Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޗާގޯސް ކަނޑު

މިހާރު ދިމާވެގެން މި އުޅޭ މާލީ ހާލަތުން އަރައިގަނެވޭނެ ވަރުގެ އަގުހުރި މައުދަން ގެއްލުނު ކަނޑުގެ ސަރަހައްދުގައި ހުރެދާނެ: ޝިޔާމް

12 އޯގަސްޓު 2026 | ބުދަ 05:19

ޗާގޯސް ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުމުގެ ސަބަބުން މަސްވެރިކަމަށް ލިބުނު ގެއްލުންތައް ދިރާސާކުރަން ޖެހޭ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ. މިނިސްޓަރު ވިދާޅުވީ އެ ސަރަހައްދަކީ މަސް އާލާވާ ތަނަކަށް ވުމުގެ އިތުރުން، ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރެވޭ ފަދަ މައުދަންތައް އެ ކަނޑުގެ އަޑީގައި ހުރެދާނެ ކަމަށް. ނަމަވެސް މި މައްސަލައިގައި ސަރުކާރުގެ ސިޔާސަތުތަކާ މެދު ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 އޯގަސްޓު 2026 | ބުދަ 05:19
މަސްވެރިކަމާ ބެހޭ ވުޒާރާގެ ވަޒީރު އަހުމަދު ޝިޔާމް

މަސްވެރިކަމާ ބެހޭ ވުޒާރާގެ ވަޒީރު އަހުމަދު ޝިޔާމް | ރައީސް އޮފީސް

ޗާގޯސް ކަނޑުގެ ސަރަހައްދުގައި ރާއްޖޭގެ މާލީ ދަތިކަން ހައްލުކުރެވޭ ވަރުގެ މައުދަންވެސް ހުރެދާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، މިދިޔަ ސަރުކާރުން މަޖިލީހާއި ރައްޔިތުންގެ ރުހުން ނެތި ކަނޑު "ވިއްކާލާފައިވަނީ" ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ސިޓީފުޅަކާއެކު ކަމަށެވެ.

Advertisement - newsAdvertisement

ޗާގޯސް ކަނޑުގެ ސަރަހައްދުގެ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެ ކަނޑުން ގެއްލުނީ ކިހާ ސަރަހައްދެއްތޯ ބެލުމަށް ވަކި ހިސާބެއް ހަދަން ޖެހޭނެ ކަމަށާއި، އެކަމުން ލިބުނު ގެއްލުން ކުޑައެއް ނުވާނެ ކަމަށެވެ.

ވަކިން ޚާއްސަކޮށް ދެކުނުގެ މަސްވެރިންނަކީ ދުރަށް ކަނޑަށް ނުކުމެގެން މަސްވެރިކަން ކުރާ މީހުން ކަމަށާއި، ވިއްކާލި ސަރަހައްދަކީ މަސް އާލާވާ އަދި މަސް ބްރީޑުކުރާ ސަރަހައްދެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ކަނޑުން ވިއްކާލި ސަރަހައްދުގެ ވާހަކަ އަޅުގަނޑު މި ދެންނެވީ، އަޅުގަނޑުމެން ޖެހޭނީ އޭގެ ހިސާބެއް ހަދަން، އަޅުގަނޑަށް އެނގޭ އެއްޗަކީ ކުޑައެއް ނުވާނެ، މަސްވެރިންނަކީ ދުރަށް ދުއްވާ، ވަކިން ޚާއްސަކޮށް ދެކުނުގެ މަސްވެރިންނަކީ ދުރަށް ކަނޑަށް ނުކުމެގެން މަސްވެރިކަން ކުރައްވާ މަސްވެރިން، ވަކިން ޚާއްސަކޮށް މަސް އާލާވާ، މަސް ބްރީޑުކުރާ ސަރަހައްދެއްގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ
އަހުމަދު ޝިޔާމް 

މިނިސްޓަރު އެހެން ވިދާޅުވިނަމަވެސް، އެ ސަރަޙައްދަކީ ދިވެހި މަސްވެރިން ގޮސްއުޅޭ ސަރަހައްދެއް ނޫންކަން ކަނޑުގެ ސިފައިން މީގެ ކުރިން އާންމުކުރި މައުލޫމާތުތަކުގައި ބަޔާންކޮށްފައިވެ އެވެ.

މިނިސްޓަރު ޝިޔާމް އިތުރަށް ވިދާޅުވީ، ރާއްޖެއަށް ގެއްލިގެން ދިޔަ ކަނޑުގެ އަޑީގައި ހުރީ ކޮން އެއްޗެއްކަން ވެސް ނޭނގޭ ކަމަށާއި، އެތަނުގައި ކޮންމެ ފަދަ މައުދަނެއް ވެސް ހުރެދާނެ ކަމަށެވެ.

މަސްވެރިކަމަށް ލިބުނު ގެއްލުން ދިރާސާ ކުރަން ޖެހޭނެކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް މި ވަގުތު ކުރިމަތިވެފައިވާ މާލީ އުނދަގުލުން ވެސް ސަލާމަތްވާ ވަރުގެ މައުދަން އެ ކަނޑުގެ ސަރަހައްދުގައި ހުރެދާނެ ކަމަށެވެ.

އެހެންކަމުން އެ ސަރަހައްދުގެ ސަބަބުން މަސްވެރިކަމަށް ލިބޭ ގެއްލުމާ ބެހޭ ގޮތުން ފުރިހަމަ ދިރާސާއެއް ހެދުމުގެ މުހިންމުކަން މިނިސްޓަރު ވިދާޅުވި އެވެ.

އަޅުގަނޑުމެންނަށް ކިހިނެއްތޯ އެނގެނީ އެ ކަނޑުގެ އަޑީގައި ހުރީ ކޮން އެއްޗެއް ކަމެއްވެސް، ކޮން ކަހަލަ މައުދަނެއް ކަމެއްވެސް، އަޅުގަނޑުމެން މި އުޅޭ މާލީ އުނދަގުލުން ވެސް ސަލާމަތްވާ ވަރުވެސް ވެދާނެ ނޫންތޯ، އެތަނުގައި ހުރީ ކޮން އެއްޗެއް ކަމެއް ވެސް ނޭނގެ ވިއްކާލިއިރު
އަހުމަދު ޝިޔާމް 

ޗާގޯސްއަކީ ރާއްޖޭގެ ސަރަހައްދެއް ކަމަށް ރައީސް މުއިއްޒު އާއި އެމަނިކުފާނުގެ ސަރުކާރުން ވިދާޅުވި ނަމަވެސް، އެތަން އިނގިރޭސިންގެ ބާރުގެ ދަށުގައި އޮތުމަށް އެމަނިކުފާނު ތާއީދުކުރައްވާކަން ހާމަ ކުރައްވާފައިވާތީ، އެ ސިޔާސަތުގެ ފުށުއެރުންތަކެއް ހުރިކަން ސާފުކޮށް ފެނެ އެވެ. އަދި މި މައްސަލައިގައި ބައިނަލްއަގުވާމީ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާ ދެކޮޅަށް ސަރުކާރުން ކުރާ ކަމެއް ވެސް އަދި ނުކުތް އަމަލީ ނަތީޖާއެއްވެސް ނުފެނި، ދައުރު ދެބައިވެ ބޮޑުވެގެން ދިއުމުން މިއީ ހަމައެކަނި ސިޔާސީ ބޭނުމަކަށް ދައްކަވާ ވާހަކަފުޅުތަކެއްކަން ހާމަވަމުންދާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ފޯޅަވަހިއަޙްމަދު ޝިޔާމް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

07 އޯގަސްޓު 2026

ފޮރުވާނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމުގެ ވައުދާއެކު ވެރިކަމާ ހަވާލުވި ރައީސް މުއިއްޒުގެ ސަރުކާރުން ފޯޅަވަހީގެ މައްސަލައިގައި އިނގިރޭސިވިލާތަށް ފޮނުވި ސިޓީ އަށް ދިން ޖަވާބު ހާމަކުރަން ދެކޮޅު ހަދައިފި

06 އޯގަސްޓު 2026

ފޯޅަވަހީގެ މައްސަލަ ބައިނަލް އަގުވާމީ ކޯޓަށް ވެއްދޭނެ ތާރީޚެއް ނޭނގޭ: ބަންޑާރަނައިބުގެ އޮފީސް

06 އޯގަސްޓު 2026
ފޯޅަވަހީގެ މައްސަލަ ބައިނަލް އަގުވާމީ ކޯޓަށް ވެއްދޭނެ ތާރީޚެއް ނޭނގޭ: ބަންޑާރަނައިބުގެ އޮފީސް
03 އޯގަސްޓު 2026

ފޯޅަވައްސަކީ ދިވެހިންގެ ތަނެއް ކަމަށް ޝައްކެއްނެތޭ ވިދާޅުވާ ރައީސަކު އެތަން އިނގިރޭސިންގެ އަތްދަށުގައި އޮތުމަކީ އެއްވެސް މައްސަލަ އެއް ނޫނޭ މި ވިދާޅުވަނީ ކީއްވެ؟

03 އޯގަސްޓު 2026
ފޯޅަވައްސަކީ ދިވެހިންގެ ތަނެއް ކަމަށް ޝައްކެއްނެތޭ ވިދާޅުވާ ރައީސަކު އެތަން އިނގިރޭސިންގެ އަތްދަށުގައި އޮތުމަކީ އެއްވެސް މައްސަލަ އެއް ނޫނޭ މި ވިދާޅުވަނީ ކީއްވެ؟
02 އޯގަސްޓު 2026

ވެރިކަން ނުނިމެނީސް ފޯޅަވަހި ހޯދުމުގެ ވައުދުވެސް ފެނަށް

02 އޯގަސްޓު 2026
ވެރިކަން ނުނިމެނީސް ފޯޅަވަހި ހޯދުމުގެ ވައުދުވެސް ފެނަށް
27 ޖުލައި 2026

ފޯޅަވަހި ދިވެހިންނާ ހަވާލުކުރެވެން ނެތްނަމަ، މިހާރު އޮތްގޮތަށް ކުރިއަށްދިއުމަކީ މައްސަލައެއް ނޫން: ރައީސް މުއިއްޒު

27 ޖުލައި 2026
ފޯޅަވަހި ދިވެހިންނާ ހަވާލުކުރެވެން ނެތްނަމަ، މިހާރު އޮތްގޮތަށް ކުރިއަށްދިއުމަކީ މައްސަލައެއް ނޫން: ރައީސް މުއިއްޒު
22 ޖުލައި 2026

ކަނޑުއޮތްގިރީގެ އައިސް ޕްލާންޓާ އެކު މަސްވެރިންގެ ކަންބޮޑޮވުންތައް ޙައްލުކޮށްދެވިފައި ވާކަމަށް ސަރުކާރުން ބުނިނަމަވެސް، މިފްކޯއިން ބުނަނީ އެތަނުން މަސް ނުކިރޭކަމަށް އަދި އައިސްވެސް ނުލިބޭކަމަށް!

14 ޖުލައި 2026

މިއަހަރު ނިންމާނެ ކަމަށް ވިދާޅުވި ކަންނެލި ފެކްޓްރީ ނިމެން އަދި ދޮޅު އަހަރު ނަގާނެ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވެއްޖެ

14 ޖުލައި 2026
މިއަހަރު ނިންމާނެ ކަމަށް ވިދާޅުވި ކަންނެލި ފެކްޓްރީ ނިމެން އަދި ދޮޅު އަހަރު ނަގާނެ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވެއްޖެ
12 ޖުލައި 2026

މަސްވެރިކަމަށް މ. އަތޮޅުގައި ހަރުކުރި ހުރިހާ ބޮޔެއް ވެސް މިހާރު ހުރީ އެއްގަމުގެ އެކި ތަންތާ!

12 ޖުލައި 2026
މަސްވެރިކަމަށް މ. އަތޮޅުގައި ހަރުކުރި ހުރިހާ ބޮޔެއް ވެސް މިހާރު ހުރީ އެއްގަމުގެ އެކި ތަންތާ!
11 ޖުލައި 2026

ދިވެހިރާއްޖޭގެ އެސްކްލޫސިވް އިކޮނޮމިކް ޒޯނާ ބެހޭ ގޮތުން އިޓްލޮސްގެ ނިންމުން ބަދަލުކުރުމަށް ބަންޑާރަނައިބުގެ އޮފީހާ ހަވާލު ކުރި މަސައްކަތައް ވީ ކިހިނެއް؟

11 ޖުލައި 2026
ދިވެހިރާއްޖޭގެ އެސްކްލޫސިވް އިކޮނޮމިކް ޒޯނާ ބެހޭ ގޮތުން އިޓްލޮސްގެ ނިންމުން ބަދަލުކުރުމަށް ބަންޑާރަނައިބުގެ އޮފީހާ ހަވާލު ކުރި މަސައްކަތައް ވީ ކިހިނެއް؟
24 ޖޫން 2026

އިނގިރޭސި ރަސްގެފާނު އަޅުގަނޑާ ސަލާން ކުރައްވާފައިވެސް ވިދާޅުވީ މަހުގެ ވާހަކަ: މިނިސްޓަރު ޝިޔާމް

24 ޖޫން 2026
އިނގިރޭސި ރަސްގެފާނު އަޅުގަނޑާ ސަލާން ކުރައްވާފައިވެސް ވިދާޅުވީ މަހުގެ ވާހަކަ: މިނިސްޓަރު ޝިޔާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް