Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ

ރާއްޖެ މިހާރު މިދަނީ "ހައިޕަރ އިންފްލޭޝަން" ގެ ހާލަތަށް ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

13 އޯގަސްޓު 2026 | ބުރާސްފަތި 18:38

ރާއްޖޭގެ ރިޒާވްގައި ހުރި ޑޮލަރު ބޭނުންކޮށްގެން ސަރުކާރުން ދަރަނި ދެއްކުމުގެ ސަބަބުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލިފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ. މި މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން އެމްޑީޕީއާއެކު މަޝްވަރާ ކުރުމަށް ގޮވާލައްވަމުން، އެ ޕާޓީއަށް ރާއްޖެއަށް ފައިސާ ހޯދާނެ ގޮތް އެނގޭނެ ކަމަށް ވިދާޅުވި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 13 އޯގަސްޓު 2026 | ބުރާސްފަތި 18:38
އެމްޑީޕީން ބޭއްވި "ދަތިވެއްޖެ" މުޒާހަރާގެ ތެރެއިން

އެމްޑީޕީން ބޭއްވި "ދަތިވެއްޖެ" މުޒާހަރާގެ ތެރެއިން | ރާއްޖެ އެމްވީ

ދިވެހިރާއްޖެ މިހާރު މިދަނީ "ހައިޕަރ އިންފްލޭޝަން' ގެ ހާލަތަށް ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕަރސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން "ދަތިވެއްޖެ" ނަމުގައި ބޭއްވި މުޒާހަރާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ބޭރުގެ ފަރާތްތަކަށް ދަރަނި ދެއްކުމަށް ރާއްޖޭގެ ރިޒާވްއިން އެއް ބިލިއަން ޑޮލަރު ނަގާފައިވާ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ރިޒާވްގައި މިހާރު އެއްވެސް ވަރަކަށް ޑޮލަރު ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވިދާޅުވީ މި ސަރުކާރުން ދަރަނި ދެއްކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހޯދައި، ރިޒާވްގައި ބަހައްޓާފައި ހުރި ޑޮލަރުން ކަމަށެވެ. 

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކޮމާޝަލް ބޭންކްތަކަށް ޑޮލަރު ނުވިއްކާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. މީގެ ސަބަބުން ކޮމާޝަލް ބޭންކްތަކުން ޑޮލަރު ނުލިބި އާންމު ރައްޔިތުންނަށް ޖެހެނީ ބޮޑު އަގުގައި ކަޅު ބާޒާރުން ޑޮލަރު ގަންނަން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

މިއަދު އަޅުގަނޑުމެން މިތާ އެއްވެ މިތިބޭ އިރުގައި ޑޮލަރުގެ އަގު އެހެރީ ވިހި ބާވިސް ރުފިޔާއަށް ވުރެ މަތީގައި، މިސްރާބު އެހުރީ ތޭވިސް ރުފިޔާއާ ދިމާލަށް، އަޅުގަނޑުމެންނަށް މިހާރު ބުނަން ދަތި ޑޮލަރުގެ އަގު އެއްވެސް އިރެއްގައި، މި ސަރުކާރު ދެމިއޮތް ހާ ހިނދެއްގައި ދެން ދަށަށް ގޮސްފާނެ ކަމަށް 
ރައީސް ނަޝީދު 

ރައީސް މުއިއްޒުގެ ސަރުކާރުގައި ޑޮލަރުގެ އަގު ދަށަށް ގޮސްދާނެ ކަމަށް ވިދާޅުވާން ދަތި ކަމަށާއި ދުވަހެއް ދުވަހަކަށް ދާނީ ޑޮލަރުގެ އަގު މަތިވަމުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އަދި މިހާރު ފެންނަމުން ދަނީ ތަކެތީގެ އަގު ރައްޔިތުންނަށް އެއްވެސް މިންވަރަކަށް އަތްނުފޯރާ ވަރަށް މައްޗަށް ދާ މަންޒަރު ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. 

މީގެއިތުރުން އެމްޑީޕީއާއެކު މަޝްވަރާ ކުރަން އައުމަށް ސަރުކާރަށް ގޮވާލައްވައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަށް ފައިސާ ހޯދާނެ ގޮތް އެނގޭ ކަމަށާއި ރާއްޖެއަށް ފައިސާ ގެނައުމަށް އެމްޑީޕީ ފަރިތަ ވާނެ ކަމަށެވެ. 

އެމްޑީޕީދަތިވެއްޖެ-އެމްޑީޕީ މުޒާހަރާރައީސް ނަޝީދު

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

12 އޯގަސްޓު 2026

10 ދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ތިރިކުރުމަށް ރައީސް ނަޝީދު ސަރުކާރަށް ގޮވާލައްވައިފި

12 އޯގަސްޓު 2026
10 ދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ތިރިކުރުމަށް ރައީސް ނަޝީދު ސަރުކާރަށް ގޮވާލައްވައިފި
12 އޯގަސްޓު 2026

ހޯމް މިނިސްޓަރު ފުލުހުންގެ ބަހާ ހިލާފުވެވަޑައިގެން، މަޖީދީ މަގުގައި މުޒާހަރާ ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވުމުން އެމްޑީޕީ އިން އެކަން ކުށްވެރިކޮށްފި

12 އޯގަސްޓު 2026
ހޯމް މިނިސްޓަރު ފުލުހުންގެ ބަހާ ހިލާފުވެވަޑައިގެން، މަޖީދީ މަގުގައި މުޒާހަރާ ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވުމުން އެމްޑީޕީ އިން އެކަން ކުށްވެރިކޮށްފި
11 އޯގަސްޓު 2026

އެމްޑީޕީ ސަރުކާރުން ހަވާލުކުރި 16 މަޝްރޫއެއް ހުއްޓުވުމުގެ ސަބަބުން 60 މިލިއަން ރުފިޔާގެ ގެއްލުންވި ކަމަށް ގީލާ ވިދާޅުވުމުން، އެމްޑީޕީގެ ރައްދު ސަރުކާރަށް

11 އޯގަސްޓު 2026
އެމްޑީޕީ ސަރުކާރުން ހަވާލުކުރި 16 މަޝްރޫއެއް ހުއްޓުވުމުގެ ސަބަބުން 60 މިލިއަން ރުފިޔާގެ ގެއްލުންވި ކަމަށް ގީލާ ވިދާޅުވުމުން، އެމްޑީޕީގެ ރައްދު ސަރުކާރަށް
11 އޯގަސްޓު 2026

ބޭރު ފައިސާގެ އެކްސްޗޭންޖް ހާލަތު ގޯސްވުމުގެ މައްސަލައިގައި އެމްއެމްއޭގެ ގަވަރުނަރު މަޖިލީހަށް ހާޒިރުކުރަން އެމްޑީޕީ އިން އެދިއްޖެ

11 އޯގަސްޓު 2026
ބޭރު ފައިސާގެ އެކްސްޗޭންޖް ހާލަތު ގޯސްވުމުގެ  މައްސަލައިގައި އެމްއެމްއޭގެ ގަވަރުނަރު މަޖިލީހަށް ހާޒިރުކުރަން އެމްޑީޕީ އިން އެދިއްޖެ
09 އޯގަސްޓު 2026

އެމްޑީޕީ އިން މުޒާހަރާ ބާއްވާ ވާހަކަ އިއުލާާން ކުރުމުން، މިނިސްޓަރުން ޓިކްޓޮކް ކުޅެން ފަށައިފި: ރާއީ

09 އޯގަސްޓު 2026
އެމްޑީޕީ އިން މުޒާހަރާ ބާއްވާ ވާހަކަ އިއުލާާން ކުރުމުން، މިނިސްޓަރުން ޓިކްޓޮކް ކުޅެން ފަށައިފި: ރާއީ
09 އޯގަސްޓު 2026

ހިރިމަރަދޫ ރައްޔިތުންގެ އަސާސީ ހައްގުތައް ގެއްލެމުންދާތީ އެމްޑީޕީ އިން އެކަން އެޗްއާރްސީއެމްގެ ސަމާލުކަމަށް ގެނެސްފި

09 އޯގަސްޓު 2026
ހިރިމަރަދޫ ރައްޔިތުންގެ އަސާސީ ހައްގުތައް ގެއްލެމުންދާތީ އެމްޑީޕީ އިން އެކަން އެޗްއާރްސީއެމްގެ ސަމާލުކަމަށް ގެނެސްފި
09 އޯގަސްޓު 2026

މުޒާހަރާ ކުރިއަށްދާނީ މަޖީދީ މަގުން، އިތުރު އެހެން މަގެއް ނެތް: އަމީން ފައިސަލް

09 އޯގަސްޓު 2026
މުޒާހަރާ ކުރިއަށްދާނީ މަޖީދީ މަގުން، އިތުރު އެހެން މަގެއް ނެތް: އަމީން ފައިސަލް
08 އޯގަސްޓު 2026

މިއަދު ޑޮލަރުގެ އަގު ހުރި ހިސާބު ޚުދު ރައީސް މުއިއްޒަށް ވެސް އެނގިވަޑައިނުގަންނަވާ: ކުރީގެ މެންބަރު ޝިފާއު

08 އޯގަސްޓު 2026
މިއަދު ޑޮލަރުގެ އަގު ހުރި ހިސާބު ޚުދު ރައީސް މުއިއްޒަށް ވެސް އެނގިވަޑައިނުގަންނަވާ: ކުރީގެ މެންބަރު ޝިފާއު
06 އޯގަސްޓު 2026

އެމްޑީޕީ ކޮންގްރެސްގެ ތެރެއިން އެޕާޓީގެ އަސާސީ ޤަވާއިދަށާއި ޕާޓީގެ ސިޔާސަތުތަކަށް އިސްލާހުތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

06 އޯގަސްޓު 2026
އެމްޑީޕީ ކޮންގްރެސްގެ ތެރެއިން އެޕާޓީގެ އަސާސީ ޤަވާއިދަށާއި ޕާޓީގެ ސިޔާސަތުތަކަށް އިސްލާހުތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
06 އޯގަސްޓު 2026

ސައީދުގެ "މޮޅު ޓިކްޓޮކް". ބޮޑު ފްލޮޕަކަށް

06 އޯގަސްޓު 2026
ސައީދުގެ "މޮޅު ޓިކްޓޮކް". ބޮޑު ފްލޮޕަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް