Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފޯޅަވަހި

ފޯޅަވަހީގެ މައްސަލަ ބައިނަލް އަގުވާމީ ކޯޓަށް ވެއްދޭނެ ތާރީޚެއް ނޭނގޭ: ބަންޑާރަނައިބުގެ އޮފީސް

6 އޯގަސްޓު 2026 | ބުރާސްފަތި 16:43

ފޯޅަވައްސަކީ ދިވެހިންގެ ތަނެއްކަން ސާބިތުކޮށްދޭނެ ތާރީޚީ ހެކިތައް ހުރިކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި ނަމަވެސް، އެ މައްސަލަ ބައިނަލްއަގުވާމީ ކޯޓަށް ހުށަހެޅޭނެ ވަކި ތާރީޚެއް އަދި ކަނޑައެޅިފައި ނުވާކަމަށް ބަންޑާރަނައިބުގެ އޮފީހުން ބުނެފި. މި މައްސަލައިގައި ބައިނަލްއަގުވާމީ މާހިރުންނާއެކު މަޝްވަރާތައް ކުރިއަށްދާއިރު، މައްސަލަ ހުށަހެޅުމުގެ ޓައިމްލައިނެއް އެނގޭނީ އެ މަޝްވަރާތަކަށް ފަހުގައި ކަމަށްވެސް ބަންޑާރަނައިބުގެ އޮފީހުން ބުނި

ރާއްޖެ އެމްވީ | 6 އޯގަސްޓު 2026 | ބުރާސްފަތި 16:43
2026 މާރިޗު 24 ވަނަ ދުވަހު، ފޯސް ރިކޮނަސަންސް ޕްލެޓޫންގެ 31 ވަނަ މެރިން އެކްސްޕެޑިޝަނަރީ ޔުނިޓަށް ނިސްބަތްވާ އެމެރިކާގެ މެރިން ސިފައިން ރިކޮނަސަންސް އެންޑް ސަވައިލަންސް ތަމްރީނުތައް ޑިއެގޯ ގާސިއާ ގައި ކުރިއަށް ގެންދަނީ

2026 މާރިޗު 24 ވަނަ ދުވަހު، ފޯސް ރިކޮނަސަންސް ޕްލެޓޫންގެ 31 ވަނަ މެރިން އެކްސްޕެޑިޝަނަރީ ޔުނިޓަށް ނިސްބަތްވާ އެމެރިކާގެ މެރިން ސިފައިން ރިކޮނަސަންސް އެންޑް ސަވައިލަންސް ތަމްރީނުތައް ޑިއެގޯ ގާސިއާ ގައި ކުރިއަށް ގެންދަނީ | ގެޓީ އިމޭޖަސް

ދިވެހިންގެ ތަނެއް ކަމަށް ތަކުރާރުކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވަމުން ގެންދަވާ ރާއްޖޭގެ ދެކުނުން އޮންނަ ފޯޅަވަހި ރާއްޖެ އަށް ހޯދުމުގެ މައްސަލަ ބައިނަލް އަގްވާމީ ކޯޓަށް ވެއްދޭނެ ތާރީޚެއް ނޭނގޭ ކަމަށް ބަންޑާރަނައިބުގެ އޮފީހުން ބުނެފި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވަނީ  ފޯޅަވައްސަކީ ދިވެހިންގެ ތަނެއް ކަމީ "އެއްވެސް ޝައްކެއްވެސް އޮތް ކަމެއް ނޫން،" ކަމަށެވެ. ރައީސް ވިދާޅުވެފައިވަނީ، އެތަނަކީ ކުރީ ޒަމާނުގައި ދިވެހި ރައްޔިތުންގެ ތަނެއް ކަމަަށާއި، "ދިވެހިރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ހިމެނިފައި އޮތް ތަނެއްކަން އެއީ ފެންނާން އޮތް ޙަޤީޤަތެއް،" ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖެޓީވީގެ ސުވާލަކަށް އޮގަސްޓް މަހުގެ 6 ވަނަ ދުވަހު ލިޔުމުން ފޮނުވާފައިވާ  ޖަވާބުގައި ބަންޑާރަނައިބުގެ އޮފީހުން ބުނެފައިވަނީ، ފޯޅަވަހީގެ މައްސަލައިގައި ބައިނަލްއަގްވާމީ މާހިރުން އައްޔަނު ކުރެވި އެ މައްސަލަ އާ ގުޅޭ ގޮތުން އެފަރާތްތަކާ މަޝްވަރާކުރެވުމުންދާ ކަމުގަ އެވެ.

އެހެން ނަމަވެސް އެ މައްސަލައިގައި ކުރިއަށްދާނެ ގޮތުގެ ޓައިމްލައިން އެއް އެނގޭނީ އެ ފަރާތްތަކާ އެކު ކުރިއަށް ގެންދެވޭ މަޝްވަރާތަކަށް ފަހުގައި ކަމަށެވެ.

ބަންޑާރަނައިބު އޮފީހުން އިތުރަށް ބުނެފައިވަނީ، އެ މަޝްވަރާތަކަށް ފަހު އެ މައްސަލަ ބައިނަލްއަގްވާމީ ކޯޓަށް ހުށަހެޅުމުގެ މަރުހަލާ ކުރިއަށް ގެންދެވޭނެ ކަމަށެވެ.

"މި ވަގުތު އެ މައްސަލައާ ގުޅޭ މަޝްވަރާ ކުރިއަށްދާތީ، އެ މައްސަލަ ބައިނަލް އަގްވާމީ ކޯޓަށް ވެއްދޭނެ ވަކި ތާރީޚެއް ކަނޑައެޅިފަ އެއް ނުވޭ."

މައްސަލަ ކޯޓަށް ވެއްދޭނެ ތާރީޚެއް ކަނޑައެޅިފައި ނެތް ކަމަށް ބަންޑާރަނައިބުގެ އޮފީހުން ބުނިއިރު، ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވާ ގޮތުގައި އެތަނަކީ ދިވެހިންނާ ގުޅުންހުރި ތަނެއްކަމުގެ ތާރީޚީ ހެކިތައް ފެންނަން އެބަހުއްޓެވެ. އޭގެ ހެއްކެއްގެ ގޮތުގައި އެމަނިކުފާނު ވިދާޅުވީ، ފޯޅަވަހީގެ ޗާޓަކާ އެކު 9 ވަނަ ޙަސަން ރަސްގެފާނު 16 ވަނަ ޤަރުނުގައި ލިޔުއްވާފައިވާ ސިޓީފުޅެއް އެބައޮތްކަމުގަ އެވެ.

ހުސްވި ހަފްތާގައި ޕީއެސްއެމް އިން ގެނެސްދިން "ނޭޝަންސް ޗެޓް" ޕްރޮގްރާމުގައި މުއިއްޒު ވިދާޅުވީ، ފޯޅަވަހި ލިބުން ހައްގުވެރި ޤައުމަކާ އެތަން ހަވާލުކުރާނަމަ، އެތަން ލިބެން ޖެހޭނީ ދިވެހިރާއްޖެއަށް ކަމަށެވެ. އެހެންނަމަވެސް ރައީސް މުއިއްޒު ވަނީ، މިހާރު ފޯޅަވަހި އޮތްގޮތަށް އިނގިރޭސި ސަރުކާރުގެ ބެލުމުގެ ދަށުގައި އޮތުން އެއީ އެންމެ ރަނގަޅު ކަމެއް ކަމަށެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވި އިރު، މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވިދާޅުވެފައިވަނީ، ދިވެހިންގެ ބިމުން އެންމެ ވެލިފުކެއްގެ މިންވަރު ވިޔަސް އަދި ރާއްޖޭގެ ސަރަހައްދުން އެންމެ އިންޗިއެއް ވިޔަސް ދޫކޮށް ނުލައްވާނެ ކަމަށެވެ. 

ފޯޅަވަހި ދިވެހިރާއްޖެ އަށް ހޯދުމުގެ މައްސަލަ ހުށަހަޅަނީ ބައިނަލްއަގްވާމީ ކޮން ކޯޓަކަށް ކަމެއް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފައެއް ނުވެ އެވެ.

ބައިނަލްއަގުވާމީ އަދުލު އިންސާފާ ބެހޭ ކޯޓު (އައިސީޖޭ) އިން 2019 ވަނަ އަހަރު ނިންމާފައިވަނީ، މޮރިޝަސްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ޗާގޯސް އާކިޕެލަގޯ ނުވަތަ ފޯޅަވަހި، އެ ގައުމާ ވަކިކުރުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށާއި، އެ ރަށްތަކުގެ ކޮންޓްރޯލް އިނގިރޭސިވިލާތުން ދޫކޮށްލަންޖެހޭނެ ކަމަށެވެ. މި ނިންމުމާ ގުޅިގެން، ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ވަނީ އެއްބަސްވެފަ އެވެ. ނަމަވެސް، މި އެއްބަސްވުމުގެ ދަށުން ޑިއޭގޯ ގާސިއާގައި ގާއިމުކޮށްފައިވާ އިނގިރޭސިވިލާތާއި އެމެރިކާގެ އަސްކަރީ މަރުކަޒު ހިންގުމަށްޓަކައި، އެ ރަށް 99 އަހަރުގެ މުއްދަތަށް އިނގިރޭސިވިލާތުން ކުއްޔަށް ހިފުމަށް ވަނީ ނިންމާފަ އެވެ.

އދ. ގެ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އައިޓީއެލްއެސް) ގެ ފަނޑިޔާރުންގެ ބެންޗުން ވަނީ، އިނގިރޭސިވިލާތުގެ ކުރީގެ އިސްތިއުމާރީ ބާރުގެ ދަށުގައި އޮތް މޮރިޝަސްއާ އެ ސަރަހައްދު ހަވާލުކުރުމަށް އދ. ގެ އާންމު މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން ފާސްކުރި ގޮތަށް، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އެކަން ކޮށްފައި ނުވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ޗާގޯސްގެ މައްސަލައިގައި ގާނޫނީ ލަފައެއް ހޯދުމަށް އދ. އިން އައިސީޖޭއަށް ހުށަހެޅުމުން، 2019 ވަނަ އަހަރު އެ ކޯޓުން ވަނީ އިނގިރޭސިވިލާތާ ދެކޮޅަށް އިއްތިފާގުން ހުކުމްކޮށްފަ އެވެ. އެ ހުކުމުގައި ބަޔާންކޮށްފައިވަނީ އިނގިރޭސިވިލާތުން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވެފައިވާ ކަމަށާއި، މޮރިޝަސްއާ ގުޅޭގޮތުން ކުރިއަށްދާ "އިސްތިއުމާރީ ބާރުތައް ދޫކޮށްލުމުގެ" މަރުހަލާ ނިންމުމަށްޓަކައި އިނގިރޭސިވިލާތުން ވަގުތުން ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ.

ޑރ. މުޙައްމަދު މުޢިއްޒުޗާގޯސް އާކިޕެލަގޯއިނގިރޭސިވިލާތު-މޮރިޝަސްބައިނަލްއަޤްވާމީ ޢަދުލު އިންސާފު ކޯޓުޑިއެގޯ ގާސިއާފޯޅަވަހި

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

06 އޯގަސްޓު 2026

އަޅުގަނޑު ކަހަލަ ވެރިން މުޅި ދުނިޔޭގައިވެސް ވަރަށް މަދުވާނެކަމަށް ބޭރުގެ ވަރަށް ގިނަ ފަރާތްތަކުން އަޅުގަނޑު ގާތު ބުނޭ: ރައީސް މުއިއްޒު

06 އޯގަސްޓު 2026
އަޅުގަނޑު ކަހަލަ ވެރިން މުޅި ދުނިޔޭގައިވެސް ވަރަށް މަދުވާނެކަމަށް ބޭރުގެ ވަރަށް ގިނަ ފަރާތްތަކުން އަޅުގަނޑު ގާތު ބުނޭ: ރައީސް މުއިއްޒު
06 އޯގަސްޓު 2026

ރަސްމީ ދަތުރުގެ ތެރެއިން ޕީއެންސީގެ ޖަގަހަ ޖަލްސާ ބޭއްވީ އެއްދޮނުގައި ދެބުޅި ޖަހަން، އެ ޚަރަދު ކުރާނީ ޕާޓީން: ރައީސް މުއިއްޒު

06 އޯގަސްޓު 2026
ރަސްމީ ދަތުރުގެ ތެރެއިން ޕީއެންސީގެ ޖަގަހަ ޖަލްސާ ބޭއްވީ އެއްދޮނުގައި ދެބުޅި ޖަހަން، އެ ޚަރަދު ކުރާނީ ޕާޓީން: ރައީސް މުއިއްޒު
05 އޯގަސްޓު 2026

އުކުޅަހުގެ އިސްވެރިންނާ ރައީސް މުއިއްޒު ބައްދަލު ކުރައްވައިފި

05 އޯގަސްޓު 2026
އުކުޅަހުގެ އިސްވެރިންނާ ރައީސް މުއިއްޒު ބައްދަލު ކުރައްވައިފި
05 އޯގަސްޓު 2026

ޑިމޮކްރަޓިކް ދައުލަތެއް ބިނާކުރުމަށް ނަޒާހަތްތެރިކަން އިތުރުކުރުމާއި، ޖަވާބުދާރީކުރުވުމާއި، ދެފުށްފެންނަ އުސޫލުތަކުގެ މުހިންމު ކަމުގެ މައްޗަށް ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވައިފި

05 އޯގަސްޓު 2026
ޑިމޮކްރަޓިކް ދައުލަތެއް ބިނާކުރުމަށް ނަޒާހަތްތެރިކަން އިތުރުކުރުމާއި، ޖަވާބުދާރީކުރުވުމާއި، ދެފުށްފެންނަ އުސޫލުތަކުގެ މުހިންމު ކަމުގެ މައްޗަށް ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވައިފި
05 އޯގަސްޓު 2026

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި

05 އޯގަސްޓު 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
05 އޯގަސްޓު 2026

މޭޔަރުކަމުގައި ހުންނެވިއިރު މުއިއްޒުގެ އަރިސް ބޭފުޅެއްގެ ކުންފުންޏަކަށް 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިންކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ އަވަސް ތަހުގީގެއް ހިންގައިދޭން މާލޭ ސިޓީ ކައުންސިލުން އެދެނީ!

05 އޯގަސްޓު 2026
މޭޔަރުކަމުގައި ހުންނެވިއިރު މުއިއްޒުގެ އަރިސް ބޭފުޅެއްގެ ކުންފުންޏަކަށް 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިންކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ އަވަސް ތަހުގީގެއް ހިންގައިދޭން މާލޭ ސިޓީ ކައުންސިލުން އެދެނީ!
05 އޯގަސްޓު 2026

ޕްރޮޖެކްޓް އައިލާ އެސްއީޒެޑަކަށް ބަދަލުކުރިގޮތާއި ރާއްޖެއިން ބޭރު މީހުންނަށް ރަށްވެހިކަން ލިބޭ ވިސާ ޕްރޮގްރާމަށް ހެންލީ އެންޑް ޕާޓްނާސް ހޮވި ގޮތާ ގުޅޭ ސުވާލުތަކަށް ސަރުކާރުން ޖަވާބުދާރީވާންޖެހޭ!

05 އޯގަސްޓު 2026
ޕްރޮޖެކްޓް އައިލާ އެސްއީޒެޑަކަށް ބަދަލުކުރިގޮތާއި ރާއްޖެއިން ބޭރު މީހުންނަށް ރަށްވެހިކަން ލިބޭ ވިސާ ޕްރޮގްރާމަށް ހެންލީ އެންޑް ޕާޓްނާސް ހޮވި ގޮތާ ގުޅޭ ސުވާލުތަކަށް ސަރުކާރުން ޖަވާބުދާރީވާންޖެހޭ!
04 އޯގަސްޓު 2026

ދައުލަތުގެ މީޑިއާގެ "ނޭޝަން ޗެޓުގައި" ޕީއެންސީގެ މުސްތަޤުބަލާއި ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ވާހަކަ!

04 އޯގަސްޓު 2026
ދައުލަތުގެ މީޑިއާގެ "ނޭޝަން ޗެޓުގައި" ޕީއެންސީގެ މުސްތަޤުބަލާއި ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ވާހަކަ!
03 އޯގަސްޓު 2026

ފޯޅަވައްސަކީ ދިވެހިންގެ ތަނެއް ކަމަށް ޝައްކެއްނެތޭ ވިދާޅުވާ ރައީސަކު އެތަން އިނގިރޭސިންގެ އަތްދަށުގައި އޮތުމަކީ އެއްވެސް މައްސަލަ އެއް ނޫނޭ މި ވިދާޅުވަނީ ކީއްވެ؟

03 އޯގަސްޓު 2026
ފޯޅަވައްސަކީ ދިވެހިންގެ ތަނެއް ކަމަށް ޝައްކެއްނެތޭ ވިދާޅުވާ ރައީސަކު އެތަން އިނގިރޭސިންގެ އަތްދަށުގައި އޮތުމަކީ އެއްވެސް މައްސަލަ އެއް ނޫނޭ މި ވިދާޅުވަނީ ކީއްވެ؟
03 އޯގަސްޓު 2026

ކިންގްޑަމް އޮފް ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކުރައްވައިފި

03 އޯގަސްޓު 2026
ކިންގްޑަމް އޮފް ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް  ދިޔާނާ ޢައްޔަންކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް