Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޖިންސީ ފުރައްސާރަ

ފްލައިޓް އެޓެންޑެންޓަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި، ޖަޕާނުގެ އެއާލައިން ޕައިލެޓަކު 20 މަސްދުވަހަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފި

15 ޖުލައި 2026 | ބުދަ 08:47

މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެއާލައިންގެ މުވައްޒަފުންތަކަކާއެކު ބޭއްވި ކެއުމަކަށްފަހުގައި. ކޯޓުން ވަނީ ކެޕްޓަންގެ އަމަލުތަކަކީ ނާތަހުޒީބު އަމަލުތަކެއްގެ ގޮތުގައި ސިފަކޮށް، އޭނާގެ ޖަލު ހުކުމް ފަސްކޮށްދެވެން ނެތް ކަމަށް ނިންމާފައި.

ރާއްޖެ އެމްވީ | 15 ޖުލައި 2026 | ބުދަ 08:47
ޓޯކިޔޯގެ ހަނެޑާ އެއާޕޯޓުގެ އެއާކްރާފްޓް ހޭންގަރެއްގައި، 2026 އޭޕްރީލް 1 ވަނަ ދުވަހު ބޭއްވި އޯލް ނިޕޯން އެއާވޭސް (އޭ.އެން.އޭ) ގްރޫޕުގެ އަހަރީ "އެންޓްރަންސް ސެރެމަނީ" ނުވަތަ ވަޒީފާއާ އަލަށް ގުޅުނު މުވައްޒަފުންނަށް މަރުހަބާ ކިޔުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ އާ މުވައްޒަފުން ބައިވެރިވަނީ.

ޓޯކިޔޯގެ ހަނެޑާ އެއާޕޯޓުގެ އެއާކްރާފްޓް ހޭންގަރެއްގައި، 2026 އޭޕްރީލް 1 ވަނަ ދުވަހު ބޭއްވި އޯލް ނިޕޯން އެއާވޭސް (އޭ.އެން.އޭ) ގްރޫޕުގެ އަހަރީ "އެންޓްރަންސް ސެރެމަނީ" ނުވަތަ ވަޒީފާއާ އަލަށް ގުޅުނު މުވައްޒަފުންނަށް މަރުހަބާ ކިޔުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ އާ މުވައްޒަފުން ބައިވެރިވަނީ. | ގެޓީ އިމޭޖަސް

ފްލައިޓް އެޓެންޑެންޓަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި، ޖަޕާނުގެ އެއާލައިން ޕައިލެޓަކު 20 މަސްދުވަހަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

ޓޯކިޔޯ ޑިސްޓްރިކްޓް ކޯޓުން ކުރި މި ހުކުމުގައި، އޯލް ނިޕޯން އެއާވޭސް (އޭ.އެން.އޭ) ގެ ކެޕްޓަނެއްގެ މަގާމުގައި ހުރި އުމުރުން 44 އަހަރުގެ ރިޔޯޓާ މިސޭގެ އަމަލުތަކަކީ "ނާތަހުޒީބު" އަމަލުތަކެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ. އަދި އޭނާ ވަނީ އޭނާގެ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށްވެސް ކޯޓުން ބުނެފައިވެ އެވެ.

މިދިޔަ އަންގާރަ ދުވަހު ކޯޓުން މި ހުކުމް އިއްވީ، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ޖަޕާނުގެ ކަގާވާ ޕްރިފެކްޗާގެ ޓަކަމަޓްސޫގައި ހިނގި ހާދިސާއަކާ ގުޅިގެންނެވެ. މި މައްސަލައިގައި ދައުލަތުގެ ޕްރޮސިކިއުޓަރުން އެދިފައިވަނީ މިސޭ ދެ އަހަރާއި ހަ މަސްދުވަހަށް ޖަލަށްލުމަށެވެ.

"ދަ ޖަޕާން ޓައިމްސް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފްލައިޓްގެ މަސައްކަތް ނިންމާލުމަށްފަހު އެއާލައިންގެ މުވައްޒަފުންތަކަކާއެކު ބޭއްވި ރޭގަނޑުގެ ކެއުމަކަށްފަހު، މަގުމަތީގައާއި ފިހާރައެއްގެ ތެރޭގައި މިސޭ ވަނީ ތަކުރާރުކޮށް އެ އަންހެން މުވައްޒަފަށް ޖިންސީ ގޯނާކޮށްފަ އެވެ.

މި ހާދިސާ ހިނގުމުގެ އެއް ދުވަސް ކުރިން، އެ ދެ މީހުން އެކުގައި މަސައްކަތް ކުރަން ފެށުމާ ހަމައަށް އެ އަންހެން މުވައްޒަފު އެ ކެޕްޓަނާ ދުވަހަކުވެސް ބައްދަލުވެފައެއް ނުވެ އެވެ.

މި މައްސަލަ ބެއްލެވި އިސް ގާޒީ ތަކާއޯ އޮކާވާ ވިދާޅުވީ، ދައުވާ ލިބޭ މިސޭ ވަނީ އެއާލައިން ކެޕްޓަނެއްގެ ހައިސިއްޔަތުން އޭނާއަށް ލިބިފައިވާ ބާރާއި ނުފޫޒުގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައި ކަމަށެވެ.

ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެމުން އެ އަންހެން މުވައްޒަފު ބުނީ، އޭނާއަށްވުރެ މަތީ މަގާމެއްގައި ހުރި މީހަކާ ދެކޮޅަށް ތެދުވެއްޖެނަމަ ވަޒީފާއަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރަކަށް ބިރުން، އެ އަމަލުތަކަށް ހުރަސްއަޅަން އޭނާ މާބޮޑަށް ބިރުގަތީ ކަމަށެވެ.

ނަމަވެސް މިސޭގެ ފަރާތުން ދިފާއުގައި ބުނީ، އެރޭގެ ކެއުމުގެ ތެރެއިން ދެމީހުންގެ މެދުގައި އޮތް ގުޅުން ބަދަހިވެފައިވާ ކަމަށް އޭނާއަށް ގަބޫލުކުރެވުނު ކަމަށާއި، އެހެންކަމުން އެއީ ސަމާސާއަކަށް ކުރި ކަމެއް ކަމަށެވެ.

ކޯޓުން ވަނީ މިސޭގެ އެ ވާހަކަތައް ބަލައިނުގަނެ، އޭނާގެ އަމަލުތަކަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންތައްތަކެއް ނޫން ކަމަށް ނިންމާފަ އެވެ. އަދި އޭނާގެ މައްޗަށް އިއްވި ޖަލު ހުކުމް ތަންފީޒުކުރުން ފަސްކޮށްދެވެން ނެތް ކަމަށްވެސް ކޯޓުން ކަނޑައެޅި އެވެ.

ގާޒީ ވިދާޅުވީ، މިސޭ ދައްކަނީ އެއްވެސް ހަމައެއް ނެތް އުޒުރުތަކެއް ކަމަށާއި، އޭނާގެ ކިބައިން ކުރި ކަމާމެދު ދެރަވެ ހިތާމަކުރާ މަންޒަރެއް ނުފެންނަ ކަމަށެވެ.

ކޯޓުގެ ހުކުމުގައި އިތުރަށް ބުނެފައިވަނީ، "ދައުވާ ލިބޭ ފަރާތުން ވަނީ އަނިޔާ ލިބުނު މީހާގެ ކިބައިގައި ހުރި ނުކެރުމާއި، ޖެހިލުންވުމުގެ ފައިދާ ނަގައި، ކެޕްޓަނެއްގެ މަގާމުގެ ނުފޫޒު ބޭނުންކޮށްފަ އެވެ. 

ކޯޓަށް ހުށަހެޅި ބަޔާނެއްގައި އެ އަންހެން މުވައްޒަފު ބުނެފައިވަނީ، އެ ވަގުތު އޭނާ އެ އަމަލުތަކަށް ހުރަސްއަޅައިފިނަމަ ދެން ވެދާނެ ގޮތެއް ނޭނގޭތީ، އެތަނުން ސަލާމަތްވެގެން ދާން ނުކެރުނީ ކަމަށެވެ.

ކޯޓުގެ މި ނިންމުމާ ގުޅިގެން އޭ.އެން.އޭ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނީ، ކޯޓުގެ ހުކުމަށް އިހުތިރާމްކުރާ ކަމަށާއި، ކުރިމަގުގައި މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރާނެ ކަމަށެވެ.

އޯލް ނިޕޯން އެއާވޭސްޖަޕާންޖިންސީ ފުރައްސާރަ

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

މޯދީގެ ވީޑިއޯ މައްސަލައިގައި ޒަކަރބާގް މައާފަށް އެދިއްޖެ

އިތުރަށް ކިޔާލަން

11 ޖުލައި 2026

ތޫފާން "ބާވީ"ގެ ނުރައްކަލުގެ ސަބަބުން ޗައިނާއިން 600،000 މީހުން ރައްކާތެރި ތަންތަނަށް ގެންގޮސްފި

11 ޖުލައި 2026
 ތޫފާން "ބާވީ"ގެ ނުރައްކަލުގެ ސަބަބުން ޗައިނާއިން 600،000 މީހުން ރައްކާތެރި ތަންތަނަށް ގެންގޮސްފި
08 ޖުލައި 2026

ޖަޕާނުގައި އަންހެނެއްގެ އަނގަ ފަހައި އަނގަބެއްދި މައްސަލައިގައި އަންހެނަކު ހައްޔަރުކޮށްފި

08 ޖުލައި 2026
ޖަޕާނުގައި އަންހެނެއްގެ އަނގަ ފަހައި އަނގަބެއްދި މައްސަލައިގައި އަންހެނަކު ހައްޔަރުކޮށްފި
06 ޖުލައި 2026

ޗައިނާގެ ނިއުކްލިއާ ސަބްމެރީނަކުން ޕެސިފިކް ކަނޑަށް މިސައިލެއް ފޮނުވާލާފައިފި، ޗައިނާގެ އަމަލު ގައުމުތަކުން ކުށްވެރިކޮށްފި

06 ޖުލައި 2026
ޗައިނާގެ ނިއުކްލިއާ ސަބްމެރީނަކުން ޕެސިފިކް ކަނޑަށް މިސައިލެއް ފޮނުވާލާފައިފި، ޗައިނާގެ އަމަލު ގައުމުތަކުން ކުށްވެރިކޮށްފި
29 ޖޫން 2026

ޓްރަމްޕް ޖިންސީ ގޯނާކުރި ކަމަށް ނިންމާފައިވާ ނިންމުން ބާތިލު ކުރުމަށް ހުށަހެޅި ހުށަހެޅުން އެމެރިކާގެ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

29 ޖޫން 2026
ޓްރަމްޕް ޖިންސީ ގޯނާކުރި ކަމަށް ނިންމާފައިވާ ނިންމުން ބާތިލު ކުރުމަށް ހުށަހެޅި ހުށަހެޅުން އެމެރިކާގެ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި
29 ޖޫން 2026

ޖަޕާނުގައި މަކަރު ހީލަތުގެ މައްސަލަތަކާ ދެކޮޅަށް މަސައްކަތް ކުރަން "އޭއައި ޕޮލިސް ޗީފް" އެއް ތައާރަފް ކޮށްފި

29 ޖޫން 2026
ޖަޕާނުގައި މަކަރު ހީލަތުގެ މައްސަލަތަކާ ދެކޮޅަށް މަސައްކަތް ކުރަން "އޭއައި ޕޮލިސް ޗީފް" އެއް ތައާރަފް ކޮށްފި
25 ޖޫން 2026

ޖަޕާނުގެ އުތުރަށް 7.2 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

25 ޖޫން 2026
ޖަޕާނުގެ އުތުރަށް 7.2 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
23 ޖޫން 2026

ޖަޕާނުން ވިސާ ފީ 50 އަހަރަށްފަހު ފަސްގުނައަށް ބޮޑުކޮށްފި

23 ޖޫން 2026
ޖަޕާނުން ވިސާ ފީ 50 އަހަރަށްފަހު ފަސްގުނައަށް ބޮޑުކޮށްފި
16 ޖޫން 2026

ސްވިޑަން އަތުން ބޮޑު ތަފާތަކުން ބަލިވުމާ ގުޅިގެން ޓިއުނީޝިއާގެ ކޯޗު މަގާމުން ވަކިކޮށްފި

16 ޖޫން 2026
ސްވިޑަން އަތުން ބޮޑު ތަފާތަކުން ބަލިވުމާ ގުޅިގެން ޓިއުނީޝިއާގެ ކޯޗު މަގާމުން ވަކިކޮށްފި
16 ޖޫން 2026

ޖަޕާނުގެ އިންޓްރެސްޓް ރޭޓް 31 އަހަރަށްފަހު އެންމެ މަތީ މިންވަރަށް އުފުލައިފި

16 ޖޫން 2026
ޖަޕާނުގެ އިންޓްރެސްޓް ރޭޓް 31 އަހަރަށްފަހު އެންމެ މަތީ މިންވަރަށް އުފުލައިފި
22 މާރިޗު 2026

ހަނގުރާމަ ހުއްޓުމަކަށް އަތުވެއްޖެ ނަމަ، ހޮރްމޫޒް ކަނޑު އޮޅިން ބޮން ހުސް ކުރަން ސިފައިން ފޮނުވުމަށް ޖަޕާން އިން ވިސްނާނެ

22 މާރިޗު 2026
ހަނގުރާމަ ހުއްޓުމަކަށް އަތުވެއްޖެ ނަމަ، ހޮރްމޫޒް ކަނޑު އޮޅިން ބޮން ހުސް ކުރަން ސިފައިން ފޮނުވުމަށް ޖަޕާން އިން ވިސްނާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް