Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ-އިންޑިއާ

އިންޑިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ކުރީގެ ރައީސް ސޯލިހު ފޮނުއްވައިފި

15 އޯގަސްޓު 2026 | ހޮނިހިރު 07:28

އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ކުރީގެ ރައީސް ސޯލިހު ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، އެ ގައުމުން ހޯދަމުންދާ ކުރިއެރުމަކީ ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ގައުމުތަކަށް ލިބޭ ބޮޑު ހިތްވަރެއްކަން ފާހަގަކުރެއްވި. މީގެއިތުރުން ދެ ގައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރިކަން ކުރިއަށް އޮތް ތަނުގައިވެސް އިތުރަށް ބަދަހިވުމަށް އެދިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު | 15 އޯގަސްޓު 2026 | ހޮނިހިރު 07:28
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެމަނިކުފާނުގެ ވެރިކަމުގައި އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ސަލާމް ކުރައްވަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެމަނިކުފާނުގެ ވެރިކަމުގައި އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ސަލާމް ކުރައްވަނީ | ރައީސް އޮފީސް

އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަހުނިޔާ ފޮނުއްވައިފި އެވެ. 

އިންޑިއާގެ މިނިވަން ދުވަހަކީ 1947 ވަނަ އަހަރުގެ 15 އޯގަސްޓުގައި އިނގިރޭސިވިލާތުގެ އަތްދަށުން އިންޑިއާއަށް މިނިވަންކަން ލިބުނު ދުވަސް ފާހަގަކުރާ ގައުމީ ދުވަހެކެވެ.

Advertisement - newsAdvertisement

މި ދުވަހާއި ގުޅިގެން ހޮނިހިރު ދުވަހު ރައީސް ސޯލިހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން އިންޑިއާގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ހޫނު މަރުހަބާއެއް ވިދާޅުވެފަ އެވެ.

ރައީސް ސޯލިހު ވިދާޅުވީ، 1947 ވަނަ އަހަރުން ފެށިގެން އިންޑިއާއިން ހޯދަމުންދާ ކުރިއެރުމަކީ، ދިމުގުރާތީ ހަމަތަކަށް ދަތުރުކުރަމުންދާ ދިވެހިރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ގައުމުތަކަށް ލިބޭ ބޮޑު ހިތްވަރެއް ކަމަށެވެ.

މީގެއިތުރުން، ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން ކުރިއަށް އޮތް ތަނުގައި ވެސް އިތުރަށް ބަދަހިވެގެން ދިއުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ސޯލިހުގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.

ރައީސް ސޯލިހުގެ ސަރުކާރުުގައި ރާއްޖެއާއި އިންޑިއާ ގުޅުން ވަރަށް ބޮޑަށް ބަދަހިވެގެން ދިޔަ އެވެ. އެގޮތުން ރާއްޖޭގެ ރައްޔިތުންނަށް އެ ގައުމުން ބޭސްފަރުވާ، ވިޔަފާރި، ތައުލީމީ، އަދި އެހެނިހެން ދާއިރާތަކުން ވެސް ޚިދުމަތް ހޯދުމާއި މަސައްކަތް ކުރުމަށް ގިނަ ލުއި ފަސޭހަތަކެއް ލިބިގެންދިޔަ އެވެ.

ނަމަވެސް އިންޑިއާ އައުޓް ކެންޕޭނާއެކު ވެރިކަމަށް ވަޑައިގަނެންވި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަސްވަރު އިންޑިއާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވުމާ ގުޅިގެން، ދެގައުމުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެގެން ދިޔަ އެވެ. އަދި އެހެން ގައުމަކުން ރާއްޖެއަށް މާ ބޮޑު އެހީތެރިކަމެއް ނުލިބުމުން އިންޑިއާގެ އެހީތެރިކަމަށް އެދިވަޑައިގެންނެވުމަށް ރައީސް މުއިއްޒަށް މަޖުބޫރުވެވަޑައިގެން ދިޔަ ކަމަށް ސިޔާސީ އެކި ފަރާތްތަކުން ބުނެފައިވެ އެވެ. އެއާއެކު ރައީސް މުއިއްޒު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ، ދެގައުމުގެ ހީނަރުވެފައިވާ ގުޅުން ރަނގަޅު ކުރެއްވުމުގެ މަސައްކަތް ފެއްޓެވި އެވެ. އަދި މިސަރުކާރުގެ ހާރިޖީ ސިޔާސަތަކީ ހުރިހާ ގައުމުތަކާއެކު ވެސް ގުޅުން ބަދަހި ކުރުން ކަމުގައި ވިދާޅުވެފައިވެ އެވެ. 

އިންޑިއާރާއްޖެ-އިންޑިއާއިބްރާހިމް މުހައްމަދު ސޯލިހް

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

15 އޯގަސްޓު 2026

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

10 އޯގަސްޓު 2026

އެއާ އިންޑިއާގެ ބޯޓުގެ އުސްމިން ކުއްލިއަކަށް ދަށްކޮށްލި ކެޕްޓަން މަސްތުވާތަކެއްޗަށް ޕޮޒިޓިވް، އިތުރު ތަހުލީލު ކުރަނީ

10 އޯގަސްޓު 2026
އެއާ އިންޑިއާގެ ބޯޓުގެ އުސްމިން ކުއްލިއަކަށް ދަށްކޮށްލި ކެޕްޓަން މަސްތުވާތަކެއްޗަށް ޕޮޒިޓިވް، އިތުރު ތަހުލީލު ކުރަނީ
06 އޯގަސްޓު 2026

ސައީދުގެ "މޮޅު ޓިކްޓޮކް". ބޮޑު ފްލޮޕަކަށް

06 އޯގަސްޓު 2026
ސައީދުގެ "މޮޅު ޓިކްޓޮކް". ބޮޑު ފްލޮޕަކަށް
04 އޯގަސްޓު 2026

ތައިލެންޑުން އިންޑިއާއަށް ދަތުރުކުރި އެއާ އިންޑިއާ ފްލައިޓެއް ކޮޅިގަނޑެއްގައި ޖެހި ދަތުރުކުރި އެތައް ބަޔަކަށް އަނިޔާވެއްޖެ

04 އޯގަސްޓު 2026
ތައިލެންޑުން އިންޑިއާއަށް ދަތުރުކުރި އެއާ އިންޑިއާ ފްލައިޓެއް ކޮޅިގަނޑެއްގައި ޖެހި ދަތުރުކުރި އެތައް ބަޔަކަށް އަނިޔާވެއްޖެ
01 އޯގަސްޓު 2026

"ކޮކްރޯޗް" މުޒާހަރާތަކުގައި އިންޑިއާގެ ބޮޑުވަޒީރަށް ހުތުރުބަހުން މުޚާތަބުކުރި ދަރިވަރުންނަށް މާފުކޮށްފިކަމަށް މޯދީ ވިދާޅުވެއްޖެ

01 އޯގަސްޓު 2026
"ކޮކްރޯޗް" މުޒާހަރާތަކުގައި އިންޑިއާގެ ބޮޑުވަޒީރަށް ހުތުރުބަހުން މުޚާތަބުކުރި ދަރިވަރުންނަށް މާފުކޮށްފިކަމަށް މޯދީ ވިދާޅުވެއްޖެ
30 ޖުލައި 2026

ރާއްޖެ އާއި އިންޑިއާ އާ ދެމެދު ފަވަރަ-ޔޫޕީއައި ގުޅާލައި، ރުފިޔާ ނުވަތަ ޑޮލަރުން ފައިސާ ދެއްކުމުން އިންޑިއަން ރުޕީސް ލިބޭ ގޮތް ހަދައިފި

30 ޖުލައި 2026
ރާއްޖެ އާއި އިންޑިއާ އާ ދެމެދު ފަވަރަ-ޔޫޕީއައި ގުޅާލައި، ރުފިޔާ ނުވަތަ ޑޮލަރުން ފައިސާ ދެއްކުމުން އިންޑިއަން ރުޕީސް ލިބޭ ގޮތް ހަދައިފި
30 ޖުލައި 2026

"އިންޑިއާ އައުޓް" ކެމްޕޭނަށް މަގުފަހިވީ ޒުވާނުންގެ އިގްތިސާދީ އަދި ސިޔާސީ ކަންބޮޑުވުންތައް ދެނެނުގަތުމުގެ ސަބަބުން: މާރިޔާ އަހްމަދު ދީދީ

30 ޖުލައި 2026
"އިންޑިއާ އައުޓް" ކެމްޕޭނަށް މަގުފަހިވީ ޒުވާނުންގެ އިގްތިސާދީ އަދި ސިޔާސީ ކަންބޮޑުވުންތައް ދެނެނުގަތުމުގެ ސަބަބުން: މާރިޔާ އަހްމަދު ދީދީ
30 ޖުލައި 2026

ދިވެހިރާއްޖެ ހިމެނޭ ގޮތައް އިންޑިއާގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ 24 ގައުމަކަށް ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވެފައި: އިންޑިއާ

30 ޖުލައި 2026
ދިވެހިރާއްޖެ ހިމެނޭ ގޮތައް އިންޑިއާގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ 24 ގައުމަކަށް ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވެފައި: އިންޑިއާ
29 ޖުލައި 2026

ސާކް ސަމިޓް ބޭއްވުމަށް ރައީސް މުޢިއްޒު ގޮވާލެއްވުމުން، އިންޑިއާއިން ރައްދުގައި ބުނީ ސަރަޙައްދީ އެއްބާރުލުން ގާއިމުކުރެވޭނީ ޓެރަރިޒަމުން ސަލާމަތްވެފައިވާ ހެޔޮނިޔަތް އޮތް މާހައުލެއްގައި ކަމަށް

26 ޖުލައި 2026

މުއިއްޒުގެ އަސްލު ސިފައިގެ ސްޕީޗެއް މިފަހަރު މިނިވަންދުވަހު

26 ޖުލައި 2026
މުއިއްޒުގެ އަސްލު ސިފައިގެ ސްޕީޗެއް މިފަހަރު މިނިވަންދުވަހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް