ރައްޔިތުންގެ ދަތިކަން ފިލުވަން މިއަދު އޮތް ހަމައެކަނި ގޮތަކީ މަގުމަތިން: މެންބަރު ޒިޔާދު
14 އޯގަސްޓު 2026 | ހުކުރު 07:59ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރަންޖެހޭ މުއައްސަސާތައް ހުއްޓިފައިވާތީ، ދިރިއުޅުމުގެ ދަތިތަކާ ދެކޮޅަށް އަޑުއުފުލަން އޮތް ހަމައެކަނި މަގަކީ މަގުމަތި ކަމަށް މެންބަރު ޒިޔާދު ވިދާޅުވި. އެމްޑީޕީން ބޭއްވި މުޒާހަރާގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ކާބޯތަކެއްޗާއި ބޭސްފަރުވާގެ އަގުތައް އިންތިހާއަށް އުފުލިފައިވާއިރު، ސަރުކާރުން ރައްޔިތުންގެ ޝަކުވާތަކަށް އިޖާބަނުދޭ ކަމަށް. އެހެންކަމުން ގާނޫނުއަސާސީން ލިބިދޭ ހައްގުތައް ހޯދުމަށް މުޅި ރާއްޖޭގެ ރައްޔިތުން މަގުމައްޗަށް ނުކުތުމަށް އޭނާ ގޮވާލެއްވި


ދަތިވެއްޖެ މުޒާހަރާގައި ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ
ރައްޔިތުންގެ ދަތިކަން ފިލުވައިދިނުމުގެ ޒިންމާ ހަވާލުކޮށްފައި ތިބި މުއައްސަސާތަކާއި ވެރިންގެ ފަރާތުން އެދެވޭ އަޑެއް ނީވޭތީ، މިއަދު ރައްޔިތުންނަށް އޮތް ހަމައެކަނި ގޮތަކީ މަގުމައްޗަށް ނުކުތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހުގެ ރޭ އިދިކޮޅު އެމްޑީޕީން ބޭއްވި "ދަތިވެއްޖެ" މުޒާހަރާގައި ވާހަކަ ދައްކަވަމުން މެންބަރު ޒިޔާދު ވިދާޅުވީ، މުޅި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންވެސް މިއަދު ތިބީ ނުހަނު ދަތިހާލުގައި ކަމަށެވެ. އަދި އެ ދަތިތަކުގެ ވާހަކަ ދައްކާނެ އެއްވެސް މުއައްސަސާއެއް މިއަދު ނެތް ކަމަށް މެންބަރު ޒިޔާދު ވިދާޅުވި އެވެ.
އެގޮތުން ރައްޔިތުންގެ މަޖިލިސް ބަނދެވިފައިވާއިރު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަދި އޮޑިޓަރ ޖެނެރަލްގެ އޮފީސް ފަދަ މިނިވަން މުއައްސަސާތަކުން ރައްޔިތުންގެ ހައްގުގައި އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް މެންބަރު ޒިޔާދު ވިދާޅުވި އެވެ.
މިއަދު ހަމައެކަނި މި ވާހަކަ ދައްކަން އޮތީ މަގުމަތި. މަގުމަތީގައި މިކަން ކުރުމަށް އަޅުގަނޑުމެންނަށް ގާނޫނުއަސާސީން ލިބިފައި އޮތް ފުރުސަތަށް ތި ހުރަސްއަޅަނީ ފުލުހުން. ޖާގަ ދެއްވާހުސައިން ޒިޔާދު
މީގެ އިތުރުން މެންބަރު ޒިޔާދު ވިދާޅުވީ، ކާބޯތަކެއްޗާއި ދިރިއުޅުމުގެ ހަރަދުތަކާއި ބޭސްފަރުވާއަށް ވެސް ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. އަދި ސަރުކާރުން ކުރާ ކަންކަން ފޮރުވުމަށް މަސައްކަތް ކުރި ނަމަވެސް، ރައްޔިތުންނަށް މިއަދު ހަގީގަތް ސާފުވެފައިވާ ކަމަށާއި، ގާނޫނުތަކަށް ބަދަލު ގެނެސްގެން ވެސް ރައްޔިތުންނަށް ލުޔެއް ލިބިފައިނުވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މެންބަރު ޒިޔާދު ވިދާޅުވީ ދަތިވެގެން މިއަދު މުޒާހަރާ މާލޭގައި އެކަނި ކުރި ނަމަވެސް މާދަމާ މުޅި ރާއްޖޭގެ ރައްޔިތުން މަގު މައްޗަށް ނުކުންނާނެ ކަމަށެވެ. މާޒީއަށް އިޝާރާތް ކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ ދިވެހީން ގާނޫނުއަސާސީ ހޯދީ މަގުމަތިން ކަމަށާއި، މަގުމަތީން ދިވެހި ރައްޔިތުން ކާމިޔާބު ހޯދާނެ ކަމަށެވެ.











