Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ: މެންބަރުން ބަހުސް ކުރާނެ ވަގުތާާއި ދިފާއުގައި ވާހަކަދައްކަން ދޭނެ ވަގުތު ކަނޑައަޅައިފި

10 އޯގަސްޓު 2026 | ހޯމަ 11:07

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ބަހުސް ކުރުމަށާއި ދިފާއުގައި ވާހަކަދެއްކެވުމަށް މަޖިލީހުގެ އާންމު ކޮމިޓީން ވަގުތު ކަނޑައަޅައިފި. އެމްޑީޕީގެ 13 މެންބަރުންގެ ސޮޔާއެކު މި މައްސަލަ ހުށަހެޅީ މިނިސްޓަރު ގާނޫނުއަސާސީއާ ހިލާފުވެ، މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެފައިވާތީ. އެގޮތުން މެންބަރުންގެ ބަހުސަށް އެއް ގަޑިއިރު އަދި މިނިސްޓަރު ދިފާއުގައި ވާހަކަދެއްކެވުމަށް އެއް ގަޑިއިރު ދިނުމަށް ކޮމިޓީގެ އިއްތިފާގުން ވަނީ ފާސްކޮށްފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 10 އޯގަސްޓު 2026 | ހޯމަ 11:07
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، މުހައްމަދު ސައީދު

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، މުހައްމަދު ސައީދު | ރައީސް އޮފީސް

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ އަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބަހުސް ކުރާނެ ވަގުތާއި ދިފާއުގައި ވާހަކަ ދެއްކެވުމަށް މިނިސްޓަރަށް ދޭނެ ވަގުތު ކަނޑައަޅައިފި އެވެ.

ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމުގައި ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވަނީ މިނިސްޓަރުގެ ދިފާއުގައި ވާހަކަ ދެއްކެވުމަށް އެއް ގަޑިއިރު ދިނުމަށް ހުށަހަޅުއްވާފަ އެވެ. އަދި ގާނޫނު އަސާސީގެ 110 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ޕާޓީތަކަށް ބަހައިލައިގެން މި މައްސަލައަށް ބަހުސް ކުރުމަށް މެންބަރުންނަށް އެއް ގަޑިއިރު ދިނުމަށް ވެސް މެންބަރު ހުށަހެޅުއްވި އެވެ.  

Advertisement - newsAdvertisement

މެންބަރުގެ އެ ހުށަހެޅުއްވުން ކޮމިޓީ އިން ފާސްކޮށްފައިވަނީ އެވަގުތު ކޮމިޓީ އަށް ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.

އިދިކޮޅު އެމްޑީޕީ އިން ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނީ 13 މެންބަރުންގެ ސޮޔާ އެކު އެވެ.

އެމްޑީޕީގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގައި ބުނީ މިނިސްޓަރު ސައީދު، ގާނޫނު އަސާސީގެ 132 ވަނަ މާއްދާގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ގާނޫނު އަސާސީއާ ކަނޑައެޅިގެން ޚިލާފުވެފައިވާ ކަމަށެވެ. އަދި ގާނޫނު އަސާސީގެ 134 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމުގެ ވާޖިބު އަދާކުރުމުގައި އިހުމާލުވެފައިވާ ކަމަށެވެ. އެގޮތުން ގާނޫނު އަސާސީގެ 136 ވަނަ މާއްދާގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެންބަރުން ކުރުން މަނާކޮށްފައިވާ އަމަލުތަކެއް ހިންގާފައިވާތީ މިނިސްޓަރުގެ މައްޗަށް މަޖިލީހުގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ.

އެ މައްސަލައިގައި އެ ޕާޓީ އިން ވަނީ 6 ކަމެއް ހުށަހަޅާފަ އެވެ. އަދި މިނިސްޓަރުގެ މައްޗަށް މަޖިލީހުގެ އިތުބާރު ގެއްލިފައިވާތީ ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ހ) އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 229 ވަނަ މާއްދާގެ (ހ) ގެ ދަށުން އެ މިނިސްޓަރު ސައީދަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް އެމްޑީޕީ އިން ވަނީ ހުށަހަޅާފަ އެވެ. 

ރައްޔިތުންގެ މަޖިލިސްމުހައްމަދު ސައީދު

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

10 އޯގަސްޓު 2026

ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލުގައި ހުރި އިސްލާހުތައް ބަދަލުކުރަން އެމްޑީޕީ އިން ހުށަހަޅައިފި

10 އޯގަސްޓު 2026
ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލުގައި ހުރި އިސްލާހުތައް ބަދަލުކުރަން އެމްޑީޕީ އިން ހުށަހަޅައިފި
10 އޯގަސްޓު 2026

އަނބުރާ ގެންދިއުމަށް އެތައް ބަޔަކު ގޮވާލަމުންދާ ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު މަޖިލީހުން ބަލައިގަނެފި

10 އޯގަސްޓު 2026
އަނބުރާ ގެންދިއުމަށް އެތައް ބަޔަކު ގޮވާލަމުންދާ ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު މަޖިލީހުން ބަލައިގަނެފި
10 އޯގަސްޓު 2026

މި ސަރުކާރުން ދަނީ ކައުންސިލްތަކަށް އޮންނަ ހަމައެކަނި ބާރަކީ ވިހާ މަރުވާ ބެލެހެއްޓުން ކަމަށް ހެދުމަށް މަސައްކަތް ކުރަމުން: މައުރޫފް

10 އޯގަސްޓު 2026
މި ސަރުކާރުން ދަނީ ކައުންސިލްތަކަށް އޮންނަ ހަމައެކަނި ބާރަކީ ވިހާ މަރުވާ ބެލެހެއްޓުން ކަމަށް ހެދުމަށް މަސައްކަތް ކުރަމުން: މައުރޫފް
10 އޯގަސްޓު 2026

ފަޅުރަށްރަށާއި ފަޅު ކުއްޔަށް ދިނުމާބެހޭ ބިލު ބަލައިގަނެފި، ދިރާސާ ކުރާނީ މުޅި މަޖިލީހުގެ ކޮމީޓީ އިން

10 އޯގަސްޓު 2026
ފަޅުރަށްރަށާއި ފަޅު ކުއްޔަށް ދިނުމާބެހޭ ބިލު ބަލައިގަނެފި، ދިރާސާ ކުރާނީ މުޅި މަޖިލީހުގެ ކޮމީޓީ އިން
10 އޯގަސްޓު 2026

ރާއްޖޭގައި މަސައްކަތް ކުރާ ޑޮކްޓަރުންގެ 60 އިންސަތައަކީ ބިދޭސީން: މިނިސްޓަރު ގީލާ

10 އޯގަސްޓު 2026
ރާއްޖޭގައި މަސައްކަތް ކުރާ ޑޮކްޓަރުންގެ 60 އިންސަތައަކީ ބިދޭސީން: މިނިސްޓަރު ގީލާ
09 އޯގަސްޓު 2026

ކައުންސިލްތަކުން ބިންތައް އަތުލެވޭ އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލައި، މަޖިލީހަށް ޕެޓިޝަނެއް!

09 އޯގަސްޓު 2026
ކައުންސިލްތަކުން ބިންތައް އަތުލެވޭ އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލައި، މަޖިލީހަށް ޕެޓިޝަނެއް!
06 އޯގަސްޓު 2026

ސަރުކާރަށް ފާޑުކިޔާ ޕީއެންސީގެ މަޖިލީހުގެ މެންބަރުންނަށް ދެވަނަ ފަހަރަށް އެފަދަ ވާހަކައެއް ނުދެއްކޭ ވަރަށް އިންޒާރުދީ، ފިއްތުންތައް ކުރިމަތިކުރުވާ: މެންބަރު ނާޒިލް

06 އޯގަސްޓު 2026
ސަރުކާރަށް ފާޑުކިޔާ ޕީއެންސީގެ މަޖިލީހުގެ މެންބަރުންނަށް ދެވަނަ ފަހަރަށް އެފަދަ ވާހަކައެއް ނުދެއްކޭ ވަރަށް އިންޒާރުދީ، ފިއްތުންތައް ކުރިމަތިކުރުވާ: މެންބަރު ނާޒިލް
05 އޯގަސްޓު 2026

މެންބަރުން ތިބީ އަޅުންގެ ގޮތުގައި ބަނދެވިފައި، އެގޮތުގައި ތިބެ ރައްޔިތުންގެ ޙައްގުގައި ވަކާލާތެއް ނުކުރެވޭނެ: މެންބަރު ޒިޔާދު

05 އޯގަސްޓު 2026
މެންބަރުން ތިބީ އަޅުންގެ ގޮތުގައި ބަނދެވިފައި، އެގޮތުގައި ތިބެ ރައްޔިތުންގެ ޙައްގުގައި ވަކާލާތެއް ނުކުރެވޭނެ: މެންބަރު ޒިޔާދު
05 އޯގަސްޓު 2026

މަސައްކަތް ހަވާލުކުރިތާ އަހަރަކަށްވުރެ ގިނަ ދުވަސްވީއިރު ވެސް، ކިހާދޫ ކުނީގެ މަރުކަޒުގެ މަސައްކަތް ނުފެށި އޮތީ ޤާބިލު މީހުން ނުލިބިގެންކަމަށް މިނިސްޓަރު ވިދާޅުވެއްޖެ

05 އޯގަސްޓު 2026
މަސައްކަތް ހަވާލުކުރިތާ އަހަރަކަށްވުރެ ގިނަ ދުވަސްވީއިރު ވެސް، ކިހާދޫ ކުނީގެ މަރުކަޒުގެ މަސައްކަތް ނުފެށި އޮތީ ޤާބިލު މީހުން ނުލިބިގެންކަމަށް މިނިސްޓަރު ވިދާޅުވެއްޖެ
04 އޯގަސްޓު 2026

ދީނަށް ލޯބި ކުރާ މީހުންނާއި ތަނަވަސްކަން ހުރި މީހުން ގިނަވާ ވަރަކަށް ހައްޖު ކިޔު ދިގުވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

04 އޯގަސްޓު 2026
ދީނަށް ލޯބި ކުރާ މީހުންނާއި ތަނަވަސްކަން ހުރި މީހުން ގިނަވާ ވަރަކަށް ހައްޖު ކިޔު ދިގުވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް