Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޤައުމީ ދުވަސް

ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް، އަލްއުސްތާޛު ކަށިމާ އަހްމަދު ޝާކިރަށް އަރުވައިފި

15 އޯގަސްޓު 2026 | ހޮނިހިރު 07:01

ދައުލަތަށް 41 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ އަލްއުސްތާޛު އަޙްމަދު ޝާކިރަކީ ތާރީޚާއި އަދަބިއްޔާތާއި ތަމްސީލު ކުޅުމުގެ ރޮނގުން ފާހަގަކޮށްލެވޭ ބޮޑެތި ޚިދުމަތްތަކެއް ކުރައްވާ ގިނަ ކާމިޔާބީތަކެއް ހޯއްދަވާފައިވާ ބޭފުޅެއް. ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި ޝާކިރަކީ މިހާރުވެސް ދިވެހި ޤައުމިއްޔަތުގެ އިސްވަރު ކައުންސިލްގެ މެންބަރެއްގެ އިތުރުން ޤައުމީ އިނާމާ ބެހޭ ކޮމިޓީގެ މުގައްރިރެއް

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 15 އޯގަސްޓު 2026 | ހޮނިހިރު 07:01
ރައީސުލްޖުމްހޫރިއްޔާ، ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް، އަލްއުސްތާޛު ކަށިމާ އަހްމަދު ޝާކިރަށް އަރުވައިފި

ރައީސުލްޖުމްހޫރިއްޔާ، ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް، އަލްއުސްތާޛު ކަށިމާ އަހްމަދު ޝާކިރަށް އަރުވައިފި | ރައީސް އޮފީސް

ރައީސް ޑރ މުހައްމަދު މުއިއްޒު، ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތުގެ ވެރިކަމުގެ ލަޤަބް (ނ.ދ.ޝ.ޢ) މައްޗަންގޮޅި ކަށިމާ އަލްއުސްތާޛު އަހްމަދު ޝާކިރަށް އަރުވައިފި އެވެ.

މި އިއްޒަތް އަލްއުސްތާޛު އަހްމަދު ޝާކިރަށް އެރުވީ، 2026 ވަނަ އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި ހޮނިހިރު ދުވަހު ބޭއްވި ރަސްމީ ޖަލްސާގަ އެވެ.

Advertisement - newsAdvertisement

އަލްއުސްތާޛު ކަށިމާ އަހްމަދު ޝާކިރު ދިވެހި ދައުލަތުގެ ޚިދުމަތް ފެށްޓެވީ 30 ޖުލައި 1969 ގައި އެވެ. މެދުނުކެނޑި 41 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތަށް ޚިދުމަތް ކުރެއްވާފައިވާއިރު، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ޝިޕިންގގެ ވަކީލު ކަމާއި، ޝިޕިންގ މާސްޓަރ ކަމާއި، ޑިރެކްޓަރ އޮފް އެޑްމިނިސްޓްރޭޝަންގެ މަގާމާއި، ޑިރެކްޓަރ ޖެނެރަލް ކަމުގެ އިތުރުން ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ އެގްޒެކެޓިވް ޑިރެކްޓަރު ކަމުގެ މަޤާމު ފަދަ އިސް މަޤާމުތައް ފުރުއްވާފައިވެ އެވެ. 

މީގެއިތުރުން، ދައުލަތުގެ ވަޒީފާއިން ވަކިވެވަޑައިގަތުމަށްފަހު، ވިލާ ކޮލެޖުގައި 12 އަހަރަށްވުރެ ދިގު މުއްދަތަކަށް ކިޔަވައިދެއްވައި ސީނިއަރ ކަރިކިއުލަމް ޑިވެލޮޕަރއެއްގެ މަޤާމުވެސް ފުރުއްވި އެވެ. އަދި އަލްއުސްތާޛު ކަށިމާ އަހްމަދު ޝާކިރަކީ، ރައްޔިތުންގެ މަޖިލީހުގެ މާލެއަތޮޅު މެންބަރުކަމާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މާލެއަތޮޅު މެންބަރުކަން ވެސް ކުރައްވައިފައިވާ ބޭފުޅެކެވެ.

ސަރުކާރުގެ ޗާޕުޚާނާއިން ފެށްޓެވި ޚިދުމަތުގެ ތެރެއިން ދިވެހި އަދަބިއްޔާތުގެ ތެރެއަށް ވެދެވަޑައިގެންނެވި ކަށިމާ ޝާކިރަކީ ރާއްޖޭގެ ތަމްސީލު ކުޅުމާއި ސްޓޭޖް ޑްރާމާގެ ރޮނގުން ބޮޑު މަޤްބޫލުކަމެއް ހޯއްދެވި ފަންނާނެކެވެ. މަޖީދިއްޔާގެ ރަން ޔޫބީލް ތަމްސީލުތަކުން ފެށިގެން އޮލިމްޕިއަންސް ޝޯތަކާއި، ކަލްޗަރަލް އެންޑް ޑްރެމެޓިކް ސޮސައިޓީ (ސީޑީއެސް) އުފައްދަވައި 10 އަހަރު ވަންދެން ޝޯތައް ހުށަހަޅުއްވައިދެއްވި އެވެ. އަދި ޓެލެވިޜަން މޯލްޑިވްސްގެ ޕްރޮގްރާމް ޕްރޮޑިއުސަރެއްގެ ގޮތުން ޣާޒީ ބަންޑާރައިން ދޮންހިޔަލަ އާއި އަލިފުޅު އަދި ތަރާގަނޑުގެ ކަށިގަނޑު ފަދަ އެތައް ޓެލެޑްރާމާއަކާއި ފިލްމުތަކުގެ ސްކްރީންޕްލޭ ލިޔުއްވައި ތަރިން ތަމްރީނުކުރެއްވި އެވެ.

ދިވެހިރާއްޖޭގެ ތާރީޚު ދިރާސާ ކުރެއްވުމާއި ތާރީޚީ ފޮތް ލިޔުއްވުމުގެ ރޮނގުން ވެސް ކަށިމާ އަހްމަދު ޝާކިރު ގެންދަވަނީ، ގިނަ ޚިދުމަތްތަކެއް ކުރައްވަމުންނެވެ. އޭގެ ތެރޭގައި 640 ސަފްހާގެ "ވިހިވަނަ ޤަރުނުގެ ތެރޭގައި ދިވެހިރާއްޖެ" މި ފޮތާއި، މި ސީރީޒްގެ އިތުރު 5 ވޮލިއުމް ލިޔުއްވުން ހިމެނެ އެވެ. މީގެއިތުރުން "އިސްލާމްދީނުގެ އަލިކަން ދިވެހިރާއްޖެއަށް ފެތުރެމުން އައިގޮތް" މި ފޮތާއި، "ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމު" ފޮތާއި "ދިވެހިރާއްޖޭގެ ފައިސާގެ ތާރީޚު" ފޮތުގެ އިތުރުން ދައުލަތުގެ މުއައްސަސާތަކުގެ ތާރީޚު ފޮތްތަކާއި ރާއްޖޭގެ އިސް ޚިދުމަތްތެރިންގެ ބައޮގްރަފީ ފޮތްތައް ވެސް ވަނީ ލިޔުއްވާފަ އެވެ.

އަލްއުސްތާޛު އަހްމަދު ޝާކިރު ވަނީ އުމުރުފުޅުން 69 އަހަރުގައި މާސްޓަރ އޮފް ޝަރީއާ ހާސިލުކުރައްވާފަ އެވެ. އެމަނިކުފާނަށް މީގެ ކުރިން ތަމްސީލު ކުޅުމުގެ ރޮނގުންނާއި ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު، ނޫސްވެރިކަމުގެ ރިހިގަލަން، އަދި ތާރީޚީ ފޮތް ލިޔުއްވުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ދިވެހިބަހުގެ އެކެޑަމީގެ "ހަސަން ތާޖުއްދީން އެވޯޑް" ލިބިވަޑައިގެންފައިވެ އެވެ. އަދި 2025 ވަނަ އަހަރު ޝާރުޖާ އިންޓަރނޭޝަނަލް ނެރޭޓަރސް ފޯރަމްގެ ޝަރަފުވެރި އެވޯޑުވެސް ހާސިލުކުރެއްވި އެވެ. އަލްއުސްތާޛު ކަށިމާ އަހްމަދު ޝާކިރަކީ މިހާރު ވެސް ޚިދުމަތުގައި ހުންނެވި، ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވައިފައިވާ ދިވެހި ޤައުމިއްޔަތުގެ އިސްވަރު ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ދިވެހި ތާރީޚުގެ އިސްވާރެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ ޤައުމީ އިނާމާ ބެހޭ ކޮމިޓީގެ ޗެއަރޕަރސަން ވެސް މެއެވެ.

އަލްއުސްތާޛު އަޙްމަދު ޝާކިރުހއ. އުތީމުގައުމީ ދުވަސްނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތް

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

15 އޯގަސްޓު 2026

އުތީމުގެ "ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި" ހުޅުވައިފި

15 އޯގަސްޓު 2026
އުތީމުގެ "ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި" ހުޅުވައިފި
14 އޯގަސްޓު 2026

"ގައުމު ފުރަތަމަ" ޑްރާމާ: ވާހަކައިގައި ބަތަލެއް، އަމަލުގައި ޣައްދާރެއް!

14 އޯގަސްޓު 2026
"ގައުމު ފުރަތަމަ" ޑްރާމާ: ވާހަކައިގައި ބަތަލެއް، އަމަލުގައި ޣައްދާރެއް!
14 އޯގަސްޓު 2026

ކޮންމެ ދަރިއެއްގެ ހިތުގައިވެސް ދިވެހި ގައުމިއްޔަތުގެ ވިންދާއި ރޫޙު ހިފެހެއްޓުމަށް ރައީސް މުއިއްޒު ގޮވާލައްވައިފި

14 އޯގަސްޓު 2026
ކޮންމެ ދަރިއެއްގެ ހިތުގައިވެސް ދިވެހި ގައުމިއްޔަތުގެ ވިންދާއި ރޫޙު ހިފެހެއްޓުމަށް ރައީސް މުއިއްޒު ގޮވާލައްވައިފި
14 އޯގަސްޓު 2026

ގައުމީ ދުވަހުގެ މުނާސަބަތުގައި ގައުމީ ދިދަ ނެގުމުގެ ރަސްމިއްޔާތު މާލެ އާއި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބާއްވައިފި

14 އޯގަސްޓު 2026
ގައުމީ ދުވަހުގެ މުނާސަބަތުގައި ގައުމީ ދިދަ ނެގުމުގެ ރަސްމިއްޔާތު މާލެ އާއި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބާއްވައިފި
13 އޯގަސްޓު 2026

ޤައުމީ ދުވަހު އުތީމުގައި ބާއްވާ ޖަލްސާގައި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އެއްބޭފުޅަކަށާއި ޖަމްއިއްޔާއަކަށް ދޭން ނިންމައިފި

13 އޯގަސްޓު 2026
ޤައުމީ ދުވަހު އުތީމުގައި ބާއްވާ ޖަލްސާގައި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އެއްބޭފުޅަކަށާއި ޖަމްއިއްޔާއަކަށް ދޭން ނިންމައިފި
08 ނޮވެމްބަރު 2025

ބޮޑުތަކުރުފާނު ދޫނި ހިއްޕެވި ތާރީޚީ ތުނޑި ގިރައިގެން ހިނގައްޖެ! އެ ތުނޑި އަލުން އަނބުރާ ހޯދިދާނެތަ؟

08 ނޮވެމްބަރު 2025
ބޮޑުތަކުރުފާނު  ދޫނި ހިއްޕެވި ތާރީޚީ ތުނޑި ގިރައިގެން ހިނގައްޖެ! އެ ތުނޑި އަލުން އަނބުރާ ހޯދިދާނެތަ؟
17 ޖުލައި 2025

ކުރީ ސަރުކާރުން އުތީމުގައި މަސައްކަތް ފެށި ބޮޑު ފުޓުބޯޅަ ދަނޑު ނިންމައިފި

17 ޖުލައި 2025
ކުރީ ސަރުކާރުން އުތީމުގައި މަސައްކަތް ފެށި ބޮޑު ފުޓުބޯޅަ ދަނޑު ނިންމައިފި
28 ސެޕްޓެމްބަރު 2022

ރައީސުލްޖުމްހޫރިއްޔާ، ތިލަދުންމަތީގެ ހަތަރު ރަށަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

28 ސެޕްޓެމްބަރު 2022
ރައީސުލްޖުމްހޫރިއްޔާ، ތިލަދުންމަތީގެ ހަތަރު ރަށަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
27 ސެޕްޓެމްބަރު 2022

ގައުމީ ދުވަހުގެ ޕެރޭޑް އުތީމުގައި ބާއްވައިފި

27 ސެޕްޓެމްބަރު 2022
ގައުމީ ދުވަހުގެ ޕެރޭޑް އުތީމުގައި ބާއްވައިފި
27 ސެޕްޓެމްބަރު 2022

އުތީމުގެ ތަރައްގީ އާ އުސްމިންތަކަށް ގެންދިއުމުގައި މި ސަރުކާރުގެ ބައިވެރިވުން ބޮޑު - އުތީމު ކައުންސިލް

27 ސެޕްޓެމްބަރު 2022
އުތީމުގެ ތަރައްގީ އާ އުސްމިންތަކަށް ގެންދިއުމުގައި މި ސަރުކާރުގެ ބައިވެރިވުން ބޮޑު - އުތީމު ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް