Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެއަރ އިންޑިއާ

ތައިލެންޑުން އިންޑިއާއަށް ދަތުރުކުރި އެއާ އިންޑިއާ ފްލައިޓެއް ކޮޅިގަނޑެއްގައި ޖެހި ދަތުރުކުރި އެތައް ބަޔަކަށް އަނިޔާވެއްޖެ

4 އޯގަސްޓު 2026 | އަންގާރަ 18:47

ތައިލެންޑުގެ ޕުކެޓުން ފުރައިގެން އިންޑިއާގެ ދިއްލީއަށް ދަތުރުކުރި އެއާ އިންޑިއާގެ ފްލައިޓަކަށް ދިމާވި ޓާބިއުލެންސްއަކާ ގުޅިގެން 12 މީހަކަށް އަނިޔާވެއްޖެ. މި ހާދިސާގައި އަނިޔާވި ފަސިންޖަރުންނާއި ފަޅުވެރިންނަށް އެއާޕޯޓުގެ މެޑިކަލް ފެސިލިޓީގައި ފަރުވާދީފައިވާއިރު، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް އެއާލައިނުން ބުނޭ

ރާއްޖެ އެމްވީ | 4 އޯގަސްޓު 2026 | އަންގާރަ 18:47
އަންގާރަ ދުވަހު (04 އޮގަސްޓް 2026) ޕުކެޓުން ފުރައިގެން ދިއްލީއަށް ދަތުރުކުރި އެއަރ އިންޑިއާގެ ފްލައިޓް އޭއައި2379  ކޮޅިގަނޑެއްގައި ޖެހުމުގެ ސަބަބުން ހިތާމަވެރި ހާދިސާއެއް ހިނގައިފި

އަންގާރަ ދުވަހު (04 އޮގަސްޓް 2026) ޕުކެޓުން ފުރައިގެން ދިއްލީއަށް ދަތުރުކުރި އެއަރ އިންޑިއާގެ ފްލައިޓް އޭއައި2379 ކޮޅިގަނޑެއްގައި ޖެހުމުގެ ސަބަބުން ހިތާމަވެރި ހާދިސާއެއް ހިނގައިފި | އެކްސް

ތައިލެންޑުން ފުރައިގެން އިންޑިއާއަށް ދަތުރުކުރި އެއާ އިންޑިއާގެ ފްލައިޓެއް ކޮޅިގަނޑެއްގައި ޖެހި ކުއްލިއަކަށް ބޯޓު ތިރިވުމުގެ ސަބަބުން، ބައެއް މީހުންނަށް އަނިޔާވެއްޖެ ކަމަށް ރިޕޯޓްކޮށްފި އެވެ.

ތައިލެންޑުގެ ފުކެޓުން ފުރައިގެން އިންޑިއާގެ ދިއްލީއަށް ދަތުރުކުރި މި ބޯޓަށް މި ހާދިސާ ދިމާވީ ބޯޓު ތިރިކުރަން ފެށި ވަގުތުގަ އެވެ. ނަމަވެސް، ހެނދުނު 11:00 ޖެހިއިރު ބޯޓު ވަނީ ރައްކާތެރިކަމާއެކު ދިއްލީއަށް ޖައްސާފަ އެވެ.

މި ހާދިސާގައި އަނިޔާވީ ކިތައް މީހުންނަށް ކަމެއް އެއާ އިންޑިއާއިން ހާމަކޮށްފައި ނުވި ނަމަވެސް، އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ފްލައިޓުގެ ދެ ފަޅުވެރިންނާއި 10 ފަސިންޖަރުންނަށް ވަނީ އަނިޔާވެފަ އެވެ. އަދި އަނިޔާވި ހުރިހާ އެންމެންވެސް ވަނީ އެއާޕޯޓުގައި ހުންނަ ސިއްހީ މަރުކަޒަކަށް ގެންގޮސްފަ އެވެ.

ބޯޓުން ދަތުރުކުރި މީހުންނަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފައި

އެއާލައިންގެ ތަރުޖަމާނަކު ވިދާޅުވީ، އޯގަސްޓް މަހުގެ 4 ވަނަ ދުވަހު ޕުކެޓުން ދިއްލީއަށް ދަތުރުކުރި އޭއައި2379 (AI2379) ފްލައިޓަށް، ބޯޓު އުދުހެމުން ދިޔަ ވަގުތު ކުޑަ ވަގުތުކޮޅަކަށް ޓާބިއުލެންސްއާ ކުރިމަތިވެ، ބޯޓު އުދުހެމުންދިޔަ އުސްމިނަށް ކުއްލި ބަދަލެއް އައިސްފައިވާ ކަމަށެވެ.

އެ ތަރުޖަމާނު އިތުރަށް ވިދާޅުވީ، ބޯޓު ރައްކާތެރިކަމާއެކު ދިއްލީއަށް ޖައްސާފައިވާ ކަމަށާއި، ހުރިހާ ފަސިންޖަރުންނާއި ފަޅުވެރިން ބޯޓުން ފައިބާފައިވާ ކަމަށެވެ. އެއާޕޯޓުން ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ޓާމިނަލްގެ ގޭޓު ކައިރީގައި އެމްބިއުލަންސްތައް މަޑުކޮށްގެން ތިއްބެވެ. އަދި ބައެއް މީހުން ފުރޮޅުލީ ގޮނޑީގައި ބޯޓުން ބާލަމުންދިޔައިރު، ބައެއް މީހުންގެ ބޮލުގައި ބެންޑޭޖް އަޅާފައި ހުއްޓެވެ.

ފްލައިޓްތައް ޓްރެކްކުރާ "ފްލައިޓްރޭޑާ24" (Flightradar24) އިން ދައްކާ ގޮތުގައި، އިންޑިއާގެ ވެރިރަށް ދިއްލީއަށް ބޯޓު ޖެއްސުމުގެ ކުޑަވަގުތުކޮޅެއް ކުރިން ބޯޓު ވަނީ ކުއްލިއަކަށް ތިރިވެފައެވެ.

އެއާލައިނުން ބުނި ގޮތުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެ އެވެ. އަދި ކުދި އަނިޔާ ލިބުނު މަދު ފަސިންޖަރުންތަކަކާއި ފަޅުވެރިން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެއާޕޯޓުގެ މެޑިކަލް ފެސިލިޓީއަށް ގެންގޮސް، އެއާ އިންޑިއާގެ ޓީމާއި ސިއްހީ މާހިރުންގެ ބެލުމުގެ ދަށުން ފަރުވާ ދީފައިވާ ކަމަށްވެސް އެއާލައިނުން ބުންޏެވެ.

ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެންމެ އިސްކަންދޭ ކަންތައް ކަމަށް ފާހަގަކޮށް، އެއާ އިންޑިއާއިން ބުނީ މި ހާދިސާގައި އަސަރުކުރި ފަރާތްތަކަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެމުންދާ ކަމަށާއި، ހިނގާފައިވާ ކަންކަން ތަހުގީގު ކުރުމުގައި ކަމާބެހޭ ފަރާތްތަކަށް ފުރިހަމަ އެއްބާރުލުން ދެމުންދާ ކަމަށެވެ.

މި ހާދިސާ ހިނގި ވަގުތު ބޯޓުގައި ހުރި ފަސިންޖަރަކު އިންޑިއާގެ ނިއުސް އެޖެންސީ "އޭއެންއައި" (ANI) އަށް މައުލޫމާތު ދެމުން ބުނީ، ބޯޓު ނައްޓާލިތާ ގާތްގަނޑަކަށް ގަޑިއިރެއްހާއިރު ވެފައި ވަނިކޮށް، ހެނދުނުގެ ވަގުތު ކަމުން ގިނަ ބަޔަކު ތިބީ ނިދާފައި ކަމަށެވެ. ނަމަވެސް ކުއްލިއަކަށް ބޯޓު އެއްފަރާތަކަށް އަރިވެ، ދެތިން މިނެޓެއް ވަންދެން އެގޮތަށް ބޯޓު ތަޅުވަމުން ދިޔަ ކަމަށް އޭނާ ކިޔައިދިނެވެ.

އެ ފަސިންޖަރު ބުނި ގޮތުގައި، ތުއްތު ކުއްޖަކާއެކު ގިނަ ބަޔަކަށް ވަނީ އަނިޔާވެފަ އެވެ.

ވައިގެ ދަތުރުފަތުރުގައި ޓާބިއުލެންސްގެ ހާދިސާތަކަކީ އާންމުކޮށް ދިމާވާ ކަމެކެވެ. އިންޓަނޭޝަނަލް ސިވިލް އެވިއޭޝަން އޯގަނައިޒޭޝަންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2023 ވަނަ އަހަރު ވައިގެ ދަތުރުފަތުރުގައި ފަސިންޖަރުންނަށް ލިބުނު ބޮޑެތި އަނިޔާތަކުގެ 40 އިންސައްތައަކީ ޓާބިއުލެންސްގެ ސަބަބުން ދިމާވި ހާދިސާތަކެވެ.

އެއަރ އިންޑިއާއިންޑިއާޓާބިއުލެންސްމަތިންދާބޯޓު ހާދިސާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

01 އޯގަސްޓު 2026

"ކޮކްރޯޗް" މުޒާހަރާތަކުގައި އިންޑިއާގެ ބޮޑުވަޒީރަށް ހުތުރުބަހުން މުޚާތަބުކުރި ދަރިވަރުންނަށް މާފުކޮށްފިކަމަށް މޯދީ ވިދާޅުވެއްޖެ

01 އޯގަސްޓު 2026
"ކޮކްރޯޗް" މުޒާހަރާތަކުގައި އިންޑިއާގެ ބޮޑުވަޒީރަށް ހުތުރުބަހުން މުޚާތަބުކުރި ދަރިވަރުންނަށް މާފުކޮށްފިކަމަށް މޯދީ ވިދާޅުވެއްޖެ
30 ޖުލައި 2026

ދިވެހިރާއްޖެ ހިމެނޭ ގޮތައް އިންޑިއާގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ 24 ގައުމަކަށް ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވެފައި: އިންޑިއާ

30 ޖުލައި 2026
ދިވެހިރާއްޖެ ހިމެނޭ ގޮތައް އިންޑިއާގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ 24 ގައުމަކަށް ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވެފައި: އިންޑިއާ
29 ޖުލައި 2026

ސާކް ސަމިޓް ބޭއްވުމަށް ރައީސް މުޢިއްޒު ގޮވާލެއްވުމުން، އިންޑިއާއިން ރައްދުގައި ބުނީ ސަރަޙައްދީ އެއްބާރުލުން ގާއިމުކުރެވޭނީ ޓެރަރިޒަމުން ސަލާމަތްވެފައިވާ ހެޔޮނިޔަތް އޮތް މާހައުލެއްގައި ކަމަށް

25 ޖުލައި 2026

އިމްތިހާން ކަރުދާސް ލީކުވި މައްސަލައިގައި ކޮކްރޯޗް ޕާޓީގެ މުޒާހަރާތައް ހޫނުވެ އެންމެ ފަހުން އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

25 ޖުލައި 2026
އިމްތިހާން ކަރުދާސް ލީކުވި މައްސަލައިގައި ކޮކްރޯޗް ޕާޓީގެ މުޒާހަރާތައް ހޫނުވެ އެންމެ ފަހުން އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި
22 ޖުލައި 2026

އިންޑިއާގައި ހައްޔަރުކޮށްފައިވާ އެމެރިކާގެ ކުލީ ސިފައިންގެ މީހަކަށް، އޭނާ ބޭނުންވާ ކާނާ ފޯރުކޮށްދޭން ދިއްލީގެ ކޯޓަކުން އަމުރުކޮށްފި

22 ޖުލައި 2026
އިންޑިއާގައި ހައްޔަރުކޮށްފައިވާ އެމެރިކާގެ ކުލީ ސިފައިންގެ މީހަކަށް، އޭނާ ބޭނުންވާ ކާނާ ފޯރުކޮށްދޭން ދިއްލީގެ ކޯޓަކުން އަމުރުކޮށްފި
20 ޖުލައި 2026

އިންޑިއާގެ ފުރަތަމަ ޑެންގީ ވެކްސިނަށް ހުއްދަ ދީފި

20 ޖުލައި 2026
އިންޑިއާގެ ފުރަތަމަ ޑެންގީ ވެކްސިނަށް ހުއްދަ ދީފި
20 ޖުލައި 2026

އިންޑިއާގެ ކޮކްރޯޯޗް ޕާޓީގެ އެތައްހާސް ސަޕޯޓަރުން އެ ގައުމުގެ ތަޢުލީމީ ނިޒާމު އިޞްލާހުކުރުމަށް ގޮވާލައި ޕާލަމެންޓާ ދިމާލަށް

20 ޖުލައި 2026
އިންޑިއާގެ ކޮކްރޯޯޗް ޕާޓީގެ އެތައްހާސް ސަޕޯޓަރުން އެ ގައުމުގެ ތަޢުލީމީ ނިޒާމު އިޞްލާހުކުރުމަށް ގޮވާލައި ޕާލަމެންޓާ ދިމާލަށް
14 ޖުލައި 2026

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ހަސީނާ އިންޑިއާއިން އެނބުރި ގައުމަށް ވަޑައިގެންފި ނަމަ ޖަލަށްލާނެ ކަމަށް އެ ގައުމުގެ ވަޒީރަކު ވިދާޅުވެއްޖެ

14 ޖުލައި 2026
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ހަސީނާ އިންޑިއާއިން އެނބުރި ގައުމަށް ވަޑައިގެންފި ނަމަ ޖަލަށްލާނެ ކަމަށް އެ ގައުމުގެ ވަޒީރަކު ވިދާޅުވެއްޖެ
14 ޖުލައި 2026

އީރާނުގެ ޑެޕިއުޓީ އެމްބަސެޑަރު ހާޒިރުކޮށް އިންޑިއާއިން ވަރުގަދަ އިހުތިޖާޖެއް ކޮށްފި

14 ޖުލައި 2026
އީރާނުގެ ޑެޕިއުޓީ އެމްބަސެޑަރު ހާޒިރުކޮށް އިންޑިއާއިން ވަރުގަދަ އިހުތިޖާޖެއް ކޮށްފި
11 ޖުލައި 2026

ވިއެޓްނާމްގައި ސްޕީޑްބޯޓެއް ބަންޑުން ޖަހާލައި 15 އިންޑިއާ ފަތުރުވެރިއަކު މަރުވެއްޖެ

11 ޖުލައި 2026
ވިއެޓްނާމްގައި ސްޕީޑްބޯޓެއް ބަންޑުން ޖަހާލައި 15 އިންޑިއާ ފަތުރުވެރިއަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް