Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

މި ސަރުކާރުން ދަނީ ކައުންސިލްތަކަށް އޮންނަ ހަމައެކަނި ބާރަކީ ވިހާ މަރުވާ ބެލެހެއްޓުން ކަމަށް ހެދުމަށް މަސައްކަތް ކުރަމުން: މައުރޫފް

10 އޯގަސްޓު 2026 | ހޯމަ 06:58

ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ކައުންސިލްތަކުގެ ބާރުތައް ކަނޑުވާލައި، ގާނޫނުއަސާސީއާ ހިލާފަށް ހުށަހަޅާފައިވާ ބިލެއް ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ. މި ބަދަލުގެ ސަބަބުން ރަށު ކައުންސިލްތަކުގެ އިހުތިސާސްގައިވާ ބިންތައް ސަރުކާރަށް ނެގުމުގެ ފުރުސަތު ލިބި، މުޅި ނިޒާމު ފުނޑިގެންދާނެ ކަމަށް ވިދާޅުވެ މެންބަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 10 އޯގަސްޓު 2026 | ހޯމަ 06:58
ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވާހަކަ ދައްކަވަނީ

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވާހަކަ ދައްކަވަނީ | ރައްޔިތުންގެ މަޖިލިސް

މި ސަރުކާރު ވެރިކަމާ ހަވާލުވި ދުވަހުން ފެށިގެން ވެސް ކުރަމުންދާ ހަމައެކަނި މަސައްކަތަކީ ރައްޔިތުންނަށް ގާނޫނު އަސާސީ އިން ލިބިދީފައިވާ ހުރިހާ ބާރުތަކެއް ހަނިކޮށް، ކައުންސިލްތަކުގެ ބާރު މުޅިން ކަނޑުވާލުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުއް ހަންނާން އަބޫބަކުރު ހުށަހެޅުއްވި އިސްލާހުގެ ބިލަށް ވަނީ ބަހުސް ކޮށްފަ އެވެ. 

Advertisement - newsAdvertisement

މެންބަރު ހުށަހެޅުއްވި ބިލުގައި ވަނީ ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތަކާއި ތަންތަން ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި އެ ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސުން ވަކިކުރަން ސަރުކާރުން ނިންމާ ހާލަތެއްގައި އެ ތަންތަން ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނު ބަދަލުކުރުމަށެވެ.

އެ ބިލަށް ބަހުސް ކުރައްވަމުން ބިލާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ މައުރޫފް ވިދާޅުވީ ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށް ގާނޫނު އަސާސީގެ 4 ވަނަ މާއްދާގައި ބުނާ ކަމަށާއި މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށް ވެސް ބަޔާން ކުރާ ކަމަށެވެ. 

އެހެން ނަމަވެސް މި ސަރުކާރުން ދަނީ ކެނޑިނޭޅި، ރައްޔިތުން އިންތިޚާބު ކޮށްފައިވާ ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަށް މަސައްކަތް ކުރަމުން ކަމަށް މައުރޫފް ވިދާޅުވި އެވެ.

ކައުންސިލްތަކެއް އިންތިޚާބުކޮށް، ކައުންސިލްތަކަށް ގާނޫނު އަސާސީގައި ބުނާ ގޮތަށް ބާރުތައް ދެވިފައި ވަނިކޮށް އެ ބާރުތައް ހަނިކޮށް، ގާނޫނު އަސާސީ އިން ދީފައިވާ މި ބާރުތައް ކައުންސިލްތަކާ ރައްޔިތުންގެ އަތުން ހަނިވާ ގޮތަށް ހުށަހެޅޭ މި އިސްލާހަކީ ގާނޫނު އަސާސީއާ ޚިލާފު އިސްލާހެކޭ. އަޅުގަނޑު މި ދަންނަވަނީ މިނިވަން މެންބަރަކު ލައްވާ ސަރުކާރުން ގަސްތުގައި މުޅި ލާމަރުކަޒީ ނިޒާމު، ފުނޑާލުމަށްޓަކައި މި ސަރުކާރު އައި ދުވަހުން ފެށިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން އަނެއްކާ، ކައުންސިލްތަކަށް ހަމައެކަނި ލިބިފައި އޮތް ބާރުތައް ފުނޑުފުނޑު ކޮށްލުމަށްޓަކައި އަނެއްކާ ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލެކޭ. މި ބަދަލުގެ ސަބަބުން މުޅި ނިޒާމުން ކައުންސިލްތަކަށް ލިބިފަ އޮތް ހުރިހާ ބާރެއް ނިމުމަކަށް އައީ. މި ބަދަލާ އެކު ކައުންސިލަށް ކުރެވޭނެ ހަމައެކަނި ކަމަކީ ވިހާ މަރުވާ ބެލެހެއްޓުން. އެ ނޫން އެއްވެސް ކަމެއް ނުކުރެވޭނެ. މިއީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމަށްޓަކައި ކުރެވޭ ކަމެއް 
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު 

މައުރޫފް ވިދާޅުވީ މިއަދު މި ބިލާ ގުޅިގެން އެތައް ރައްޔިތުންނެއް ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ. އަދި އެ ބިލު އަނބުރާ ގެންދިއުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައިވާ ކަން ފާހަގަ ކުރައްވާ މެންބަރު ވިދާޅުވީ، މިހާރު 500 އަށް ވުރެ ގިނަ ރައްޔިތުން އެ ޕެޓިޝަންގައި ސޮއިކޮށްފައިވާ ކަމަށެވެ.

މި އިސްލާހާ ދެކޮޅަށް ރައްޔިތުން ނުކުންނަން ޖެހޭ ކަން ފާހަގަކުރައްވާ މެންބަރު ވިދާޅުވީ މި އިސްލާހުގެ ސަބަބުން، ރައްޔިތުންނަށް ލިބިދީފައިވާ ބާރާއި ކައުންސިލްތަކަށް ލިބިދޭ ބާރު، އެކީ އެކަށް ނިމިގެންދާތީ ކަމަށެވެ. އަދި މިއަދު ކައުންސިލްތަކެއް ގާއިމު ކޮށްފައި އޮތުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށާއި ހުރިހާ ބާރުތަކެއް ވަޒީރުންނަށް ދީގެން ސަރުކާރުން ލާމަރުކަޒީ ނިޒާމު ފުނޑާލަމުންދާ ކަމަށް މެންބަރު ތަކުރާރުކޮށް ވިދާޅުވި އެވެ. 

ރައްޔިތުންގެ މަޖިލިސް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުމައުރޫފް ޒާކިރު

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

10 އޯގަސްޓު 2026

ފަޅުރަށްރަށާއި ފަޅު ކުއްޔަށް ދިނުމާބެހޭ ބިލު ބަލައިގަނެފި، ދިރާސާ ކުރާނީ މުޅި މަޖިލީހުގެ ކޮމީޓީ އިން

10 އޯގަސްޓު 2026
ފަޅުރަށްރަށާއި ފަޅު ކުއްޔަށް ދިނުމާބެހޭ ބިލު ބަލައިގަނެފި، ދިރާސާ ކުރާނީ މުޅި މަޖިލީހުގެ ކޮމީޓީ އިން
10 އޯގަސްޓު 2026

ރާއްޖޭގައި މަސައްކަތް ކުރާ ޑޮކްޓަރުންގެ 60 އިންސަތައަކީ ބިދޭސީން: މިނިސްޓަރު ގީލާ

10 އޯގަސްޓު 2026
ރާއްޖޭގައި މަސައްކަތް ކުރާ ޑޮކްޓަރުންގެ 60 އިންސަތައަކީ ބިދޭސީން: މިނިސްޓަރު ގީލާ
09 އޯގަސްޓު 2026

ކައުންސިލްތަކުން ބިންތައް އަތުލެވޭ އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލައި، މަޖިލީހަށް ޕެޓިޝަނެއް!

09 އޯގަސްޓު 2026
ކައުންސިލްތަކުން ބިންތައް އަތުލެވޭ އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލައި، މަޖިލީހަށް ޕެޓިޝަނެއް!
06 އޯގަސްޓު 2026

ސަރުކާރަށް ފާޑުކިޔާ ޕީއެންސީގެ މަޖިލީހުގެ މެންބަރުންނަށް ދެވަނަ ފަހަރަށް އެފަދަ ވާހަކައެއް ނުދެއްކޭ ވަރަށް އިންޒާރުދީ، ފިއްތުންތައް ކުރިމަތިކުރުވާ: މެންބަރު ނާޒިލް

06 އޯގަސްޓު 2026
ސަރުކާރަށް ފާޑުކިޔާ ޕީއެންސީގެ މަޖިލީހުގެ މެންބަރުންނަށް ދެވަނަ ފަހަރަށް އެފަދަ ވާހަކައެއް ނުދެއްކޭ ވަރަށް އިންޒާރުދީ، ފިއްތުންތައް ކުރިމަތިކުރުވާ: މެންބަރު ނާޒިލް
05 އޯގަސްޓު 2026

ސަރުކާރުން ބޭނުންވާއިރަށް ބަދަލެއް ދިނުމެއް ނެތި ރަށްތަކާއި މުދާ ދައުލަތަށް ނެގިގެން ނުވާނެ: ޝަމްހީދު

05 އޯގަސްޓު 2026
ސަރުކާރުން ބޭނުންވާއިރަށް ބަދަލެއް ދިނުމެއް ނެތި ރަށްތަކާއި މުދާ ދައުލަތަށް ނެގިގެން ނުވާނެ: ޝަމްހީދު
05 އޯގަސްޓު 2026

މެންބަރުން ތިބީ އަޅުންގެ ގޮތުގައި ބަނދެވިފައި، އެގޮތުގައި ތިބެ ރައްޔިތުންގެ ޙައްގުގައި ވަކާލާތެއް ނުކުރެވޭނެ: މެންބަރު ޒިޔާދު

05 އޯގަސްޓު 2026
މެންބަރުން ތިބީ އަޅުންގެ ގޮތުގައި ބަނދެވިފައި، އެގޮތުގައި ތިބެ ރައްޔިތުންގެ ޙައްގުގައި ވަކާލާތެއް ނުކުރެވޭނެ: މެންބަރު ޒިޔާދު
05 އޯގަސްޓު 2026

މަސައްކަތް ހަވާލުކުރިތާ އަހަރަކަށްވުރެ ގިނަ ދުވަސްވީއިރު ވެސް، ކިހާދޫ ކުނީގެ މަރުކަޒުގެ މަސައްކަތް ނުފެށި އޮތީ ޤާބިލު މީހުން ނުލިބިގެންކަމަށް މިނިސްޓަރު ވިދާޅުވެއްޖެ

05 އޯގަސްޓު 2026
މަސައްކަތް ހަވާލުކުރިތާ އަހަރަކަށްވުރެ ގިނަ ދުވަސްވީއިރު ވެސް، ކިހާދޫ ކުނީގެ މަރުކަޒުގެ މަސައްކަތް ނުފެށި އޮތީ ޤާބިލު މީހުން ނުލިބިގެންކަމަށް މިނިސްޓަރު ވިދާޅުވެއްޖެ
04 އޯގަސްޓު 2026

ދީނަށް ލޯބި ކުރާ މީހުންނާއި ތަނަވަސްކަން ހުރި މީހުން ގިނަވާ ވަރަކަށް ހައްޖު ކިޔު ދިގުވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

04 އޯގަސްޓު 2026
ދީނަށް ލޯބި ކުރާ މީހުންނާއި ތަނަވަސްކަން ހުރި މީހުން ގިނަވާ ވަރަކަށް ހައްޖު ކިޔު ދިގުވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ
04 އޯގަސްޓު 2026

ކައުންސިލުގެ ބަހެއް ނެތި ކައުންސިލުގެ އިހުތިސާސުގައި ހުންނަ ބިންތަކާއި ތަންތަން ކެބިނެޓަށް ނެގޭ ގޮތަށް ހަދަނީ

04 އޯގަސްޓު 2026
ކައުންސިލުގެ ބަހެއް ނެތި ކައުންސިލުގެ އިހުތިސާސުގައި ހުންނަ ބިންތަކާއި ތަންތަން ކެބިނެޓަށް ނެގޭ ގޮތަށް ހަދަނީ
04 އޯގަސްޓު 2026

މަޝްރޫއުތައް ހިންގުމުގެ ނަމުގައި މި ސަރުކާރުން ކުރާ ކަމަކީ ވައްކަންކުރުން: މައުރޫފް

04 އޯގަސްޓު 2026
މަޝްރޫއުތައް ހިންގުމުގެ ނަމުގައި މި ސަރުކާރުން ކުރާ ކަމަކީ ވައްކަންކުރުން: މައުރޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް