Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ

ސަވާހިލި އަނބުރާ އައްޑޫގެ ރައްޔިތުންނާ ހަވާލުކުރާނަން: ޝާހިދު

14 އޯގަސްޓު 2026 | ހުކުރު 17:54

އައްޑޫ ސިޓީގެ އިހުތިސާސުން "ސަވާހިލި" ވަކިކޮށް ސަރުކާރަށް ނެގި ނެގުން ބަދަލުކޮށް، އެ ރަށް އަލުން އައްޑޫ ރައްޔިތުންނަށް ހޯދައިދޭނެ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ. ފަތުރުވެރިކަމަށް ތަރައްގީކުރަން ކަމަށް ބުނެ ކައުންސިލްގެ އަތުން އެ ރަށް އަތުލާފައިވަނީ، އެތަން ތަރައްގީކުރާނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލާފައި ވަނިކޮށް ކަމަށްވާތީ އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 14 އޯގަސްޓު 2026 | ހުކުރު 17:54
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަނީ

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަނީ | ރާއްޖެއެމްވީ

މި ސަރުކާރުން އައްޑޫގެ އިހުތިސާސުން ސަވާހިލި ވަކިކޮށްފައިވާތީ، އެ ރަށް އަލުން އަނބުރާ ހޯދައި، އައްޑޫގެ ރައްޔިތުންނާ ހަވާލު ކުރައްވާނެ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ އެމްޑީޕީ އިން އައްޑޫގެ ބިމުގެ ނަފާ، އެ ސިޓީގެ ރައްޔިތުންނަށް ލިބޭ ގޮތަށް އައްޑޫ ކައުންސިލާ ހަވާލު ކުރާނެ ކަމަށެވެ. 

Advertisement - newsAdvertisement
އަޅުގަނޑުމެން ސަވާހިލި އަތުލާނަން. އަޅުގަނޑުމެން ސަވާހިލި އަނބުރާ އައްޑުގެ ރައްޔިތުންނާ ހަވާލު ކުރާނަން. އަޅުގަނޑުމެން ސަވާހިލީގެ އަދި އައްޑޫގެ ބިމުގެ ނަފާ، އައްޑުގެ ރައްޔިތުންނަށް ލިބޭ ގޮތަށް އައްޑޫ ކައުންސިލާ ހަވާލު ކުރާނަން. ގާނޫނެއް ފާސް ކޮށްގެން ވިޔަސް، އެ ނޫން ގޮތަކުން ވިޔަސް، ރާއްޖޭގެ އެއްވެސް ރަށަކުން ރައްޔިތުންގެ އަތުގައިވާ ބިންތައް އަތުލައިފި ނަމަ، އެ އަތުލި އަތުލުން އަޅުގަނޑުމެންގެ ސަރުކާރެއްގައި ބަދަލު ކުރާނަން. އެ ބިންތައް ރައްޔިތުންނާ ހަވާލު ކުރާނަން
ރައީސް އަބްދުﷲ ޝާހިދު

އައްޑޫ ސިޓީ ކައުންސިލުން ތަރައްގީކުރުމަށް އިއުލާނުކޮށްފައިވާ ސަވާހިލި ރަށް، ރައީސް މުއިއްޒު ނެރުއްވި ކުއްލި ގަރާރަކާއެކު އެ ސިޓީގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ނަގާފައިވަނީ އެ ރަށް ތަރައްގީކުރަން ކައުންސިލުން ބީލަމަށް ވެސް ހުޅުވާލާފައި ވަނިކޮށެވެ. އެގޮތުން ސަވާހިލި އެންޓަޓެއިންމަންޓް އެންޑް ރެކްރިއޭޝަން ފެސިލިޓީއެއްގެ ގޮތުގައި ތަރައްގީކުރާނެ ބަޔަކު ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން އިއުލާނުކޮށް، އެ މަސައްކަތަށް ބީލަމަށް ހުޅުވާލާފައިވެ އެވެ.

ރައީސްގެ ގަރާރުގައިވާ ގޮތުން އެ ރަށް އައްޑޫ ސިޓީގެ އިހުތިސާސުން ވަކިކުރަން ނިންމެވީ ފަތުރުވެރިކަމުގެ ބޭނުމަށް އެ ރަށް ބޭނުން ކުރުމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އެ ގަރާރުގައި ހިމަނުއްވާފައެއް ނުވެ އެވެ.

މި މައްސަލައާ ގުޅިގެން އައްޑޫ ސިޓީގެ ރައްޔިތުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި މިއީ މި ސަރުކާރުން އައްޑޫ ސިޓީގެ ތަރައްގީއަށް ހުރަސްއެޅުން ކަމުގައި އެ ސިޓީގެ ކައުންސިލުން ވެސް ވަނީ ބުނެފަ އެވެ.

އައްްޑޫ ސިޓީސަވާހިލިއެމްޑީޕީއަބްދުﷲ ޝާހިދު

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

14 އޯގަސްޓު 2026

އެމްޑީޕީގެ ރައީސް ޝާހިދަށް އައްޑޫ އިން ހޫނު މަރުހަބާއެއް!

14 އޯގަސްޓު 2026
އެމްޑީޕީގެ ރައީސް ޝާހިދަށް އައްޑޫ އިން ހޫނު މަރުހަބާއެއް!
14 އޯގަސްޓު 2026

ގާނޫނު އަސާސީ ހޯދަން ކުރި މަސައްކަތުގައި ރައީސް މުއިއްޒުއަކީ 'ގައިން އެންމެ ދާ ފޮދެއް ވެސް އޮހުރުވި' ބޭފުޅެއް ނޫން: ޝިފާޒް

14 އޯގަސްޓު 2026
ގާނޫނު އަސާސީ ހޯދަން ކުރި މަސައްކަތުގައި ރައީސް މުއިއްޒުއަކީ 'ގައިން އެންމެ ދާ ފޮދެއް ވެސް އޮހުރުވި' ބޭފުޅެއް ނޫން: ޝިފާޒް
14 އޯގަސްޓު 2026

ޒަރޫރީ ތަކެތި ހޯދުމަށް ދަތިވެފައިވާއިރު، މިސަރުކާރުން އަދިވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމަށް: ފައިސަލް

14 އޯގަސްޓު 2026
ޒަރޫރީ ތަކެތި ހޯދުމަށް ދަތިވެފައިވާއިރު، މިސަރުކާރުން އަދިވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމަށް: ފައިސަލް
14 އޯގަސްޓު 2026

ރައްޔިތުންގެ ދަތިކަން ފިލުވަން މިއަދު އޮތް ހަމައެކަނި ގޮތަކީ މަގުމަތިން: މެންބަރު ޒިޔާދު

14 އޯގަސްޓު 2026
ރައްޔިތުންގެ ދަތިކަން ފިލުވަން މިއަދު އޮތް ހަމައެކަނި ގޮތަކީ މަގުމަތިން: މެންބަރު ޒިޔާދު
14 އޯގަސްޓު 2026

ރައީސް މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް އެދޭ ހެވެއް ނެތް، ދަނީ އިނދަޖައްސަމުން: ޝާހިދު

14 އޯގަސްޓު 2026
ރައީސް މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް އެދޭ ހެވެއް ނެތް، ދަނީ އިނދަޖައްސަމުން: ޝާހިދު
13 އޯގަސްޓު 2026

ރާއްޖެ މިހާރު މިދަނީ "ހައިޕަރ އިންފްލޭޝަން" ގެ ހާލަތަށް ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

13 އޯގަސްޓު 2026
ރާއްޖެ މިހާރު މިދަނީ "ހައިޕަރ އިންފްލޭޝަން" ގެ ހާލަތަށް ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ
12 އޯގަސްޓު 2026

10 ދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ތިރިކުރުމަށް ރައީސް ނަޝީދު ސަރުކާރަށް ގޮވާލައްވައިފި

12 އޯގަސްޓު 2026
10 ދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ތިރިކުރުމަށް ރައީސް ނަޝީދު ސަރުކާރަށް ގޮވާލައްވައިފި
11 އޯގަސްޓު 2026

އެމްޑީޕީ ސަރުކާރުން ހަވާލުކުރި 16 މަޝްރޫއެއް ހުއްޓުވުމުގެ ސަބަބުން 60 މިލިއަން ރުފިޔާގެ ގެއްލުންވި ކަމަށް ގީލާ ވިދާޅުވުމުން، އެމްޑީޕީގެ ރައްދު ސަރުކާރަށް

11 އޯގަސްޓު 2026
އެމްޑީޕީ ސަރުކާރުން ހަވާލުކުރި 16 މަޝްރޫއެއް ހުއްޓުވުމުގެ ސަބަބުން 60 މިލިއަން ރުފިޔާގެ ގެއްލުންވި ކަމަށް ގީލާ ވިދާޅުވުމުން، އެމްޑީޕީގެ ރައްދު ސަރުކާރަށް
11 އޯގަސްޓު 2026

ބޭރު ފައިސާގެ އެކްސްޗޭންޖް ހާލަތު ގޯސްވުމުގެ މައްސަލައިގައި އެމްއެމްއޭގެ ގަވަރުނަރު މަޖިލީހަށް ހާޒިރުކުރަން އެމްޑީޕީ އިން އެދިއްޖެ

11 އޯގަސްޓު 2026
ބޭރު ފައިސާގެ އެކްސްޗޭންޖް ހާލަތު ގޯސްވުމުގެ  މައްސަލައިގައި އެމްއެމްއޭގެ ގަވަރުނަރު މަޖިލީހަށް ހާޒިރުކުރަން އެމްޑީޕީ އިން އެދިއްޖެ
09 އޯގަސްޓު 2026

ހިރިމަރަދޫ ރައްޔިތުންގެ އަސާސީ ހައްގުތައް ގެއްލެމުންދާތީ އެމްޑީޕީ އިން އެކަން އެޗްއާރްސީއެމްގެ ސަމާލުކަމަށް ގެނެސްފި

09 އޯގަސްޓު 2026
ހިރިމަރަދޫ ރައްޔިތުންގެ އަސާސީ ހައްގުތައް ގެއްލެމުންދާތީ އެމްޑީޕީ އިން އެކަން އެޗްއާރްސީއެމްގެ ސަމާލުކަމަށް ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް