Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ

ރައީސް މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް އެދޭ ހެވެއް ނެތް، ދަނީ އިނދަޖައްސަމުން: ޝާހިދު

14 އޯގަސްޓު 2026 | ހުކުރު 07:44

ތަކެތީގެ އަގު އިންތިހާއަށް އުފުލި އިންފްލޭޝަން މައްޗަށް ދިއުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވެ، މި ސަރުކާރު ފެއިލްވެފައިވާ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ. ސިޔާސީ މަގާމުތަކަށް މީހުން އިތުރުކުރަމުން އާންމު މުވައްޒަފުން ވަޒީފާތަކުން ވަކިކުރާތީ، ސަރުކާރުން ރައްޔިތުންނަށް އަނިޔާވެރިވަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 14 އޯގަސްޓު 2026 | ހުކުރު 07:44
ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ދަތިވެއްޖެ މުޒާހަރާގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާހަކަ ދައްކަވަނީ

ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ދަތިވެއްޖެ މުޒާހަރާގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް އެދޭ ހެވެއް ނެތް ކަމަށާއި، ރައްޔިތުން އިނދަޖައްސާލާފައިވާ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ދަތިވެއްޖެ މުޒާހަރާގައި ވާހަކަ ދައްކަވަމުން، ޝާހިދު ވިދާޅުވީ ރާއްޖެ އޮބިނޯންނަ ހިސާބަށް ދަތިވެއްޖެ ކަމަށް ރައްޔިތުން ބުނަމުންދާ ކަމަށެވެ. އަދި ރައްޔިތުން އުންމީދު ކުރަމުން އައި ފެހި ސިގްނަލްތައް ރަތްވެ، ވެރިކަމަށް އައުމަށް އަދުގެ ސަރުކާރުން ދެއްކި ހުވަފެންތައް ބިލާހަކަށް ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

މީގެއިތުރުން، މިދިޔަ 13 އަހަރުގެ ތެރޭގައި އިންފްލޭޝަން އެންމެ މައްޗަށް ގޮސްފައިވަނީ 2025 ވަނަ އަހަރު ކަމަށާއި، ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިފައިވާކަން ޝާހިދު ފާހަގަކުރެއްވި އެވެ.

މިދިޔަ ހަތަރު އަހަރަށް ބަލައިފީގައި 2025 ވަނަ އަހަރުން 2026 ވަނަ އަހަރުގެ މެއި މަހާ ދޭތެރޭގައި ހުރި އަގުތަކަށް ބަލައިފިނަމަ، 100 ރުފިޔާއަށް ލިބޭ އެއްޗެއް މިއަދު ލިބެނީ 122 ރުފިޔާއަށް
އަބްދުﷲ ޝާހިދު

މީގެ އިތުރުން ޝާހިދު ވިދާޅުވީ، މުސާރަތަކަށް ބަދަލެއް ނާންނައިރު އަދި އިތުރު އާމްދަނީއެއް ލިބޭނެ ގޮތެއް ނެތި ތަކެތީގެ އަގު މައްޗަށް ދިއުމުން ރައްޔިތުން ދަތިވެއްޖެ ކަމަށް ބުނަމުންދާ ކަމަށާއި، މި ސަރުކާރު ބޮޑުތަނުން ފެއިލްވެފައިވާ ކަމަށެވެ. 

ޚަރަދު ކުޑަ ކުރަން މަޖުބޫރުވުމުން ސަރުކާރުން އަމަލު ކުރަމުންދާ ގޮތަށް އިޝާރާތް ކުރައްވައި ޝާހިދު ވިދާޅުވީ، ސަރުކާރުން ކުންފުނިތަކުގައި އުޅޭ އާންމު މީހުން ވަޒީފާތަކުން ވަކިކުރަމުންދާ ކަމަށާއި، ރައްޔިތުންނަށް އަނިޔާވެރިވާ ކަމަށެވެ. އަދި މިދިޔަ ހަފްތާގައިވެސް ގިނަ  ބަޔަކު ވަޒީފާއިން ވަކިކުރިއިރު، ޑެޕިއުޓީ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުން އަދި ސިޔާސީ އެކިއެކި މަގާމުތަކަށް އެތައް ސަތޭކަ މީހުންނަށް ވަޒީފާ ދީފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ. 

ޝާހިދު ވިދާޅުވީ މި ސަރުކާރުގެ އިޚްލާސްތެރިކަމެއް ނެތް ކަމަށާއި، ރައްޔިތުން ނިކަމެތިކޮށް ބިކަކޮށްލާފައިވާ ކަމަށެވެ. އަދި ރައްޔިތުން މިހާރު ދަނީ ސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނަމުން ކަމަށާއި، އެމްޑީޕީން މި ސަރުކާރު ބަދަލުކުރާނެ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

އަބްދުﷲ ޝާހިދުދަތިވެއްޖެ މުޒާހަރާއެމްޑީޕީމުއިއްޒު ސަރުކާރު

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

13 އޯގަސްޓު 2026

ރާއްޖެ މިހާރު މިދަނީ "ހައިޕަރ އިންފްލޭޝަން" ގެ ހާލަތަށް ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

13 އޯގަސްޓު 2026
ރާއްޖެ މިހާރު މިދަނީ "ހައިޕަރ އިންފްލޭޝަން" ގެ ހާލަތަށް ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ
13 އޯގަސްޓު 2026

މެންބަރު ހަންނާން ހުށަހެޅުއްވި އިސްލާހުތަކާ ދެކޮޅަށް ޕީއެންސީގެ މެޖޯރިޓީ އޮންނަ ގޮއިދޫ ކައުންސިލުން ގަރާރެއް ނެރެފި

13 އޯގަސްޓު 2026
މެންބަރު ހަންނާން ހުށަހެޅުއްވި އިސްލާހުތަކާ ދެކޮޅަށް ޕީއެންސީގެ މެޖޯރިޓީ އޮންނަ ގޮއިދޫ ކައުންސިލުން ގަރާރެއް ނެރެފި
12 އޯގަސްޓު 2026

މިސަރުކާރުގައި މިހާތަނަށް ގިނަ އަދަދަކަށް ސީޕީންނާއި ވަޒީރުން ބަދަލުކޮށްފައިވޭ، މިކަމުން އެކަނިވެސް ބޮޑެތި މައްސަލަތަކެއް އުޅޭކަން ހާމަވޭ: ފައިސަލް

12 އޯގަސްޓު 2026
މިސަރުކާރުގައި މިހާތަނަށް ގިނަ އަދަދަކަށް ސީޕީންނާއި ވަޒީރުން ބަދަލުކޮށްފައިވޭ، މިކަމުން އެކަނިވެސް ބޮޑެތި މައްސަލަތަކެއް އުޅޭކަން ހާމަވޭ: ފައިސަލް
12 އޯގަސްޓު 2026

10 ދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ތިރިކުރުމަށް ރައީސް ނަޝީދު ސަރުކާރަށް ގޮވާލައްވައިފި

12 އޯގަސްޓު 2026
10 ދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ތިރިކުރުމަށް ރައީސް ނަޝީދު ސަރުކާރަށް ގޮވާލައްވައިފި
12 އޯގަސްޓު 2026

ސައީދުއާއި ސައީދުގެ "ރަނޑު ހުއްޖަތް"

12 އޯގަސްޓު 2026
ސައީދުއާއި ސައީދުގެ "ރަނޑު ހުއްޖަތް"
11 އޯގަސްޓު 2026

އެމްޑީޕީ ސަރުކާރުން ހަވާލުކުރި 16 މަޝްރޫއެއް ހުއްޓުވުމުގެ ސަބަބުން 60 މިލިއަން ރުފިޔާގެ ގެއްލުންވި ކަމަށް ގީލާ ވިދާޅުވުމުން، އެމްޑީޕީގެ ރައްދު ސަރުކާރަށް

11 އޯގަސްޓު 2026
އެމްޑީޕީ ސަރުކާރުން ހަވާލުކުރި 16 މަޝްރޫއެއް ހުއްޓުވުމުގެ ސަބަބުން 60 މިލިއަން ރުފިޔާގެ ގެއްލުންވި ކަމަށް ގީލާ ވިދާޅުވުމުން، އެމްޑީޕީގެ ރައްދު ސަރުކާރަށް
11 އޯގަސްޓު 2026

މިސަރުކާރުގައި އުޅެނީ މެނޭޖުކުރަން ނޭނގުމުގެ މައްސަލަ ކަމަށް ފައިސަލް ވިދާޅުވެއްޖެ

11 އޯގަސްޓު 2026
މިސަރުކާރުގައި އުޅެނީ މެނޭޖުކުރަން ނޭނގުމުގެ މައްސަލަ ކަމަށް ފައިސަލް ވިދާޅުވެއްޖެ
11 އޯގަސްޓު 2026

މ. މުލަކު ހައުސިންގ މަޝްރޫއު: 2025 ވަނަ އަހަރު ބޮޑު ރަސްމިއްޔާތެއް ބާއްވާ، ހަވާލު ކުރި މަޝްރޫއުގެ އަމަލީ މަސައްކަތް އަދިވެސް ނުފަށާ!

11 އޯގަސްޓު 2026
މ. މުލަކު ހައުސިންގ މަޝްރޫއު: 2025 ވަނަ އަހަރު ބޮޑު ރަސްމިއްޔާތެއް ބާއްވާ، ހަވާލު ކުރި މަޝްރޫއުގެ އަމަލީ މަސައްކަތް އަދިވެސް ނުފަށާ!
11 އޯގަސްޓު 2026

ބޭރު ފައިސާގެ އެކްސްޗޭންޖް ހާލަތު ގޯސްވުމުގެ މައްސަލައިގައި އެމްއެމްއޭގެ ގަވަރުނަރު މަޖިލީހަށް ހާޒިރުކުރަން އެމްޑީޕީ އިން އެދިއްޖެ

11 އޯގަސްޓު 2026
ބޭރު ފައިސާގެ އެކްސްޗޭންޖް ހާލަތު ގޯސްވުމުގެ  މައްސަލައިގައި އެމްއެމްއޭގެ ގަވަރުނަރު މަޖިލީހަށް ހާޒިރުކުރަން އެމްޑީޕީ އިން އެދިއްޖެ
11 އޯގަސްޓު 2026

ޑޮލަރުގެ އަގު މަތިވަނީ ނޫސްތަކުން ރައްޔިތުންގެ މެދުގައި "ޕެނިކް" އުފައްދާތީ: މިނިސްޓަރު ސައީދު

11 އޯގަސްޓު 2026
ޑޮލަރުގެ އަގު މަތިވަނީ ނޫސްތަކުން ރައްޔިތުންގެ މެދުގައި "ޕެނިކް" އުފައްދާތީ: މިނިސްޓަރު ސައީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް