Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާ-ރަޝިއާ

ޗައިނާ އާއި ރަޝިއާގެ އަސްކަރީ މަނަވަރުތައް ގުޅިގެން ޚާއްސަ ތަމްރީނުތަކެއް ކުރިއަށް ގެންދަނީ

5 ޖުލައި 2026 | އާދީއްތަ 15:27

ޗައިނާގެ ކިންގްޑާއޯ ބަނދަރު ސަރަހައްދުގައި ރަޝިއާއާ ގުޅިގެން ކުރިއަށްގެންދާ މި އަސްކަރީ ތަމްރީނުތަކުގައި ދެ ގައުމުގެ މަނަވަރުތަކާއި ސަބްމެރީންތައް ބައިވެރިވޭ. މި މަހުގެ 13 އާ ހަމައަށް ކުރިއަށްދާ މި ހަރަކާތްތަކުގައި މައިގަނޑު ގޮތެއްގައި ތަމްރީނުކުރަނީ ވައިގެ މަގުންދޭ ހަމަލާތަކުން ދިފާއުވުމާއި ކަނޑުގެ އަމާޒުތަކަށް ހަމަލާދިނުން.

ރާއްޖެ އެމްވީ | 5 ޖުލައި 2026 | އާދީއްތަ 15:27
ޗައިނާ އާއި ރަޝިޔާ ގުޅިގެން "ޖޮއިންޓް ސީ" ގެ ނަމުގައި އަސްކަރީ ތަމްރީނުތައް ބާއްވަމުން އަންނަތާ މިހާރު ދިހަ އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ

ޗައިނާ އާއި ރަޝިޔާ ގުޅިގެން "ޖޮއިންޓް ސީ" ގެ ނަމުގައި އަސްކަރީ ތަމްރީނުތައް ބާއްވަމުން އަންނަތާ މިހާރު ދިހަ އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ | އޭއެފްޕީ

ޗައިނާގެ އިރުމަތީ އައްސޭރިފަށުގެ ކަނޑުގެ ސަރަހައްދާއި ވައިގެ ސަރަހައްދުގައި، ޗައިނާ އާއި ރަޝިއާގެ އަސްކަރީ މަނަވަރުތައް ގުޅިގެން ކުރިއަށްގެންދާ ޚާއްސަ ތަމްރީނުތަކެއް މި ހަފުތާގައި ފެށުމަށް ނިންމައިފި އެވެ.

ޗައިނާގެ މިނިސްޓްރީ އޮފް ޑިފެންސުން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޗައިނާގެ މުހިންމު ބަނދަރެއް ކަމަށްވާ ކިންގްޑާއޯގެ އައްސޭރިފަށުގައި ކޮންމެ އަހަރަކު ބާއްވާ މި ތަމްރީނުތަކަށްފަހު، ޕެސިފިކް ކަނޑުގެ ސަރަހައްދުތަކެއްގައި ދެ ގައުމު ގުޅިގެން ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ޕެޓްރޯލްތަކެއް ވެސް ކުރިއަށްގެންދާނެ ކަމަށެވެ. މީގެ އިތުރުން، ރަޝިއާގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހޯމަ ދުވަހުން ފެށިގެން ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ތަމްރީނުތަކުގައި ބައިވެރިވުމަށް ރަޝިއާގެ ޕެސިފިކް ފްލީޓަށް ނިސްބަތްވާ ކްރޫޒާއަކާއި، ކޯވެޓް މަނަވަރަކާއި، ޑީސަލް-އިލެކްޓްރިކް ސަބްމެރީނެއްގެ އިތުރުން ރެސްކިއު އުޅަނދެއް މިހާރު ވަނީ ކިންގްޑާއޯއަށް ގޮސްފަ އެވެ.

ޗައިނާގެ ނޮދަން ތިއޭޓަރ ކޮމާންޑުން ހާމަކޮށްފައިވާ ގޮތުގައި، މި ތަމްރީނުތަކުގައި އެ ގައުމުގެ ފަރާތުން ދެ ޑިސްޓްރޯޔަރާއި، ފްރިގޭޓަކާއި، ސަބްމެރީނަކާއި، ސަޕްލައި މަނަވަރެއްގެ އިތުރުން ރެސްކިއު އުޅަނދެއް ބައިވެރިވާނެ އެވެ.

މި ތަމްރީނުތަކުގެ ތެރޭގައި ދެ ގައުމުގެ އަސްކަރިއްޔާއިން ރިކޮނަސަންސް ނުވަތަ މައުލޫމާތު އެއްކުރުމާއި، ވައިގެ މަގުންނާއި މިސައިލުން ދޭ ހަމަލާތަކުން ދިފާއުވުމުގެ އިތުރުން، ކަނޑުގެ އަމާޒުތަކަށް ހަމަލާދިނުމުގެ ތަމްރީނުތައް ކުރިއަށްގެންދާނެ ކަމަށް ބެލެވެ އެވެ.

މި އަސްކަރީ ހަރަކާތްތައް ފަށާފައި މިވަނީ، ރަޝިއާގެ ރައީސް ވުލަޑީމިއަރ ޕޫޓިން ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ގާތްގަނޑަކަށް ދެ މަސް ދުވަސް ވެފައި ވަނިކޮށެވެ. އެ ދަތުރުފުޅުގައި ޕޫޓިން ވަނީ ދެ ގައުމުގެ ގުޅުން މީގެ ކުރިން ދުވަހަކުވެސް ބަދަހިނުވާ މިންވަރަށް ވަރުގަދަވެފައިވާ ކަމަށް ސިފަކުރައްވާފަ އެވެ.

މީގެ އިތުރުން، ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވެސް ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ބައިވެރިވުމަކީ ގުޑުވާނުލެވޭނެ ފަދަ ވަރުގަދަ ގުޅުމެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

ޚާރިޖީ އަދި އިގްތިސާދީ ގޮތުން ގާތް މި ދެ ގައުމުން "ޖޮއިންޓް ސީ" ގެ ނަމުގައި މިފަދަ އަސްކަރީ ތަމްރީނުތައް ބާއްވަމުން އަންނަނީ 2012 ވަނަ އަހަރުން ފެށިގެންނެވެ. މިދިޔަ އަހަރުގެ ތަމްރީނުތައް ބާއްވާފައިވަނީ ރަޝިއާގެ ބަނދަރެއް ކަމަށްވާ ލެޑިވޮސްޓޮކް ކައިރީގައެވެ. އަދި އެ ފަހަރުވެސް ތަމްރީނުތަކަށްފަހު ޕެސިފިކް ކަނޑުގައި ދެ ގައުމު ގުޅިގެން ޕެޓްރޯލް ކޮށްފައިވެ އެވެ.

ރަޝިއާއިން ޔޫކްރެއިނަށް އަރައިގަނެ ކުރަމުންދާ ހަނގުރާމަ ޗައިނާއިން މިހާތަނަށް ކުށްވެރިކޮށްފައެއް ނުވެ އެވެ. ޗައިނާއިން ތަކުރާރުކޮށް ބުނަމުންދަނީ އެ ގައުމަކީ މި މައްސަލައިގައި ވަކި ފަރާތަކަށް ނުޖެހޭ ގައުމެއް ކަމަށާއި، ސުލްހައިގެ ވާހަކަތައް ކުރިއަށްގެންދިއުމަށް އެ ގައުމުން އަބަދުވެސް ބާރުއަޅާ ކަމަށެވެ.

މަސްދަރު: އަލް ޖަޒީރާ

ޗައިނާ-ރަޝިޔާޕެސިފިކް ކަނޑުވްލަޑިމިއަރ ޕުޓިންޝީ ޖިންޕިން

އިތުރަށް ކިޔާލަން

04 ޖުލައި 2026

ޔޫކްރެއިން އަށާއި އެގައުމަށް އެހީވާ ފަރާތްތަކަށް ޕޫޓިންގެ ވަރުގަދަ އިންޒާރެއް

04 ޖުލައި 2026
ޔޫކްރެއިން އަށާއި އެގައުމަށް އެހީވާ ފަރާތްތަކަށް ޕޫޓިންގެ ވަރުގަދަ އިންޒާރެއް
02 ޖުލައި 2026

ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަށް 105 އަހަރު ފުރުމާ ގުޅިގެން، އުތުރުކޮރެ އާއި ދިވެހިރާއްޖޭގެ ރައީސުން ހިމެނޭ ގޮތުން ސިޔާސީ ޕާޓީތަކުންނާއި ވެރިން ތަހުނިޔާ ފޮނުވައިފި

02 ޖުލައި 2026
ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަށް 105 އަހަރު ފުރުމާ ގުޅިގެން، އުތުރުކޮރެ އާއި ދިވެހިރާއްޖޭގެ ރައީސުން ހިމެނޭ ގޮތުން ސިޔާސީ ޕާޓީތަކުންނާއި ވެރިން ތަހުނިޔާ ފޮނުވައިފި
01 ޖުލައި 2026

ޗައިނާއިން ޕްރައިމަރީން ފެށިގެން ޔުނިވަރސިޓީއަށް އޭއައި ކިޔަވައިދޭން ނިންމައިފި

01 ޖުލައި 2026
ޗައިނާއިން ޕްރައިމަރީން ފެށިގެން ޔުނިވަރސިޓީއަށް އޭއައި ކިޔަވައިދޭން ނިންމައިފި
28 ޖޫން 2026

ޔޫކްރެއިނުން ރަޝިޔާގެ ތެޔޮ ސާފުކުރާ ދެ ކާރުޚާނާ އަކަށް ހަމަލާ ދީފި

28 ޖޫން 2026
ޔޫކްރެއިނުން ރަޝިޔާގެ ތެޔޮ ސާފުކުރާ ދެ ކާރުޚާނާ އަކަށް ހަމަލާ ދީފި
20 ޖޫން 2026

ޕެސިފިކް ކަނޑުގެ ސަރަހައްދުން ހަ ޓަނަށްވުރެ ގިނަ ކޮކެއިން އެލް ސަލްވަޑޯ އިން އަތުލައިގަނެފި

20 ޖޫން 2026
ޕެސިފިކް ކަނޑުގެ ސަރަހައްދުން ހަ ޓަނަށްވުރެ ގިނަ ކޮކެއިން އެލް ސަލްވަޑޯ އިން އަތުލައިގަނެފި
18 ޖޫން 2026

ޔޫކްރޭނުން މޮސްކޯއަށް މިހާތަނަށް ދިން އެންމެ ވަރުގަދަ ޑްރޯން ހަމަލާތައް ދީފި

18 ޖޫން 2026
ޔޫކްރޭނުން މޮސްކޯއަށް މިހާތަނަށް ދިން އެންމެ ވަރުގަދަ ޑްރޯން ހަމަލާތައް ދީފި
16 ޖޫން 2026

ޕޫޓިންއަށް ފާޑުކިޔަމުންދިޔަ ރަޝިޔާގެ ކުރެހުންތެރިއަކު ޕޮލެންޑުގައި ބަޑިޖަހައި މަރާލައިފި

16 ޖޫން 2026
ޕޫޓިންއަށް ފާޑުކިޔަމުންދިޔަ ރަޝިޔާގެ ކުރެހުންތެރިއަކު ޕޮލެންޑުގައި ބަޑިޖަހައި މަރާލައިފި
20 މެއި 2026

ޓްރަމްޕް އަށް ފަހު، ރަޝިޔާގެ ރައީސް ޕުޓިން ވެސް ޗައިނާ އަށް ވަޑައިގެންފި

20 މެއި 2026
ޓްރަމްޕް އަށް ފަހު، ރަޝިޔާގެ ރައީސް ޕުޓިން ވެސް ޗައިނާ އަށް ވަޑައިގެންފި
16 ފެބުރުއަރީ 2026

ޣައްޒާ އަށް ފަސް ބިލިއަން ޑޮލަރު ދިނުމަށް، ބޯޑު އޮޕް ޕީސްގެ މެމްބަރުން އެއްބަސްވެއްޖެ: ޓްރަމްޕް

16 ފެބުރުއަރީ 2026
ޣައްޒާ އަށް ފަސް ބިލިއަން ޑޮލަރު ދިނުމަށް، ބޯޑު އޮޕް ޕީސްގެ މެމްބަރުން އެއްބަސްވެއްޖެ: ޓްރަމްޕް
14 ފެބުރުއަރީ 2026

ޗައިނާ އިން އެފްރިކާ ގައުމުތަކުން ނަގާ ޑިއުޓީ އުވާލަނީ

14 ފެބުރުއަރީ 2026
ޗައިނާ އިން އެފްރިކާ ގައުމުތަކުން ނަގާ ޑިއުޓީ އުވާލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް