅުއްވާފަ އެވެ. 

މީގެ އިތުރުން މަރުކަޒީ ސަރުކާރާއި، ލޯކަލް ކައުންސިލްތަކާ ދެމެދު އިހުތިސާސްތަކާ ވަސީލަތްތައް ބަދަލުކުރުމުގައި އަމަލުކުރާނެ އުސޫލުތަކާއި، މަޝްވަރާ ކުރުމުގެ މަރުހަލާތައް ބަޔާން ކުރާ ގަވާއިދެއް ލޯކަލް ގަވަރންމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެކުލަވާލައި، އާންމު ކޮށް ޝާއިއު ކުރުމަށް ވެސް މެންބަރު ހުށަހެޅުއްވި އެވެ.

މަރުކަޒީ ސަރުކާރުން ކައުންސިލެއްގެ އިހުތިސާސަށް ނުވަތަ ވަސީލަތްތަކަށް ބަދަލެއް ގެންނަން ހުށަހަޅައިފި ހާލަތެއްގައި އެކަމާމެދު ގޮތެއް ނިންމުމުގެ ކުރިން، އެ ކައުންސިލަކުން އެ ރަށެއްގެ ނުވަތަ ސިޓީ އެއްގެ ރައްޔިތުންނާއެކު އާންމު ބައްދަލުވުމެއް ބާއްވައި، ރައްޔިތުންގެ ޚިޔާލު ހޯދަންވާނެ ކަމަށް ވެސް މެންބަރު ހުށަހެޅުއްވި އިސްލާހުގައިވެ އެވެ. 

މެންބަރު ހުށަހެޅުއްވި އިސްލާހުގައި ވަނީ ކައުންސިލެއްގެ އިހުތިސާސުން އެސެޓެއް ނުވަތަ ވަސީލަތެއް ވަކިކުރުމަށް މަރުކަޒީ ސަރުކާރުން ބޭނުންވާނަމަ، އެކަން ކުރަންޖެހޭ ސަބަބާއި، އެ ނިންމުމުގެ ސަބަބުން އާންމު މަސްލަހަތު ހިމާޔަތް ކުރެވޭ ގޮތުގެ ތަފްސީލީ ބަޔާނެއް، މަރުކަޒީ ސަރުކާރުން ލިޔުމުން އެކުލަވާލައި އާންމުކޮށް ޝާއިއު ކުރަން ވާނެ ކަމަށެވެ. 

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތަކާއި ތަންތަން ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި އެ ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސުން ވަކިކުރަން ސަރުކާރުން ނިންމާ ހާލަތެއްގައި، އެ ތަންތަން ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ބަލައިގަތުމަށް ވަނީ ފާސްކޮށްފަ އެވެ. 

ގިނަ ބައެއްގެ ކަންބޮޑުވުން ހުރި މި ބިލު ބަލައިގަތުމަށް މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާއިރު އެ ބިލު ދިރާސާ ކުރުމަށް ވަނީ ލާމަރުކަޒީ ކޮމިޓީ އަށް ފޮނުވާފަ އެވެ. މަޖިލީހުން ބިލުގެ މަސައްކަތްތައް ކުރިއަށް ގެންދާއިރު އެ ބިލު އަނބުރާ ގެންދިއުމަށް ގޮވާލައި، މަޖިލީހަށް ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅާފަ އެވެ. 

ރައްޔިތުންގެ މަޖިލިސްލާމަރުކަޒީ ނިޒާމު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

10 އޯގަސްޓު 2026

އަނބުރާ ގެންދިއުމަށް އެތައް ބަޔަކު ގޮވާލަމުންދާ ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު މަޖިލީހުން ބަލައިގަނެފި

10 އޯގަސްޓު 2026
އަނބުރާ ގެންދިއުމަށް އެތައް ބަޔަކު ގޮވާލަމުންދާ ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު މަޖިލީހުން ބަލައިގަނެފި
10 އޯގަސްޓު 2026

މި ސަރުކާރުން ދަނީ ކައުންސިލްތަކަށް އޮންނަ ހަމައެކަނި ބާރަކީ ވިހާ މަރުވާ ބެލެހެއްޓުން ކަމަށް ހެދުމަށް މަސައްކަތް ކުރަމުން: މައުރޫފް

10 އޯގަސްޓު 2026
މި ސަރުކާރުން ދަނީ ކައުންސިލްތަކަށް އޮންނަ ހަމައެކަނި ބާރަކީ ވިހާ މަރުވާ ބެލެހެއްޓުން ކަމަށް ހެދުމަށް މަސައްކަތް ކުރަމުން: މައުރޫފް
10 އޯގަސްޓު 2026

ފަޅުރަށްރަށާއި ފަޅު ކުއްޔަށް ދިނުމާބެހޭ ބިލު ބަލައިގަނެފި، ދިރާސާ ކުރާނީ މުޅި މަޖިލީހުގެ ކޮމީޓީ އިން

10 އޯގަސްޓު 2026
ފަޅުރަށްރަށާއި ފަޅު ކުއްޔަށް ދިނުމާބެހޭ ބިލު ބަލައިގަނެފި، ދިރާސާ ކުރާނީ މުޅި މަޖިލީހުގެ ކޮމީޓީ އިން
10 އޯގަސްޓު 2026

ރާއްޖޭގައި މަސައްކަތް ކުރާ ޑޮކްޓަރުންގެ 60 އިންސަތައަކީ ބިދޭސީން: މިނިސްޓަރު ގީލާ

10 އޯގަސްޓު 2026
ރާއްޖޭގައި މަސައްކަތް ކުރާ ޑޮކްޓަރުންގެ 60 އިންސަތައަކީ ބިދޭސީން: މިނިސްޓަރު ގީލާ
09 އޯގަސްޓު 2026

ކައުންސިލްތަކުން ބިންތައް އަތުލެވޭ އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލައި، މަޖިލީހަށް ޕެޓިޝަނެއް!

09 އޯގަސްޓު 2026
ކައުންސިލްތަކުން ބިންތައް އަތުލެވޭ އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލައި، މަޖިލީހަށް ޕެޓިޝަނެއް!
09 އޯގަސްޓު 2026

ވެރިކަން ފެށުނީއްސުރެ ފެންނަމުންދަނީ ލާމަރުކަޒީ ނިޒާމު ފުނޑާލައި ހުރިހާ ބާރުތަކެއް ރައީސް މުއިއްޒުގެ އަތްޕުޅަށް ޖަމާކުރުމުގެ ސިލްސިލާ މަސައްކަތްތަކެއް: ޕާޕާ

09 އޯގަސްޓު 2026
ވެރިކަން ފެށުނީއްސުރެ ފެންނަމުންދަނީ ލާމަރުކަޒީ ނިޒާމު ފުނޑާލައި ހުރިހާ ބާރުތަކެއް ރައީސް މުއިއްޒުގެ އަތްޕުޅަށް ޖަމާކުރުމުގެ ސިލްސިލާ މަސައްކަތްތަކެއް: ޕާޕާ
06 އޯގަސްޓު 2026

ސަރުކާރަށް ފާޑުކިޔާ ޕީއެންސީގެ މަޖިލީހުގެ މެންބަރުންނަށް ދެވަނަ ފަހަރަށް އެފަދަ ވާހަކައެއް ނުދެއްކޭ ވަރަށް އިންޒާރުދީ، ފިއްތުންތައް ކުރިމަތިކުރުވާ: މެންބަރު ނާޒިލް

06 އޯގަސްޓު 2026
ސަރުކާރަށް ފާޑުކިޔާ ޕީއެންސީގެ މަޖިލީހުގެ މެންބަރުންނަށް ދެވަނަ ފަހަރަށް އެފަދަ ވާހަކައެއް ނުދެއްކޭ ވަރަށް އިންޒާރުދީ، ފިއްތުންތައް ކުރިމަތިކުރުވާ: މެންބަރު ނާޒިލް
05 އޯގަސްޓު 2026

ކައުންސިލްތަކުގެ ބާރު ކަނޑުވާލާއިރު، ޕީއެންސީ ކައުންސިލަރުން ވެސް އެމްޑީޕީއާއެކު އިހުތިޖާޖަށް ނުކުންނާނެ ކަމަށް އުންމީދުކުރަން: ނަޝީދު

05 އޯގަސްޓު 2026
ކައުންސިލްތަކުގެ ބާރު ކަނޑުވާލާއިރު، ޕީއެންސީ ކައުންސިލަރުން ވެސް އެމްޑީޕީއާއެކު އިހުތިޖާޖަށް ނުކުންނާނެ ކަމަށް އުންމީދުކުރަން: ނަޝީދު
05 އޯގަސްޓު 2026

ސަރުކާރުން ބޭނުންވާއިރަށް ބަދަލެއް ދިނުމެއް ނެތި ރަށްތަކާއި މުދާ ދައުލަތަށް ނެގިގެން ނުވާނެ: ޝަމްހީދު

05 އޯގަސްޓު 2026
ސަރުކާރުން ބޭނުންވާއިރަށް ބަދަލެއް ދިނުމެއް ނެތި ރަށްތަކާއި މުދާ ދައުލަތަށް ނެގިގެން ނުވާނެ: ޝަމްހީދު
05 އޯގަސްޓު 2026

މެންބަރުން ތިބީ އަޅުންގެ ގޮތުގައި ބަނދެވިފައި، އެގޮތުގައި ތިބެ ރައްޔިތުންގެ ޙައްގުގައި ވަކާލާތެއް ނުކުރެވޭނެ: މެންބަރު ޒިޔާދު

05 އޯގަސްޓު 2026
މެންބަރުން ތިބީ އަޅުންގެ ގޮތުގައި ބަނދެވިފައި، އެގޮތުގައި ތިބެ ރައްޔިތުންގެ ޙައްގުގައި ވަކާލާތެއް ނުކުރެވޭނެ: މެންބަރު ޒިޔާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް