Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޑިއާ

އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި

15 އޯގަސްޓު 2026 | ހޮނިހިރު 15:36

އިންޑިއާގެ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ސިޓީފުޅުގައި، އެ ޤައުމުން ހޯދާފައިވާ އިޖުތިމާއީ އަދި އިޤްތިސާދީ ކުރިއެރުންތަކާއި ސަރަހައްދީ ހަމަޖެހުމަށް އަދާކުރާ ދައުރު ފާހަގަކުރެއްވި. އަދި ރާއްޖޭގެ ތަރައްޤީއަށް އިންޑިއާއިން ދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް އިސްތިރާޖީ ގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 އޯގަސްޓު 2026 | ހޮނިހިރު 15:36
ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު

ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު | ރައީސް އޮފީސް

އިންޑިއާގެ 80 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ރައީސާ ދުރޫޕަދީ މުރުމޫއަށާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފި އެވެ.

ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުތަކުގައި، ރައީސް މުއިއްޒު ވަނީ އިންޑިޔާގެ ލީޑަރުންނާއި ސަރުކާރަށާއި އަޚުވަންތަ ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފަ އެވެ.

Advertisement - newsAdvertisement

ރައީސާ މުރުމޫއަށް ފޮނުއްވި ސިޓީފުޅުގައި، ރައީސް މުއިއްޒު ވަނީ، އިންޑިއާގެ ދިމިޤްރާތީ ބަދަހިކަމާއި އިޖުތިމާއީ އަދި އިޤްތިސާދީގޮތުން ހޯދާފައިވާ ކުރިއެރުންތަކަކީ، މުހިއްމު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރައްވާފަ އެވެ. އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގައި ސުލްހަޔާއި ހަމަޖެހުމާއި ތަނަވަސްކަން ޤާއިމުކުރުމުގައި އިންޑިއާއިން އަދާކުރާ މުހިންމު ދައުރު ވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެ އެވެ. 

ބޮޑުވަޒީރު، ނަރެންދްރަ މޯދީއަށް ރައީސް މުއިއްޒު ފޮނުއްވި ސިޓީފުޅުގައި، ދިވެހިރާއްޖޭގެ ތަރައްޤީއަށް އިންޑިއާއިން ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވައި، ދެ ޤައުމުގެ ދެމެދުގައި ގިނަ ދާއިރާތަކަކުން، އިސްތިރާޖީ ގޮތުން ގުޅުން ބަދަހިކޮށް ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވާފައިވެ އެވެ.

އަދި ސިޓީފުޅުތައް ނިންމަވާލައްވަމުން، ރައީސް މުއިއްޒު ވަނީ އިންޑިއާގެ ރައީސާއާއި ބޮޑުވަޒީރަށް ފުރިހަމަ ސިއްހަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، އިންޑިއާގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފަ އެވެ.

ރައީސް މުއިއްޒުގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި މި ޝުއޫރުތައް ތަކުރާރު ކުރައްވަމުން، މިނިވަންކަމުގެ ދިގު މާޒީ ރަމްޒުކޮށްދެނީ އިންޑިއާގެ ސަރުކާރާއި ރައްޔިތުންގެ އުންމީދުތަކާއި ސާބިތުކަމާއި ނުގުޑާފަދަ ޤައުމީ ރޫހުކަން ފާހަގަކުރައްވާފައިވެ އެވެ.

ޑރ. މުހައްމަދު މުއިއްޒުރާއްޖެ-އިންޑިއާއިންޑިއާ މިނިވަން ދުވަސް

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

15 އޯގަސްޓު 2026

ރާއްޖޭގައި އިސްލާމް ދީން ދަމަހައްޓަވަނީ ޑރ. މުއިއްޒުކަމަށް ދެއްކެވުން ހުއްޓާލައްވާ! ޤާނޫނު އަސާސީ އޮތްގޮތް ވަރަށް ސާފު!

15 އޯގަސްޓު 2026
ރާއްޖޭގައި އިސްލާމް ދީން ދަމަހައްޓަވަނީ ޑރ. މުއިއްޒުކަމަށް ދެއްކެވުން ހުއްޓާލައްވާ! ޤާނޫނު އަސާސީ އޮތްގޮތް ވަރަށް ސާފު!
15 އޯގަސްޓު 2026

މަސައްކަތުގެ އަހުލާގަށް އަމާނާތްތެރިވުމަށާއި ތެދުވެރިވެ ޒިންމާދާރުވުމަށް ރައީސް މުއިއްޒު އެދިވަޑައިގަންނަވައިފި

15 އޯގަސްޓު 2026
މަސައްކަތުގެ އަހުލާގަށް އަމާނާތްތެރިވުމަށާއި ތެދުވެރިވެ ޒިންމާދާރުވުމަށް ރައީސް މުއިއްޒު އެދިވަޑައިގަންނަވައިފި
15 އޯގަސްޓު 2026

އިންޑިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ކުރީގެ ރައީސް ސޯލިހު ފޮނުއްވައިފި

15 އޯގަސްޓު 2026
އިންޑިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ކުރީގެ ރައީސް ސޯލިހު ފޮނުއްވައިފި
15 އޯގަސްޓު 2026

އުތީމުގެ "ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި" ހުޅުވައިފި

15 އޯގަސްޓު 2026
އުތީމުގެ "ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި" ހުޅުވައިފި
14 އޯގަސްޓު 2026

"ގައުމު ފުރަތަމަ" ޑްރާމާ: ވާހަކައިގައި ބަތަލެއް، އަމަލުގައި ޣައްދާރެއް!

14 އޯގަސްޓު 2026
"ގައުމު ފުރަތަމަ" ޑްރާމާ: ވާހަކައިގައި ބަތަލެއް، އަމަލުގައި ޣައްދާރެއް!
14 އޯގަސްޓު 2026

ތަރައްގީގެ މަޝްރޫއުތައް މަޑުޖެހިފައިވާކަމަށް ރައްޔިތުން ބުނަމުން ދަނިކޮށް 2027 ވަނަ އަހަރަކީ ތަރައްގީގެ އެންމެ ގިނަ މަޝްރޫއުތައް ނިންމާލެވޭނެ އަހަރު ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

ކޮންމެ ދަރިއެއްގެ ހިތުގައިވެސް ދިވެހި ގައުމިއްޔަތުގެ ވިންދާއި ރޫޙު ހިފެހެއްޓުމަށް ރައީސް މުއިއްޒު ގޮވާލައްވައިފި

14 އޯގަސްޓު 2026
ކޮންމެ ދަރިއެއްގެ ހިތުގައިވެސް ދިވެހި ގައުމިއްޔަތުގެ ވިންދާއި ރޫޙު ހިފެހެއްޓުމަށް ރައީސް މުއިއްޒު ގޮވާލައްވައިފި
14 އޯގަސްޓު 2026

ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރަން އެދޭ ފަރާތްތަކާ ވަކިވަކިން ބައްދަލުކުރައްވާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ ބައްދަލުވުންތައް ފަށައިފި

14 އޯގަސްޓު 2026
ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރަން އެދޭ ފަރާތްތަކާ ވަކިވަކިން ބައްދަލުކުރައްވާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ ބައްދަލުވުންތައް ފަށައިފި
13 އޯގަސްޓު 2026

ރައީސް މުއިއްޒު ޔޫއޭއީގެ ރައީސަށް ފޯނުން ގުޅުއްވައިފި

13 އޯގަސްޓު 2026
ރައީސް މުއިއްޒު ޔޫއޭއީގެ ރައީސަށް ފޯނުން ގުޅުއްވައިފި
12 އޯގަސްޓު 2026

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ޒުވާނުންނަށް ރައީސް މުއިއްޒު ތަހުނިޔާ ފޮނުއްވައިފި

12 އޯގަސްޓު 2026
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ޒުވާނުންނަށް ރައީސް މުއިއްޒު ތަހުނިޔާ ފޮނުއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް